ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ޣައިރު މުސްލިމުންނަށް ރަލާއި، އޫރުމަހާއި، އޫރުމަހުން އުފައްދާތަކެތި ވިއްކުމުގެ ޤަވާއިދު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ވެބްސައިޓުގައި ޝާއިޢު ކުރުމާގުޅިގެން އެކަމާ ދެކޮޅުހެދުމުގެ ގޮތުން ކުޅުދުއްފުށީގައި މުޒާހަރާ ކޮށްފިއެވެ.
ކުޅުދުއްފުށީގެ ބޮޑެތި މަގުތަކުގައި އިއްޔެ ހަވީރު ކުރިއަށްދިޔަ މިމުޒާހަރާގައި ގިނައަދަދެއްގެ މީހުން ބައިވެރިވެފައިވެއެވެ. މިމުޒާހަރާގައި ރާއްޖޭގެ ރަށްރަށުގައި ރާވިއްކުން ކުއްވެރިކޮށް އެކަމާދެކޮޅަށް ލިޔެފައިވާ ބެނާތަކާއި ޕޯސްޓަރ ފަދަތަކެތި ބޭނުންކޮށްފައިވެއެވެ. މިމުޒާހަރާގައި ބައިވެރިވިމީހުން ގޮވަމުންދިޔައީ ރާއްޖޭގެ ރަށްރަށުގައި ރާވިއްކުމަށް ދީފައިވާ ހުއްދަ މިހާރުން މިހާރަށް ބާތިލްކުރުމަށާއި ރަލައަކީ ޤައުމެއް ފަސާދަވުމުގެ އަލާމާތެއް ކަމަށެވެ. ރާ ހަލާލުކުރާ ވެރިންނަށް ހަލާކުހުރި، ބަނގުރަލަށް ގައުމު ވިއްކާނުލާ، އިސްލާމްދީނާ ހިލާފް ގަވާއިދު ހެދުމަކަށް ގާނޫނު އަސާސީ ތަނެއް ނުދޭ، މިފަދަ އިބާރާތް ތަކުން ލިޔެފައިވާ ބެނާތައް މިމުޒަހާރާގެ ބައިވެރިން ވަނީ ގެންގުޅެފައެވެ.
އަދި މާތްﷲ ޙަރާމްކުރައްވާފައިވާ ކަމެއް ކުރުމަށް އެއްވެސް މީހަކަށް ހުއްދަ ނުދެވޭނެކަމަށާއި ﷲގެ އެންގެވުމާއި ޚިލާފްވާމީހުން މިހާރުން މިހާރަށް އިސްތިއުފާދެއްވުމަށް އެމީހުން ގޮވަމުންދިޔައެވެ. ސުލްހަވެރި މިމުޒާހަރާގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިނގާފައެއްނުވެއެވެ.


މަށޭ ވިދާޅުވީ
ތާރީޚް:28/02/2010
ޕޯސްޓަރެއް މީހަކު ނުގެންގުޅޭ އެތާކު، ޝުޢޫރު ލިޔެގެން ގެންގުޅުނު
މަށޭ ވިދާޅުވީ
ތާރީޚް:28/02/2010
މުއާލަތް ކެނޑުނީމަ މި ހަބަރުގެންނަނީ ކީއްކުރަން
ސީ & ސީ ވިދާޅުވީ
ތާރީޚް:28/02/2010
މިއީ ކަނޑައެޅިގެން ސިޔާސީ މަޤްޞަދެއް ޚާޞިލްކުރުމަށް ރައްޔިތުންލައްވާ އަދުގެ ރައީސުލް ޖުމްހޫރިއްޔާ ކުރައްވާފައިވާ ވަރަށް ވިސްނުންތެރި އަމަލެއް… ކިހާހެޔޮފުޅުތޯ… އެމަނިކުފާނު އެހާމަކޮށްދެއްވީނޫންތޯ ރައްޔިތުންގެ އަޑުއައްސަވާމިންވަރު… އެހެނަސް ކޮބައިތޯ ސިވިލްސާވަޓުންގެ އަޑުއުފުލުންތަކަށް ދެއްވާފައިވާ ސަމާލުކަމެއް. އެންމެފަހުން ކޮމިޝަން ޕޮލިހަށް… މަނަދޫ ތޯރިގު އެވިދާޅުވަނީ މިހާރުގެ ސަރުކާރުގެ ސިޔާސަތު، ބޭނުންވަނީ ކުލަނުޖެހޭ ހުރިހާމީހުން ދުރަށްލާ ތޯރިގު އެވިދާޅުވާގޮތަށް ހަދަން.
އިބުރާހިމް ވިދާޅުވީ
ތާރީޚް:02/03/2010
ސީ & ސީ ގެ ތިޔަވާހަކައަށް ވަރަށް ވަރަށް ބޮޑަށް ތާއީދު ކުރެވޭ! ސަރުކާރުން އެޖަހާ މަޅިއަކީ ވަކިކަމަކާ ވިސްނަން ފަށާފާނެތީ، ނުވަތަ ޕްރެޝަރ ކޮށްފާނެތީ އެހެންދިމާއަކަށް މީހުންގެ ވިސްނުން ގެންދިޔުން! އެކަން ކިތަންމެ ރަނގަޅަކަށްވެސް ކުރަމުން އެދަނީ!!