މިލިއުމަކީ 27/11/2009 ގައި މިސައިޓުގައި “އެމް.އެމް.އޭ” ކިޔާ ބޭފުޅެއް ” އިންފުލެއެންޒާ އޭ އަށް ޕޮޒިޓިވެގެން ފަރުވާފެށި ދެމީހުންނާއި” ބެހޭގޮތުން ޖަހާފައިވާ ލިއުމާއި އެލިއުމައް އާއްމުފަރާއްތަކުން ފާޅުކޮށްފައިވާ ހިޔާލުތަކުގައިވާ ސިއްހީ މަޢުލޫމާތާއި ފުށޫއެރުން ތައް ނުވަތަ ރައްޔިތުއްނައް އޮޅުއްއަރާ ކަހަލަ ވާހަކަ ތަކެއް ހުރުމާއި ގުޅިގެން ހެލްތް ވޯކަރެއްގެ ހައިސިއްޔަތުން ބުނެލަން ބޭނުވާ މަޢުލުމާތުތަކެއް ހާމަކުރުމައް ލިޔުނުލިއުމެކެވެ.
ސުވައިން ފުލޫގެ ވެކްސިންއާއި ބެހޭގޮތުން ދަންނަވާލަންއޮތީ، ސުވައިން ފުލޫގެ ވެކްސިންގެ ޑިމާންޑް މުޅިދުނިޔެގައި ބޮޑުވެފައިވާ ދުވަސް ވަރަކަށްވެފައި އެކަށީގެންވާވަރަށް ވެކްސިން އުފެއްދެމުން ނުދިއުމުގެސަބަބުން ވެކްސިން ލިބުމުގައި ދަތިތަކެއް އެބަހުއްޓެވެ. އަދި ބަލީގެ ވައިރަސް (އެޗް ވަން އެން ވަން) ގެ ސްޓޭން ބަދަލުވެ ވައިރަސް މިއުޓޭޓް ވެދާނެކަމުގެ ބިރުއެބައޮތެވެ. މިހެންދިމާވެއްޖެނަމަ ވެކްސިން ބަދަލުކުރަން ޖެހޭނެއެވެ. މިހާރުމިބޭނުން ކުރާވެކްސިން ބޭކާރު އެއްޗަކައްވާނެއެވެ. އަދި ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި މިބަލި ފެތުރެމުންދާގޮތަށް ބަލާއިރު ރާއްޖެއިން މިބަލީގެ ހާލަތު ބޮޑުނުވެ އެއްވަރެއްގައި މިހާތަނަށް ވަނީ ހިފެހެއްޓިފައެވެ. ފަހަރެއްގައި މިބަލީގެ ތޮބީއަތް ނޭގޭބޭފުޅެއް ތަފާތު ގޮތަކައް ވިސްނުން ހުރުމަކީ އެކަށީގެންވާކަމެކެވެ. ނަމަވެސް މިބައްޔަކީ އާދައިގެ އަރިދަފުސް ރޯގާއެކެވެ. އަދި މިރޯގާފެތުރެނީ އާދައިގެ އަރިދަފުސްރޯގާ ފެތުރޭގޮތަށެވެ. އެގިވަޑައިގަންނަވާނޭފަދައިން އަރިދަފުސްރޯގާއަކީ މާނުރައްކާތެރި ބަޔެއްނޫނެވެ. ހަމައެގޮތުން މިބައްޔަކީވެސް ނުރައްކާތެރިބައްޔެނޫނެވެ. ނަމަވެސް މިރޯގާޖައްސާ ވައިރަހަކީ ދުނިޔެއައް މުޅިން އައު ވައިރަހަކަށްވުމުން ދުނިޔޭގެ އެއްވެސް މީހެއްގެ ހަށިގަޑުގެ ދިފާއީނިޒާމް މިބައްޔަށް ހޭނިފައިނުވާތީވެ މިރޯގާއަށް އިތުރުސަމާލުކަމެއްދޭންޖެހެނީއެވެ.
އެންމެފަހުގެ މަޢުލޫމާތު ބުނާގޮތުން މިބަލީގެ ވައިރަހުގެ އަސަރުކުރާމީހުންގެ ތެރެއިން ގާތްގަޑަކަށް %75 މީހުންނަށް ބަލިޖެހުނުކަން ނުވެސްއެނގި ރަގަޅުވެއެވެ. ނުވަތަ ހަތަރުބައިކުޅަ ތިންބައި މީހުންގެ ހަށިގަޑުގެ ދިފާއީނިޒާމް މިބައްޔަށް ހޭނިފައި (ރެސިސްޓު) ވާކަން ހުދު އެމީހުންނަށް ވެސް ނޭގެނެއެވެ. ހަމައެއާއިއެކު ލިއުމުގައި ވާފަދައިން މިބަލީގައި މިހާރު އެކަކުވަނީ މަރުވެފައެވެ. ނަމަވެސް ލިއުމުގައި އެމީހާ މަރުވާންދިމާވި ސަބުތަކެއް ބަޔާން ކޮށްފައެއްނެތެވެ. ވީމާ އަޅުގަޑު އެކަންސާފުކުރުމުން އެމީހާއަކީ ލޭމައްޗަށްދިއުމާއި ހަކުރުބައްޔާއި އަދި ހިތުގެ މައްސަލަތަކެއް ހުރިމީހެއްކަންއެގުނެވެ. ވީމާ މިމީހާއަކީ މިބަލިޖެހިއްޖެނަމަ ނުރައްކާވެދާނެކަމުގެ ލިސްޓުގައި ހިމެނޭ އިތުރު މައްސަލަ ތަކެއްވެސް ހުރިމީހެކެވެ.
ބައްޔާއިބެހޭ މަޢުލޫމާތު އާއްމުންނަށް ދިނުމާއިބެހޭގޮތުން ބުނެލަންއޮތީ، މިރަށުގައި އެއްވެސް މަޢުލޫމާތެއް ދިނުމަށް މީހުންނަށް ކިޔައިފިނަމަ އެކަމައް ތަރުހީބުދޭ މިންވަރު މަދުވާހަކައެވެ. އަދި އެކަހަލަކަންކަމަށް ސަމާލުކަންދޭމިންވަރު ވެސް ވަރައްމަދު ވާހަކައެވެ. ހަމައެއާއިއެކު ސުވައިން ފުލޫގެ ލެވެލްތަކާއި ހާލަތު ބަދަލުވަމުން ދިޔަގޮތުން ކުރިއަށް އެމަޢުލޫމާތު ދިނުވީ ވަރަށް އުނދަގޫކަމެކެވެ. މަޢުލޫމާތު ދެވޭގޮތަކުން ރައްޔިތުން ބިރުގަނެ އިތުރު މައްސަލަތަކެއް ނުކުމެދާނެކަމުގެ ބިރުވެސް އެބައޮވެއެވެ. އަދި ހަމައެއާއި އެކު މިރޯގާ، ގިނަމީހުން އެއްވެ އުޅުމުން އިތުރަށް ފެތުރިދާނެކަމުގެ ބިރުވެސް އެބަ އޮވެއެވެ. ކުރުކޮށް ދަންނަވާނަމަ ކުޅުދުއްފުށީގައި އަދި މިރޯގާ އުޅޭކަން އެނގިފައި ނެތުމާއި މީޑިއާއިން އެކަށީގެން ވާވަރަށް މަޢުލޫމާތުދަނީ ފަތުރަމުންނެވެ. ވީމާ ހޮސްޕިޓަލުން ބޮޑަށް މަސައްކަތް ކުރަމުންގެންދެވެނީ ހާލުދެރަ މީހަކު އަތުވެއްޖެނަމަ ފަރުވާދިނުމަށް ހޮސްޕިޓަލް ތައްޔާކުރުމެވެ.
ބަލިމީހުން ކަރަންޓީންކުރެވޭނެގޮތެއް ހަމަޖެހިފައި ނުވާކަމަށް ލިޔުމުގައި ލިޔުއްވާފައި އެވާހަކައަކީ ހަމަކަޑައެޅިގެން އިތުތުފުޅެކެވެ. އަޅުގަނޑު މީ އެބަލިމީހުން ކަރަށްޓީކުރުމާއި އެހެނިހެން ކަންތައްތައް ބެލެހެއްޓުމުގައި އެށްމެއިސްކޮން އުޅުމީހާއެވެ. ރާއްޖެއަށް އަދި ކީއްތޯ ދުނިޔޭގައި މިބަލިފެތުރެންފެށުމާއެކު މިހޮސްޕިޓަލާއި ޕްރޮވިންސް އޮފީސް ގުޅިގެން، ބަލިމީހަކު އަތުވެއްޖެނަމަ ކަރަންޓީން ކުރާނެތަންތަން މުޅިއަތޮޅުގެ ހުރިހާރަށެއްގައި ކަޑައަޅާ ވާނީ ނިންމާފައެވެ. ނަމަވެސް ރާއްޖެއާއި ދުނިޔޭގައި މިބައްޔާއި ބެހޭ ސައްހަ މަޢުލޫމާތު ލިބެމުން ދިޔަވަރަކަށް އަޅުގަޑުމެންގެ ޕުލޭނަށްވެސް ދިޔައީބަދަލެގެންނަމުންނެވެ. އަދި އެދުވަހު އެމީހުން އިންފުލުންޒާ އޭއަށް ޕޮޒިޓިވްވިތާ މިނެޓެއްވެސް ނުވެ އެމީހުން ވާނީ ކަރަންޓީން ކުރެވިފައެވެ. އާދެ ފަހަރުގައި ލިޔުންލިއެފައި އެވާފަރާތަށް ކަރަންޓީން ކުރާގޮތް ނޭގުމަކީއެކަށީވާކަމެކެވެ. އަދި ބަލިމީހާއާއި ނަރުހުން އަދި ޑަކްޓަރުންނަށްވެސް ވަގުތުން 95 މާސްކާއި ބަލިމީހާ ބެލި ޑަކްޓަރަށްވެސް ވަގުތުން ފަރުވާފެށުނެވެ. ވީމާ ބަލިމީހުން ފެނުމާއިގުޅިގެން މިހޮސްޕިޓަލުން ކަންތައްތައް ކުރެވިފައިވަނީ ވަރަށް ޒިންމާދާރު އަދި ޕުލޭންކުރެވިފައިވާ ގޮތަކަށްކަމުގައި ދެންނެވީމެވެ.
ލިޔުމާއި ގުޅޭގޮތުން ފާޅުކުރެވިފައިވާ ގިނަޚިޔާލުތަކާއި ބެހޭގޮތުން ދަށްނަވާލަންބޭނުން ވަނީ، އެއިގެ ތެރެއިން ގިނަޚިޔާލްތަކަކީ އެއްވެސް އަސްލެއްގެމައްޗަށް ފާޅުކުރެވިފައިވާ ހިޔާލު ތަކެއްކަމުގައި ނުދެކޭކަމުގަޔާއި ގިނަހިޔާލްތަކަކީ ސިޔާސީ ފިތުނައިން ފޯވެފައިވާ ހިޔާލުތަކެއްކަމެވެ. ހަގީގަތުގައި ސިއްހީދާއިރާފަދަ ޓެކްނިކަލް ދާއިރާތަކާއިމެދު މިފަދަ ތާކުންތާކުނުޖެހޭ ހިޔާލްތަކާއި ލިއުންތައް ކަމާއިބެހޭފަރާތްތަކުން މަޢުލޫމާތު ސާފުނުކޮށް އާއްމުކުރުމުގެސަބަބުން ހިޔާލްވެސް ނުކުރެވޭފަދަ ނޭދެވޭ ނަތިޖާތަކެއް ނުކުމެދާނެއެވެ.
ސިޔާސީ ބައެއް ފަރާތްތަކުން މިރޯގާއާއިބެހޭ ސައްހަނޫން މަޢުލޫމާތު ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އިތުރުކުރުމަށް ފަތުރަމުންދާކަން މިފުރުސަތުގައި އަޅުގަނޑު ފާހަގަ ކުރަމެވެ.


ޕިސްޕިސް ވިދާޅުވީ
ތާރީޚް:14/12/2009
ކޮބާ ހީވޭ މައެންމެފަހުން ބުނިބަސް މިއޮތީ ތެދެއްކަން އެނގެން. 27/11/2009 ގައި މިސައިޓުގައި “އެމް.އެމް.އޭ” ލިއުމަށް މަ ނުރުހުނީ މިހެންވެގެން.
މަންގަނޑުމަތި ވިދާޅުވީ
ތާރީޚް:14/12/2009
އެމް.އެމް.އޭ އެ ކާކުތަ؟ މުޅިން ސިޔާސީ ތަޢަށްސުބުން ފުރިފަ އޭނަގެ ލިޔުންތަށް ހުންނަނީ. ސިޔާސީ ޖަޒުބާތުތަކުން ކަޅިކޮށްގެން މިކަހަލަ ނާޒުކު މައުލޫތަކަށް ކަލޯ ނުލިޔެ ސިޔާސީ ލިޔުން ލިޔެބަލަ. އެކަމަކު މި ހެލްތު ވޯކަރަކީ ފަހެ ކޮންގޯއްޗަކު ކުއްޖެއްތަ؟
ހޯހޯ ވިދާޅުވީ
ތާރީޚް:15/12/2009
އެންމެންވެސް ސިޔާސީވެފައި. މިލިޔުންލިޔުއްވި ބޭފުޅާވެސް ސިޔާސީވެފައި.
ހާޝިމް ވިދާޅުވީ
ތާރީޚް:15/12/2009
މިސަރަހައްދުގެ ގައުމުތަކާ އަޅާ ބަލާއިރު، ރާއްޖޭގައި ސްވައިން ފުލޫ ޖެހޭ މީހުންގެ ޢަދަދު ނިސްބަތުން މަދުކަމީ ސަރުކާރުގެ ހަރުދަނާކަން. މިއީ ކުޑަކުޑަ ަތަންކޮޅެއްގައި ތޮއްޖެހިގެން އެތައް ބަޔަކު އުޅޭ ަތަނެއްކަމަށްވެފައި، ސިއްހީ ޚިދުމަތުގެ ފެންވަަރުގެ ވެސް އެންމެ އެދެވޭ ގޮތުގައި ފޯރުކޮށް ނުދެވޭ ތަނަކާ ބަލާފައި ނުހަނު ހިތް ހަމަ ޖެހޭ ނަތީޖާއެއް. މިގައުމުގެ އާބާދީއަށް ވުރެ ގިނަ ބިދޭސީ ޓޫރިސްޓުންު ދުނިޔޭގެ ހަފަރާތުން އެަތިބެނީ އަބަދު އަބަދު އައިސް. އަޅުގަނޑު ދަންނަވާނީ، މިސަރުކާރުން މިނުރައްކާތެރި ރޯގާއަށް ސަމާލުވެ ތައްޔާރުވެފައިވަނީ ހަމަ ތަޢުރީފް ޙައްޤު މިންވަރަށޭ. މިކަމުނ އެމްޑީޕީ ވެސް އަދި ޑީއާރޕީ ގެ ސަޕޯޓަރުން ވެސް ފައިދާ ނަންގަވައިގެން ސިޔާސީ ކުރައްވައިގެން ނުވާނެ. މިއީ ގައުމީ ކަމެއް. ގައުމަށް ޖެހިފައިވާ އާފާތެއް. މިކަމުން ސަލާމަތްވާން މަސައްކަތްކޮށް، މިކަމުގައި ވެރިންނާ އެއްބާރުލުމަކީ އަޅުގަނޑުމެން ކުރަންވާނެ ކަމެއް. ހެލްތު މިނިސްޓަރަކީ އަންހެން ބޭފުޅަކަށްވާތީ، ނޫނީ އެމްޑީޕީގެ ބޭފުޅަކަށްވާތީ ނޫނީ އެނޫން ވެސް އެފަދަ ޒާތީ ސަބަބަކާ ހުރެ ސަރުުކާރާ މިފަދަ ދަނޑިވަޅެއްގައި އެއްބާރު ނުލުމަކީ ހީވެސް ނުކުރާ ވަރުގެ ގެއްލުން ލިބިދާނެ ކަމެއް. އެހެން ހައްދަވައިގެން ނުވާނެ.
ސާމާނުބެ ވިދާޅުވީ
ތާރީޚް:15/12/2009
ޙާޝިމްގެ ކޮމެންޓަށް 100% ތާއީދު. އަދި އާޓިކަލް އެހާމެ ފުރިހަމަވެފައި މުހިންމެވެ. މިމުހިންމު ދަނޑިވަޅުގައި ލިޔުންތެރިޔާ ކޮށްދެއްވި އަގުހުރި މަސައްކަތަށް ނިހާޔަތަށް ޝުކުރުވެރިވަމެވެ.
ހޯހޯ ވިދާޅުވީ
ތާރީޚް:16/12/2009
ޙާޝިމާއި ސާމާނުބެވެސް ތިޔަ ސިޔާސީ ވަނިއްޔޭ. ނުވާށޭ އަމިއްލަޔަށް ކިޔާފައިވެސް.
ސާމާނުބެ ވިދާޅުވީ
ތާރީޚް:16/12/2009
ހޯހޯ އަށްބުނެލަންއޮތީ ހަމަ ހޯހޯއޭ.
DOg ވިދާޅުވީ
ތާރީޚް:17/12/2009
އާޓިކަލެއްގައި މިއީ ތެދޭ ބުންޏަކަސް ތިކަން ތަޖުރިބާ ކުރުމުންނޫނީ ތެދެއްކަން މިއަދު އެނގޭކަށް ނޯންނާނެ، mma ބުނިވާހަކައަކީ ދޮގެކޭ ހޮސްޕިޓަލުގައި އުޅޭ މުވައްޒަފަކު ބުންޏަސް އެކަން ގަބޫލުކުރަންދަތި، އެބޭފުޅުންވެސް މިއަދުތިބީ ހަގީގަތް ނިވާކޮށް ވަޒީފާއިން ވަކިކޮށްދާނެތީ ބިރުން، ވީމާ ދެތެއް ދެންބުނާނީ ކިހިނެއް، ފުރަތަމަ ތިހޮސްޕިޓަލަށް ތިބުނާ ފުލެއެންޒާ ޖެހިގެން އައި މީހާ ކަރަންޓީނު ކުރަން ވެއްދީ ޕްރައިވެޓް ރޫމަށް ދޮގެއްތޯ؟ އެރޫމަކީ ވިއްސުމާއި އޮޕަރޭޝަންތައް ކުރުމާއި އާއްމު ބަލިމީހުން އެޑްމިޓްކުރުމާއި މިހުރިހާ ކަމެއް ކުރާ ތަނާއި 10 ފޫޓް ދުރުގައިވެސް ހުރި ތަނެއް ނޫން، އެމީހާ ރޫމަށް ވެއްދުމުން އެއީ ކޮންކަހަލަ ބަލި މީހެއްކަން ނޭނގި އެއްވެސް ސަލާމަތީ ވަސީލަތެއް ނެތި ބަލިމީހާ ކައިރިއަށް 03 ނަރުހުން ވަތްކަން އެއީ ދޮގެއްތޯ؟ މާސްކު އާއި އެހެނިހެން ތަކެތި ހޯދުމަށް ނަރުހެއް އެދުމުން ދިނީ 20 މާސްކާއި 10 އަންގި، މިއީ ދޮގެއްކަމަށް ބުނިއަސް އެނގޭދުވަހުން މިކަންވެސް އެނގިގެންދާނެ، މިބަލި ޖެހޭ މީހުން މިގައުމުގައި މަދީ ސަރުކާރުން ކޮންކަމެއް ކޮއްގެންތޯއެވެ؟ އެއްކަމެއްވެސް ނުކުރޭ، އާއްމު މީހުން ވެކިސިންގ ގެނެސްގެން ބޭނުންކުރާއިރު ސަރުކާރަށް ނުލިބެނީ ކީއްވެތޯއެވެ؟ ކޮންމެ މީހަކުވެސް އަމިއްލަ ފައިދާއަށް ވާހަކަދައްކަނީ ގައުމަށް ތެދުވެރި އެންމެ މީހަކުވެސް ނެތް، ހުރިހާ މީހުން ދުވަނީ ލާރިއާއިގެން …