Qauntum

Share

ކުޅުދުއްފުށީގައި ރެހެންދި ޖަމިއްޔާގެ ނަމުގައި ޖަމިއްޔާއެއް އުފައްދައިފި

ކުޅުދުއްފުށީގައި ރެހެންދި ޖަމިއްޔާގެ ނަމުގައި ޖަމިއްޔާއެއް އުފައްދައިފި

ކުޅުދުއްފުށީ ޒުވާން އަންހެންވެރިން އިސްނަގައިގެން “ރެހެންދި ޖަމިއްޔާ” ގެ ނަމުގައި ޖަމިއްޔާއެއް އުފައްދައިފިއެވެ. މިޖަމިއްޔާގެ ހިންގާ ކޮމިޓީ އިންތިހާބު ކުރުމަށް ރޭ ވަނީ ރިސޯސް ސެންޓަރުގައި ޖަލްސާއެއް ބާއްވާފައެވެ. ޚަދީޖާ އަލީ / ބުލޫސީ، ޝިރުމީނާ އަހުމަދު / ކޮކޯގެ، އަދި އާޝިޔާ ޙަސަން / ރޯޒްމޭރީ މުއައްސިސުންގެ ގޮތުގައި ތިއްބަވައިގެން އުފެއްދި މިޖަމިއްޔާގެ ހިންގާ ކޮމިޓީގެ އިތުރުން 6 ކޮމިޓީއެއް ރޭ ވަނީ އުފައްދާފައެވެ.

ޖަމިއްޔާގެ ރައީސްގެ ގޮތުގައި ރޭ އިންތިހާބުވި މަރިޔަމް އާދަމް، މިދިލިމާގެ، ކުޅުދުއްފުށި ޑޮޓްކޮމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި މިޖަމިއްޔާއަކީ ކުޅުދުއްފުށީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރުމަށާއި ރަށުގެ މުހިއްމު ކަންތައްތަކުގައި އަންހެނުންގެ ހިއްސާ އިތުރު ކުރުމަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ. މީގެ އިތުރުން ކުޅުދުއްފުށީގެ އަންހެނުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތްކުރުމަކީ މިޖަމިއްޔާގެ އެއްމެ މުހިއްމު މަގުޞަދު ތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައިވެސް މަރިޔަމް އާދަމް ހާމަކޮށްފައިވެއެވެ.

ޖަމިއްޔާގެ ރައީސް އިތުރަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވާ ގޮތުގައި، މިޖަމިއްޔާ ކުޅުދުއްފުށީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްތައް ކުރަން ރާވާފައިވާ އިރު، މިކަންކަމަށް ބަޖެޓް ހޯދުމަށް ގިނަމަސައްކަތް ތަކެއް ކުރަން ޖެހޭނެއެވެ. އެގޮތުން މެމްބަރުންގެ އަތުން ނަގާ ޗަންދާގެ އިތުރުން، ފަންޑްރައިސް ކުރުމަށް އެހެން ފަރާތްތަކުން ވަރަށް ބޮޑަށް އެހީތެރިކަމާއި އެއްބާރުލުން ބޭނުން ވާނެކަމަށް ވިދާޅުވެފައިވެއެވެ.

ޖަމިއްޔާގެ ހަރަކާތްތައް ހިންގުމަށް ދީނީ ކޮމިޓީއަކާއި، އަދަބީ ކޮމިޓީއަކާއި، ތައުލީމީ ކޮމިޓީއަކާއި، ކުޅިވަރު ކޮމިޓީއަކާއި، އިޖްތިމާއީ ކޮމިޓީއަކާއި، އިގްތިޞާދީ ކޮމިޓީއެއް އެކުލަވާލާފައި ވެއެވެ. ކޮމިޓީތަކުގެ ހަރާތްތެރިކަން އިތުރު ކުރުމަށްޓަކައި ހިތްވަރު ދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް އެންމެ ހަރަކާތްތެރިވާ ކޮމިޓީއެއް ހޮވާނެކަމަށް އެޖަމިއްޔާއިން މައުލޫމާތު ދެއްވިއެވެ. އަދި އެންމެ މެމްބަރުން ގިނަ ކޮމިޓީއެއްވެސް ހޮވާނެކަމަށް މައުލޫމާތު ދެއްވިއެވެ.

ޖަމިއްޔާގައި މިހާރު ކުރެވެމުންދަނީ ޖަމިއްޔާ އިފްތިތާހު ކުރުމަށް ތައްޔާރުވުމުގެ ގޮތުން ނިންމަންޖެހޭ ބައެއް ކަންތައްތައް ނިންމުމުގެ މަސައްކަތްތަކެވެ. ޖަމިއްޔާ އިފްތިތާހު ކުރުމުގެ ޖަލްސާ ވަރަށް އަވަހަށް ބާއްވާނެކަމަށް އެޖަމިއްޔާއިން މައުލޫމާތު ދެއްވާފައި ވެއެވެ.

,

‮ ‬8‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ތުއްތުނާ‮ ‬ވިދާޅުވީ


    ތާރީޚް:15/02/2010

    އޮބި ނޯވޭ އަންހެންވެރިންގެ ތިޔަފަދަ އިސްނެގުމަކަށް ބޭނުންވޭ،

  2. ކަންނެއްސޮރު‮ ‬ވިދާޅުވީ


    ތާރީޚް:16/02/2010

    ތި ޖަމިއްޔާއެއް ހަދަން ވެއްޖެތަ މިހާރު ކޮންދުވަހެއް. މިރަށުގަވެސް ނުލާހިކު ހިންގުންތެރިން އަންހެނުން އެބަ އުޅޭ. ނިކަން ކުރީސަފަށް ނުކުންނަން ވެއްޖެއޭނުން. މަރުހަބާ ތިޖަމިއްޔާއަށް. ފާގަތި މުސްތަގްބަލަކަށް އެދެން.

  3. ޞަބީހާ‮ ‬ވިދާޅުވީ


    ތާރީޚް:16/02/2010

    ތިޔަ ބުނީ ހަމަ ތެދަށް. ކުއްޖަމެން ތިޔަ ޖަމްއިއްޔާ ރަނގަޅަށް ހިންގާތި.

  4. ޒުހުރާ‮ ‬ވިދާޅުވީ


    ތާރީޚް:16/02/2010

    މަގޯތި މަންޖެ ތިޔަ ޖަމްއިއްޔާއަށް ވަންނަންބޭނުމޯ. ތިޔަ ޖަމްއިއްޔާ އިސްނަގައިގެން އަޅެ ނިކަން ބަނޑިޔާ ގުރޫޕެއް ހަދާބަލަ ނޫނީ ނަށާ ގުރޫޕެއް. އޭރުން ލާރި ލިބޭނެ ކުއްޖަމެނަށް.

  5. މަށޭ‮ ‬ވިދާޅުވީ


    ތާރީޚް:16/02/2010

    ތި ހަމަ އަންހެނުން ކޮމެޓީގެ ބައެއް މެމްބަރުން ކުރާކަމެއް. އަންހެނުން ކޮމެޓީގެ ލާރިގަނޑު ބުރުވާލާފަ،ކަމެއްފެށީ ދޯ، ޝިރުމީނަމެންނަކީ ސޯސަލް ބައެއްނޫން

  6. ބޮލުރޮދި‮ ‬ވިދާޅުވީ


    ތާރީޚް:16/02/2010

    ތިޔާހާދަވައްތަރޭ ޑީއާރުޕީގަ އެއުޅޭ މުސްކުޅިއަންހެން ވެރިންގެ ކަމަކާ. އާއެހެންޔާ ޑީއާރުޕީގެ ޖަލްސާއަކަށް ދިޔަސް އެތަނަކުން ނުފެންނާނެ އަންހެނަކު ނޫނީ. އަދިއެވެސް މުސްކުޅިން ރީތިކުއްޖަކު ފެންނަނަމަވެސް ދެންއޯކޭ ދެންތިބޭނެ މުސްކުޅިވެ ހަންޓޮޓޮ އަރާފަ ތިބި ފިތިހެނުންވެސް

  7. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:17/02/2010

    ޖަމިއްޔާގެ ލޯގޯ ވަރަށް ރީތި. ޖަމިއްޔާއަށް ކާމިޔާބަށް އެދެން

  8. މުހިައްމަދު‮ ‬ވިދާޅުވީ


    ތާރީޚް:18/02/2010

    ކޮންމެ ދެ މީހަކު ޖަމިއްޔާ އެއް އެބަހަދާ! އެކަމަކު ހަމަ ވާކަމެއް ހަރާން! ކުޅިވަރެއް ކުޅުން ނޫން ކަމެއް ނޯވޭ!! ރަށުގެ ތަރަށްގީ އަށް ދުވަހަކުވެސް ތި ހަދާ ޖަމިއްޔާ ތަކުން ކުރާ ކަމެއް ނުފެނޭ!! ކޮންމެ ކަމެއް ވެސް ޖެހެނީ ސަރުކާރުން ކޮށްދޭން !! ކުޅުދުއްފުށީ ރަޢްޔިތުން ހޭއަރާ ނީ ކޮން ދުވަހަކުން ބާ އޭ ހިތައް އަރާ!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!