Share

އަދަބިއްޔާތު – އުންމީދު

އަދަބިއްޔާތު – އުންމީދު
ހާޝިމް

މިނިވަންވެގެން ކަލާ އަރިހަށް ދާ ހިތޭވަނީ
ފިނިކަންނުލިބި ހިތަށް މިދުވަސްތައް އޮޔާ ދަނީ

ހަތުރެއްގެ އެސްފިނާ ޖެހި ގުޅުމަށް އެސާފުވީ
އިތުރަށް މަ ހުރަގެއަށް ވަދެ ހައްޔަރުވެފައިވަނީ

ހުރިކަން ކަލާ މަށާއެކު އެނގުނީއްސުރެ ތިހެން
ކުރެވޭ މުޙައްބަތުގެ އުންމީދޭ މިއާ ވަނީ

މާޒީގެ އެކި އުފާވެރި ޞަފްޙާތަކޭ އަލުން
ބާޒީ ލިބޭ ގޮތުން ގެންނަން އެދި މި ހިތް ރޮނީ

އެކުގާ އުޅުނު އުފާވެރި ހުރިހާ ދުވަސްތަކެއް
ދެކެލާ ހިތުން ކަލާ ހުރިކަން ވެސް ޔަޤީންވަނީ

ހުރެ ވޭތުވާ މަށަށް ދުވަހެއް އަދު މިތާ ދިގޭ
ވުރެ ޤަރުނަކަށް މިހެން ބުނެ އިޢުލާނުކޮށްލަނީ

,

‮ ‬1‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ދުނބުރިހުއްތު‮ ‬ވިދާޅުވީ


    ތާރީޚް:24/02/2010

    ވާވާ، ސާބަހޭ ހާޝިމް، ކުރިއަށް ވަޑައިގަންނަވާ، އަޅުގަނޑުމެން ތިބޭނޭ ކިޔަން، އެކަމަކު އަޅުގަނޑަށް ހީވަނީ ތިންވަނަ ބައިތުން “އެނގުނީއްސުރެން” މިގޮތަށް ނޫނު ސުކުނެއް އޮންނާނެހެން، ކޮންމެވެސް ގޮތަކުން ވެއްޓިފައިކަމަށް ބެލެވޭ،