Share

އެމެރިކާގެ ސިލްވަރމިއަރ ކުންފުނީގެ މަތީފެންވަރުގެ ވަފްދެއް މަތީ އުތުރު ޕްރޮވިންސްގެ ބައެއް ރަށްރަށުގެ ސާރވޭއެއްކުރައްވާ، އަވަސް ރިޕޯޓެއް ހުށަހަޅުއްވައިފި

އެމެރިކާގެ ސިލްވަރމިއަރ ކުންފުނީގެ މަތީފެންވަރުގެ ވަފްދެއް މަތީ އުތުރު ޕްރޮވިންސްގެ ބައެއް ރަށްރަށުގެ ސާރވޭއެއްކުރައްވާ، އަވަސް ރިޕޯޓެއް ހުށަހަޅުއްވައިފި

މަތީ އުތުރު ޕްރޮވިންސްގެ ރަށްތަކަށް ކަރަންޓާއި، ބޯފެން އަދި ނަރުދަމާއާއި ކައްކާ ގޭހުގެ ޚިދުމަތް ދިނުމަށް އުފައްދަވާފައިވާ އަޕަރ ނޯތު ޔުޓިލިޓީޒް ލިމިޓެޑާއެކު، ޖޮއިންޓް ވެންޗަރ ޕާޓްނަރޝިޕްގެ އުސޫލުން އިންވެސްޓްކުރެއްވުމަށް އެމްއޯޔޫގައެއްގައި ސޮއިކުރައްވާފައިވާ އެމެރިކާގެ ސިލްވަރމިއަރ ގްލޯބަލް ލިމިޓެޑްގެ މަތީ ފެންވަރުގެ ވަފްދެއް މިހުސްވި ޖެނުއަރީ 30 ން ފެބްރުއަރީ 4 ގެ ނިޔަލަށް، އެޕްރޮވިންސްގައި ހިމެނޭ، ހއ ދިއްދޫއާއި، ހދ ކުޅުދުއްފުށި އަދި ށ މިލަންދޫގެ ކަރަންޓާއި، ފެން އަދި ނަރުދަމާއާއި ކުނިނައްތާލުމުގެ ޙާލަތު ބައްލަވާލައްވާ ސާރވޭ ކުރެއްވުމަށް ފަހު އެކަމާ ގުޅޭ އަވަސް ރިޕޯޓެއް އިންވެސްޓް މޯލްޑިވްސްއަށް ހުށަހަޅުއްވައިފިއެވެ.

އިންވެސްޓް މޯލްޑިވްސް ގައި މިމަހު 4 ވަނަ ދުވަހު ބޭއްވުނު ބައްދަލުވުމުގައި، އެމެރިކާގައި ފުޅާ ދާއިރާއެއްގައ ޙަކަތައާއި ގުޅޭ ޚިދުމަތްދޭ ސިލްވަރމިއަރ ކުންފުނީގެ ފަރާތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ތާރިޤް ރައޫފް އާއި، އެކުންފުނީގެ ޑިރެކްޓަރ ކްރިސްޓީ މާސެލް އާއި، ޕްރޮޖެކްޓް މެނޭޖަރ ޗާލްސް ނައިޓުގެ އިތުރުން، ކަރަންޓާއި ފެނުގެ ޚިދުމަތްތަކުގެ ދާއިރާގެ އެކުންފުނީގެ ތަޖުރިބާކާރުން ގެ ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަތެވެ. އަދި، އެވަފްދުގެ ޒިޔާރަތަށް ފަހު އެކުލަވާލައްވާފައިވާ އަވަސް ރިޕޯޓު އިންވެސްޓް މޯލްޑިވްސްގެ ޕްރައިވެޓައިޒޭޝަން ކޮމިޓީއަށް ހުށަހެޅުއްވިއެވެ.

މިބައްދަލުވުމުގައި، އެކުންފުނީގެ ފަރާތުން ވަނީ، ޖޮއިންޓް ވެންޗަރ ޕާޓްނަރޝިޕްގެ އެގްރިމެންޓް އަވަސް މުއްދަތެއްގެ ތެރޭގައި އަޕަރ ނޯތު ޔުޓިލިޓީޒް ލިމިޓެޑާއެކު ހެދި، މަތީ އުތުރު ޕްރޮވިންސްގެ ރަށްތަކަށް އަސާސީ ޚިދުމަތްތައް ދިނުން ފަށައިގަތުމަކީ އެކުންފުނީގެ ވަރަށް ބޮޑު އުންމީދެއް ކަމަށް ވެސް ހާމަކުރައްވާފައެވެ. އަދި، އެކުންފުނިން، ޔުޓިލިޓީޒް ލިމިޓެޑަށާއި އިންވެސްޓް މޯލްޑިވްސްއަށް، ޖޮއިންޓް ވެންޗަރ ޕާޓްނަރޝިޕްގެ ފުރިހަމަ ރިޕޯޓެއް 1 މަސް ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ފުރުޞަތަކަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.



,

‮ ‬4‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ފޭސްބުކް ފޭން‮ ‬ވިދާޅުވީ


    ތާރީޚް:14/02/2010

    މި ޕްރޮވިންސްގެ ޔޫޓިލިޓީ ކުންފުންޔޯ އެންމެ ހިންގުންތެރީ ބުނާއަޑު އެހިން. އަހަރެމެނަށް ނޭނގުނަސް ވަރަށް ހިންގާލާ ދޯ އެބަ. އަވަހަށް ސޮއި ކުރަން އުޅޭ.

  2. މަންގަނޑުމަތި‮ ‬ވިދާޅުވީ


    ތާރީޚް:14/02/2010

    ނުދަނަ ހުރިން އެއީ ކަމެއް ކުރާ ބައެއް ކަމެއް. އެމީހުން ފަހެ މިރަށު ކުއްޖަކަށް ވަޒީފާ ގަނޑެއް ދިންތަ؟

  3. އިބްރާހިމް‮ ‬ވިދާޅުވީ


    ތާރީޚް:14/02/2010

    މިހާރުވެސް 3 ވަޒީފާ އަށް މީހުން ހޯދަން މިރަށުގައި އިއުލާން އިބަހުރި ޖަހާފަ. ކުރިންވެސް ދެ މީހަކު ކުޅުދުއްފުށީ އިންޖީނުގެއަށް ނެގި. އެމީހުން މާބޮޑައް ކަންދެއްކުމުގެ ބަދަލުގައި ކަންކުރަނީ ކަމައް ފާހަގަ ކުރެވޭ. އާކާސް މުހޭ ވަރަށް ހިންގުންތެރިއޭ.

  4. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:14/02/2010

    އަހަ ތިއެއްނޫން ކޮބައިހޭ މިސައިޓުންބޭއްވި ކުއިޒުމުބާރާތުގެ ނަތީޖާ.2000 ރުފިޔާ ދޭނަމޭކިއައިގެން،ދޮގުހަދާފަ.އައްލަ.