Qauntum

Share

ފުލުހުންގެ ވާހަކަތަކާއި އަމަލާ ދިމާނުވަނީ ކީއްވެބާ؟

ފުލުހުންގެ ވާހަކަތަކާއި އަމަލާ ދިމާނުވަނީ ކީއްވެބާ؟
ހާލަތުގެ ދުލުން

މިފަހަކަށް އައިސް ފުލުހުން ބުނަމުންގެންދާ ވާހަކައާއި އަމަލާ ދިމާނުވާކަން ތަފާތު މީޑިއާތަކުން މިދަނީ ފެންނަމުންނެވެ. އެގޮތުން ދާދިފަހަކުން ދިއެފްއެމް އަށް ފުލުހުން ވަތްކަމުގެ މައްސަލަ އަކާއި ސްޓޭޓް މިނިސްޓަރެއް ހުންނަވާ ގެއަކުން ރާފުޅިތަކެއް ފެނުނު ކަމަށް ބުނާ ވާހަކަ ފާހަގަކުރެވެއެވެ.

މިކަންތައްތަކަކީ އޮޅުން ފިލުވުން އުނދަގޫ ކަމަކަށް ވީނަމަވެސް އަޅުގަނޑު މީގައި ބަލާލަން ގަސްތުކޮށްފައިވަނީ އަޅުގަނޑުމެންގެ މިރަށުގައި (ކުޅުދުއްފުށި) ތިއްބާ ފުލުހުންގެ ފަރާތުން މުޅި ރަށުގައި އިއުލާންކޮށް ހަދާފައިވާ ކަމަކާއި ބެހޭ ގޮތުންނެވެ. އެއީ މިމަހު (ފެބްރުއަރީ 2010) 10 ގައި އަލަށް އެކުލަވާލެވިފައިވާ ޤާނޫނު ނަމްބަރ 2009/5 ގައިވާ ގޮތުގެ މަތިން ޓްރެފިކް ކަންތައްތައް ބަލަމުންގެންދާނެކަމަށް ބުނެފައިވާ ބުނުމަށެވެ. މިކަމާއި ގުޅިގެން ރަށުގެ ގަރާޖްތަކަށް ވަރަށް ބާރު ބޮޑުވެގެން ދިޔަކަން އަޅުގަނޑު ފާހަގަކުރުމެވެ. އެއީ ކޮންމެ މީހަކުވެސް ބޭނުންވަނީ އަދަބެއް ލިބުމުގެ ކުރިން އެކަމަކުން ސަލާމަތްވުމަށްކަމަށްވާތީއެވެ. އެހެންކަމާއިއެކު އެބައި މީހުން ދުއްވާތަކެތި ޤަވާއިދަށް ފެތޭގޮތަށް ހެދުމަށް ނުހަނު ބޮޑު ހޭދައެއްކޮށް ބުރަމަސައްކަތްތަކެއް ކުރިއެވެ.

ނަމަވެސް އެކަމަށް ސަމާލުކަމެއް ނުދީ ތިބި މަދުބަޔަކުވެސް އުޅުނެއެވެ. އެއީ ފަހަރެއްގައި ފުލުހުންގެ ކަންތައްތައް ހުންނަ ގޮތް އެނގޭތީކަމަށްވެސް ވެދާނެއެވެ. ބޮޑަށް ގާތީއެގޮތާއެވެ. ފުލުހުން އިއުލާންކުރި ތާރީޚް މިވަނީ ފަހަނަ އަޅާގޮސްފައެވެ. ފުލުހުންގެ ފަރާތުން އެކަންކުރުމަށް ބުނެފައިވާ ގޮތާއި ގާތަށް ނުވަތަ އެއްގޮތަކަށްވެސް އެކަންކުރާތަނެއް ނުފެނެއެވެ. ކަންމިހެން ހުރުމުގެ ސަބަބުން ފުލުހުންނާއި މެދު ރައްޔިތުން ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުވާން ފަށާފައިވާކަން މިފުރުޞަތުގައި ބުނެލަންވެސް ބޭނުންވެއެވެ. މިގޮތަށް ކަންތައްވަމުންދަނީ ނަމަ ފުލުހުންގެ އިލްތިމާސްތަކާއި އިއުލާންތަކަށް ރައްޔިތުން މާބޮޑު ސަމާލުކަމެއް ނުދޭނެކަން ހުދު ފުލުހުންނަށްވެސް އެނގޭނެ ކަންނޭނގެއެވެ. ވީއިރު މިހެން މިކަން ވަނީ ކީއްވެތޯ ބަލާލުމަށް އަޅުގަނޑު މަސައްކަތްކޮށްލީމެވެ.

އަޅުގަނޑު ކުރި މަސައްކަތުން އެނގުނު ގޮތުގައި ފުލުހުންގެ ތެރޭގައި މިތިބީ ތިން ބާވަތެއްގެ މީހުންނެވެ. އެއީ ސަރުކާރާއި އެއްކޮޅު ބަޔަކާއި އިދިކޮޅު ބަޔަކާއި ވަކިކޮޅެއްގައި ނުޖެހޭ ބައެކެވެ. މިގޮތުން ކުޅުދުއްފުށީ ޕޮލިސްގައިވެސް މިތިބީ މިހެން ދިމާވެފައެވެ. އެންމެ އިސްކޮށް (ކޮމާންޑަރ) މިހުރީ ސަރުކާރާ އެއްކޮޅު މީހެކެވެ. އެމީހާގެ ދަށުން (އަތޮޅު ކޮމާންޑަރ) ސްޓޭޝަން “ރަން” ކުރުމަށް ހުރީ އިދިކޮޅު މީހެކެވެ. ކުދިންގެ ތެރޭގައި މިތިބީ ތިންބާވަތް މަސްހުނިވެފައެވެ. ސަރުކާރާއި އެއްކޮޅު އެންމެ އިސްމީހާ މިކަން ރަގަޅަށް ކުރަން ބޭނުމެވެ. ނަމަވެސް ކަންކުރުމަށްޓަކައި މުވައްޒަފުންނާއި އެކު އިސްކޮށް ހަރަކާތްތެރިވާ މީހާ އަކީ އިދިކޮޅު މީހެއްކަމުން މިކަންކުރާހިތެއް ނުވެއެވެ. މިކަމާއި އިސްމީހާ ކިތަމެވަރަކަށް ނުރުހުނަސް އަދި ކަމެއް ކުރެވޭ ގޮތެއް ނުވެއެވެ.

މިހުރީ މިއަދުގެ ހާލަތު ހުރިގޮތް ދެން މިހެން ކަންތައްހުރުމުން އެއްވެސް ކަމެއް މިގައުމުގައި ރަގަޅު ވެދާނެކަމަށް ޤަބޫލުކުރެވޭތޯއެވެ.

‮ ‬14‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ތުއްތުނާ‮ ‬ވިދާޅުވީ


    ތާރީޚް:17/02/2010

    ތިޔަހެންޏާ ފަހެ މި މަށަށް ލިޔެވުނު އެއްޗެއް ނޫންބާވައޭ މި ހިތަނީ، މި ހަމަ މަ ހިތުގަ ހުރި އެއްޗެހި

  2. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:17/02/2010

    ފުލުހުންގެ ތެރޭގައި ތިޔަ ބާވަތުގެ ކަމެއް އުޅެއެކޭ ދަންނަވަން ވަރަށް ދަތި. އަޅުގަނޑަށް ލަފާކުރެވެނީ، ސިޔާސީ ކަމެއް ނޫންހެން މިއުޅެނީ. މަސައްކަތުގެ އަޚުލާޤާއި ލޯބި ފުލުހުންގެ ތެރޭގައި ވެސް ހަމަ ދަށީ. އެހެންވެ ކަންނޭނގެ ތިޔަހާ ފަރުވާކުޑަކޮށް ތިޔަކަން އެދަނީ.

  3. ހޯހޯ‮ ‬ވިދާޅުވީ


    ތާރީޚް:18/02/2010

    ފުރަތަމަ ބަލަންވީ ބޮޑެތި ޖަރީމާތައް ހުއްޓުވަން (ޒިނޭކުރުމާއި، ވަށްކަމާއި، ފޭރުންމާއި، މަސްތުވާތަކެތި، މާރާމާރީ). އޭގެ ފަހުގައި ޓްރެފިކް މައްސަލަތައް ބަލަންވާނީ. އެހެންނޫނީ ވާނެގޮތަކީ ބޮޑެތި ޖަރީމާތައް ހިންގާމީހުންތިބޭނީ ހެވިފައި، އެކަމަކު ސައިކަލް ނަންބަރުބޯޑު ޤަވާޢިދަށް ނުފެތިގެން 750 ރިފިޔާއިން ޖޫރިމަނާ. ޓްރެފިކް މައްސަލަތައް ބަލަންޏާ ފުރަތަމަ އޭގެތެރެއިން ބޮޑެތި ކަންތައްތައް ބަލަންފަށަންވާނީ. މިސާލަކަށް ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާތަކެއްޗާއި ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވާތަކެތި ހުއްޓުވައި ޖޫރިމަނާކުރުން. އެންމެފަހުގެ ކަމަކަށް ބައިސްކަލު ބައްތި ބަލަންވާނީ. ސަރުކާރުން ކާބަން ނިއުޓްރަލް ކުރަންވިސްނާއިރު ބައިސްކަލަށް މީހުންގެ ތަރުހީބު އިތުރުކުރަން މަސައްކަތްކުރަންވާނެ. އަދި ބައްތި ޖެހުމަކީ ތިމާވެއްޓަށް އޭގެ ނޭދެވޭއަސަރު ކުރާނެކަމެއް. ވެހިކަލްތަކުން ނަގާ ފީވެސް މާލެއާއި ރާއްޖެތެރެ ތަފާތުކުރަން އެބަޖެހޭ، ސަބަބަކީ މާލޭގައި މަގުތައް ހަދާފައިހުރުމުން ވެހިކަލްތަކަށް ލިބޭގެއްލުން ކުޑަ، ނަމަވެސް ރާއްޖެތެރޭގައި ވަޅުގަނޑުތަކުގެ ތެރޭގައި ދުއްވުމުން ލިބޭ ގެއްލުންބޮޑު. އެހެންވީމާ މާލެއަށްވުރެ ރާއްޖެތެރޭގައި ނަގާ ފީ ކުޑަކުރަންޖެހޭނެ.

  4. ސަމީރު‮ ‬ވިދާޅުވީ


    ތާރީޚް:18/02/2010

    ހޯހޯ ގެ ވާހަކައަށް މަވަރަށް ތާއީދު

  5. ކަންނެއްސޮރު‮ ‬ވިދާޅުވީ


    ތާރީޚް:18/02/2010

    ސައިޓުގަ އާއްމުކޮށް ޖަހާ ލިޔުންތަކާއި ބަލާފަ ފެންވަރު ދަށް ލިޔުމެއް. އެކަމަކު ދައްކަން އުޅެފަ ހުރި ވާހަކަ ރަނގަޅު.

  6. ސާމާނުބެ‮ ‬ވިދާޅުވީ


    ތާރީޚް:18/02/2010

    މިއީ ހަމަ މައުމޫނުގެ ބަލާވެރިކަމެވެ.

  7. Dog‮ ‬ވިދާޅުވީ


    ތާރީޚް:21/02/2010

    މިލިޔުން ފެނިގެން ކަންނޭނގެ ރޭގަ ޓްރެފިކް ބަލަހައްޓަން ފުލުހުން އުޅޭތަން ފެނުނު، މިފަދަ ވާހަކަތައް ލިޔުމުންވެސް ރަގަޅުވާތީ މިއީވެސް މީހުން ހަމަމަގަށް އެޅުވުމަށް އޮތް ގޮތެއްކަމުން ވަރަށް އުފާވޭ، ފުލުހުންނޭ ތިގޮތުގައި ތިބޭތި،

  8. ހޯހޯ‮ ‬ވިދާޅުވީ


    ތާރީޚް:21/02/2010

    ވިދާޅުވީ ގެ ސަމާލުކަމަށް. މިސައިޓުގެ ކޮމެންޓް ލިޔާބަޔަކީ މީހުންގެ މުޅަމަސްކާ ތަނަކަށް ނުހަދަމާތޯ؟ މިއީ ކުރިން ޑީއާރޕީން ބުނާ ވާހަކަ މިހާރު އެމްޑީޕީން ބުނާވާހަކަ. ވެރިކަން ލިބުނީމާ ކޮޅު ބަދަލުވާނެ. ވިދާޅުވީ އަށްވެސް ތިވަނީ ހަމަ މިކަހަލަ ގޮތެއް.

  9. ހާލުފޮޅި‮ ‬ވިދާޅުވީ


    ތާރީޚް:22/02/2010

    މިރަށު ފިރިހެނުންނަށް ވުރެ ރަށުން ބޭރު މީހަކު ގަދަ ކޮށްފިއްޔާ މިރަށުގައި އުޅޭ މީހުންނަށް ވަރަށް އަސަރުކުރާނެ، މަށަށް ހީވަނީ ތިބުނާ މަންޖެއެއް ނުލިބިގެން އެކަމުގެ ހަސަދަހެން ތި މިހާރު ފިލުވާލީ،ޑަބިޔާއާއި އެއްޗިހި ޖަހަން ކެރޭނަމަ، އެފެންވަރު ތިބުނާ ބައެއް ނޫނީ “މީހެއް” ގައިގާ ހުރިނަމަ އެކަން މިހާރުކުރީސް، ގަބޫލުކުރަންޖެހޭ ހަގީގަތަކީ ކުޅުދުއްފުށި މީހުންނަށް ދެއްކޭނީ ވާހަކަކަން، ފިރިހެނުންވެސް އުޅޭނީ އަންހެނުން އުޅޭހެން ވާހަކަ އުފުލަމުން، މިރަށު ކިތައް މީހުންތައް މީހުންގެ އަނބިން ކައިރިއަށާއި ހުސްހަށިބައި އަންހެންކުދިން ކައިރިއަށް ވަންނަމުންދަނީ، އެމީހުންގެ ނަންތައް އަހަރުމެންނަށްވެސް ތަންތާ ޕަބްލިޝް ކުރެވިދާނެ،،،

  10. ސަމީރު‮ ‬ވިދާޅުވީ


    ތާރީޚް:22/02/2010

    ވަރަށް ދެރަ ކަމެއް މިއީ. މީސްމީހުންގެ ނަންތައް މިތާ ނުލިޔާތި. ފުލުހުން ކަމެއް ކުރިޔަސް އެއީ އެމީހެއްގެ ކަމެއް. ބަހާ އަމަލާ ދިމާ ނުވާނަމަ އެވާހަކަ ދެއްކިދާނެ. އެކަމަކު މީހުންގެ އަބުރު ނަގާ ނުލުމަށް ކޮމެންޓް ކުރާ ފަރާތްތަކަށް ހަނދުމަފުޅުކޮށް އަރުވަން. މިހާ ފަސޭހައިން ކޮމެންޓް ކުރެވެން އިނީމަ އެކަމުގެ ނާޖާއިޒް ފައިދާ ނުނެއްގެވުން އެދެން. އޭރުން މިހާ ފަސޭހައިން ކޮމެންޓް ކުރެވޭކަށް ނުހުންނާނެ.

  11. Dog‮ ‬ވިދާޅުވީ


    ތާރީޚް:23/02/2010

    ކޮންމެ މީހެއްވެސް އެމީހެއްގެ އަބުރު ހިފެހެއްޓުމާއި ނަގާލުން ބިނާވެފައި އޮންނާނީ އުޅޭ ގޮތަކުން، އަދި މިއީ އަބުރަށް އަރައިގަންނަނީކީވެސް ނޫން، ފުލުހުންފަދަ މީހުން ނަށް ނަމޫނާ ބައެއް އަދި ހާއްޝަކޮށް އިސްކޮށްހުންނަ މީހެއްގެ އަމަލުތައް މިހާ ދަށުދަރަޖައަށް ދިއުމުން، އެކަން އިސްލާހްކުރަންޖެހޭ، އެކަން އެންމެ ފައްސޭހަ މަގަކީ މިއީ ދެން އޮތީ ޑަބިޔާ، ދެން މިރަށު މީހުން މަންޖެއެއް ކައިރިއަށް ދިއުމުން ކަންބޮޑުވަނީކީ ނޫން، މީހުންގެ އަނބިން ކައިރިއަށް ދަންޏާ އެއީ ދެން ބޮޑުވަރުދޯ، ރަށްރަށަށް ޑިއުޓީ އަށް ފޮނުވަނީ އާބާދީ ބޮޑުކުރަންތަ، މީހުންގެ ދިރިއުޅުން ރޫޅާލާ ވަރިއިތުރުކުރަންތަ؟

  12. Dog‮ ‬ވިދާޅުވީ


    ތާރީޚް:23/02/2010

    އަދި ބުނަންތަ؟ އެއީ އަބުރު ގެއްލޭނެ މީހެއްވެސް ނޫން، އޭނާ އަކީ ހުރިހާކަމެއް ދަންނަ، ހުރިހާ މީޓިންތަކެއްގައި ބައިވެރިވާ މިރާއްޖެއަށް އެއްޗެއް ގެނެސް ފިނަމަ އެންމެ ފުރަތަމަ އެއެއްޗެއް އަތުގައި އޮންނަ ކަމެއް ޖެހިއްޖެނަމަ އެކަން އެންމެ މޮޅަންދަން ކުދިންނަށް އެހާމެ ހެޔޮ ހެޔޮކަމުން ކުއްޖެއްގެ ކަމެއް ޖެހިއްޖެނަމަ ރައީސް އަށްވެސް ގުޅައިގެން އެކަމެއް ކޮއްދޭ ހުރިހާ ކަމަކަށް މޮޅު ރޯނު އެދުރެއް، ދާދި ފަހުން މީހަކު ޖިނާއީ ކޯޓަށް ހޯދާތީ އެކަން އެސޮރަށް އެނގިގެން މީނާ އަށް ގުޅުމުން އެއީ ސައިކަލެއް ދޭންވެގެންނޭ މާލެ ގެންދަން އުޅެނީ ބުނި މީހެކެވެ. ޖިނާއީ ކޯޓުން ސައިކަލުވެސް ބަހަން ފެށީތޯއެވެ. ހުރިހާ ކަމެއް އެނގުނަސް ނުވަތަ ތެދު ބުންޏަސް މިއީ ބޯޑުވަރެއްދޯ؟

  13. amey‮ ‬ވިދާޅުވީ


    ތާރީޚް:23/02/2010

    މީހާގެ ނަންވެސް ލިޔަންވީ.. މިކަހަލަ ސައިޓެއްގަ ނަން ޖެހީމަތަ އަބުރު ގެއްލެނީ ..ފާޑުފާޑަށް އުޅޭ އިރަކު ނޭނގޭ ދޯ އަބުރު ވީ ހިސާބެއް..މިކހަލަ ސައިޓުތަކަށް ނަން އަރައިގެންވެސް ކަމެއް އިސްލާހް ވިއްޔާ ރަގަޅުތާ ދޯ.. ހުރިހާ ކޮމެންޓްތަކަށްވެސް މަރުހަބާ!! ހާއްސަކޮށް ޑޯގް ގެ ކޮމެންޓްތައް ވަރަށް ސަޅި..

  14. ހަސަނު‮ ‬ވިދާޅުވީ


    ތާރީޚް:23/02/2010

    މިއީ ވަރަށް ހަރުދަނާ ލިޔުންތަކެއް ފެނިގެންދާ ސައިޓެއްކަން ފާހަގަ ކުރަން.އެކަމަކު މި ސައިޓްގެ އަގުވެސް ވެއްޓޭފަދަ އަދި އާއްމުންގެ ހަސަދަ ފިލުމާލުމަށް ހުޅުވާލެވޭ ދޮރެއް ކަމުގައި ވެގެންދާ ފަދަ ކޮމެންޓްތައް ޝާއިރު ނުކުރުން ރަގަޅުހެން ހީވެ!މިހާރު ބައެއްމީހުން ބުނާ އަޑު އިވޭ ކުޅުދުއްފުށި ސައިޓް އެގޮތައް ކުރިއަށްދާ ނަމަ ތިމަންނަ އަށް ކޮންމެ މީހެއްގެ އަބުރާ ބެހި މީހުންގެ އަގުވައްޓާލުމަކީ އުދަގޫ ކަމެއްނޫން ކަމަށް ފަހުރުވެރިކަމާއި އެކު ބުނަމުންދާތީވެ އެކަމާއި ވިސްނުން މުހިއްމު.ތިޔަ ކުދިންގެ މަގްސަދު ހާސިލްނުވެ އޭގެ ފައިދާ އެހެންބަޔަކު ނެގުން އެއީ ދެރަ ކަމެއްދޯ!