Qauntum

Share

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފި

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފި

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ކުޅުދުއްފުށީގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފިއެވެ. ކުޅުދުއްފުށީގެ ބޮޑެތި މަގުތަކުގައި ހިންގި މިއޮޕަރޭޝަނުގައި އަށްޑިހަ އުޅަނދު ޗެކްކޮށް ޤަވާއިދާ ހިލާފަށްދުއްވި ނުވަފަރާތެއްގެ ލައިސެންސް ހިފާއްޓާފައިވެއެވެ. އެއީ ލައިސެންސް އަތުގަ ނެތި ދުއްވި ތިންފަރާތަކާއި، ރޯޑްވާރދިނަސްގެ މައްސަލަ އުޅޭ ތިންފަރާތަކާއި، އެއްގޮތަކަށްވެސް ލައިސެންސް ނެތި ދުއްވި ދެފަރާތަކާއި، އަހަރީފީނުދައްކާ ދުއްވި އެއްފަރާތެކެވެ.

ކުޅުދުއްފުށީގައި ވަނީ މިމަހުގެ ދިހަވަނަދުވަހުން ފެށިގެން ޓްރެފިކް ގަވާއިދަށް އަމަލުކުރަން ފަށާފައެވެ. މިގަވާއިދަށް އަމަލު ކުރަން ފެށުމާއެކު ހިންގި ފުރަތަމަ އޮޕަރޭޝަނުގައި ހިފެހެއްޓި ފަރާތްތައް ޖޫރިމަނާކުރުމާއި ލައިސެންސް ނެތި ދުއްވާ ފަރާތްތަކާމެދު ޤަވާއިދުން ފިޔަވަޅު އަޅުއްވާނެކަމުގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން މައުލޫމާތު ދެއްވައެވެ. ފުލުހުން ކުޅުދުއްފުށީގައި ހިންގާ މިފަދަ ހަރަކާތްތަކަށް ކުޅުދުއްފުށީ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ފާހަގަކުރެއްވިއެވެ. މިއީ އާ ގަވާއިދަށް އަމަލު ކުރަން ފެށުމަށްފަހު ބޭއްވި މިފަދަ ފުރަތަމަ ޓްރެފިކް އޮޕަރޭޝަނެވެ.

‮ ‬3‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. H1N1‮ ‬ވިދާޅުވީ


    ތާރީޚް:27/02/2010

    ބާދުސާހުގެ އޯނަރު ޓްރެފިކް ޕޮލިހުން ހިފަހައްޓައި ޖޫރިމަނާކުރުމުން، އޭނާ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާދިލަށް ގުޅުމުން، އެބޭފުޅާ ކުޅުދުއްފުށީ ޕޮލިސްގެ ބޮޑުމީހާއަށް ގުޅާފައި އެވާހަކަ ބުނުމުން، އޭނާ ހިފެހެއްޓި ކުދިންނާއި ދިމާއަށް ކަލޭމެނެކަށް ނޭނގޭހޭ އޭނާ އަކީ ކާކުކަމެއް ކިޔާ ވަރަށް ބެވިކަމަށް ރަށުތެރޭގައި ޚަބަރު ފެތުރޭ.
    އަނެއް ރިވާޔަތެއްގައި މިމައްސަލާގައި އޭނާ ގޮސް ކުޅުދުއްފުށީ ޕޮލިސްގެ ބޮޑުމީހާއާއި ބައްދަލުކޮށް ތިމަންނާ މެންނޭ މިސަރުކާރު ގެނައީ ކަލޭމެނަށްކަށް ނޭނގޭހޭ ކިޔާ ވަރަށް އަޑުގަދަކުރި. އަހަރީ ފީ ނުދައްކާ ހުރިކަމަށް ވަނީ.
    މިކަމުގެ ހަގީގަތް އެނގޭ ފުލުހަކު ހުރިނަމަ ހާމަކޮށް ލަދީބަލަ.

  2. kulhi‮ ‬ވިދާޅުވީ


    ތާރީޚް:01/03/2010

    މިރަށުގެ މީހުންނަކީ ދުވަހަކުވެސް ތަރައްގީ ވާނެބައެއްބާ މިރަށުގެ ބައެއްޒުވާނުން ހިތައްވެސް ވަރަށް އރާ ކަމެއްމިއީ، ހާދަދެރައޭ ދޯ ދެތުވެރި، ވަފާތެރި، ހިއްހެޔޮކަމޢ، އެކު އެހެން މީހުންގެ އިހްސާސް ތައް ދަންނަ، އޯގާތެރިކަމާއި، އެކު ކޮންމެ ފަރުދަކާއިމެދު އަޅާލާ ބަޔަކަށްވުން، މިއީ މިރަށުގެ ކުރިމަގު އުޖާލާވާނެ، ކަމަކަށް ވުން އެކަށީގެން ވެދާނެ ދޯ،،،،،،،،،،،،، ކިތައްމެ އުސް އިމާރާތްތަކެއް ހުޓަސް މީހުން ތަރަށްޤީ ވެގެންނޫނީ ރަށެއް ކުރި އަރާނުދާނެ،،،،،،،،،،،،،،، އޭ،،،،އޭ،،،، އޭ ،،،،ދަރިންނޭ މިފަދަކަންކަމާ ދޭތެރޭވިސްނާ ފިކުރުކުރޭ އަދިމިއީނޫން އޮތް ދުވަހަކީ މާދަވެސް އޮތްކަން ހަނދާން ކުރޭ ވިސްނާ ވިސްނާ ވިސްނާ ވިސްނާ

  3. pakaaaas‮ ‬ވިދާޅުވީ


    ތާރީޚް:03/03/2010

    ކުޅި ތިބުނީ ހަމަ ހެޔޮކޮށް.މީހެކޭ ބުނާ އިރަށް މި ރަށުގެ ބައެއް މީހުން ހީވާނީ އެހެންކަމެއްވެގެން އުޅޭހެން.އަވަހަށް އެ ވާހަކައިގައި ބައިވެރިވެ މީހުންގެ ވާހަކަ ދައްކާނެ އިތުރު މީހަކު ލިބޭތޯ މަސައްކަތް ފަށާނެ.ބާދްޝާހް ގެ އޯނަރ މާ މުއްސަދި ވީމަ ޖޭ ވީ ހެނ ހީވަނީ.ޒާތި ހަސަދަ ފިލުވާލުން ނޫން ގޮތަކަށް ކޮމެންޓެއްވެސް ލިޔަން ހިޔާލު ކުރުން ކިހިނެތްތޯ ވާނީ.ތިމާގެ އަމިއްލަ ނަފްސަށް ކުރާ ލޯބި ތިމާގެ އަހުންނާއި އުހްތުންނަށްވެސް ކުރުން އެއީ ދޯ ރަގަޅު ގޮތަކީ.ހަގީގަތެއް ނޭގޭތީވެ ކޮމެންޓްކޮއްގެންވެސް ވާހަކަ އެއް ލިބޭތޯ ބަލަނީ.މިދެން ބޮޑު ވަރުދޯ.