ހަނިމާދޫ އެއާރޕޯޓް އިންޓަނޭޝަނަލް އެއާރޕޯޓަކަށް ބަދަލު ކުރާ ހަބަރު ވެގެން ދިޔައީ ހަނިމާދޫ ރައްޔިތުންގެ އިތުރުން ބޮޑު ތިލަދުންމަތީގެ ރައްޔިތުންނަށްވެސް ލިބުނު އުފާވެރި ހަބަރަކަށެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓްގެ ހުވަފެން އުތުރުގެ ރައްޔިތުން ދެކެމުންދާތާ އަހަރުތަކެއް ވަނީ ވެފައެވެ. އުއްމީދާ ހަގީގަތުގެ ތެރެއިން އަޑު އިވިގެންދިޔައީ އިންޑިޔާގެ ކުންފުންޏަކާއި އެކު ދިވެހި ސަރުކާރުން އެމްއޯޔޫ އެއްގައި ސޮއި ކުރި ހަބަރެވެ. އާދެ ހަނިމާދޫ ޑޮމެސްޓިކް އެއާރޕޯޓް އިންޓަނޭޝަނަލް އެއާރޕޯޓަކަށް ހެދުމަށްޓަކައި ކުންފުންޏަކާއެކު އެއްބަސް ވުމަކަށް އާދެވުނު ހަބަރެވެ.
ހަނިމާދޫ އަކީ އާބާދީގެ ގޮތުން ކުޑަ ރަށެއް ނޫނެވެ. ހޮނޑައިދޫ އާއި ހަތިފުށީގެ ރައްޔިތުންވެސް މިހާރު ދިރިއުޅެމުންދާ ހަނިމާދޫ އަކީ ހދ އަތޮޅުގެ އެންމެ އާބާދީ ބޮޑެތި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. ހަނި ދިގު ރަށެކެވެ.
ހަނިމާދޫ އެއާރޕޯޓް ހެދުމަށްޓަކައި އިންޑިޔާގެ ކުންފުނިން ދިވެހި ސަރުކާރަށް ދެ ކުރެހުމެއް ނުވަތަ ދެ ހުށައެޅުމެއް ވަނީ ހުށަހަޅާފައެވެ. މިކަމުގެ ހަގީގަތް މާބޮޑަށް ނޭނގުނު ކަމުގައި ވިޔަސް އެނގޭ ކަމަކީ ހަނިމާދޫ އިން މީހުން ބާލަން އުޅޭކަމުގެ އަޑުތައް ހަނިމާދޫ ތެރޭގައި ދެކެވޭ ކަމެވެ. ރައްޔިތުން ހާސްވެފައި ތިބި ކަމެވެ. ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ބޮޑު ކެމްޕޭނެއް ކުރަމުންދާ ކަމެވެ. ހާމަކަން ބޮޑު ގޮތެއްގައެވެ. ނޮޅިވަރަމް ދާއިރާގެ އިއްޒަތްތެރި މެމްބަރުވެސް މި ކެމްޕޭނުގައި ބައިވެރިވާ ކަމެވެ.
ހަނިމާދޫ ރައްޔިތަކު އަޅުގަނޑާ ބައްދަލުކޮށް އެބޭފުޅާގެ ޝުއޫރު ފާޅުކުރިއެވެ. އަދި އެބޭފުޅާގެ އާއިލާގެ ފަރާތުންނާ ރަށްޓެހީންގެ ފަރާތުން މި މެސެޖް އުތުރުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެދުނެވެ. އާދެ، ހަނިމާދޫ ރައްޔިތުން އެރަށުން ފައިބާކަށް ބޭނުމެއް ނޫނެވެ. އެއާރޕޯޓް އިންޓަނޭޝަނަލް ކުރި ކަމުގައި ވިޔަސް ރަށުން ފާބައިކަށް ބޭނުމެއް ނުވެއެވެ. އިގްތިޞާދީ މަސައްކަތް ތަކަށް ބުރޫ އަރާ އަލުން އާ ހަޔާތެއް އެހެން ރަށެއްގައި ފަށާނެ ހިތްވަރެއް ނުމެ ނެތްމެއެވެ. ގިނަ ދުވަހުން ބުރަ މަސައްކަތުން ހަދާފައި ހުރި ގެދޮރު ދޫކޮށްލާކަށް ބޭނުމެއް ނޫނެވެ.
ހަނިމާދޫ ތެރޭގައި ސަރުކާރަށް ތާއީދު ކުރާ ބަޔަކު ރަށުން މީހުން ބޭލުމަށް ތާއީދު ހޯދުމަށް އެކި ގޮތްގޮތަށް މަސައްކަތް ކުރަމުންދެއެވެ. އެކަމަށް ގަބޫލުވާ މީހުން ބަދަލު ކުރަނީ ނޮޅިވަރަންފަރަށް ކަމަށާއި ހިތްހަމަ ނުޖެހޭ މީހުން ބަދަލު ކުރަނީ ހއ އަތޮޅު ބާރަށަށް ކަމުގައި ބުނަމުންދެއެވެ. ހދ މަކުނުދޫ އަށް ހަނިމާދޫ ކަތީބަކު ބަދަލު ކުރީވެސް މިމައްސަލާގައި ކަމަށް އެމީހުން ބުނެއެވެ. މިއީ ހައްތަހާވެސް ހަނިމާދޫ ތެރޭގައި ދެކެވޭ ވާހަކައެވެ. ކުރަމުންދާ ކެމްޕޭންގެ ވިހަގަދަ ހަމަލާތަކެވެ.
ހަނިމާދޫ މީހުން ރުއްސުމަށްޓަކައި ކުރަމުންދާ ކެމްޕޭނުގައި ތަފާތު ވާހަކަތައް ދައްކައެވެ. ހަނިމާދޫ އިން ފައިބަން ބޭނުންވާ މީހުން ހދ ނޮޅިވަރަންފަރަށް ބަދަލު ކޮށްދިނުމުގެ އިތުރުން ހދ އަތޮޅު ވެރިކަންކުރާ ރަށެއްގެ ގޮތުގައި ނޮޅިވަރަންފަރު ހަމަޖައްސަދޭނެ ވާހަކައާއި ހދ އަތޮޅު އޮފީސް ނޮޅިވަރަންފަރަށް ބަދަލު ކޮށްދިނުމުގެ ވާހަކައެވެ. އަދި ހަނިމާދޫން ގެ ނުވަތަ ގޯތި ލިބިފައި ތިބި އެންމެންނަށް ހަމަ އެވަރުގެ (އެ ސައިޒު) ގޯއްޗެއް ނުވަތަ ގެއެއް އަޅައިދޭނެކަމަށްވެސް ކެމްޕޭން ޓީމުން ބުނަމުން ގެންދެއެވެ.
ހަނިމާދޫ އެއާރޕޯޓް އިންޓަނޭޝަނަލް އެއާރޕޯޓަކަށް ބަދަލު ކުރާއިރު އެރަށުން މީހުން ބާލަން ސަރުކާރުން ވިސްނަމުންގެންދާ ކަމަށް ވާހަކަ ދެކެވެމުންދާއިރު ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މިމައްސަލާގައި ވިދާޅުވެފައި ވަނީ އެކަން އެގޮތަށް ކުރަން އަދި ވިސްނާފައި ނުވާކަމަށް ކަމުގައެވެ. އެހެނަސް އެކަން އެގޮތަށް ކުރަން ޖެހިއްޖެނަމަ އެއީވެސް ވެދާނެކަމެއް ކަމުގައެވެ. މިމައްސަލާގައި މަތިއުތުރު ޕްރޮވިންސްގެ މިނިސްޓަރ ވިދާޅުވެފައި ވަނީ ހަނިމާދޫ ރައްޔިތުން ހާސްވާން އަދި ތަންކޮޅެއް އަވަސް ކަމަށެވެ. ސަރުކާރުގެ ފަރާތުން މިފަދަ ގޮތަކަށް މިކަމުގައި ވާހަކަ ދައްކަވަމުން ގެންދާއިރު އެމްޑީޕީގެ އެކްޓިވިސްޓުން ގެންދަނީ ވަރަށް ފޯރީގައި ހަނިމާދޫ ތެރޭގައި ރައްޔިތުން ރުއްސުމަށް މަސައްކަތް ކުރަމުންނެވެ.
ހަނިމާދޫ އެއާރޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުވެގެން ދިޔުމަކީ ކިތައްމެ ބޭނުންކަމެއް ކަމުގައި ވިޔަސް ހަނިމާދޫ ދޫކޮށް އެހެން ރަށަކަށް ދިރިއުޅުން ބަދަލު ކުރުމަށް ހަނިމާދޫގެ ގިނަ ރައްޔިތުންނެއް ބޭނުމެއްނުވެއެވެ.
—–
ހަނިމާދޫގައި އިންޓަނޭޝަނަލް އެއަރޕޯޓް ހެދުމަށް ހުށަހެޅިފައިވާ ބައެއް ކުރެހުންތައް
- ހަނިމާދޫގެ ކުރެހުން
- ހަނިމާދޫގެ ކުރެހުން
- ހަނިމާދޫގެ ކުރެހުން
- ހަނިމާދޫގެ ކުރެހުން
- ހަނިމާދޫގެ ކުރެހުން
- ހަނިމާދޫގެ ކުރެހުން







ސާމިސޯޅި ވިދާޅުވީ
ތާރީޚް:23/02/2010
ހަނިމާދޫމީހުން އެހެން ރަށަކަށް ބަދަލުކޮށްގެން ވިޔަސް ތިއީ ކުރަންވެއްޖެކަމެއް. ހަނިމާދޫ ރައްޔިތުންނަށް އަޅުގަނޑު ބުނެލަން ބޭނުމީ މުޅި އުތުރުގެ އެންމެންނަށް ލިބެންއަންނަ ފަސޭހަކާއި ކުރިއެރުމަކަށް ހުރަސް ނާޅުއްވާށޭ.
އަސްތާ ވިދާޅުވީ
ތާރީޚް:23/02/2010
ހަނިމާދޫ ކުދިން ދެރަ ވާކަށް އަދި ގާތް ނުވޭ…ތިޔާ ކަހަލަ ކިތައް ސަޅި ބައިސާ ކެނޑިތަ އެއުޅޭ މައުމޫނު ވަސް….ތިޔެއް ވާނެ ކަމެއް ނޫން…ދެން އަނެއްކަ “އަޑިޔައް ދާން އުޅޭ” ތަނެއްގަ ތިޔާ ކަހަލަ ބޮޑު އިންވެސްޓްމެންޓެއް ކުރާނީ މަރުމޯލުންނޭނޫން…ނަސީދުވަސް ދެން ދިވެހިން ހައްދަނީ މާ ވަރަކަށް ވިއްޔާ ދޯ؟
ކަންނެއްސޮރު ވިދާޅުވީ
ތާރީޚް:23/02/2010
ތިޔަ ކުރެހުންތަކުގަ ތިޔާއޮތްގޮތަށް ތިކަން ކުރެވެންޏާ ތިކަން އަވަސް ކުރަންވީ އިނގޭ. ހަނިމާދޫ އިން މީހުން ބާލާ ނޮޅިވަރަންފަރަށްވެސް ބަދަލުކުރަންވީ. ތަރައްގީ ގެ މަގު ހުޅުވިފައި އޮށްވާ ހުރަސް އަޅަން ނޫޅޭ.
ފޭސްބުކް ފޭން ވިދާޅުވީ
ތާރީޚް:23/02/2010
ހާދަ ސަޅި ކުރެހުންތަކެކޭ. ދުނިޔޭގެ ފެންވަރުގެ އެއަރޕޯޓެއް ތިއީ. ތިކަން ހަމަ ކުރަންވީ. ފޮޓޯތަށް ގެނެސްދެއްވީތީ ޝުކުރިއްޔާ. ދެން ބަލާލަ ދީބަލަ ކުޅުދުއްފުށީގަ އަޅާ ފުލެޓު ތަކުގެ ކުރެހުން ލިބޭތޯ.
mAkanA ވިދާޅުވީ
ތާރީޚް:23/02/2010
މިހެން ވެއްޖެޔާ ނޮޅިވަރަމްފަރު ކުޅުދުއްފުށްޓަށްވުރެ ތަރަށްގީވެގެން ކުރިއަށް ދާނެކަން ޔަގީން..
މަންގަނޑުމަތި ވިދާޅުވީ
ތާރީޚް:23/02/2010
މަށަށް ފެންނަނީ ކުޅުދުއްފުށީގަ “އަޅާ ފުލެޓް” ތަކަށް ތިމީހުން ބަދަލުކުރަން. ކުޅުދުއްފުށީގެ އާބާދީ ބޮޑުވާ ވަރަކަށް އޭގެ ފައިދާ ކުޅުދުއްފުށީގެ އިގްތިޞާދަށް ކުރާނެ.
ސިންގަރޯޅި ވިދާޅުވީ
ތާރީޚް:23/02/2010
މިއެކަމަކު ބަޔަކު ހެއްދިޔަސް ފުކެއް ބޮޑުވަރެވެ. މިކަމެއް މިސަރުކާރަކަށް ނުވާނެ. އަދި އެހެން ސަރުކާރެއް އަޔަސް ވާވަރަކަށް ނޫން މިކުރެހުން މިއޮތީކީ. މިފެންވަރަށް މިތަން ހެދުމަށް ކިތައް ބިލިއަން ޑޮލަރު ހަރަދު ވޭބާ؟
މަށޭ ވިދާޅުވީ
ތާރީޚް:24/02/2010
ބަލަގަ ސިންގަރޯޅި މިއީ ސަރުކާރުންކުރާ ކަމެއްނޫނޭ، އިންޑިއާގެ ޓާޓާ ކުންފުނިން ކުރާކަމެކޭ
ސަމީރު ވިދާޅުވީ
ތާރީޚް:24/02/2010
ޓާޓާ ކުންފުނިން ނެއް ނޫނޭ. އިންޑިޔާގެ އާރުޕީޖީ ގްރޫޕުން ކުރާ ކަމެއް މިއީ.
ހާޝިމް ވިދާޅުވީ
ތާރީޚް:24/02/2010
ޓާޓާއެއް ވެސް ނޫން. އާރުޕީޖީއެއް ވެސް ނޫން. އިންޑިޔާގެ ޖީއެމްއާރ ކުންފުނިން ކުރާ ކަމެއް އެއީ.
ސަމީރު ވިދާޅުވީ
ތާރީޚް:24/02/2010
އާރުޕީޖީ ޖެހުނީ އޮޅުމަކުން. އަސްލު ގޮތަކީ ޖީއެމްއާރު
މަންޖެ ވިދާޅުވީ
ތާރީޚް:24/02/2010
އަވަހަށް އެއަރޕޯޓް ނަގައިގެން ކުޅުދުއްފުއްޓަށް ގެންދޭ މަރުހަބާކިޔަން. ހަނިމާދޫމީހުން ނޫޅެ އެއަރޕޯޓެއް ނުލިބިގެންނެއް. ކުޅުދުއްފުއްފުށީ މީހުން ޖޭ ވަނީ އަވަހަށް ގެންދޭ އޭރުން އުތުރުގެ އެންމެންނަށް އެނެއްދިވެހިރާއްރެއަށް ދަތުރުކުރެވޭނެ. ދެން ލަލަލްލްލްލްލްލްލްލްލްލްލްލ
adhunaa ވިދާޅުވީ
ތާރީޚް:25/02/2010
ތިއީ މުލިން ހަމަ ފޮނިބައިސާ އެ އުޅެނީ އަދި ސުނާމީގައި ހާލުގައި ޖެހުނުމީހުންނަންވެސް ކަންތައް ތަކެއްކޮށްނުދެވިގެން ދެން ކިހިނެއްތޯ ހަނިމާދޫގައ އަޅާފައިހުރިފެންވަރުގެ ގެތަކެއ އަޅައިދޭނީ! ހަތިފުށި މީހުންނަންވެސް ގެނޭޅި އަދިނުވީތާކަން އެމީހުންނަންދޭ ރުފިޔާވެސް މަހުނމަހަންނުދެވި ދެން!! 3 މަސދުވަހުގެ ތެރޭގައި ހަނިމާދޫ އެއަރޕޯރޓް ގައި ފައިސާ ނެގޭގޮތައް އޭޓީއޭއެމް ވެސް ބަހައްޓައިދޭނަމޭބުނި އެކަންވެސްވީ ބަހަބަރު! ހަނިމާދޫ ބަދަރު މަތީ އަމިއްލަ ކުދިބަޔަކު އެބައި ޑޮލަރު އޭޓީޢޭއެމް އެއ ބަހައްޓާފަ. މައްސަލަ އަކީ މީގެން ދިވެހި ފައިސާނުނެގޭތީ. އާއްމުކޮށް މި ބޭނުން ކުރަނީ ބަންގާޅީ ސޮރުމެން. ކުރެހުން ކިތައްމެހާވެސް ފުރިހަމަ. ތިގޮތައް ތިކަންވެއްޖެއްޔާ މިހިސާބު ތަރައްގީ ވީ. އެކަމަކު މިހާރު މިހިސާބު އެދު ތައް ފުލްނުވެ ވަކި ތިތައްހެދީމައި ކާކުއަންނާނީ. ތިކަން ކުރަން އުޅޭކުންފުއްޏަކީވެސް ތިކަމަށް އެހާ ގާބިލު ބަޔަކަނ ނުވާތީތާ މާލޭ އެއަރޕޯރޓް ނުދިނީ. ރަގަޅު ގޮތަކަން ދައްޔާ ކޮންމެ މީހަކުވެސް ދާނެ. އެކަމު އެގޮތައްދިއުމާމެދު ސައްކު. ރަތްއިތުން ރުހިގެނ ތިކަމެއނުވާނެކަން 100% އެބައޮތް. މިސަރުކާރަކީ ރައްއިތުން އެދޭގޮތައް ކަންތައްކުރާބައެއް.އެހެނ ކަމުނ ތިރަށުން އެމީހުން ނުބާލާނެ. ބާލާކަން ނުވަސްކެރޭނެ. އެގޮތައް އެކަނ ކުރަންވެއޖެއްޔާ ނުރައްކާވުން އެކަށިގެންވޭ. ޖާނުން ފިދާވުމުގެ ހަމަލާތައް އދުވަހުން ފެސިގެން މިކަން ކުރަން އުޅޭ އެންމެން ނަން ދޭނެކަމަސް ބެލެވޭ. އެއީ ތާރަގަނޑު ގެންދަންބޭނުން ވައްޔާ އެގެއންދާށޭ ބުނާބަޔަކު ވެސް އެބައުޅޭ. ހަނިމާދޫ ރައްއިތުން ކާނަލް އާއެކު ބައްދަލުކުރި ބައްދަލުވުމުންވެސ ކާނަލް އަށްމިކަނ ރަގަޅަށްއެގޭނެ. ކިހިނެއްތޯވާނީ ތިހާ މުއްސަދި ބަޔަކަނވައްޔާ އެހެނ ފަޅުރަށެއްގާ ތިކަންކުރިއްޔާ!!!
ަދުނާނ
ސަމީރު ވިދާޅުވީ
ތާރީޚް:25/02/2010
އަޅުގަނޑަކީ ކުޅުދުއްފުށީ މީހެއް. އަޅުގަނޑު ބޭނުމެއް ނުވޭ ހަނިމާދޫއިން މީހުން ބާލާކަށް. ހަނިމާދޫ އިން މީހުން ބާލާނަމަ އެކަން ކުރަންޖެހޭނީ ވަރަށް ރަނގަޅަށް. ހަނިމާދޫ ރައްޔިތުންނަށް އިގްތިޞާދީގޮތުން އެއްވެސް އަސަރެއް ނުކުރާނެ ގޮތަކަށް.
ކަޅުހަން ވިދާޅުވީ
ތާރީޚް:27/02/2010
ހަނިމާދޫގެ އެއްވެސް ރައްޔިތަކު ބޭނުމެއްނުވޭ ހަނިމާދޫ ދޫކޮއްއެހެން ރަށަކަށް ދާކަށް ހަނިމާދޫން ބާލަންޔާ ޖެހޭނީ ވަރުގަދަ ހަގުރާމައެއްކޮއް ބިޑިއަޅުވައިގެން ބާލަން! ހަނިމާދޫ ރައްޔިތުން ނުބޭލިޔަސް ހަނިމާދޫގަ އިންޓަރނޭސަލް އެއާޕޯޓެއް ހެދޭނެ ކުރީސަރުކާރުންވަނީ އެގޮތައް ކުރަހާ ޕުލޭންކޮށްފަ.މިވެގެން އުޅޭއެއްގޮތަކީ ޖީ އެމް އާރަށް އެއާޕޯޓުގެ އިތުރުން އަދި ދޭންޖެހޭ 6000 އެދު ނުވަތަ 30 ރިސޯޓް ދެންއެހެންނޫނީ ދޭންވީ ހަނިމާދޫ އެއްކޮން.ދެންވިސްނަބަލަ ފައިދާވަނީ ދިވެހި ރައްޔިތުންނަށްތޯ ނުނީ ޖީ އެމް އަރަށްތޯ ވަޒީފާދިނަސް ދިވެހިންނަށް ދޭނީ އެއްމެދަށް ވަޒީފާތަށް މުސާރަކުޑަވާނެ.ވަޒީފާއެއް ބޭނުންވިޔަސް ޖެހޭނީ ފައިބުޑަށްވެއްޓި ސަލާން ޖަހަން ކިތަމެއް ވަރަކަށް ހަނިމާދޫ މީހުން ރުއްސަން އުޅުނަސް ނުރުހޭނެ ހެޔޮ ހިތްފުރެންދެން ރުފިޔާ ދޭންބުންޏަސް ކޮންމެއެއްޗެއް ދޭންބުންޏަސް.ހަނިމާދޫ ކުރީގެ މުސްކުޅިން ބުނެއުޅޭ އެއްޗެއް ހުނޑައިދޫ 3 ފަހަރު ފަޅުވާނޭ ހަނިމާދޫގެ ދެކޮޅުހިފާނެ ހަނިމާދޫއިން ހޮޅިން އުފެދޭނޭ މިހާރު މިއޮތީ އެކަންތަން ވާން ދާދިގާތް ވެފަ ހުނޑައިދޫ ފަޅުވެއްޖެ ހަނިމާދޫ ދެކޮޅުހިފައިފި އެއްކޮޅުގަ އޮތީ އެއާރޕޯޓް އަނެއްކޮޅުގަ ހުރީ އޮޒަރވެޓާރ ދެންއޮތީ ހޮޅިންއުފެދުން އެކަންތައްވާން މިހާރު މިއުޅެނީ