މިއީ ފަލަސްޠީނުގެ ޣާޒާއަށް، އިޒްރޭލުން އެތައް ދުވަހެއް ވަންދެން މެދުނުކެނޑި ދިން ވަރުގަދަ ޙަމަލާއާ ގުޅިގެން، އެމެރިކާގެ ލަވަކިޔުންތެރިއެއް ކަމަށްވާ މައިކަލް ހާޓް، ޣާޒާގެ ޙާލަތު ދުނިޔޭގެ ސަމާލުކަމަށް ގެނެސް ދެއްވުމަށްޓަކާ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވިދާޅުވެފައިވާ ވަރަށް ވެސް އަސަރުގަދަ، ރީތި ލަވައެއްގެ ތަރުޖަމާއެވެ. މިލަވައިގެ ތަރުޖަމާ އަޅުގަނޑު މިކުރީ، މިލަވައިގައި ވިދާޅުވާ ބަސްތަކުގެ ބާރުގަދަކަމާއި، ރީތިކަމުގެ ސަބަބުން، އެއަސަރާއި ބާރު، ދިވެހިބަހުން ގެނެސްދެވޭތޯ ބަލައި، ވީހާ ވެސް ގިނަ ބޭފުޅުންނާއެކު، އެމެސެޖްތައް ޙިއްޞާކުރުމަށްޓަކައެވެ.
ލޯތައް ކަނުވެދާފަދަ ހުދު އައްޔަކުން
ޣާޒާގެ އުދަރެސް މިރޭ އަލިކުރަމުންދެއެވެ.
ދިރިހުރިކަމެއް ނުވަތަ މަރުވީކަމެއް ނޭނގޭ ޙާލުގައި
އެއިން ނިވާވެވޭތޯ މީހުންތައް ދުވަމުންދެއެވެ.
އެމީހުން އައީ އެމީހުންގެ ޓޭންކަރުތަކާއި މަތިންދާ ބޯޓުތަކުގައެވެ.
ތަންތަން ފަނާކުރުވަނިވި އަލިފާނުގެ ހުޅުތަކާ އެކުގައެވެ.
އެއްވެސް އެއްޗެއް ސަލާމަތަކުން ނެތެވެ.
އެ ދުންތަކުގެ ތެރެއިން ގުގުމަމުންދާ މިއަޑު ފިޔަވައެވެ.
“ކަލޭމެންނާ ކުރިމަތިނުލާ، ހަމަހިލާ އަހަރެމެން މިރެއަކު ނުދާނަމެވެ.
އަހަރެމެންގެ މިސްކިތްތަކާއި، ގެދޮރުތަކާއި މަދަރުސާތައް
ކަލޭމެންނަށް އަންދާ އަޅިޔަށް ހެދިދާނެއެވެ.
އެކަމަކު އަހަރެމެންގެ ހިތްވަރު ދުވަހަކު ވެސް މަރެއް ނުވާނެއެވެ.
ޣާޒާގެ ތެރެއަށް ދެމިގަނެ ފިލާކަށް، މިރެއަކު ހަމަހިލާ އަހަރެމެން ނުދާނަމެވެ.”
އަންހެނުންނާއި ކުޑަކުދިން އެފަދައިން،
ރެއަކަށް ފަހު ރެއަކު، ޤަތުލުކޮށް މަރަމުންދެއެވެ.
ދުރުގައުމުތަކުގެ ވެރިންނޭ މިކިޔާ މީހުން،
ރަނގަޅީ ކާކުތޯ، ގޯހީ ކާކުތޯ، ބަހުސްކުރަމުންދާ އިރުގައެވެ.
އެމީހުންގެ ބާރެއްނެތް ލަފުޒުތައް އެއްޗަކަށް ނުވާހިނދު،
އެސިޑްގެ ވާރޭ ފަދައިން،
ބޯމައްޗަށް ބޮންތައް އޮއްސަމުންދެއެވެ.
އެހެނަސް، އެކަރުނައާއި ލެއާއި ގިލަންވެރިކަމުގެ ތެރެއިން،
އަދި އެ އަރަމުންދާ ދުންތަކުގެ ތެރެއިން،
އަދިވެސް އިވެމުންދަނީ މިއަޑެވެ.
“ކަލޭމެންނާ ކުރިމަތިނުލާ، ހަމަހިލާ އަހަރެމެން މިރެއަކު ނުދާނަމެވެ.
އަހަރެމެންގެ މިސްކިތްތަކާއި، ގެދޮރުތަކާއި މަދަރުސާތައް
ކަލޭމެންނަށް އަންދާ އަޅިޔަށް ހެދިދާނެއެވެ.
އެކަމަކު އަހަރެމެންގެ ހިތްވަރު ދުވަހަކު ވެސް މަރެއް ނުވާނެއެވެ.
ޣާޒާގެ ތެރެއަށް ދެމިގަނެ ފިލާކަށް މިރެއަކު ހަމަހިލާ އަހަރެމެން ނުދާނަމެވެ.”
**************
ލަވައިގެ އިނގިރޭސި ލިރިކްސް
ލަވައިގެ ވީޑިއޯ ބައްލަވާ ލެއްވުމަށް

ފަނޑިޔާރު ވިދާޅުވީ
ތާރީޚް:08/02/2010
ވެލްކަމް ބެކް ހާޝިމް. ތިއީ ރޫހަކީ.
ޅަބޭބެ ޕުލަސް ބޮޑުބޭބެ ވިދާޅުވީ
ތާރީޚް:08/02/2010
އޮބިނޯވޭ އިތުރު ލިޔުންތަކަށް އިންތިޒާރުކުރަން
އަސްތާ ވިދާޅުވީ
ތާރީޚް:09/02/2010
ވަރަށް ދެރަވާ ލަވައެއް. މިކަމަށް ހައްލެއް ފަހެ ނެތީތަ؟ އަހަރެމެންނަށް ކުރެވޭނެ ކަމެއްވެސް ނެތީތަ؟
މޭގާވި އަލިކުރި ނޫރު ވިދާޅުވީ
ތާރީޚް:09/02/2010
ކޮބާ ލޯބީގެ ލަވައެއް ނެތްތަ؟ ހާޝިމްގެ ސަބަބުން މޭގާވި އަލިކުރި ނޫރު މުޅިން ސުޕަރ ހިޓް ވެއްޖެ އެތައް އަހަރެއް ފަހުން. ލޯބީގެ ލަވައެއް ޝަރަހަ ކޮށްލަ ދީބަލަ އެހެން މާނަ ތަކެއް ނުކުންނަ ގޮތަށް ހާޝިމް އަށް ވަނީ ވިއްޔާ.