NayaBay:ShopOnline

ޖެރަމީ ބެންތަމްގެ “ނަޡަރިއްޔާ އައްނަފަޢިއްޔާތު” ނުވަތަ ޔުޓިލިޓޭރިއަނިޒަމް (1)

ޖެރަމީ ބެންތަމްގެ “ނަޡަރިއްޔާ އައްނަފަޢިއްޔާތު” ނުވަތަ ޔުޓިލިޓޭރިއަނިޒަމް (1)
އަޙްމަދު ޢަބްދުލް މަތީން

ޖެރަމީ ބެންތަމް (1832-1748) އަކީ އިގިރޭސިރައްޔިތެކެވެ. 19 ވަނަ ޤަރުނުގެ މަޝްހޫރު ފިލޯސަފަރު ބެންތަމްއަކީ ތަބަޢީ ޤާނޫނުތަކާއި ތަބަޢީ ޙައްޤުތަކާއި ދެކޮޅު ބޭފުޅެކެވެ. ބެންތަމްއަކީ ޔުނިވަރ ސިޓީ އޮފް ލަންޑަންއާއި ޔުނިވަރސިޓީ ކޮލެޖް ލަންޑަން އުފެއްދުމުގައި ބައިވެރިވިބޭފުޅެކެވެ. އަދި ހަމައެހެންމެ އެބޭފުޅާގެ ވިސްނުންފުޅުން ޔުނިވަސިޓީ ކޮލެޖް ލަންޑަންގައި ނަސްލީތަފާތުތައްނައްތާލާ އެތަންއާއްމުކުރިއެވެ. ބެންތަމް ކިޔަވާވިދާޅުވީ މާސްޓަސް ޑިގްރީ ފެންވަރަށެވެ. ތަޚައްޞުޞް ވީ ޕޮލިޓިކަލް ފިލޯސަފީއިންނާއި، ފިލޯސޮފީއޮފް ލޯ އިންނާއި އެތިކްސްއިންނާއި އަދި އިކޮނޮމިކްސްއިންނެވެ.

ބެންތަމްގެ ލިޔުމެއްކަމަށްވާ “އިންޓްރޮޑަކްޝަން ޓު ޕްރިންސިޕަލް އޮފް މޯރަލް އެންޑް އެތިކްސް” ނަމަކަށް ކިޔާ ފޮތް 1789 ގައި ޗާޕް ކޮށް އާއްމުވިއެވެ. ބެންތަމްގެ އެފޮތުގައި އެންމެ މަޝްހޫރު އަދި އާދަޔާ ޚިލާފު ނަޡަރިއްޔާތަކަށް ފެނުނީ އައްނަފަޢިއްޔާތެވެ. ބެންތަމް ވިދާޅުވަނީ “އިންސާނުންވަނީ ތަބީޢީ ގޮތުން ދެޙުކޫމަތްތެރިކަމަކަށް ބިނާވެފައެވެ. އެއީ ތަދާއި އުފަލެވެ.” ކޮންމެއަކަސް މިއީ ވަރަށް ބޮޑުތެދެކެވެ. އިންސާނާގެ ހުރިހާ ޢަމަލެއް ކިރާލެވޭ މީޒާނުގެ އަސާސަކަށް އަދި އެޢަމަލަކުން ހާސިލްވާނެ ނަތީޖާގެ އަސްލު ދެބަޔަކީ “ތަދާއި އުފަލެވެ”. ބެންތަމްވިދާޅުވަނީ “ކޮންމެމީހަކު ކަމެއްކުރިކަމުގައިވިޔަށް އެކަމެއްގެ ނަތީޖާއަށްވިސްނައިގެން މެނުވީ އެކަމެއްކޮށްގެން ނުވާނެއެވެ. ކޮންމެ ޢަމަލެއްގެ ނަތީޖާއަކަށްވާން ޖެހޭނީވެސް އުފަލެވެ. އެހެންނޫނީ އެކަމެއް އެމީހަކު ކޮށްގެން ނުވާނެއެވެ. ”އަސާސަކީ” އެންމެ ގިނަބަޔަކަށް ނުވަތަ ވީހާވެސް ގިނަ ބަޔަކަށް އުފާވެރިކަން ގެނެސްދިނުމެވެ.

މިސާލަކަށް ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރުންއެއީ އެކަމުން އުފާވެރިކަން ގެނެސްދޭކަމެއްތޯ ނޫންތޯ ކިރާލާނެ އެއްމީޒާނަކަށް ބެންތަމްގެ “ހެޑްނޮސްޓިކް ކަލްކިއުލަސް” އެވެ. ހެޑްނިސްޓިކް ކަލްކިއުލަސް އިން އެކަމެއް ވަޒަންކުރުމުގައި ހަތްކަމަކަށް ބަލަން ޖެހޭނެކަމަށް ބެންތަމް ވިދާޅުވެއެވެ. 1. އުފާވެރިކަމާއި ހިތާމަ ލިބިގެންދާނެ މުއްދަތު. 2. އުފާވެރިކަމާއި ހިތާމައިގައި ބާރު ހުރި މިންވަރު . 3. އުފާވެރިކަން ނުވަތަ ހިތާމަވެރިކަން ގެނެސްދޭނެ ކަމުގެ ޔަޤީންކަން 4. އުފާވެރިކަން ނުވަތަ ހިތާމަ މިހާރާއި ހުރި ދުރުމިން، 5. އުފާވެރިކަމުން އެހެން އުފާތަކަށް އޮތް ފުރްސަތުގެ މިންވަރު. 6. ހިތާމައިން އެހެން ހިތާމަތަކަށް މަގު ހުޅުވިފައިވާ މިންވަރު އަދި 7 ވަނަކަމަކީ މިއުފާވެރިކަމުގެ ނުވަތަ ހިތާމައިގެ އަޘަރު ކިތައްމީހުންނަށް ކުރާނެތޯއެވެ.

މުސާރަކުޑަކުރީމާ ގެއްލުން ލިބޭނީ މުސާރަ ކުޑަކުރިމީހާއަށެވެ. ފައިދާވަނީ ކާކަށްތޯއެވެ. ފައިދާ ގޮސް ވަންނާނީ ކާކުގެ ޖީބަށްތޯއެވެ. މިސާލަކަށް މުވައްޒަފެއްގެ އަތުން ކަނޑާލާ ފައިސާ ޕާކެއް ހަދަން ބޭނުންކޮށްފިއްޔާ އަޅާކިޔާލަން ފަސޭހަވާނެއެވެ. އެއީ މުސާރަކުޑަކުރި މީހާއަށާއި އެމުސާރަކުޑަކުރުމުން ގެއްލުން ލިބޭނެ އާއިލާއަށާއި އެއިން ބޭނުންކުރަން ތިބި މީހުންނަށެވެ. ފަސޭހަ ކޮށްލަމާ ހިނގާށެވެ. 10000 ރުފިޔާގެ މުސާރަލިބޭ މީހާގެ 3 ދަރިންތިބެއެވެ. އެއީ ހަބީބެވެ. އަންބަކު ހުރެއެވެ. ދެފިރިހެން ކުދިން ކިޔަވަނީ މަޖީދިއްޔާގައެވެ. އަންހެންކުއްޖާ އަމީނިއްޔާ ސްކޫލުގައެވެ. އެކުދިންގެ ބައްޕަގެ މުސާރައިން ކެނޑީ 2000 ރުފިޔާއެވެ. ކަނޑާފައި އެފައިސާ އިން އެހީވަނީ މުސްކުޅިންނަށެވެ. އެއީ 65 އަހަރުވީ މީހުންނަށް ފައިސާ ދިނުމަށްޓަކައެވެ. ބެންތަމްގެ ތިޔަރީއަށް މައްސަލަ ހުށައަޅާލީމާ ނަތީޖާ ތިރީގައިއެވަނީއެވެ.

1. މުސްކުޅިމީހާއަށް އެއިން ފައިދާ ލިބިގެންދާނެ މުއްދަތު ބަލާނެގޮތަކީ އޭނާ ދުނިޔޭގައި ހުންނާނެ ކަމަށް ލަފާކުރާ އުމުރަށެވެ. އެއްވެސްމީހަކަށް މަރުވާނެ އިރެއްނޭގެއެވެ. އެކަމަކު ރޭޝަނަލް ވިސްނުމަކުން ބަލާއިރު ދޭހަވާނެ ގޮތެއްވެސް އޮންނާނެއެވެ. މިގޮތަށް ތަޚްމީނުކުރާކަށްވެސް ބޭނުންނުވެއެވެ. އެކަމަކުވެސް ރަގަޅުވާނެކަމަށް ފެނެއެވެ. އާއްމު ކޮށް ފިރިހެނަކު މަރުވާނީ 85 އަހަރުގައިކަމަށް ބަލަމާހިގާށެވެ. މިހާރު އެއްކަލަ މުސްކުޅި މީހާގެ އުމުރަކީ 70 އެވެ. ހަބީބުގެ އުމުރަކީ 35 އެވެ. އެހެންވީމާ ހަބީބު މުސްކުޅިކުރެވޭނެ އެންމެ އަވަސްމުއްދަތަކީ 55 އަހަރެވެ. އަދި ވިހި އަހަރު މުސްކުޅިކުރުމާއި ދެމެދު އެބައޮތެވެ. ހަބީބު އަތުން ކަނޑާލާ 2000 ރުފިޔާ މުސްކުޅިމީހާއަށް ލިބޭނެކަމަށް ބެލެނީ 15 އަހަރު ވަންދެނެވެ. އެހެންވީމާ ބެންތަމްގެ މީޒާނުގެ ފުރަތަމަ އަސާސްއިން ކިރާލީމާ ވާގޮތަކީ ހަބީބު އަތުން ފައިސާ ކެނޑީމާ ހަބީބާއި މުޅި އާއިލާއަށް 20 އަހަރު ދުވަހުގެ ގެއްލުން ލިބެއެވެ. މުސްކުޅި މީހާއަށް ލިބެނީ 15 އަހަރު ދުވަހުގެ ފައިދާއެވެ.

ވީމާ މިއިން ނެރެވުނީ ހަބީބަށް 20 އަހަރު ދުވަހުގެ ގެއްލުން: މުސްކުޅިމީހާއަށް 15 އަހަރު ދުވަހުގެ ފައިދާއެވެ.
2. މިކަމުގައި ބާރުހުރި މިންވަރުން މި ހިސާބުޖެހުމަކަށް އެއްވެސް ބަދަލެއް އަންނާނެކަމަކަށް ނުފެންނާނެތީވެ ދޫކޮށްލީއެވެ.

3. މުސާރަ ކަނޑާނެ ކަމުގެ ޔަޤީންކަން ހަބީބަށްވަނީދީފައެވެ. އަދި އެލަވަންސް ހޯދުމަށް ސަރުކާރުންވަނީ މުސްކުޅިމީހާ ފޯމެއްލުމަށް އަންގާފައެވެ. މިހާތަނަށް ސަރުކާރުން ކުރަން ރާވައި ހިންގި މިފަދަ އެއްވެސްކަމެއް ސައިބޯނި ބޮތްކަކަށް ވެފައިނުވާތީ ފައިސާ ލިބޭނެ ކަމުގެ ޔަޤީންކަން އެންމެނަށް އެބައޮތެވެ.

4. ހަބީބުގެ މުސާރައިން 2000 ރުފިޔާ ކަނޑާނީ 2010 ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން، މުސްކުޅިމީހާއަށް ފައިސާ (އެލަވަންސް) ލިބޭނީ ވެސް އެމަހުން ފެށިގެން. މާނައަކީ ފުރަތަމަ ދުވަހުން ފެށިގެން ލިބޭ އެލަވަންސް ގުނެން ފެށޭނޭ، އެލަވަންސް ދެނީ ޖެނުއަރީ 31 ގައެވެ. އެހެންވިއްޔާ ދުވާލަކު އޭނާއަށް 64.51 ރުފިޔާ އޭނާއަށް ލިބެމުންދާނެއެވެ. އެހެންގޮސް މަސްނިމުނީމާ 2000 ރުފިޔާ ޖަމާކުރާނެއެވެ. ހަބީބުގެ ހިތްދަތިކަން ފެށޭނީ އެހިސާބުންނެވެ. މުސްކުޅިމީހާގެ އުފާވެރިކަން ފެށޭނީ އެހިސާބުންނެވެ. އެހެންވީމާ ހަމަހަމައެވެ.

5. މުސްކުޅިމީހާއަށް ލިބޭ ފައިސާކޮޅުން އޭނާއަށް މުހިންމު ވަނީ ފެހި ކޯލާޓަރު ފުޅިއަކާއި، ތާކިހަލަކާއި، ހުދުޓީޝާޓަކާއި، މުންޑަކާއި، ތަސްބީހައަކާއި، ވިއްސާރަ ކުޑައަކާއި، ލަކުޑި ފޮއްޓަކާއި، ލަކްސް ސައިބޯންޏަކާއި، ޒައިތޫނި ތެޔޮ ފުޅިއަކާއި މިފަދަ އެއްޗެހި ގަންނަންށެވެ. މިއިން ލިބޭ އުފާވެރިކަމަކީ މަރުވާންދެންވެސް އަމިއްލަ ހަރަދުތައް އަމިއްލައަށް ކުރުމެވެ. މުސްކުޅިމީހާގެދަރިފުޅު ކޮންމެ މަހަކުވެސް ކުރިން މިހުރިހާ އެއްޗެއް ގަނެދެއެވެ. އެކަމު އޭނަ މިހާރު ބުނަނީ އެފައިސާ ޖެނުއަރީން ފެށިގެން ނުދޭނެކަމަށެވެ. އެއީ އޭނަ ނަރުކޮށްޓަން ގިޓަރ އެއް ގަންނަން ވެގެނެވެ.

6. ހަބީބަށް މިލިބޭ ހިތާމައިގެ ސަބަބުން އޭނާ މާޔޫސްވެ، މަސައްކަތުގައި ދެމިހުރުމަށް އުދަގޫވެއެވެ. އަމީނިއްޔާ އަށެއްގައި އުޅޭ ނަޒީފާ އޭނާގެ ކޮމްޕިއުޓަރ ކްލާހަށް ފީދައްކަނީ އެއްކަލަ މުސާރައިންނެނެވެ. އޭނާ ކިޔަވަން ދާން ( ބެޗެލަސް ޑިގްރީ) ވާއިރަށް ލާރި އެއްކުރަނީ މުސާރައިންނެވެ. ދޮށީ ދެދަރިން މިހާރު ނިމެނީއެވެ. ސީއެޗްއެސްއީއަށް ވަދެވޭވަރުގެ ނަތީޖާއެއްލިބޭނީ ކުމާރު ސަރ ގާތުން ޓިއުޝަން ޖަހައިގެން ކަން ހަބީބަށް އެގެއެވެ. އެކަން ނުކުރެވޭނެ ކަމުގެ ހިތާމަ ތައް ކުރިފަޅަމުން ދަނީއެވެ.

7. އުފާވެރިކަން، މުސްކުޅިމީހަށާއި އޭނާއަށް ހަރަދު ކުރަންނުޖެހޭތީ އޭނާގެ ދަރި ޖަމްސީދުއާއި ޖަމްސީދު އޭނާގެ ބައްޕައަށް ހަރަދުކުރަން ނުޖެހޭތީ ޖަމްސީދުގެ ލޯބިވެރިޔާ ޕިންކީއަށެވެ. ހިތާމަ: ހަބީބާއި ހަބީބުގެ ދެދަރިންނާއި އަބިގޮއްޔެއެވެ.

ދެން އޮތީ ނަތީޖާ އާއި ހަމައަށް ވާސިލްވުމެވެ. ފުރަތަމަ ކަމަކަށް އަޅުގަނޑު މިބެލީ މުސާރަ ކެނޑުމުންވާނެ ގޮތެވެ. އޭގެ ނަތީޖާއެވެ. ހުރިހާކަމެއްވެސް ހަމަ ތަޖްރިބާއަށް ބަލައި “ހީއަށް” ދޫކޮށްލީއެވެ.

އަޅުގަނޑުމެންގެ ދިވެހިންގެ އާދައިގެ ދިރިއުޅުމާއި ވަރަށް ތަފާތު ނަޡަރަކަށްވިޔަސް ދުނިޔެއަށް ލޯހުޅުވުމަކީ ތަރައްޤީގެ އަސްލެވެ. ތަހްޒީބުވާނީ ތަނަށްވުރެކުރިން މީހާއެވެ. ތަހްޒީބު ގެނެވޭނީ އޭރުންނެވެ.

(ނުނިމޭ)

‮ ‬4‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. turnedpage‮ ‬ވިދާޅުވީ


    ތާރީޚް:01/12/2009

    ޝުކުރިއްޔާ، އަޙްމަދު ޢަބްދުލް ޙަކީމް…

    މިއީ ވަރަށް ފުރިހަމަ ދިރާސާއެއް އަދި ވަރަށްވެސް ޢިބްރަތްތެރި ލިޔުމެއް. މިފަދަ ލިޔުންތައް ކުރިޔަށް އޮތް ތާނގައި ގިނައިން ލިޔުއްވާނެ ކަމަށް އުއްމީދު ކުރަން. އަދި މިލިޔުމުގެ ނުނިމި އޮތްބައި އަވަސް މުސްތަޤްބަލެއްގައި މިސައިޓުން ފެންނާނެކަމުގައި އުއްމީދު ކުރަން.

  2. ޅެންވެރިއެއްގެ ރޫހު ފުޅިއެއްތެރެއިން ނުކުމެ‮ ‬ވިދާޅުވީ


    ތާރީޚް:01/12/2009

    މިކާކު މިސާލަކަށް ނަގައިގެން އުޅޭ ޔަހޫދީ ބެއެއް، ތިޔަކީ އަދި ކަލޯ ކަންކަން ވަޒަން ކުރަންވީ ހަމަ ހަމަ މިޒާނެއް ލިޔެފައި އޮތް އެއޗެއް ނޫން ، މުސާރާއިގެ ކުޅިގަނޑަކީ ސިޔާސީ އުކުޅެއް. އެއަދި ބޮޑުކުރާނެ، އެކަމާއި ނުތެޅޭ ، މިހާރުގެ ސަރުކާރަކީ އެއަށް ވުރެއްމާ ބަރާބަރަށް ހިނގާ ސަރުކާރެއް ، ކަލޯ ތިޔަ އުޅެނީ ސަރުކާރާބެހެން ،

  3. ހޯހޯ‮ ‬ވިދާޅުވީ


    ތާރީޚް:02/12/2009

    ވަރަށް ފުރިހަމަ ލިޔުމެއް ކަމަށް ފެންނަނީ. ލިޔުން އެއްކޯށް ޝާއިއުކުރީމާ ރަނގަޅަށް ކޮމެންޓްކުރެވޭނީ

  4. ސާމާނުބެ‮ ‬ވިދާޅުވީ


    ތާރީޚް:02/12/2009

    ދިވެހިރާއްޖޭގެ ހަޔާތުގައި ފުރިހަމަ އިންތިޙާބެއް ބޭއްވި ދިވެހި ރައްޔިތުންގެ ފުރިހަމަ އަޢުލަބިއްޔަތުން، ރައްޔިތުންގެ ރުހުމާއި، ލޯތްބާއެކު ހޮވާފައިވާ މިއަދުގެ ރައީސް މުޙައްމަދު ނަސީދުއަށް މުޅި ގައުމު ފަޙުރުވެރިވަމެވެ. ދިވެހި ގައުމުގެ ހައިބަތާއި، ކަރާމާތް މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފުލައިފިއެވެ. ދިވެހިރާއްޖެއަކީ ކިތަންމެ މީސްކޮޅު މަދު ގައުމެއްކަމުގައި ވިޔަސް މިއަދު ދިވެހިންނަކީ މިދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ކުރިމަތީގައި ބަސްވިކޭ، ގަދަރު ލިބިގެންވާ، މަގްބޫލް ގައުމެކެވެ. މިއަދު ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންގެ ކުރިމަތީގައި އަޅުގަނޑުމެންގެ ރައީސް މުޙައްމަދު ނަސީދު ސިފަކުރައްވަމުން ގެންދަވަނީ މަހާތުމާ ގާންދީ ފަދަ، ނެލްސަން މަންޑޭލާ ފަދަ ސަޙްސިއްޔަތުގެ ގޮތުގައެވެ. 30 އަހަރުވީ އަނިޔާވެރިކަމާއި، ޖައްބާރުވެރިކަން އެއްވެސް ކަހަލަ ލޭ އޮހޮރުވުމެއްނެތި ބަދަލުކޮށްލި ހަމައެކަނި ލީޑަރަކީ މިއަދު ރައީސް މުޙައްމަދު ނަސީދުއެވެ.ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވަނީ މުޅި ދުނިޔެ ސިއްސުވާލާފައެވެ. ދުނިޔޭގެ ގައުމުތަކުން އެ ގައުމުތަކުގެ އަނިޔާވެރި ވެރިކަންތަށް ނިމުމަކަށް ގެނެއުމަށް އެތަކެއް މަސައްކަތެއް ކޮށް އެކަން ކާމިޔާބުނުވެފައެވެ. ނަމަވެސް ދާދި ފަސޭހަކަމާއެކު، ހިކުމަތްތެރިކަމާއެކު ދިވެހިރާއްޖޭގެ ތާރީޙުގައި އެންމެ އަނިޔާވެރި ވެރިމީހާގެ ކިބައިން މުޅި ގައުމު ސަލާމަތްކުރީ އެއީ ރައީސް ނަސީދުގެ ކުޅަދާނަކަމާއި، ވިސްނުން ތޫނުކަމުގެ ލާމަސީލު މިސާލެކެވެ. މުޅި ދުނިޔެއަށް ހުރި ލާމަސީލު މިސާލެކެވެ. ރައީސް ނަސީދުއަށް މުޅި ދުނިޔެއަށް ލިބެމުންދާ ކާމިޔާބީތަކަށް ކެތްނުވެގެން، އަދި މަގްބޫލުކަމަށް ކެތް ނުވެގެން ރޯނު އެދުރު ހަސަން ސައީދުމެން، ބޮނޑިބަތް ޖަމީލުމެން މޭ ކަރާގޮތްވާނެއެވެ. އުނަގަނޑު ބޯ މެން ލައިގެން ހުރި ފަޓުލޫނު އުނު ނުހުންނަވަރަށްވެސް ކަންތަށް ދާނެއެވެ. އެކަމަކު މުޅި ދުނިޔެ ހެކިވާ ކަންކަމާއި، ބޮޑިބަތް ޖަމީލާއި، ފުއްޖަހާ މަލެއްފަދަ ފޯމަ އެޓާނީ އަކަށް ދެން ކުރެވޭނެ މާ ބޮޑުކަމެއް ނޯންނާނެއެވެ.ސިޔާސީ ގޮތުން ދުރު ވިސްނޭ، ސިޔާސީގޮތުން ކާމިޔާބީއަށް ވާސިލުވުމަށް މަސައްކަތްކުރަން ބޭނުންމީހަކަށް މިއަދު މިގައުމުން ފެންނަމުންދާ އިސްލާޙީ ބަދަލުތަކަށް ފާޑެއް ނުކިޔޭނެއެވެ. ބިނާކުރަނިވި ފާޑެއް ކިޔާލެވޭނެ އެއްވެސް ޖާގައެއް ނެތެވެ. ނަމަވެސް ވާދަވެރި ސިޔާސީ ނިޒާމެއްގައި ސަރުކާރުގެ ހިންގުމާއި، ސިޔާސަތުތަކަށް ފާޑުކިޔުމަކީ އޮންނަންވާނެކަމެކެވެ. ނަމަވެސް ފާޑުކިޔުމުގެ މާނައަކީ ސަރުކާރުން އެކުލަވާލި ސިޔާސަތަށްވުރެ މޮޅު ސިޔާސަތެއްނެރެ ރައްދު ދިނުމެވެ. ވީމާ މިއަދުގެ ސަރުކާރުން މިގައުމުގެ ތަރައްގީއަށް، އަދި ކުރިއެރުމަށް އެކުލަވާލާފައިވާ ސިޔާސަތަކަށްވުރެ މޮޅު ސިޔާސަތެއް، ގައުމީ ޕާޓީންވެސް އަދި ޑީ.އާރު.ޕީންވެސް ނެރެ ބަލާށެވެ. ސިޔާސަތެއް އެކަށައަޅާލަން ނޭންގޭކަމަށް ވަނީނަމަ ގޭގަ ހެދިކާ ހަދަން ތިބުން ބުއްދިވެރިއެވެ.

ޚިޔާލު ފާޅުކުރައްވާ