އަތޮޅުތަކުގައި ފުޅާދާއިރާގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތައް ހޯދުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއެކު ހދ.ކުޅުދުއްފުށީ މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ. މިމަހުގެ 19 ވަނަދުވަހު ހިންގި މި އޮޕަރޭޝަންގައި ފުލުހުންގެ ހައްޔަރު ކޮށްފައިވަނީ ކުޅުދުއްފުށީ ފަރެސް، ޢަލީ ޝުކޫރު (37 އ.) އެވެ.
މީނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވަނީ މީނާ މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓްގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުންގެ ޓީމެއް ކުޅުދުއްފުއްޓަށް އައިސް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކުޅުދުއްފުށީ ސުފުރާމަތި ރެސްޓޯރަންޓް ކައިރިން މަގުމަތިންނެވެ. އަދި މީނާގެ އަތުން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ބްލެޓް ސައިޒްގެ 8 ޕެކެޓް ވަނީ ފެނިފައެވެ.
މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން އިތުރަށް ތަހްޤީޤު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ހާޝިމް ވިދާޅުވީ
ތާރީޚް:22/02/2010
މިސަރުކާރުން މަސްތުވާތަކެތީގެ ކަންތައްތަކުގައި ހުރި ކުޅަދާނަކަން ފާހަގަކޮށް، ޝުކުރު ދަންނަވަން. މިހާރު ހީވާ ގޮތުން، މަސްތުވާތަކެތީގެ ކަންތައްތައް ދުވަހަކަށް ވުރެ ދުވަހެއް ދަނީ ތައްކަތުވަމުން.
ސަމީރު ވިދާޅުވީ
ތާރީޚް:22/02/2010
މިއީ ފުލުހުން ނެރޭ ނިއުސް ބްލެޓިން އިން ނަގާ ހަބަރުތައް. ހަވީރު މިއަދު އަދި ތިބުނާ މަނަދޫ ލައިވް ގައިވެސް ހުންނާނީ މިފަދަ ހަބަރުތައް ހަމަ އެއްގޮތަކަށް. “މަށޭ” އަށް އަދި ވާނުވާ ނޭގެނީ.
މުޙައްމަދު ވިދާޅުވީ
ތާރީޚް:22/02/2010
އަދި މިކަހަލަ ބައިވަރު ބޮޑެތި ޑީލަރުންތަކެ އަދިވެސް މިރަށުގައި އެބައުޅޭ އަދި މިރަށުގައި އެންމެދުވަސްވީ ޑީލަރުން އަދިވެސް ހަމަތިބީ. މިސަތުކާރުން މިކުރާ މަސައްކަތަށް ހަމަ ސާބަސް.
މަށޭ ވިދާޅުވީ
ތާރީޚް:22/02/2010
އެޑްމިން ހިތްހަމަނުޖެހޭ ކޮމެންޓްތައް ނަގަނީތަ؟ ހާދަ ނުކެރެޔޭދޯ؟
Dog ވިދާޅުވީ
ތާރީޚް:22/02/2010
މިސަރުކާރުން މަސްތުވާ ތަކެތި ނައްތާލަން ކުރާ މަސައްކަތަށް އައްސަރިބަހާއި ސާބަސް ދެން، ޝުކުރިއްޔާ ރައީސް ނަސީދު، މިފަހަރު ތިއަތުލީ މިފަހަކަށް އައިސް މިރަށުގައި އެކަން އެންމެ ބޮޑަށްކުރާ މީހާ، އެމީހާ އެތަކެތި ވިއްކައިގެން ބޮޑުގެއެއްވެސް އެވަނީ ނިންމާލާފައި، އެގެވެސް އަތުލުން އެދެން، އަދިވެސް އެކަހަލަ ދެމީހަކު އެބައުޅޭ ސައްތާރު، ސައުދު ފަދަ. އަވަހަށް އަތުލައިގަނޭ
hehe ވިދާޅުވީ
ތާރީޚް:22/02/2010
ތައްކަތު ތި މާނަ ކުރައްވަނީ ފުޅާވުމަށް ދެއްތޯ؟ ޕަކާސް…
hehe ވިދާޅުވީ
ތާރީޚް:22/02/2010
ތައްކަތު ތި މާނަ ކުރައްވަނީ ފުޅަވުމަށް ދެއްތޯ؟ ޕަކާސް…
ހޯހޯ ވިދާޅުވީ
ތާރީޚް:23/02/2010
ހިއެއްނުވޭ ތިޔަމީހާ ޖަލަށް ލާނެހެނެއް. އެއީ މިސަރުކާރު ވެރިކަމަށްގެންނަށް ވަރަށް ބުރަކޮށް މަސައްކަތްކުރި ފަހުލަވާނެކޭ.
ބޭބެ ވިދާޅުވީ
ތާރީޚް:23/02/2010
ވަކިޕާޓީއެއް އިސްތިސްނާނުކޮށް ތިކަން އިންސާފުވެރިކޮށް ގެންގޮސްފިއްޔާ ކިތަންމެހާވެސް ރަނގަޅު.
mAkanA ވިދާޅުވީ
ތާރީޚް:23/02/2010
އެވެސް ޕާޓީއެއް ނޯންނާނެ.. އަނެކަވެސް ޕާޓޭން ގަނޑުތަޅާ ބުރުވަން ވީ މިކަމުގަ ބާވެރިވާ މީހުނަށް ސަރުކާރުން ފިޔަވަޅު ނޭޅުން ވަރަށް ރަނގަޅުވާނެ.
MASEY ވިދާޅުވީ
ތާރީޚް:25/02/2010
ވާނުވާ ނޭނގިގެން އުޅޭމީހުންނޭ ،،،،،،،،،،،
ނައިބު ވިދާޅުވީ
ތާރީޚް:26/02/2010
މިރަށުގައި އެންޓި ޑްރަގު ޖަމިއްޔާއެއް ވެސް ހަދަންވީ. މަ ހިތައް އަރާ ތިޔަ އަތުލައިގަތް ކަލޭގެއަށް އޭނާގެ ދަރިންގެ ދަރިންވެސް އުޅެންޖެހިދާނެ ކަން ނުވިސްނެނީ ބާވައޭ. މިރަށުގައި އުޅޭ އެއްވެސް ޑްރަގް ޑީލަރެއް ރަށުތެރޭގައި އުޅުނަ ދީގެން ނުވާނެ. ކަމާބެހޭފަރާތަށްވެސް އަންގާ މިރަށުގެ މުސްތަގުބަލު ހަލާކުނުވޭތޯ އެންމެ އެކަތިގަނޑަކަށްވެގެން މަސަކަތްކުރަންޖެހޭނެ. މިއީ މުޅިރައްޔިތުންނާ ގުޅުން ހުރި މައްސަލައެއް.