ދިވެހިރާއްޖޭގައި ދެވަނައަށް އުފެދުނު އަދި އެންމެ މެމްބަރުން ގިނަ ޕާޓީގެ ކޮންގްރެސް ކައިރިވަމުން އަންނަ މިދުވަސްވަރު ޑީއާރުޕީގެ ކުރިމަގު އޮންނާނެ ގޮތަކާއި މެދު ފިކުރު ހިންގާލުމަކީ ނެތްކަމެއް ނޫނެވެ. ޑީއާރުޕީގެ ކޮންގްރެސް އަންނަ ހަފްތާ ތެރޭ ބޭއްވުމަށްޓަކައި އެންމެ ފަހުގެ ތައްޔާރީތައް އެޕާޓީން ވަމުންދާއިރު ޕާޓީތެރޭގެ ހޫނުމިން ހުރި މިންވަރާމެދު ވިސްނާލުމަކީވެސް ނެތްކަމެއް ނޫނެވެ.
ޑީއާރުޕީގެ ކޮންގްރެސްގައި އެޕާޓީގެ މަގާމުތަކުގެ އިންތިހާބު ބާއްވާއިރު އަސާސީ ގަވާއިދަށް އިސްލާހު ހުށައެޅުމުގެ ފުރުޞަތު ޕާޓީގެ އެންމެހައި މެމްބަރުންނަށް ވަނީ ހުޅުވާލެވިފައެވެ. މިފަހަރުގެ ކޮންގްރެސް ބޭއްވުމުގެ ކުރިން ޑީއާރުޕީގެ ފަސް މަގާމެއް މިހާރުވަނީ ކަށަވަރު ވެފައެވެ. އޭގެތެރޭގައި އެޕާޓީގެ ޒައީމު ކަމުގެ މަގާމާއި ޒުވާނުންގެ ގޮފީގެ ރައީސާއި ނައިބު ރައީސްކަމުގެ މަގާމާއި އަންހެނުންގެ ގޮފީގެ ރައީސްކަމުގެ މަގާމާއި އެގޮފީގެ ނައިބުރައީސް ކަމުގެ މަގާމު ހިމެނެއެވެ. ޑީއާރުޕީގެ ޒައީމު ކަމުގެ މަގާމަށް އެންމެ މެމްބަރަކު ކުރިމަތި ލާފައިވާތީ އޮޓަމެޓިކުން ޒައީމުކަމަށް އަހްމަދު ތަސްމީން އަލީ ހޮވިފައި ވުމުން ޑީއާރުޕީގެ ޒައީމު ކަމުގެ މަގާމަށް ވާދަވެރި ކަމެއް މިފަހަރު ނެތްކަން އެނގެއެވެ.
ޑީއާރުޕީގެ މަގާމު ތަކުގެ ތެރެއިން ނައިބު ޒައީމުންގެ މަގާމަކީ ވާދަވެރި މަގާމެކެވެ. ހަތަރު ނައިބު ޒައީމުން ހޮވާއިރު މިފަހަރު ނައިބު ޒައީމުކަމަށް ކުރިމަތި ލާފައިވަނީ ޒުވާން، ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތް ތެރިވާ ފަރާތްތަކެކެވެ. މިފަހަރު އެންމެ ހޫނުވާނެކަމަށް ފެންނަނީ ވެސް ނައިބު ޒައީމު ކަމުގެ މަގާމަށް އިންތިހާބު ކުރާއިރުއެވެ. ތޮއްޑޫ އަލީ ވަހީދާއި އައިޑީޕީގެ ކުރީގެ ރައީސް އުމަރު ނަސީރާއި އިލްހާމުގެ އިތުރުން ޝަރީފް (މަވޯޓާ) އަކީ މިމަގާމަށް ކުރިމަތި ލާފައިތިބި ނަން މަޝްހޫރު ފަރާތްތަކެވެ. އޭގެ އިތުރުން ޑރ އަބްދުﷲ މައުސޫމާއި ހޯރަފުށީ ސަލީމަކީވެސް އިންތިހާބުގައި ގިނަ ވޯޓު ތަކެއް ހޯދާނެ ކަމަށް ބެލެވޭ ދެބޭފުޅުންނެވެ.
ޒައީމް މައުމޫން ސިޔާސީ ހަރަކާތްތަކުން ދުރަށް ޖެހިވަޑައިގަތް މިދަނޑިވަޅާ ދިމާކޮށް ޑީއާރުޕީގެ ކޮންގްރެސް ބާއްވާތީ، ޑީއާރުޕީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ވާނެކަމަށް ގިނަ ބަޔަކު އުއްމީދު ކުރަމުންދެއެވެ. ސިޔާސީ ޕާޓީތައް ރަނގަޅު ހެޔޮގޮތުގައި ހިނގަމުން ދިޔުމަކީ އެކަމުން ގައުމަށް އަދި ގައުމުގެ ސިޔާސީ ހަމަޖެހުމަށް ވަރަށް މުހިއްމު ކަމެކެވެ. ޑީއާރުޕީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ޑީއާރުޕީގެ ބައެއް މެމްބަރުން އަތުކުރި އޮޅާލާފައިވާއިރު ބައެއް މެމްބަރުން ދަނީ އަޑިއަޑިން ޑިމޮކްރަސީއާ ހިލާފް ކުޅިވަރުތަކެއް ކުޅެމުންނެވެ.
އަސާސީ ގަވާއިދަށް ހުށައަޅާ އެންމެ ހަމަނުޖެހުން ބޮޑުވާނެ އިސްލާހަކީ ޕްރައިމަރީސް އަކުން ރިޔާސީ ކެނޑިޑޭޓަކު ހޮވުމުގެ މައްސަލައެވެ. ޑީއާރުޕީގެ އިސް ބައެއް ފަރާތްތަކުން މިކަމުގައި ދެކޮޅަށް ވާހަކަ ދައްކަމުންދާއިރު ޑީއާރުޕީ ތެރޭގައި މިހިޔާލަށް ތާއީދު ކުރާ މީހުންނާއި އެނޫންމީހުންގެ މެދުގައި ހޫނުގަދަ ޒުވާބުތަކެއް މިހާރު ދަނީ ކުރެވެމުންނެވެ. މިހާރުގެ ގަވާއިދުގެ ދަށުން ޑީއާރުޕީގެ ޒައީމުގެ މަގާމުގައި ހުންނަމީހަކު ޕުރައިމަރީސް އަކާނުލާ ރިޔާސީ ކެނޑިޑޭޓަކަށް ވާނެއެވެ. މިގޮތަށް އޮތުމަކީ ޑިމޮކްރަސީގެ އުސޫލާ ހިލާފު ގޮތެއް ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު އަނެއްބަޔަކު މިކަން ދެކެނީ ޒާތީ ކަމެއްގެ ގޮތުގައެވެ.
ކޮންމެ ގޮތަކަށް ކޮންގްރެސް ނިމިދިޔަ ކަމުގައި ވިޔަސް ކޮންގެރެސްގައި ނިމިގެންދާ ކޮންމެ ކަމަކުންވެސް ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި އައު ޞަފްޙާ އެއް ހުޅުވިގެންދާނެ ކަމާމެދު ޝައްކެތްނެތެވެ. ޑީއާރުޕީ ބައިބައި ވުމަކީ ސަރުކާރަށާއި ޑީއާރުޕީގެ ވާދަވެރިން ވަރަށް ބޭނުން ވާނެ ގޮތެކެވެ. ޑީއާރުޕީ އެކީ އެކުގައި އެއް ގުޅުމަކުން ގުޅިގެން ޒިންމާދާރު ޕާޓީއެއްގެ ގޮތުގައި ނުކުމެފިނަމަ ސަރުކާރަށާއި އެމްޑީޕީއަށް އެކަން ވެގެންދާނީ ބޮޑު ޗެލެންޖަކަށެވެ.


ސިކަންދަރުން މުދާ ބާލާކުދިން ވިދާޅުވީ
ތާރީޚް:13/02/2010
އެއޮއްފަދަ ޒައީމު މާމޫނަށް ޑީއާރުޕީ އެއްގަލަކަށް ނޭރުވިގެން ސިޔާސީ ހަޔާތްދޫކޮށްލިއިރު ތަސްމީނަށް ކުރެވޭނެ ކަމެއް އޮންނާނެ،
ތުއްތުނާ ވިދާޅުވީ
ތާރީޚް:13/02/2010
މުދާ ބާލާ ކުދިންނެއް ކަމަކު ލަދު ކިޔާކަށް ނުވާނެއްނު ދޯ، އެފަދަ މާތް މޫނު މާކުރިން ވެސް އޮތީ ދެހާސްދިހައެއްގަ ސިޔާސީ ހަޔާތް ނިންމަވަން ނިންމާފަ، އެކަމަކު އެކަމާ ވެސް އަންނި ހަސަދަވެރިވެގެން އެއޮށް ނެރުނު ބަޔާނެއް، އެއަ އަދި ތިކީ ލަދަށް ވުރެ ބޮޑު ލަދެއްމެ، އޭގަ އޮތޯލަ ތިޔަކީ އާކަމެއް ނޫނޭ ވެސް، މީނަ ގެނައި ފަދަ އިންގިލާބުތައް ވެސް އަލެއް ނޫންތާ ދޯ،
ހާޝިމް ވިދާޅުވީ
ތާރީޚް:13/02/2010
ޑިމޮކްރެޓިކްކޮށް ކަމެއް ކުރަންވީމާ ޑީއާރުޕީ ނިކަން މޭކަރާނެ. ނިކަން ބައްލަވާ ދުނިޔޭގެ ކޮން ޤައުމެއްގައިތޯ ސިޔާސީ ޕާޓީއެއްގެ ޒަޢީމަކު، ޕާޓީތެރޭގައި ބާއްވާ ޕްރައިމަރީސްއަކުން ނޫނީ ރިޔާސީ ކެންޑިޑޭޓަށްވަނީ؟ އަޅުގަނޑުމެން ނަން މަޝްހޫރުކުރާ އެމެރިކާގައި ވެސް އޮބާމާއާ ހިލަރީ ވާދަ ކުރެއްވި ރިޔާސީ ޕްރައިމަރީސްގައި. އަދި ހޮބާމާ ހޮވިވަޑައިގަތުމުން، ހިލަރީ އެކަން ޤަބޫލުކުރެއްވި ވެސް މެ. އެމްޑީޕީގައި ވެސް ކަންކުރަނީ އެގޮތަށް. އަދި ކޮބާތޯ، ޙަސަން ސަޢީދުގެ ޤައުމީ ޕާޓީއާއި، ޤާސިމްގެ ޖުމްހޫރީ ޕާޓީގައި ވެސް ކަންކުރީ އެހެން. އެެއީ ދުނިޔެ ބަލައިގެންފައިވާ ރީތި ހަމައެއް. ޑީއާރުޕީއަކީ، ޕާޓީއެއް ނޫނޭ ބުނަން ޖެހެނީ މިކަހަލަ ކަންތައްތަކާ ހެދި. ޑިމޮކްރެސީގެ ތައްގަނޑަށް ޑީއާރުޕީ ފައްތަން މަސައްކަތް ފެށީމާ، ޕާޓީގެ އެއްބަޔަކު ހީވަނީ ގަޔަށް މަޑިކަށިޖަހައިގެން ފުމެ ނަގާހެން. ހާދަހާ ހުތުރު މަންޒަރެކޭ އެއީ ބަލާލަން.
ސާމާނުބެ ވިދާޅުވީ
ތާރީޚް:13/02/2010
ދެހާސް ދިހައެއްގަ ސިޔާސީހަޔާތް ނިންމަވަން ހާދަކުރިއަކުން ނިމެންވީތީއޭދޯ 2008 ވަނައަހަރުގެ ރިޔާސީއިންތިހާބުގައި ވާދަކުރީ އަދިވެސް ލަދުކިޔާކަމަށްވާނީ އެހެންމީހުން. “ހޮވާނަމޭ ގައިމުމައުމޫނު ހޮވާނަމޭ” ކިޔާގެން އަޑުގަދަކުރާތަކުން ހީވަނީ ވާއެހެންފަދަ ކަމެއްހެން. ދެންމަ ހީހީހީޙީިޙިޙިހިހިހީ
ބިންގަރާސް ވިދާޅުވީ
ތާރީޚް:14/02/2010
ޑިމޮކްރެޓިކްކޮށް ކަންތައް ކުރާ ޕާޓީން، މިއޮއް ހުރިހާ ދުވަސް ވީއިރު، ކީއްވެތޯ ރައީސަކު އިންހާބު ނުކުރެވިގެން މިއުޅެނީ؟
ހޝމ ވިދާޅުވީ
ތާރީޚް:15/02/2010
ހާޝިމް ތެޅޭ ވަރެއްތާދޯ؟ މަ މޭކަރަނީ ޑީއާރްޕީ އަށް ރައްޔިތުން ތާއީދު ކުރާތީ އެކަމާ
ހޝމ ވިދާޅުވީ
ތާރީޚް:15/02/2010
ތިޔަކޮން ސާމާނުބެޔެއްތަ ބޯ ސަކަރާތް ގޮލަޔެއްދޯ
ހޝމ ވިދާޅުވީ
ތާރީޚް:15/02/2010
ހާޝިމޫ ހުރިހާކަމެއް އަތް ފޯރާފަށުގަ ދޯ މަމި ބުނީ ކަލޭގެ
މަންގަނޑުމަތި ވިދާޅުވީ
ތާރީޚް:15/02/2010
ޑީއާރުޕީ އަކީ ހަމަ އާއިލީ ނުފޫޒުން ހިންގާނެ ޖަމިއްޔާއެއް. ތިދެން ރަނގަޅުވާނީ ބައިބައި ވިއްޔާ. އުމަރާ ހަމްދޫނާ ވެގެން ދެން ތިތަނުން މީހުންގަނޑެއް ނެރެ އެހެން ޕާޓީއެއް ހަދަންވީ. އެނެއްކޮޅުން ތަސްމީނު އެހެން ޕާޓީއެއް ހަދަންވީ. ޑީއާރުޕީ ތި ނަންވެސް ކަމަކު ނުދެޔޭ މިހާރަކު. މައުމޫނާއެކު ޑީއާރުޕީވެސް އުވާލަން ވީނު. އޭރުން ނަންވެސް ރީތިވާނީ.
ސާމާނުބެ ވިދާޅުވީ
ތާރީޚް:16/02/2010
http://www.youtube.com/watch?v=6eqkTQamdDc&feature=player_embedded
މައުމޫނަކީ ކަލާންގެ އެއްބާއެވެ. މިހެން މިދެންނެވީ ބައެއް ފަރާތްތަކުން ކުރީގެ ރައީސް މައުމޫނަށް ސަނާކިޔަމުން ގޮސް ކިޔޭ ނުކިޔޭއެއް ނޭނގި ކަލާންގެ އަކާއި އެއްވަރު ކުރާ އަޑު އިވޭތީއެވެ.
މަތީގައިވާ ކިންކުގައިވާ ވީޑިއޯގައި މައުމޫނަށް ނައިފަރަށް ކުރިމަތިލާ މެމްބަރު އަދި ޅ އަތޮޅު ގޮނޑި ފުރަމުންދާ އަހުމަދު މުހަންމަދު މައުމޫނާއި މެދު ވިދާޅުވެފައިވާ ‘އިހުސާންތެރި ބަސްކޮޅު’ އަޑު އިވިފައި އަޅުގަނޑު މިހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ސުބުހާނަﷲ ‘މައުމޫނު ވެރިކަމުން ފައިބާ ވަޑައިގަތީ ކަނޑުގައި ހުރި މަސްތައްވެސް ހިއްޕަވައިގެންނޯލައެވެ. އަދި އުޑުގާވާ ވާރޭވެސް ހިއްޕަވައިގެނެވެ.’
މިފަދަ ވާހަކަ ދައްކަން ހެޔޮވާނީ ކިހިނެއް ހެއްޔެވެ. އަހުމަދު މުހައްމަދުއަށް ތައުބާ ވުމަށް ނަސޭހަތްތެރިވަމެވެ. ބާއްޖަވެރިކަން ލިބޭނީ މާތްﷲ ގެ ކިބައިން ދެންނެވުމުންނެވެ. މައުމޫނުގެ ކިބައިން ދެންނެވުމަކުންނޫނެވެ.