ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން މިޔަރުގެ އެއްވެސް ބާވަތެއް ހިފުމާއި ބޭނުމާއި މެރުމާއި ގެއްލުން ދިނުމަކީ މަނާކަމެއްކަމަށް ހަމަޖައްސަވާ 2009 މާރޗް 1 ވަނަ ދުވަހު ނެރުނު އިއުލާން މިއަދު ބާތިލް ކޮށްފިއެވެ. އެ އިއުލާނުގައިވާ ގޮތުން 2010 މާރޗް 01 ދުވަހުން ފެށިގެން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން މިޔަރުގެ އެއްވެސް ބާވަތެއް ހިފުމާއި ބޭނުމާއި މެރުމާއި ގެއްލުން ދިނުމަކީ މަނާކަމެކެވެ.
ރާއްޖޭގެ ސަރަހައްދުން މިޔަރުގެ މަސްވެރިކަން ކުރުން މަނާކަމެއްކަމަށް ހަމަޖެއްސެވުމަށްފަހު މިއަދު އެ އިއުލާން ބާތިލުކުރި ސަބަބެއްކަމަށް ވިދާޅުވަނީ މިޔަރުގެ މަސްވެރިކަމުން ނަފާ ހޯދާ ފަރާތްތައް ގިނަވެފައި އެފަދަ ފަރާތްތަކަށް އާމްދަނީ ހޯދުމަށް އިތުރު މަސައްކަތެއް ފެށުމަށް ވަގުތު ދިނުން ކަމަށެވެ. 2009 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި ފިޝަރީޒް މިނިސްޓަރ ވިދާޅުވެފައިވަނީ ލޭނު އަޅައިގެން މިޔަރު ހިފާ ފަރާތްތަކަށް އާމްދަނީ ލިބޭނެ އެހެން ގޮތްތަށް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ކުޅުދުއްފުއްޓަކީ ލޭނު އަޅައިގެން މިޔަރުގެ މަސްވެރިކަން ކުރާ ރަށްތަކުގެ ތެރެއިން އެމަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރާ ރަށެކެވެ.


ލަބަރި ވިދާޅުވީ
ތާރީޚް:02/03/2010
މިރަށުގަ މިއުޅޭ ލޭނަށް ދާމީހުން ދެން ކިހިނެތްބާ ހަދަން ގަސްދުކޮށްފަ އޮތީ. އަނެއްކާ އުނގުވިޔަފާރި ބާ ފަށާނީ.
އުރަހަބެ ވިދާޅުވީ
ތާރީޚް:02/03/2010
އަހަން ތިކަން ހުއްޓާލިތާ މިހާރު ކޮންޒަމާނެއް. އަދިވެސް ކަލޯމެން އަހަން ފަހަތުން ނައްޓައި ނުލެވިގެން ތި އުޅެނީ ކީޔެއްވެތަ؟
އުތުރު ކޮޅުގަ އުރަހަ އަވީލަން އޮވެފަ ވިދާޅުވީ
ތާރީޚް:02/03/2010
ހަމަ ހިރުވާތަން ކަހައިވެސް ނުލާނަން. އެއް ގރއްވެސް ނުހެނޑޭނެ.
H1N1 ވިދާޅުވީ
ތާރީޚް:02/03/2010
މި ސަރުކާރުން މިހަދާގޮތަކީ ކަމެއްކުރަން ނިންމާފައި ފަހުން މިހޭވެރިކަންވަނީ މިކަމަކީ ރައްޔިތުންނަށް އުނދަގޫވާނެކަމެއްކަން. ގޯސް ކިތައްކަންތައް މިގޮތަށް އަނބުރާ ނުގެނެވޭނެ ގޮތަށް ކޮށްފައި ހުންނާނެބާ. ފަހަރުގައި ދިރާގް ގެ ހިއްސާވެސް ކޭބަލް އެންޑް ވަޔަލެސް ކުންފުންޏަށް ވިއްކާލެވުނުފަހުން ވިސްނިދާނެ މިއަށްވުރެ ރައްޔިތުންނަށް މި ވިއްކިނަމަ މާފައިދާވީސްކަމަށް.
ލޭނުބައި ވިދާޅުވީ
ތާރީޚް:02/03/2010
ކުޅުދުއްފުށީ ރައްޔިތުން ހާއްސަކޮށް އުތުރު ދާއިރާގެ ރައްޔިތުން ތިކަމަށް ހޭއަރާތި ތި އިއުލާން އެބާތިލުކޮށްލީ ގަޕޯ އެމް.ޑީ.ޕީ އަށް ސޮއިކުރުމުން އޭނާ އަށް ގެއްލުނު އިތުބާރު ހޯދާދޭންވެގެން. ތިމާވެއްޓޭ ދިރޭތަކެއްޗޭ ކިޔާފަވެސް އެތަކެތިންވެސް ނާޖާއިޒު ފައިދާއެއް ނެގޭތޯ އެއުޅެނީ.
Dog ވިދާޅުވީ
ތާރީޚް:03/03/2010
މިއިންވެސް އެނގެނީ މިސަރުކާރުން ރައްޔިތުންގެ އަޑު އަހައިގެން ހިކުމަތްތެރިކަމާއިއެކު ކަންކުރަން އުޅޭކަން، މިސަރުކާރަކީ ވިސްނޭ، ހިންގުންތެރި ރައްޔިތުންގެ އަޑު އިވޭފަށުގައި ތިބި ބައެއްކަން މިދަނީ ހާމަވަމުން، ސަރުކާރަށް މަރުހަބާ