ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކުގެ ތެރެއިން 05/2008 އަކީ ފުލުހުންގެ ޤާނޫނުގެ ނަމްބަރ އެވެ. މިޤާނޫނުގެ 17 ވަނަ މާއްދާއިން ބާރު ލިބިދީގެން ފުލުހުން ރިޓަރޔަކުރުމުގެ ޤަވާއިދެއް ވަނީ ހެދިފައެވެ. މިޤަވާއިދުގެ 11 ވަނަ މާއްދާ އަޅުގަނޑު ފާހަގަކޮށްލަމެވެ.
މިޤަވާއިދުގެ 11 ވަނަ މާއްދާގެ (ނ) ދަށުން 2009 ނޮވެމްބަރ 25 ވަނަދުވަހު 18 ފުލުހަކުވަނީ ރިޓަރޔަކޮށްފައެވެ. މީގެ ތެރޭގައި މިރަށުގެ ފުލުހެއްވެސް ހިމެނެވެ. އަޅުގަނޑު މިލިޔުމުގައި ފާހަގަކޮށްލަން ބޭނުންވަނީ މިއީ އެންމެ އިންސާފުންކުރެވުނު ކަމެއްތޯ ބަލާލުމަށެވެ. މިހެން ބުނަންޖެހުނު ސަބަބަކީ މިމާއްދާގެ ދަށުން ރިޓަޔަރކުރުމަށް ފުރަތަމަ އެންގި އެންގުމުގައި މިރަށުގެ ދެފުލުހެއްގެ ނަން އޮވެފައި ފަހުން އެންމެ ފުލުހަކަށް ބަދަލުވެފައިވާތީއެވެ. އަދި އެކަން އެގޮތަށް ވެފައިވަނީ ކިހިނެއްކަން އޮޅިފައި އޮތުމުންނެވެ. ސާފުކޮށް އެނގޭ ކަމަކީ މިދެފުލުހުންނަކީވެސް މިމާއްދާގެ ދަށުން ރިޓަރޔަރ ކުރެވެންޖެހޭނެ ދެމީހުންކަމެވެ. މިދެ ފުލުހުންގެ މައްސަލައިގެ ތެރެއިން ފާހަކަކޮށްލެވޭ އަނެއްކަމަކީ ސާރވިސްއަށް ގިނަދުވަސްވުމާއި ޕާސްޓް ރެކޯރޑަށް ބަލާއިރު ރިޓަރޔަކުރެވުނު ފުލުހަށްވުރެ ރިޓަރޔަރ ނުކޮށް ސާރވިސްގައި ބެހެއްޓި ފުލުސް މީހަކީ ރެކޯޑް ހަޑި، އާއްމުންގެ ޝަކުވާގިނަ، އަސާސީ ތަމްރީނުންނާއި މިހާތަނަށް ފަތަންވެސް އެނގިފައިނުވާ ފުލުހެއްކަމެވެ. ނަމަވެސް ޤާނޫނާއި ޤަވާއިދު މީނާ ރިޓަރޔަރކުރުމަށް ނުފެންނަކަމަށް ސާރވިސްގެ އިސްވެރިން ނިންމި ނިންމުމަކީ އަޅުގަނޑު އެޤާނޫނު އެއްކޮޅުން އަނެއްކޮޅަށް ކިޔާ ދިރާސާ ކުރުމުންވެސް ފެނިފައިވާ ކަމެއް ނޫނެވެ. ސުވާލަކީ މިދެމީހުންގެ ތެރެއިން ރިޓަރޔަރ ކުރެވުނު ފުލުސް މީހާ އާއި މިދެންނެވި ފުލުސް މީހާ މިޤާނޫނުކުރިމަތީގައި ހަމަހަމަ ނުވީ ކީއްވެބާވައެވެ. އަޅުގަނޑަށް އެނގޭ ގޮތުން މިދެންނެވި ޤާނޫނުގައި ބުނެފައިވާ ޝަރުތު ހަމަނުވާ މީހެއް ފުލުހުންގެ މުއައްސަސާގެ ވަޒީފާގައި ބެހެއްޓިފައި އެވަނީ ޤާނޫނާއި ޤާވާއިދާއި އެއްގޮތަށް ނޫންކަމެވެ.
މިއީ އެންމެންގެ މެދުގައި ޤާނޫނާއި ޤަވާއިދުން ކަންތައްތައްކުރުމަށް، ނުވަތަ ލޯ އެން ފޯސްކުރުމަށް މިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ބޮޑު މުއައްސަސާއިން އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި މެދު ކަންތައްތައް ކޮށްފައިވާ ގޮތުގެ އެންމެކަމެކެވެ. މިކަމުގައި އެތަނުގެ އިސްވެރިން ބުނެފައިވަނީ އެގޮތަށްވެސް ބައެއް މީހުނާއި މެދު ކަންކުރަންޖެހިދާނެކަމަށާއި އެވާހަކަ ނުދެއްކުމަށްކަމަށެވެ. މިއީ ފުލުހެއްގެ ފަރާތުން އަޅުގަނޑަށް މިކަމުގައި އެނގިފައިވާ އެއްޗެކެވެ. މިއީ ސިއްރުކުރެވިދާނެކަމެއްކަމަށް ހީކުރިއަސް އެކަންކުރުމަކީ މިއަދު އެހާ ފައްސޭހަކަމެއް ނޫނެވެ. ކަން މިހެން ހުރިއިރު އާއްމު ރައްޔިތުންނާއި މެދު އެހެން މުއައްސަސާތަކުން ކަންކުރާނީ ކިހިނެއްބާވައެވެ. މިއީވެސް ހުވާކޮށްގެން ތިބި ބައެއްގެ އަމަލުހުރި ގޮތަށް ވީހިނދު މިރާއްޖޭގައި ޤާނޫނު ހަދައިގެން އެޤާނޫނުތަކުގެ ހިމާޔަތް ލިބެންޖެހެނީ މުއްސަނދިންނާއި ސިޔާސީ މީހުންގެ އައުވާނުންނަށްތޯއެވެ. ނިކަމެތި ރައްޔިތުންގެ ހައްޤު ކޮބައިތޯއެވެ؟
މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން މިގޮތަށް މިކަންކުރުމުން އަޅުގަނޑު މި ލިޔުން ލިޔުމުގެ އެންމެ ބޮޑު ބޭނުމަކީ ކުރިއަށް އޮތްތަނުގައި މިފަދަކަންތައްތައް މިގޮތަށް ވިޔަނުދިނުމެވެ. މިގޮތަށް ކަންކުރުމުން އަރައިގަނެވެނީ އެތަކެއް ބައެއްގެ ހައްޤަށް ކަމުގައި ހަނދުމަކޮށްދިނުމެވެ. ނިކަމެތިވެގެންދާ ކޮންމެ ދަރިއަކީވެސް މިޤައުމުގެ ދަރިއެކެވެ. ތިޔަ ސާރވިސްއަށް ޚިދުމަތްތަކެއް ކޮއްދީފައިވާ އަގުހުރި ދަރިއެކެވެ. ލިޔުމަކުން ފައިސާ އަކުން ޚިދުމަތް އަގު ވަޒަންކުރުމަކީ ކުރެވޭނެކަމެއް ނޫނެވެ. ޤާނޫނު ލާޒިމްކުރާތީ ވަކި މުއްދަތެއްވެ ޝަރުތުތަކެއް ފުރިހަމަ ވުމުން ވަޒީފާ ދޫކޮށްލަން ޖެހޭނެކަން ކޮންމެ މީހަކަށް އެނގޭނެއެވެ. އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް ވަކި މީހަކަށް ވަކިގޮތެއް ހެދުމަކީ އިންސާފެއް ނޫނެވެ. އެއްވެސް މީހަކު ތާއަބަދު ދުނިޔެއަކު ނުހުންނާނެއެވެ. ތިމާ ދުނިޔެ ދޫކޮށް ދާންޖެހޭނެއެވެ. ދުނިޔެ މަތީގައި ކުރި ކޮންމެ ކަމަކާއިމެދު އެދުވަހުން (މަޙްޞަރު ދުވަހުން) ތިމާ ޖަވާބުދާރީ ވާންޖެހޭނެއެވެ. ވީމާ އެހެން މީހުންގެ ޙައްޤުތަކަށް އަރައި ނުގަންނާނެއެވެ. އިންސާފާއި ހަމަހަމަ ކަމުން ކަންކުރާށެވެ. މޮޓޯކަމުގައި ބުނެ ޝިޔާރުތަކެއް ލިޔެ ބެހުމަކުން އެއީ މޮޓޯ ކަމަކަށް ނުވާނެއެވެ. އަދި ފާރުގައި އެތަކެތި ލިޔެފައި ބެހެއްޓުމަކުން އެކަންތައްތައް ތަންފީޒްވާނެކަމުގައި ނުދެކޭށެވެ.


DOg ވިދާޅުވީ
ތާރީޚް:02/12/2009
ތިބުނާ މީހުންނަކީ އިންސާފުން ކަންތައްތައް ކުރާ ބެއެއް ނޫން، އެހެން އެވަނީ އެމީހުންގެ ތެރޭގައިވެސް އެފަދަ އިން އެކަކު އަނެއްކަކާއި މެދު ކަންކުރާތީ، އަޅުގަނޑަށް އެނގިފައިވާ ގޮތުން މިރަށުގައި ތިބޭ ފުލުހުންގެ ތެރޭގައިވެސް ކަންކުރަނީ އެހެން، ވަރަށް ފަހަކުން އެސްޓޭޝަނަށް ފޮރެންސިކު ކޯހެއް ލިބިގެން، އެތަނުގައި މަސައްކަތްކުރާ މީހުން ގާތު އެވާހަކަ ދައްކާވެސް ނުލާ އިދާރީ މަސައްކަތްކުރަން އުޅޭ ކުއްޖަކަށް އެކޯސް ދިނުމުން އެމައްސަލާގައި އެތަނުގެ ފުލުހުންގެ ތެރެއިން ބަޔަކު ހިތްހަމަ ނުޖެހިގެން އެވާހަކަ ދައްކަމުންގެންދޭ، އެތަނުގައި އިދާރީ މަސައްކަތްކުރަން ތިބެނީ އެންމެ ޖޫނިއާރ މީހުން ނަމަވެސް އެމީހުންނަކީ އެތަނުގެ އެންމެ އިސްމީހުންގެ އަރިސް ބޭކަލުންކަމުން އެމީހުން ކަންކުރަނީ ހިތަށްއެރި ގޮތަކަށް، އިދާރީ މީހުން ނަކީ ވެރިންނާއި އެންމެ ކައިރިން މަސައްކަތްކުރަން ފުރުޞަތު ލިބޭނެ މީހުންކަމަށް ވީނަމަވެސް އަމަލީ ގޮތުން އެތަކެއް މަސައްކަތްކުރާ މުވައްޒަފުންނަށް ބަލާލުމެއް ނެތި އެތަނުގެ ވެރިން އެމީހުން މަތީ ފަޑީގައި ބޭތިއްބުމުގެ ސަބަބުން މަސައްކަތްކުރާ މީހުންގެ ހިތްމަރުވެ، އާއްމު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ފަރުވާކުޑަވުމަކީ މުވައްސަސާގެ އަގު ވެއްޓިގެން ދާނެކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ.
DOg ވިދާޅުވީ
ތާރީޚް:02/12/2009
މިއާޓީކަލުގައި ވަޒީފާގައި ބެހެއްޓީ ފުލުސް މީހާއަށް ވަނަމަކަށް މޫދުގައި ދިރިއުޅޭ އެއްގަމަށް ބިސް އަޅާއެއްޗެއްގެ ނަމުން މުހާތަބުކުރާކަމަށް މައުލޫމާތު ލިބިފައިވޭ، އަދި އެމީހާ އަކީ އިނގިރޭސި ބަހުން އެއްޗެއް ބުނަން ނޭނގޭ ތަނުގައި ދިވެހިބަހުންވެސް މީހުނާއި ރީތިކޮށް މުހާތަބުކުރަން ނޭނގޭ މީހެއް ނަމަވެސް މިހާރު އޭނާ ވަނީ ސާރޖެންޓްގެ މަޤާމަށް ޕްރޮމޯޓްވެސް ކޮށްފައިކަމުގައި މައުލޫމާތު ލިބިފައިވޭ، އެނގިފައިވާ ގޮތުގައި އެންމެ ފަހުން އޭނާއަށް މަޤާމްގެކުރި އެރުން ލިބިފައިވަނީ މީގެ 09 މަސްކުރިން، އެއްވެސް ކޯހެއް ތަމްރީނެއް ފުރިހަމަ ނުކުރަނީސް 01 އަހަރު ދުވަހުގެ ތެރޭގައި ލިބިގެންދިޔަ ކުރިއެރުމުން ފުލުހުންގެ ޚިދުމަތުގައި އުޅޭ މީހުންގެ ފެންވަރު ނުހަނު ރަގަޅަށް ވަޒަންކުރެވިއްޖެ. ތިއީ ތައުލީމާއި ތަމްރީނަށްވުރެ ރިސްވަތުގެ ސަބަބުން ކުރިއަރަށް ފައްސޭހަވާނެތަނެއްކަމުގައި ބެލެވޭ،
އަލިފުބާ ވިދާޅުވީ
ތާރީޚް:02/12/2009
ތެދެއް! ތިއީ އެއްވެސް ތަނަކުން ތަނަކު ޖެހޭ ބައެއް ނޫންދޯ؟ އެއީ ވެލާ މޯޑް ދޯ، ތިއީ ވަރުގަދަ މީހެއް ކޮބައިތަ މިހާރު އެސޮރު.
ސާމާނުބެ ވިދާޅުވީ
ތާރީޚް:02/12/2009
އަހުރެން ހަމަ ޑޯގް މިފުމިއަރުވާ ފާޑަކުން އަޖައިބުވެ އަންތަރީސްވެއްޖައީމުއެވެ. ބަލަ ތިޔަހާ އިންސާފަށް ލޯބިކުރާ ހިޔާނާތާއި އަނިޔާވެރިކަމާއި ދެކޮޅުމީހަކު ނިމިދިޔަ ތިރީސް އަހަރު ކޮބާހެއްޔެވެ. މިހާރު ނާޤާބިލްމީހުންނޭ ލިޔަންކިޔަންނޭނގޭ މީހުންނޭ މޫދުންލެއްގި އެއްޗެކޭ ކިޔައިގެން ވައްވައްޖަހާއިރު ހައުދަހާވާ ތަނެއްދޮއް ނޭނގުނުތާއެވެ. ބަލަ ތިރީސްއަހަރު ނުބާޒާތަކަށް އެންބުރުނު ފަންކާއެއްހަމަ ނިވާލާއިރަށް އެހުއްޓޭނެ ކަމަށް ޤަބޫލްކުރުމަކީ ވަރަށްވެސް ތަންދޮރު ނުދަންނަ ކަމުގެ ހެއްކެކެވެ. އެހެންވީމާ ޑޯގްއަށް މައުމޫނޭ ކިޔުނު ރަންނަމާރިއާއި ބެހޭގޮތުން ކުޑަމިންވަރެއް ގެނެސްދޭން އެބަ ގަސްތު ކުރަމެވެ. ހަމަ ހެޔޮވިސްނޭތޯއެވެ.
މައުމޫން އަބްދުލްޤައްޔޫމް (ޑީއާރުޕީގެ ޒަޢީމް) އަކީ ލެއްގި ބަބުރުގެ ދަރިކޮޅުން އައި ދަރީންގެ ތެރެއިން އިބްރާހީމް މާފަތްތަކުރުފާނުގެ އަބްދުލްޤައްޔޫމް ސީދީ ގެ ދަރިއެކެވެ. މިދުވަސްވަރަކީ މިރާއްޖޭގައި މައުމޫން އަބްދުލްޤައްޔޫމާއި ޚިޔާނާތުގެ ކަންކަން ހިންގިކަމަށް އެންމެން ބުނަމުންދާ ދުވަސްވަރެކެވެ. މިކަންކަން އެނގިގެންދަނީ ތާރީޚީ ލިޔުންތެރިންގެ އިތުބާރުހިފޭ ލިޔުންތައް ބަލާ ދިރާސާކުރުމުންނެވެ. ތާރީޚީ ލިޔުންތަކުން ބައެއްބައިތައް ނަކަލު ކުރެވިފައި ވާނެއެވެ. ކުރިއަށް ޖެހިލާނަމެވެ.
ނޫރައްދީން ބަންޑާރައިން އަވަހާރަވެގެން ވަޅުލުމުގެ ކުރީގައި ދަރަންޏެއް އޮތްތޯ ބެލިއިރުގައި ބުންބާ ބާޒާރުން ފުދޭވަރަކަށް ދަރަނިވެރިވެފައި އޮތެވެ. އެހެންކަމުން ސަރުކާރުން އެދަރަނިތައް އަދާކުރިއެވެ. ބަންޑާރައިން ވަޅުލާފައި، ބަނޑޭރިގޭ ފައިސާއިން ދެއްކުނު ދަރަނި ބެލިއިރުގައި ދަރަންޏަށް ނެގިފައިހުރި ހުރިހާތަކެތި ނަގާފައިހުރީ “އިބްރާހީމް މާފަތް ތަކުރުފާނުގެ” ގެއަށެވެ.އިބްރާހިމް މާފަތް ތަކުރުފާނު ހުރިގެ ސަރުކާރަށް ނެގިއެވެ. އެއީ މިހާރުގެ މައްޗަންގޮޅީ އިރުމަތީގެއެވެ. މާފަތް ކަމަކީ ރަދުންގެ ޕާރސަނަލް ސެކްރެޓަރީ ކަމެވެ. އެދުވަސްވަރު ދައުލަތް ހިންގަވަނީ އަބަދުލްމަޖީދު ރަންނަބަނޑޭރ ކިލަގެފާނެވެ.
އިބްރާހީމް މާފަތް ތަކުރުފާނުގެ ދަރިފުޅަކީ އަބްދުލްޤައްޔޫމް ސީދީ އެވެ. އަބްދުލްޤައްޔޫމް ސީދީ އަކީ ބޮޑު ނައިބު ބޭކަލެކެވެ. ކޮންމެ އަހަރަކު ނާއިބު ކަމާ ހިނގަންވީމާ އޭނާގެ ފަގުޑިކޮޅާއި ޖުއްބާކޮޅު ބަގީޗާގޭގައި ކޮންމެހެންވެސް ތައްޔާރު ކުރަން ޖެހެއެވެ. ފަގުޑިކޮޅު އެހެން ބޭފުޅުންނަށްވުރެން ސައިޒާއި ޒާތްކޮޅު ބޮޑުވާން ޖެހެއެވެ. ފަގުޑީގެ ކަންގަނޑުވެސް ތަންކޮޅެއް ދިގުވާންޖެހެއެވެ. ހާތްތެރީއެވެ. ހައުދަހައިވާ ޒާތްކޮޅުބޮޑެވެ.ނާއިބުކަން ލިބުމާއެކު ފަނޑިޔާރުގޭގައި ޝަރީއަތް ހިންގަވާން ފެށުނެވެ. ދުވަސްކޮޅެއްވީތަނާ ރިޝްވަތު ހިތްޕަވާ ވާހަކަ މާލެތެރޭ އަޑުއަރައިފިއެވެ. ވާނީވެސް އެހެންތާއެވެ. އަބްދުލްޤައްޔޫމް ސީދީ ހައްދަވާ ގޮތަކީ ނުގަޑީގައި ފަނޑިޔާރުގެ ހުޅުވައިގެން ހަބޭހަށް ޝަރީއަތް ހިންގަވަނީއެވެ. އަބްދުލްޤައްޔޫމް ސީދީ ބާޒާރުން ކޮންމެ އަހަރަކު ނަގާފައިވާ ދަރަނި (2000 އަދި 3000 ރުފިޔާ / މިހާރުގެ ގޮތުންނަމަ ދޭއް ނުވަތަ ތިނެއް މިލިއަން ރުފިޔާ) އަރައެވެ. ހައުދަހައިވާ ޚަރަދުބޮޑު ދިރިއުޅުމެއް ދަސްވެފައި ވާތީތާއެވެ.
މައުމޫން އަބްދުލްޤައްޔޫމްގެ ބައްޕައަކީ އަބްދުލްޤައްޔޫމް ސީދީއެވެ. މައުމޫނުގެ ފުރަތަމަ ކާވެންޏާއި ދޭތެރޭގައިވެސް އެމާބަނޑު ދެބޭން ލިބުމާއެކު މާލެތެރޭ އަޑުތަކެއް އެރިއެވެ. ކައިވެންޏަށް ދުވަސް ހަމަނުވާ ވާހަކައެވެ. މިވާހަކަ ދެކެވުނީ އެކައިވެނި މިސްރުގައި ކުރުމުގައި މެދުވެރިވި ކުރިނބީ ޝޭޚް އަޙުމަދު އާދަމް އެކަން ދެނެލައްވާތީ، މީނާ އެވާހަކަތަށް ފަޅާލައިގެންނެވެ.މައުމޫން ދުވަސްގަނޑެއް ވަންދެން ނައިޖީރިއާގައި ކިޔަވައިދޭންއުޅެ، ލިބޭ މުސާރައިން ޚަރަދުތައް ހަމަނުޖެހިގެން މާލެއައީއެވެ. ހައުދަހައިވާ ޚަރަދުބޮޑު ދިރިއުޅުމެއް ދަސްވެފައި ވާތީތާއެވެ. ދިވެހިރާއްޖެ ނާދެވި މަޅިއެރިއެވެ. މާލެ އާދެވުނީ އޭނާގެ ޅިޔަނު އިލްޔާސް އިބްރާހީމްގެ އެހީގައެވެ.
1978 ނޮވެމްބަރ 11 ގައި މައުމޫން އަބްދުލްޤައްޔޫމަށް ވެރިކަން ލިބުނީ ނާސިރަށް ވުރެން މާބޮޑަށް ކިޔަވާފައި ހުރި މާމޮޅު މިހަކަށް ވެގެންނޯލައެވެ. މައުމޫން އަބްދުލްޤައްޔޫމް 30 އަހަރުވަންދެން ތިންބާރު ގޮއްމުށުތެރަށް ލައިގެން (ކަންކަން ދެނަހުރެ) ވަރަށް ޚުދުމުޚްތާރު އަނިޔާވެރި ވެރިކަމެއް ޤާއިމް ކުރިއެވެ. ރައްޔިތުންގެ ގަޔަށް ބޮލަށް ބަޑިޖަހާ (ޝަރުޢީ ހުކުމެއް ނެތި) އަދަބުދީ ހެދިއެވެ. ދިވެހިރާއްޖޭގެ އާބާދީގެ 30% މަސްތުވާ ތަކެތީގެ ޝިކާރަޔަކަށްވީ މައުމޫން އަބްދުލްޤައްޔޫމްގެ އަނިޔާވެރި ވެރިކަމުގައެވެ. އަނިޔާވެރިކަން ހައްދުންނެއްޓިގެން ދިޔައެވެ. ކުށްތައް ކުރާ މުޖްތަމައުއެއް އުފެއްދިއެވެ. މިއަށް ފަހު ޤާނޫނީގޮތުން ވެރިކަމުން ދުރުކުރެވުނެވެ. މިހާރު އެންމެގަދައަށް ދެކެވޭ ވާހަކައަކީ ދައުލަތުގެ ބައިތުލްމާލުން މައުމޫން އަބްދުލްޤައްޔޫމްގެ ފަރީއްކުޅުއްވި ވާހަކައެވެ. ލެއްގިބަބުރުގެ ދަރިކޮޅުގެ ލެއިގެ ޖަޒްބާތަކީބާވައެވެ.
DOg ވިދާޅުވީ
ތާރީޚް:02/12/2009
ސާމާނުބޮނޑިއަށް އަމިއްލައަށް އެރިގެން އުޅޭ ސާމާނުބެއަށް، މިއާޓިކަލުން މައުމޫނޭ ނުވަތަ އަންނި އޭ ލިޔެފައިވަނިކޮށް ފެނުނީ ކޮންތަނަކުންތޯއެވެ، ތާރީޚް ދަންނަކަމަށް ހެދިގެން ކާބަފައިން މަރުވެފައި ތިއްބާ މަސްކެއުމަކީ އަޅުގަނޑު ކުރާހިތްވާކަމެއް ނޫނެވެ. އަޅުގަނޑު މިބަލަނީ މިކަހަލަ އިންސާފުން ނެއްޓިފައިވާ ކަންތައްތަކުގެ ވާހަކަ އިވުމުން އެކަން އިސްލާޙްވޭތޯ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ކުރާކަމެކެވެ. އަދި ވަކިނުކޮށް މިބެހެއްޓި ފުލުހަކީ އަންނިގެ ދަރިއްކަމެއް ނުވަތަ ޅީދަރިއެއްކަމެއްވެސް ނުވަތަ ކެމްޕޭނު ކޮށްދިން މީހެއްކަމެއްވެސް އެނގިގެންނެއް ނޫނެވެ. ކޮންމެ މީހެއްކަމުގައިވީ ނަމަވެސް ކަންތައްތައް ކުރަންޖެހޭނީ އިންސާފުންކަމުގައި އަޅުގަނޑު ދެކެމެވެ. ދެން މިކަންމިދިޔައީ އިންސާފުންކަމުގައިތޯ ނުވަތަ ނޫންތޯ ސާމާނުބެ ބަލާލުން ރަގަޅުވާނެއެވެ. އެއީ މައުމޫނު ސަރުކާރަކީ އިންސާފެއް ނެތް ސަރުކާރެއްކަމުގައި ބުނެ މިސަރުކާރުން މިފަދަކަމެއް ކުރުމުން ދޭހަވަނީ ހަމަ މިއީ މިކަހަލަ އިންސާފެއްނެތް މީހަކު އިސްކޮށްހުރެ ކުރާ ވެރިކަމެއްކަމެވެ. އަންނި ތަންތަނުގައި ރޯކުރުމުން އެއީ ކުށަކަށް ބަލައިގެން ނެތް ވާކަށް ނެތެވެ. ވެލާނާގެއިން ވައްކަންކުރިއަސް އަންނި ވީމާ ކުށަކަށް ނުވެއެވެ. ރައްޔިތުންގެ މުދާ ރައްޔިތުންގެ ބަހެއްނެތި ވިއްކުމަކީވެސް އަންނިކުރުމުން ގޯހަކަށް ނުވެއެވެ. އަމިއްލައަށް ސުވައިންފުލޫ ވެކްސިން ޖަހާ އެހެން މީހުންނަށް މިބަލި ފެތުރުމުގެ ހުރިހާ ދޮރެއް ހުޅުވިސް ހަމަ އެންމެ ރަގަޅެވެ. މިފަދަ ކަންތައްތަކުގެ ތެރެއަށް އާޓިކަލުގައި މިވާ ބޮޑުވެސް މިދިޔައީ އިތުރުވެގެންނެވެ.
ސާމާނުބެ ވިދާޅުވީ
ތާރީޚް:03/12/2009
މީހަކު ގޮވަހާ ކޮހަކަށް ރައްދުދިނުމަކީ އަޅުގަނޑުގެ ގެންގުޅޭ އުސޫލެއްނޫނެވެ. އެހެންނަމަވެސް ކުޅުދުއްފުއްޓަކީ އަޅުގަނޑުގެވެސް އުފަންރަށް ކަމައްވެފައި ކުޅުދުއްފުށީ ޑޮޓް ކޮމްއަކީ ރަށުގައި އުފެދުނު މިބާވަތުގެ ފުރަތަމަވެބް ސައިޓްކަމަށްވެފައި މިސައިޓަކީ އަޅުގަނޑުވެސް ނުހަނު ލޯބިވާސައިޓަކަށްވާތީ މިސައިޓްބަލާނެ ބަޔަކުނުވުމަކީ އަޅުގަނޑު އެދޭނެ ކަމެއްނޫނެވެ. އެހެންކަމުން ކޮސްގޮވުމުގައި ހައްދުފަހަނަ އަޅާދިއުމުން ދެން އެއަށްރައްދު ދިނުންވެސް މަޖުބޫރުވެއްޖެ ކަހަލައެވެ. ރަހުމަތްތެރި ޑޯގްއެވެ. އަޅުގަނޑަކީވެސް ނުހަނު ހަމަޔަށާއި އިންސާފަށްލޯބިކުރާމީހަކީމުއެވެ. އެހެންކަމުން މިއަދުގެ ސަރުުކާރަށާއި ކަމާބެހޭ ފަރާތްތަކަށް ވަރަށް އިޙްތިރާމާއިއެކު ގޮވާލަމެވެ. ވޭތުވެދިޔަ 30 އަހަރުވީ ނުތާހިރު އަޅުވެތި ކުރުމުގައި ދައުލަތުގެ މާލިއްޔާއިން ވަށްކަންކުރި ކަލޭގެ އާއި އޭނާގެ ބައިވެރިން ހައްޔަރުކޮށް އިންސާފުން ޝަރީއަތް ކުރައްވާށެވެ.
ކާބަފައިންގެ މަސްކެއުމޭ ބުނާއިރު ފިރުއައުނު،ހާމާނު،ޤާރޫނު މިތިންމީހުންނަކީވެސް އިންސާނިއްޔަތުގެ ގޮތުންބަލާއިރު ހަމަ އަޅުގަނޑުމެންގެ ކާބަފައިންނެވެ. މިބައިމީހުންގެ ނުބައިވާހަކަ ދެއްކުމަކީ މަސްކެއުންކަމުގައި ވާނަމަ ޤްރުއާންވެސް ކިޔަވައިގެން ނުވާނެތާއެވެ. އެހެނީ ޤްރުއާނުގައި މިބައިމީހުންގެ ނުބައިކަމުގެ ވާހަކަ ބަޔާންވެގެންވެއެވެ. މަސް ކެއުމޭކިޔާއިރު މަސް ކެއުންވެސް އަޅުގަނޑުގެ އެކުވެރިޔާއަށް ނޭނގުނުތާއެވެ. އެހެންވެދާނެއެވެ. އެކަމަކު ބުނަންހެއްޔެވެ. މީހެއްގެ އަނިޔާވެރިކަމާއި ނުފޮރުއްޕާން މުޖުތަމަޢު އަކަށް ބޮޑުވެއްޖެ ހިނދެއްގައި އޭނާގެ ކިބައިން މުޖުތަމަޢުގެ އެހެން ފަރުދުން ސަލާމަތްކުރުމަށް އޭނާގެ ނުބައިވާހަކަ ދެއްކުމަކީ އިސްލާމް ދީންމަނާ ކުރާކެއްނޫނެވެ. ނަމަވެސް ޑޯގް ނުވަތަ އަޅުގަނޑު ފަދަ އާންމު ފަރުދަކު ގޭތެރޭގައި ކުރާނުބައި ކަންކަމުގެ ވާހަކަ އާންމުންގެ ތެރޭގައި ދެއްކުންވާނީ މަސްކެއުންކަމުގައެވެ. އެފަދަހާލަތުގައި އޮތީ އެފަދަމިހާއަށް ނަސޭޙަތް ދިނުން ނުވަތަ ހެކި ހިފައިގެން ޝަރީއަތަށް ދިއުމެވެ.
އަދި ބުނަންހެއްޔެވެ އަންނި ވެލާނާގެއިން ވައްކަންކުރިއޭ ކިޔައިގެން އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއެއްކަމަށްވާ މޫސާ އަންވަރު ވަނީ މައުމޫނގެ ވެރިކަމުގައި އޭނާގެ އަޣުލަބިއްޔަތު އެމަޖުލީހެއްގައި އޮތް ރައްޔިތުންގެ މަޖުލީހަކުން ހޮވާފައިވާ ސްޕްރީމް ކޯޓަށް މައްސަލަ ހުށައަޅާފައެވެ. މައްސަލަ ސާބިތެއްނުވި އެހެންނޫންތޯއެވެ. ދެންއެބަ ވިދާޅުވޭ އަންނި ތަނެއްރޯކުރި ވާހަކަވެސް ެހެންކަމަށް ވަންޔާ އަވަހަށް ހެކި ހިއްޕަވައިގެން ސްޕްރީމް ކޯޓަށް ވަޑައިގަންނަވާށެވެ. ހެސްކިޔާފައި އިންސާފަށް ލޯބި ކުރައްވަމު ނޫންތޯއެވެ. ޑޯގް އަންނި ގޮވައިގެން ސްޕްރީމް ކޯޓަށް ވަޑައިގަންނަވަން ޖެހިލުން ވެވަޑައި ގަންނަވާނެ ކަމެއްނެތެވެ. އެހެނީ މޫސާ އަންވަރު ކޯޓަށް ވަޑައިގެންނެވި ދުވަސް ވަރަކީ ކެންޕެއިން ދުވަސްވަރަށް ވެފައި އެކަމާއި ގުޅިގެން އެމްޑީޕީގެ އެއްވެސް އެކްޓިވިސްޓަކު މޫސާ އަންވަރާ ދިމާކޮއްފައެއްނުވެއެވެ. ނަމަވެސް އަޅުގަނޑު މައުމޫގު ގޮވައިގެން ކޯޓަށް ގޮސްފިނަމަ ޑީއާރުޕީގެ ގުންޑާއިންގަނޑު އަޅުގަނޑު ރޮލުންކާނެ ނޫންތޯއެވެ. އަލްހާނުފަކީރަށްކުރާވަރު އެބަދެކެމު ނޫންތޯއެވެ. ދެންއަނެއްކާ ފިރުއައުނު ޤާރޫނު ހާމާނު މައުމޫނު މިއެންމެންވެސް މިނިމެނީ ނޫނުގެ އުބުފިއްޔަށެވެ. ހޫނނނނނނނނ ކީކޭ މިކިޔުނީ. އާނ ރަނގަޅު ދޯ ހަމަ.
DOg ވިދާޅުވީ
ތާރީޚް:03/12/2009
mdp ގުންޑާއިން ނުނިކުންނާނޭ ތިބުނީ ތަނެއް ދޮރެއް ނުދަންނަ މީހުންނަށް އޮޅުވާލުމަށްތޯއެބެ؟ ބަލަގާ ސިވިލްސާރވިސް މީހުން އެމީހުންގެ ހައްޤު ހޯދުމަށް ނިކުތުމުން mdP ގުންޑާއިން އެމީހުންނަށް ދިމާނުކުރަނީތޯއެވެ؟ މަޖިލިސްގެ މެމްބަރުންނާއި އެކު drp މީހުން ރައީސް އޮފީސް ދޮށަށް އެއްވުމުން އެގުންޑާއިން ނުނިކުމޭތޯއެވެ. މި އާޓީކަލުގެ މައުލޫނޭގެނީތޯއެވެ. ކޮމެންޓް ކުރަން ބޭނުންނަމަ އެކަމަށް ކުރާށެވެ.
DOg ވިދާޅުވީ
ތާރީޚް:03/12/2009
ކާބަފައިންގެ މަސްކެއުމޭ މިބުނަނީ އެކާބަފައިންގެ ފަތިފުށްނޭނގި ތިބެ ދޮގު ބުހުތާން ދޮގުހަދައިގެން ތިމާ ބޭނުންވާ ކަމެއް ހާޝިލުކުރަން އުޅޭތީ، ސާމާނުބޭގެ ސާމާނުތައް ހަމައަށް ހުރިނަމަ ތިއީ އެކާބަފައިންގެ ހަޤީޤަތް ނޭނގޭ މީހެއްކަން އަޅުގަނޑަށް އެނގޭ، ދެން ކީރިތި ޤްރުއާނުގައި އެވަނީ ހާމާނުއާއި ޤާރޫން އާއި ފިރުއަނުނާއި ބެހޭގޮތުން ދޮގެއްކަމަށް ސާމާނުބެ ބުންޏެއްކަމަކު، އަލުގަނޑުމެން އިސްލާމުން އެޤްރުއާން ގަބޫލުކުރަން އެއީ މާތްﷲ ގެ ކަލާންފުޅު، ސާމާނު ބެއާއި އެހެންވެސް މީހުން ބަޔަކާއި ބެހޭ ގޮތުން ލިޔެފައިވާ އެއްޗަކާއި އެކަލާންފުޅާ އަޅުންވަން ނޫޅޭތި، ތިއީ އިސްލާމެއް ނޫންކަމަށް ވިއަސް މިއީ އިސްލާމުން ހިންގާ އަދި އިސްލާމުން ކިޔާ ސައިޓެއްކަމުން އެފަދަ ނުލަފާ ކަމެއްކުރުމުގެ ހިޔާލު ނުކުރާތި،
DOg ވިދާޅުވީ
ތާރީޚް:03/12/2009
ކީރިތި ޤްރުއާން ޤަބޫލުކުރާ އެއްވެސް މީހަކު އެޤްރުއާނުގައި ލިޔެވިފައިވާ ވަހީ ބަސްފުޅު ދޮގެއް ނުކުރާނެ، އެކަމަކު ސާމާނުބޭ އެޤްރުއާން ދޮގު ކުރިކުރުމުން ތިއީ އަޅުގަނޑުމެން އިސްލާމުން ރައްދުދޭވަރު މީހެއް ނޫންކަން އެނގިގެންދިޔުމެވެ.
އ ކ ވިދާޅުވީ
ތާރީޚް:03/12/2009
އެތާނގަ ހަދަނީ ހަދާނެ އެއްޗެއް ގަދަމީހާ ނުވަތަ ކަންކަން ކުރެވޭމީހުން ކޯސްތަކާއި އެއްޗެހިހަދަނީ އެޑުމިން ގަތިބެނީ މުޅިންވެސް ވެރިންނޯ . އެތާގަ އުޅޭކުދިން ބުނަނީ ބޯފޮޑިމޫސަ އެއީ މީހެކޯ
ސާމާނުބެ ވިދާޅުވީ
ތާރީޚް:03/12/2009
އޭ އޭ ހަމަޖެހިބަލަ މިސައިޓް ކިޔާހާބަޔަކަށް އަޅުގަނޑަކީ ކާފަރެއްކަމަށް ވިސްނައިދޭން ތިޔަ ތެޅިއަރުވަނީ އަޅުގަނޑުގެ ކޮމެންޓް ހަޖަމްނުވެގެންކަން ނުދަންނަ މީހަކު ނޫޅޭނެކަމީ އަޅުގަނޑު ޝައްކު ކުރާކަމެއްނޫނެވެ.
އަޅުގަނޑު ޤްރުއާނުގެ އާޔަތެއް ދޮގުކޮއްފަކޮބާހެއްޔެވެ. ޤްރުއާނުގެ ތަރުޖަމާއަކީ ހުއްޖަތެއްނޫންކަމަށް ވެސް ވިދާޅުވީ ތިޔަ ވިދާޅުވާ މައުމޫނު ނޫންތޯއެވެ. ބަލަ އޭރު ކަލޭ ކޮބާހެއްޔެވެ. ތިމާގެ ހުރި ލަދެއްހަޔާތެއްނެއް ކަމާއި ޖާހިލުކަން ނިކަންދެކިބަލާށެވެ. މިއަދު އަޅުގަނޑަކީ މުސްލިމެއްނޫން ކަމަށް މިސައިޓަށް ވަނަނަހާމީހަކަށް ވިސަނައިދޭން ވެސް ތެޅިބާލަނީއެވެ. ދެންފަހެ މިފަދަ ޖާހިލަކާއި މެދު ބުނާނީވަކިން ކީކޭހެއްޔެވެ.
މަސް ކެއުންވެސް ކަލެއަށް ތިޔަހުރީއެނގިފައެވެ. ބަލަ ތަންދޮރުއެނގި ހުރެވެސް އަނެކާއާއި ބެހޭގޮތުން އާންމުންގެ ތެރޭގައި ދެއްކުން ހުއްދަނުވާ ބާވަތުގެ ވާހަކަ ހުންނާނެއެވެ. ފިރްއައުނާއި އޭނާގެ އެކުވެރިންގެ ވާހަކަ ޤްރުއާނުގައި ބަޔާންކުރެވިފައިވަނީ އެއިން އިބްރަތް ހާޞިލް ކުރުމަށެވެ. އެހެންކަމުން އެހެންކަމުން އޭގެފަހުން އައިސްގޮސްފައިވާ ރައްޔިތުންނަށް ހަރާމް ކޯރުވީ މިހުންގެ ވާހަކަ ދެއްކުމަކީވެސް ނެއްކަމެއްނޫނެވެ. ބަލަ އަޅުގަނޑު ދެއްކިވާހަކައެއް ޤްރުއާނާ އެއްފަދަ ކޮއްފަ ކޮބާހެއްޔެވެ. އަމިއްލަޔަށް އާޔަތް ހަދައިގެން ޓީވީއެމްއިން ދެއްކި ރިޔާސީ ސުވާލާއި ޖަވާބު ޕްރޮގްރާމްއަށް އަރައި އަރަބިބަހުން ޖުމްލަ ހަދައިގެން ކީވެސް ހަމަ ތިޔަބުނާ މައުމޫނެވެ. އަދި ބުނަންހެއްޔެވެ އަޅުގަނޑަކީ ސަރުކާރަށް ފާޑުކިޔުމާ ދެކޮޅުމީހެއްނޫނެވެ. ޒިންމާދާރު އިދިކޮޅުޕާޓީއަކީވެސް ނުހަނު މުހިންމު އެއްޗެއްކަމަށް އަޅުގަނޑު ޤަބޫލްކުރަމެވެ. އެހެންނަމަވެސް އެބަޔަކީ ޑީއާރުޕީއެއްނޫނެވެ. ކަލޭއާހިޔާލު ތަފާތުވާހާ މީހަކު ކާފަރުކޮށް ބިދުޢަވެރިކުރުމަކީ ނުހަނު ޖާހިލުކަމާއި ތަންދޮރުނުދަތުމުގެ ދަލީލުތަކެވެ. އެޑްމިންއަށް ވަރަށް އަދަބު އިޙްތިރާމާއި އެކުދަންނަވަމެވެ. ޑޯގްމެންފަދަ މުޖްތަމަޢު ފަސާދަ ކުރުވަނިވި ބާވަތުގެ މީހުން މިސައިޓުން އެއްފަރާތް ކުރައްވާށެވެ. އެއުޅެނީ ހަމަ ވެއްޓުނު ވެރިކަމުން ގަހެއްފެޅުވޭތޯއެވެ. އެފަދަ މުޑުދާރު ޢަމަލެއްހިންގުމަށް މިސަޓްދޫކޮށް ނުލައްވާށެވެ. ހެޔޮނުވާނެއެވެ.
DOg ވިދާޅުވީ
ތާރީޚް:03/12/2009
ބަލަގާ ހިތުތެރޭގައި ހަސަދައިގެ އަލިފާންގަނޑު އަނދާހާ ހިނދަކު އެހެން އެއްޗެއް ނުކިޔޭނެއެވެ. އަޅުގަނޑެއް ނުކިޔަން މިފަހަރަކު އަންނިއެކޭ އަދި މައުމޫނެކޭވެސް، އެކަމަކު ސާމާނުބެ ތިބުނަނީ ފިރުއައުނާއި އެފަދަ މީހުންގެ ވާހަކަ ޤްރުއާނުގައި އައިސްފައިވާތީ ޤްރުއާން ނުކިޔަވާށޭ، ތިބޭފުޅާ ތާރީހޭ ބުނެ ލިޔުނު އެއްޗަކަށް ރައްދުދިނުމުން އަޅުގަނޑަށް ރައްދުދެވުނީ ޤްރުއާނާ އެއްފަދަ އެއްޗަކަށޭ، ދެން މިހެން ނުބުނާކަމަކަށް ނުވާނެ މަތީގައިވާ ކޮމެންޓް ރާފުޅި އެއްލާލާފައި ހަމަ ބިމުގައި ހުރެ ދެވަނަ ފަހަރުވެސް ކިޔާލަބަލަ، އަމިއްލައަށް ކާފަރަކަށްވެސް ވެގަންނަނީ، އެހެން މީހުންނަކަށް އަނެއްކާގެ އީމާންތެރިކަން ފޭރިއެއް ނުގަނެވޭނެ، އެއީ ބައެއްގެ ގޭގައި ބައްތިދިއްލުމަށް ހިންގާފައި ހުރި އިންޖީނެއްނޫން،އިންޖީނުތައް ދަމައިގަންނަ ހެން އެކަމެއް ނުވާނެ، މައުމޫނު ރޮލާ ކެއަސް އެއީ ވެރިކަންނުކުރާ މީހަކަށް ދެންވާނެތަ، މިގައުމުގައި ހުރި އިމާރާތްތަކާއި ތައުލީމީ މަރުކަޒުތަކާއި ކޮނެފައިހުރި ފަޅުތަކާއި ދެންވެސް ފެންނަން ހުރި ތަރައްޤީއެއްގެ ބާނީ އަކީ އޭނާ ކަމުގައި ނުވާނެކަމީ ނެތް ގޮތެއް،
ސާމާނުބެ ވިދާޅުވީ
ތާރީޚް:04/12/2009
ޤްރުއާން ނުކިޔަވާށޭކޭ އަޅުގަނޑު ނުލިޔަން އަދި ނުވެސް ބުނަމެވެ. އަޅުގަނޑު ބުނި އިބާރާތް މިތަނުގައި ނަކަލު ކޮއްލާންމެވެ.”ކާބަފައިންގެ މަސްކެއުމޭ ބުނާއިރު ފިރުއައުނު،ހާމާނު،ޤާރޫނު މިތިންމީހުންނަކީވެސް އިންސާނިއްޔަތުގެ ގޮތުންބަލާއިރު ހަމަ އަޅުގަނޑުމެންގެ ކާބަފައިންނެވެ. މިބައިމީހުންގެ ނުބައިވާހަކަ ދެއްކުމަކީ މަސްކެއުންކަމުގައި ވާނަމަ ޤްރުއާންވެސް ކިޔަވައިގެން ނުވާނެތާއެވެ.” މިހެންނެވެ. ދެންއަނެއްކާ ވިދާޅުވެއްޖެ އަތުގައި އޮތްރާފުޅި އެއްލާލާވާހަކަވެސް ރާފުޅި އެއްލާލަންވީ ކާކުކަން ނިންމާނީ ކިޔުންތެރިންނެވެ. ތިމާވަރުގެ މީހަކުނެއްކަމަށް ހެދިގެން ކޮމެންޓްކޮށް ސަރުކާރަށް އެއްޗެހިގޮވާއިރު ރާއްޖޭގައި 30 އަހަރުވަންދެން އަނިޔާވެރި ވެރިކަމެއްކޮއް އެތައްބަޔަކު ވީނުވީއެއްނޭނގި ގެއްލި ހައްޤް ބަހެއްބުނިއްޔާ ބުނިހާމީހަކަށް ގިނިދައްކަމުން އެމީހަކު ރަތްމަލަށް ބިރުގަންނަވަމުން ޖަލުތަކުގައި ދީނީ އެތަށް ޢިލްމް ވެރިންނެއްގެ ތުނބުޅި ޓްމާޓޯސޯހާހި ޗިލީސޯސް ހާކައިގެން ބާލުވައި ދައުލަތުގެ މާލިއްޔާ ދިރުވާލައި އާއިލީވެރިކަމެއްކޮށް މުޅި ޤައުމު ދަރުވާލައި ވޭތުވެދިޔަ ރިޔާސީ އިންތިހާބުފިޔަވައި ބޭއްވިނަމަ ބޭއްވިހާ އިންތިހާބެއްގައި ބޮޑުކާފާއި ކުޑަކާފުގެ ކޮންސެޕްޓް ބޭނުންކޮއްގެން ރައްޔިތުންނަށް އޮޅުވާލައި ވޯޓް ގުނުމުގެ ތެރެއިން ވޯޓް ކަރުދާސް ފޮތް ފޮތް ހުރިގޮތަށް ނަގަންޖެހިމައުމުނު އައްޔަން ކުރާ އިލެކްޝަންސް ކޮމިސަނަރަކު ލައްވާ ހަޑި ހޭވުވީވެސް ވެސް ހަމަ މަޢުމޫނުން ޢަބްދުލް ޤައްޔޫމް ފިޔަވައި ދެންއެހެން ފަހެ ކާކު ހެއްޔެވެ.
ޢަލީ ހުސޭނު ވިދާޅުވީ
ތާރީޚް:04/12/2009
ނޫ ޑިމޮކްރެސީއާއި ރީދޫ ޑިމޮކްރެސީގެ ތަޅާފޮޅުމަށްފަހު، ކާމިޔާބުހޯދި ރީދޫ ޑިމޮކްރެސީ މުޅިރާއްޖެއަށް ފާއްދާލިތާ މިވަނީ އެއް އަހަރު އޮޔާ ގޮސްފައެވެ. މިދެ ޑިމޮކްރެސީގެ މީހުން ގަބޫލު ކުރާގޮތުގައި އަބަދު ވެސް އެބަޔަކު ކަންތައް އެކުރަނީ ޑިމޮކްރެސީގެ މާތް އުސޫލުގެ މަތިންނެވެ. މިއަށް ތާޢިދު ކުރާ މީހުންވެސް މިގޮތަށް ޤަބޫލު ކުރެއެވެ،ބުނަން މިއުޅެނީ އަންނިއަށް ރުހުން ދިނިމުގައި އަންނިއަށް ތާޢިދު ކުރާމިހުން ހައްދު ފަހަނަ އަޅައި ދާވާހަކައެވެ. މައުމޫނަށް ތާއިދު ކުރާމީހުން ވެސް ހަމަ އެހާލެވެ. މި ދެ ވެރިންނަށް ތާއިދު ކުރުމުގައި ރައްޔިތުން ހައްދު ފަހަނަ އަޅާފައިވާ ވާހަކަ އެވެ. މައްސަލަ އަކަށް ވަނީ މީހަކު ދީނީ ކަންތައްތަކުގައި ހައްދު ފަހަނަ އަޅައި ދިޔުމުންނެވެ. އިންސާންކު އަނެއް އިންސާނާއަށް ތާއިދު ކޮށް އޭނާކުރާ ހުރިހާކަމަކީ ރަގަޅު ކަންތައްކަމުގައި ވިސްނާ އެގޮތަށް ތާއިދު ކުރުމަކީ ވެސް ހައްދު ފަހަނަ އަޅައި ދިޔުމެވެ.ކޮންމެ އިންސާނަކީ ވެސް އިންސާނާގެ އިޚްތިޔާރުން ބޭރުގައިޔަސް އިޚްތިޔާރުގައި ވިޔަސް ކުއްކުރެވޭނެ ފަރާތެކެވެ. ކުރާ ހުރިހާ ކަންތައްތަކަކީ ރަނގަޅު ކަނތައްކަމުގައި ނުވާނެ އެވެ.ނަސޭހަތެއްގޮތުން ބުނެލަން އޮތީ ކަންކަމުގައި ރުހުން ދިނުމުގައި ވަކިމީހަކަށް ނުބަލާށެވެ. އެކުރަން އެޅޭ ނުވަތަ އެކުރާ ކަމަކަށް ބަލާށެވެ.
DOg ވިދާޅުވީ
ތާރީޚް:04/12/2009
އިބާރާތެއް ނޫން މުޅި ކޮމެންޓް ތަކުރާރުކުރިއަސް ތިމާ ލިޔާ އެއްޗަކާއި ނުވަތަ އެނެއްކާ ލިޔާ އެއްޗަކާ ޤްރުއާނާ ހަމަކުރުން މިއީ އިސްލާމުން ކުރާނެކަމެއް ނޫން، ފިރުއަނާއި މިއުންމަތުގެ އެއްވެސް މީހަކާއި ހަމަހަމައެއް ނުކުރެވޭނެ، އެހެންކަމުން އެބައި މީހުންގެ ވާހަކަ ޤްރުއާނުގައި އައިސްފައިއެވަނީ އިބްރަތެއްގެ ގޮތުން އެމީހުންގެ ރަސޫލުން ދޮގުކޮށް ކަލަކުކަމަށް ދައުވާކޮށް ހެއްދެވިހާ ނުބައިކަމެއް ކޮށްއުޅުނީތީ، އެއީ އިސްލާމްދީން ގަބޫލުކުރި ބައެއް ނޫން، އެކަން އަޅުގަނޑުމެންނަށް އެނގޭތީ، މިބުނަނީ އެފަދަ ނުވިސްނިގެން އެމީހުންގެ ވާހަކަ ނަގައިގެން އުޅޭނީވެސް އެމީހުން ފަދައިން ރާބޮއި ހެއްދިވެހިހާ ނުބައިކަމެއްކޮށް ހަދުމަށް ހިތްވަރުދީ އެފަދަ ކަންތައްކުރާ މީހުން، އެހެންވެ މިބުނީ ފުޅިއެއްލާލުމަށް. ދެން މިއާޓިކަލަކީ މައުމޫނޭ ކިޔައިގެން އޮތް އެއްޗަކަށް ނުވާހިދު މައުމޫނޭ ތިކިޔަނީ ހަމަ ހަސަދަވެރިކަން ނޫން ދެންކޮންކެމެއްތޯއެވެ؟ ތިމާގެ ހިތުގައި ހަސަދައިގެ އަލިފާން ރޯވެފައިވާ ވަރުން ތިމާއަށް ދެއްކޭ ނުދެއްކޭ ވާހަކައެއްވެސް ނޭނގެއެވެ. ހަސަދަވެރިންނަކީ ވަރަށްވެސް ނުލަފާ ނުބައިބައެއްކަމަށް ދަންނަ ބޭކަލުންގެ ފަތުވާއިން އަޅުގަނޑަށް އެނގިފައިވެއެވެ. މައުމޫނު ކޮންމެ ގޮތަކަށް ވެރިކަމަށް އައިސްގެން ލާރި ކައިގެން ބަނޑު ބޮޑުކުރިނަމަވެސް މިއަދުގެ ވެރިންފަދައިން ރައްޔިތުންނަށް ހަރާންކޯރުނުވާކަން ނުފެންނަނީ ކޮންބަޔަކަށްކަން މިރާއްޖޭގެ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ބަޔެއްގެ ބޮލުގައި އިލްޒާމް އެޅުވުމަކުން ވެރިކަމުގައި ދެމިހުރެވޭނެކަމަށް ނުބަލާށެވެ. ބަޔަކު ގޯސްކޮށްކަންތައް ކުރުމުން އެކަން ރަގަޅުކުރުމަކީވެސް ވެރިކަންކުރާ މީހުންގެ ކަމެކެވެ. ތުޙްމަތަކީ އެކަންކުރުކަމަށް ނިންމޭނެކަމެއް ނޫނެވެ. ތިމާ މެން ކޮށްދޭނެކަމަށް ބުނެ ވައުދުވީ ކަންތައްތައް ކޮށްދޭށެވެ. ބޭކާރު ހުސްއަނގަ ނުތަޅާށެވެ. ސަރުކާރުގެ މުވައްސަސާތަކަކީ އިންސާފާ ހަމަހަމަ ކަމާއިއެކު އެތަނުގެ މުވައްޒަފުންނަށާއި ޙީދުމަތްލިބިގަންނަ މީހުންނަށް ކަންކުރާތަންތަނަށް ހަދައިދޭށެވެ. ވަކިބަޔަކަށް ވެރިކަންކުރުމުގެ ބަދަލުގައި ރުހޭ މީހުންނަށާއި ނުރުހޭ މީހުންނަށްވެސް އެއްހަމައަކުން ވެރިކަންކުރާށެވެ. ބާރުގެ ބޭނުންކުރިން ކުރިފަދައިން މިހާރުވެސް ކުރާކަން ފެންނަނީ މަދެއްކޮށެއް ނޫނެވެ. އެކަން ނުކުރާނެކަމަށް ބުނެފައިވާތީ ކަންކުރަން ވައުދުވި ގޮތް ހަނދާން ނައްތާނުލާށެވެ. މިފަދަ ސައިޓްތަކަކީ ގޭސް އަނބުރާ ސައިޓަކަށް ނުހަދާ ހަޤީޤަތާއި ކުރިމަތިލާށެވެ. މިއާޓިކަލުގައި ވާފަދަ ކަންތައްތަކަކީ އިންސާފުންކޮށްފައިވާ ކަންތައްތައް ކަމަށް ނުވާ ހިނދު އެކަން އޮއްބަން ބޭކާރު ވާހަކަ ނުދައްކާށެވެ. އަދި ބުނަންތަ މިއާޓީކަލުގައި އެވާ މީހަކީ މިރަށުގައި މައުމޫން ހޮވުމަށް ކެމްޕޭނުވެސް ކުރި މީހެކެވެ. އެކަމަކު އެވަރުވެސް ކަލޯ އަށް ނޭނގޭނެއެވެ. އަދި މިރަށު ޑީ.އާރ.ޕީ ގޮފީގެ ޒުވާނުންގެ ރައީސްކަމުގައި 2006 ވަނަ އަހަރު އުޅުނު މީހެއް މިހާރު ހުރީ ޕޮލިހުގައެވެ. އެއީ މައްސަލައެއް ނޫނެވެ. މައްސަލައަކީ މިދިޔަ ރިޔާސީ އިންތިހާބުގައި ފުލުހެއްގެ ގޮތުގައި ހުރެ އޭނާ ވަނީ ކެމްޕޭނުވެސް ކޮއްފައެވެ. މިފަދަ މީހުން މިހާރު ހަލާކުކުރަމުން އެދަނީ އެފަދަ މުވައްސަސާތަކެވެ. އެކަންވެސް ނުއެގޭނަމަ އިތުރަށް ދިރާސާކޮށް އިސްލާހުކުރުމަށް މަސައްކަތްކުރާށެވެ.
DOg ވިދާޅުވީ
ތާރީޚް:04/12/2009
އ ކ ތިބުނީ މަށަށްވެސް އަޑު އިވުނުގޮތަށް، އެކަމަކު އޭނާ އަކީ ރިޔާސީ އިންތިހާބުގައި މައުމޫނު ހޮވުމަށް ކެމްޕޭނުކޮށް މައުމޫނު ނުހޮވިއްޖެނަމަ ޔުނީފޯމް ބާލާނެކަމަށް އެތައްބަޔެއްގެ ގާތުގައި ބުނި މީހެއް، މަގޭ ގާތުވެސް އެސޮރު އެހެން ބުނި، އަދި މިހާރުވެސް އެތެރެއިން އޭނާ މަސައްކަތްކުރަނީ ސަރުކާރު ނޭދެވޭ ވާހަކަ ދެއްކުމުގައި، ސަރުކާރުން ނުރަގަޅު ކަންތައްކުރުމުން އެވާހަކަ ދެއްކިދާނެ އެކަމަކު ފުލުހުންނަށް އެގޮތަށް އެކަން ކުރެވޭކަށް ނޯންނާނެވެ. ވަޒީފާގައި އުޅޭއިރު އެވަޒީފާއަށް ތެދުވެރިވާން ޖެހޭނެ. އޭނާ އަކީ މިރަށު އެއްވެސް މީހަކަށް އޮޅިފައި އޮންނާނެ މީހެއް ނޫން އެކަމަކު މިސަރުކާރަކަށް ނޭނގޭދޯ. AEC ހަލާކުކޮށްފަ މިހާރު އެތަން ފަނިކުރަނީދޯ، މިފަހަރު ޕޮލިސް ޓީމް ހިންގަނީވެސް އެސޮރޯ ބުނާ އަޑުއެހިން. އެކަމަކު އެއީ ކުޅޭއިރުވެސް ތަޅާފޮޅުމުގައި އިސްމީހެއް، އެސޮރުގެ އިންސާފެއް ނެތްކަން ބަލާބަލަ ރެފްރީކަންކުރި މެޗެއްގައި މެޗްފެށުމުގެ ކުރި ސޯސަންވިލާ ކުއްޖަކަށް ރަތްކާޑު ދައްކާނެކަމަށް ބުނެ އެގޮތަށް އެކަންކުރީ އެއްވެސް ކަމެއް ނުވެއެވެ. އެސޮރުގެ ކުޅުން މޮޅުކަމުންނޯ ފަހުންބުނީ. ޖޭވިއަސް ބޮޑުވަރުދޯ/
ސާމާނުބެ ވިދާޅުވީ
ތާރީޚް:04/12/2009
އެހެންވެއްޖެއްޔާ ތިޔަވިދާޅުވާ ރާފުޅި އެއްލާލެއްވުމަށްފަހު ދިވެހިބަހުން ތަންދޮޅު ފިލުވާ ކުލާހަކަށް ވަޑައިގެންނެވުމަށްފަހު އަލުން ކޮމެންޓްކިޔާލެއވުމަށް ޑޯގްއަށް ވަރަށް އެކުވެރިކަމާއިއެކު ވަސިއްޔަތްކުރަމެވެ. އަދި ދަންނަވަންތޯއެވެ. އަޅުގަނޑު ލިޔުނއެއްޗެއް ޤްރުއާނާ ހަމަކުރަން އުޅެފައެއްނޯންނާނެއެވެ. އެކަންވެސް ކުރީ މައުމޫނެވެ. އޭނާ އަރަބިބަހުން ޖުމްލަހަދައިގެން ޤްރުއާން ކަމުގައި މީސްތަކުންނަށް ވިސްނައިދޭން އުޅުނެވެ. މިފަދަކަންކަމަކީ ފިރުއައުނިއްޔަ ވަންތަކަން ފިޔަވާ ދެންއެހެން ކޮންކަމެއްތޯއެވެ. އެވާހަކަ ނުދައްކައި ދެން މިސަރުކާރަށް ފާޑު ކިޔާކަމީ ކަލޭގެ ޖާހިލުކަމެވެ. ނުވަތަ މައުމޫނުގެ ޒަމާނުގައި ކެވުނު ލާރިގަނޑު މިހާރު ނުކެވޭ ކަމުގެ ހެއްކެކެވެ. އެމީހެއްގެ ވާހަކަ ޤްރުއާނާ އެއްފަދަ ކުރީވެސް މައުމޫނެވެ. އަޅުގަނޑެއްނޫނެވެ. ރައްޔިތުންނަށް މައުމޫނުގެ ބައިގަނޑު ވީހަރާމްކޯރު މިސަރުކާރުން ނުވާކަމީ ބުއްދިސަލާމަތުން ހުރި އެންމެން ދަންނަ ހަޤީގަތެވެ. އޭރު ކަލޭކޮބާހެއްޔެވެ.
ގަންޖް ފަރާސް ވިދާޅުވީ
ތާރީޚް:05/12/2009
މި ދެން ކިހާ ބޮޑު ނުފޮރުއްޕާނެއްތަ؟ އެކަކު މައުމޫނުގޯސްވާހަކަ އަނެކަކު ސަަރުކާރު ގޯސްވާހަކަ ދައްކަދައްކައިގެން މިތާ ދިގު ހުތުބާ ލިޔެ މި ނަގަނީ؟ އާ ވާހަކައެއް ދައްކަބަލަ. މީގަ ހަމަ އާ ލިޔުންގަނޑެއް ޖަހާލާ އިރަށް މި ދެމީހުންގެ މި ޒުވާބަކާ ހުރެ ސައިޓުގަ ކުރިން ކޮމެންޓުކުރަމުންއައި ޔުނިކު ސްޓައިލް ވެސް ގެއްލިއްޖޭ.. މި ދެން ބޮޑުވަރެއްނުން
ހޯހޯ ވިދާޅުވީ
ތާރީޚް:06/12/2009
މިސައިޓަށް ކޮމެންޓް ނުކުރެވޭގޮތް ހެދުމަށް ސައިޓް އެޑްމިންގެ އަރިހުގައި ވަރަށް އަދަބުވެރިކަމާއިއެކު ދަންނަވަން. އެއީ ފިތުނައިގެ ކޮމެންޓްތަކުން ކިއުންތެރިން ސަލާމަތްކުރުމަށް. އަޅުގަނޑަކީ އާންމުކޮށް މިސައިޓްބަލާމީހެއް.