Share

ހަނިމާދޫ އެއާޕޯޓާއި ބޯދާ ބުނުމެއް!

ހަނިމާދޫ އެއާޕޯޓާއި ބޯދާ ބުނުމެއް!
އަތޮޅު ދުނި

ބޯދާ ބުނުމެއްގެ ވާހަކަ

މި ސައިޓްގައި، “ހަނިމާދޫ މީހުން ނޮޅިވަރަންފަރަށް؟؟؟” މި ސުރުޚީގެ ދަށުން ލިޔެފައިވާ ލިޔުމަކަށް ކިޔުންތެރިޔަކު ކޮށްފައިވާ ކޮމެންޓެއްގައި، މަ ނިކަން ބޮޑަށް އަޅައިގެންފިއެވެ. ހަނިމާދޫގެ ބޯދާ ބުނުމެއްކަމަށް، ކިޔުންތެރިޔާ ބުނަނީ މި ބުނާ ގޮތަށެވެ.

“ހަނިމާދޫގެ ކުރީގެ މުސްކުޅިން ބުނެއުޅޭ އެއްޗެއް، ހޮނޑައިދޫ 3 ފަހަރު ފަޅުވާނޭ… ހަނިމާދޫގެ ދެކޮޅުހިފާނޭ، ހަނިމާދޫއިން ހޮޅިން އުފެދޭނޭ “….

.ކޮންމެޔަކަސް، ހޮނޑައިދޫ އެޔޮތީ ފަޅުވެފައެވެ. ހަނިމާދޫގެ އެއްކޮޅުގައި ކުލައިމެޓް އޮބްޒަވޭޓަރީ ހުރިއިރު އަނެއްކޮޅުގައި އެޔޮތީ އެއާޕޯޓެވެ. ދެން އޮތީ ހަނިމާދޫއިން ހޮޅިން އުފެދުމެވެ.

ހޮޅިންނަކީ ކޮންބައެއް؟

ހޮޅިންނަކީ އިންޑިޔާގެ ރައްޔިތުންނެވެ. އިންޑިޔާގެ މަލާބާރުގެ މުސްލިމުންނެވެ. ހޮޅިންނަކީ، ކުރީޒަމާނުގައި އަހަރެމެން ދިވެހިންނަށް ފިސާރި ދުއްޕާންކުރި ބައެކެވެ. މަލާބާރުކަރަޔާއި އެންމެ މަގަތުގައި އޮތީ ރާއްޖޭގެ އުތުރުގެ ރަށްތައްކަމުން ހޮޅިންގެ ދުއްޕާން އެންމެ ބޮޑަށް ތަހައްމަލު ކުރި ބަޔަކީ އުތުރު މީހުންނެވެ. އާދެ، ކުޅުދުއްފުއްޓާއި ހަނިމާދޫ ފަދަ ރަށްރަށުގެ މީހުންނެވެ. ހަމަކަށަވަރުންވެސް ހަނިމާދޫގެ މުސްކުޅިން، އެރަށުން ހޮޅިން ފާވާނެ ކަމަށް އެބުނަނީ، ކުރިމަތިވާނެ ދުއްޕާނަކަށް އިޝާރާތްކޮށް މަޖާޒީގޮތަކެވެ.

އެއާޕޯޓާއި، ޖީއެމްއާރު އަދި ހަހާސް އެނދު

ހަނިމާދޫ އެއާޕޯޓު ހެދުމަށް ދަހިލަވައިގެން ރަންވޭއަށް މި ތިރިކޮށްލީ އިންޑިޔާބަޔެކެވެ. އާދެ، އިންޑިޔާގެ ޖީއެމްއާރު ގުރޫޕެވެ. ސަހަލު ޝަރުޠުތަކަކާއި އެކުގައެއްވެސް ނޫނެވެ. ޝަރުޠަކީ ހަހާސް އެނދު، ޔަޢުނީ، ތިރީހަކަށް ރިސޯޓްރަށް އިންޑިޔާގެ މި ބަޔަކަށްދޭންވީއެވެ. ހަހާސް އެނދު ހަމަ ދޭއިރަށް ރާއްޖޭގެ ޓޫރިޒަމް އިންޑިޔާ މީހުން ކަންޓްރޯލްކުރާނެއެވެ.

އެހިސާބުން އެޔޮތީ ހަނިމާދޫއިން ހޮޅިން ފާވެފައެވެ.

ކުރީޒަމާނުގައި އުތުރުގެ ރަށްތަކަށް ހޮޅިން އަރައި ލޫޓުވާތީ އަގުބޮޑު އެއްޗެތި އެނދު ތަންދަށަށްލައި، ވަޅުލައި ހަދައެވެ. މިފަހަރު އެ ދަރަޖައަށް ނުދާނެ ބާވައެވެ؟

‮ ‬14‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ތުއްތުނާ‮ ‬ވިދާޅުވީ


    ތާރީޚް:02/03/2010

    އާ އެބަކަމުދޭ އަތޮޅު ދުންޏާ ކަލޯ ވެސް ފިލައިގެން ވިއްޔާ ތިއުޅެނީ

  2. ނަލަ މޮހޮންމަދު‮ ‬ވިދާޅުވީ


    ތާރީޚް:03/03/2010

    އެހެންވެ މަވަސް ތިހެން މި ކިޔަނީ. ހަމަ އެއް ނޭވައިން މި ކިޔައިވަސް ލެވިއްޖެ.

  3. ތުއްތުނާ‮ ‬ވިދާޅުވީ


    ތާރީޚް:03/03/2010

    އެއުޅޭ ނަބީލެއް ކިޔާ މީހަ ވެސް އުޅޭނެ ތާކު އުޅެފަ އައިސް އެޔޮއް ލިޔާ ލިޔުމެއްގެ ދިގުކަމުން ކޔާލާނެ އަވއްޖެ ނުވޭ

  4. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:03/03/2010

    އަޅުގަނޑު ހިތުން، މުސްކުޅިން ބުނާ ބޯދާ އެއްޗެހީގެ ތެރެއަށް އަޅުގަނޑުމެން މުޅިން ޣަރަޤު ވެގެންނެއް ނުވާނެ. އަޅުގަނޑުމެން ބަލަންވާނީ، އަޅުގަނޑުމެންގެ ކުރިމަގަށް. މުސްކުޅިން ލައްކަ ގިނަ އެއްޗެހި ކިޔާނެ. އެކަމަކު، ޒަމާނީ ތަޢުލީމާއި ސައިންސްގެ އަލީގައި އަޅުގަނޑުމެން ވާނެ އެކަންކަން މިނެލަން. މިސާލެއް ދަންނަވާލަންޏާ އެއްދުވަހު މައުމޫނު ވިދާޅުވި އެމަނިކުފާނު މިޞްރުގައި ކިޔަވާ ވިދާޅުވާން ހުންނެވި އިރު، މިޞްރަށް ފޯނު ތަޢާރަފްވުމާއެކު، އަޒުހަރުގެ ދީނީ ޢިލްމުވެރި މުސްކުޅިފުޅު ބޭފުޅުން ވިދާޅުވިއޭ ތި ގެންގޫޅޭކަށް ނުވާނެއޭ. ފޯނު އެއިވެނީ އަސްލު މީހާގެ އަޑެއް ވެސް ނޫނޭ. އެއީ ޝައިތާނާގެ އަޑޭ. ކިހިނެއްހޭ ދުރުގައި ހުންނަ މީހެއްގެ އަޑު ތިހެން އިވޭނީ. އެހެންވީމާ، މިކަހަލަ މިކަހަލަ ކަންކަން މިހުންނަނީ. ހަނިމާދޫ ހޮޅިންގެ ދަށަށް ދާނެތޯ އަޅުގަނޑުމެންނަށް އެބައެނގޭ އެއީ ގާތްގަނޑަކަށް މުސްތަޙީލުކަމެއްކަން އިރާދަކުރެއްވިއްޔާ. އެހެންވީމާ، ސަރުކާރުން ޖީއެމްއާރު ކުންފުނި ލައްވާ ކުުރުވަން މިއުޅޭ ކަންތައްތައް އަޅުގަނޑުމެންވާނެ ނިކަން ހެޔޮ ހިތުން ބަލައިގަންނަން.

  5. ފޭސްބުކް ފޭން‮ ‬ވިދާޅުވީ


    ތާރީޚް:03/03/2010

    ނޫނޭ ހަމަ މިއީ ހޮޅިން ވެރިވުން ނޫން ކަމެއް ނޫން. ތިއުޅެނީ ނޫންކަމަށް ހަދާފަ ޕާޓި ޕްރޮމޯޓް ކުރެވޭތޯ އެއްނު. އެއާޕޯޓް ހަދާށޭ ކިޔައިގެން ރިސޯޓް ހަދަން ހުރި ރަށްތައް ހިބައިން ދީގެން ގައުމު މުޅިން އަޅުވެތި ކުރަން މިއުޅެނީ. މިއީ ހަމަ ބޮޑު އަޅުވެތިކުރުމެއް.
    އެއާޕޯޓް ހަދަން މަ ތާއީދު. އެކަމަކު ރަށްތައް ދޫކޮށްލައިގެން ނުވާނެ.

  6. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:03/03/2010

    ދިވެހިންގެ ބޯދާވާހަކައަށް ކަންކަން ނިންމަން ވެއްޖެއްޔާ ސަލާމަތެއްނެތް.އެހެންނޫނަސް ލިއުމުގައި މިބުނާ ބޯދާވާހަކަ މަށަށް މާނަ ކުރެވެނީ ތިގޮތަކަށް ނޫން ، ހަނިމާދޫ އެއަރ ޕޯޓު އެއުޅެނީ އިންޓަރނޭޝަނަލް ތަނަކަށްވާން، ވީއިރު ހޮޅިންނެއްނޫން ޕޯޗުގީޒުންވެސް އެތަނުން ފާޅުވާނެ. ބޯދާ ވާހަކައިގެ އަސްލު އުފެދިގެން އައިސްފައިވަނީ ބުޑިސްޓުންގެ ފަރާތުން. ރާއްޖެ އިސްލާމްވުމުގެ ކުރިން، އިސްލާމްވުމަށް ފަހުވެސް މިކަން ފިލައިނުގޮސް އޮތްކަމަށްވޭ. ވާނެކަންތައް ދެނެވޮޑިގަންނަވާނީ ﷲ. އަދި ފަހުން ވާނެކަން ތަށް އެކަލާންގެ ކީރިތި ގުރުއާނާ ރަސޫލާ ގެ ހަދީސް ފުޅުތަކުން މެނުވީ އެނގޭނެ ހަމަ އެއްގޮތެއްވެސް އެބަ އޮތްބާވައޭ މަ ހިތަށް އަރާ.

  7. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:03/03/2010

    މިހާރު ރާއްޖޭގައި މިއުޅޭ ބިދޭސީންނާއި މަގުމަތީގައި ކަޓަރުހިފައިގެން ފަތްބޮމުން ވައްކަން ކުރަމުން މިދުވާ ބައިގަނޑުވެސް އެއީ ހޮޅިން.

  8. ekkala‮ ‬ވިދާޅުވީ


    ތާރީޚް:04/03/2010

    ދެން ކުރާނެ ކަމެއް ނެތް! ހޮޅިން ފާވާނޭ ބުނުމުން މިގޮލާ ކައިރިއަށްވެސް އައި އަމަށްކު ހިއްޔެއްނޫން. ފާވާކަން ނެތް ފާވެއްޖެ. އެއީ ނޮޅޮވަރަމް އާއިލާއެއް. މިހާރު ދިރި އުޅެނި ހަނިމާދޫގައި. ފިހާރައެއް ރާނާ ވިޔަފާރި ކުރަން ފަށައިފި. ތިން ދުވަސްވަންދެކަ ބަދަރު މަތީގައި އެއްވެސް އެއްޗެއް ބެހެއޓުމަށް ހުއްދަ ނޯންނަހިނދުގައި ސިމެއްތި ފަދަ ތަކެތި ބަދަރު މަތި ބަހައްޓައިގެނ ވިއްކަންވެސް ފަށައިފި.އެހެން ކަމުނ ކޮންމެ ގޮތަކަން ވިޔަސް ތި އޮތި ތި މުސްކުޅިވެރިންގެ ބަސދިމާވުމާއި ވަރަސް ކައިރީގައި.

  9. އުތީމު ސ‮ ‬ވިދާޅުވީ


    ތާރީޚް:04/03/2010

    ހުހޫ ހޫ. އެއީ ހަމަ ތެދެއ އެމީހުން ވަރަސް ގަދަކޮށްފި. މިއަދު ޖީއެމް އާރު ގުރޫޕއެއް އައިކަމުގެ ހބަރެއް ގޯތި ފާތުމަ ބުނީ. އެއުޅެނީ ހަމަ ހަނިމާދޫ ގެ ވިޔަފާރި ވެރިން ކޮނެފަ ވަޅަކަން ލާން، މީ ހަމަ އަހަރެންގެ ސޫރަކީ

  10. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:05/03/2010

    ކަލޭމެން ޖާހިލިއްޔަ ޒަމާނުގައި މީހުންގަބޫލު ކޮށް އުޅުނުވާހަކަތަށް ގަބޫލުކުރަނީހެއްޔެވެ. ހުރިހިތާމައެއްގެ ބޮޑުކަމާއެވެ.ކުރީގެ ވާހަކަ ތަކުން މިސާލު ނަގާ ނުވިސްނަނީ ހެއްޔެވެ؟ އާންއެކެވެ! އެދުވަހަކީ އިތުރު އެކަލޭގެފާނުންގެ ދަރިކަލުން އިބްރާހީމު އަވަހާރަވެ ވަޑައިގެންނެވި ދުވަހެވެ. ޖާހިލިއްޔަތުގައި މީހުން ހީކުރަނީ އިރު ކޭތަ ނުވަތަ ހަނދު ކޭތަ ހިފުމަކީ ކޮންމެވެސް މާތް، މޮޅު މީހަކު އުފަންވުމުން ނުވަތަ ދުނިޔެ ދޫކުރުމުން އެކަމާއި ގުޅިގެން ވާ ކަމެއް ކަމުގައެވެ. ނަމަވެސް އެއީ އެފަދަ ކަމަކާއި އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫނެވެ. އަދިކިޔެއް އެއަށްވުރެ މާ ބޮޑު ސިއްރެއް އެކަމުގައި އެބަ ވެއެވެ. އެއަށްވުރެ މާ ބޮޑު ހިކުމަތަކާއި ފިލާވަޅެއް އެކަމުގައި އިންސާނުންނަށް އެބަ އޮތެވެ. ޖާހިލިއްޔަތުގެ އެ ތާކުންތާކު ނުޖެހޭ ހީކުރުން ގޯސް ކުރައްވަވައި އުޑުތަކާއި ބިން، އިރުހަނދާއި ތަރިތައް އޭގެ ފަލަކު ތަކުގައި ލައްވައި އެތަކެތި ހިންގަވާ ގަދަ ކީރިތި ވަންތަ މާތް ރަސްކަލާނގެ ހަޟުރަތުން ވަހީގެ އަލީގައި މެނުވީ ބަސް ވިދާޅު ނުވާ މާތް ސާހިބާ ޞައްލަ ﷲ އަލައިހި ވަސައްލަމް އޭގެ ފަލަކީ ސިއްރު ބުނެދެއްވައި އަންގަވާފައިވަނީ އެއީ އެއްވެސް މީހެއްގެ މާތްކަމާއި މޮޅުކަމަކާއި ގުޅުމެއް ހުރި ކަމެއް ނޫނެވެ. އަދި ކިޔެއް، އެއީ އާދަމުގެ ދަރީންނާއި ކުރިމަތިވާން އޮތް ބޮޑު ދުވަހަކާއި ބިރުވެރި ވަގުތެއްގެ އިންޛާރެވެ.

  11. ahmed ali manik‮ ‬ވިދާޅުވީ


    ތާރީޚް:05/03/2010

    ބޭބެ ބުނި.

    ކޮބާ މިސައިޓްގައި މިހާރު ކުލުދުފުށީގެ ސްކޫލް ތަކުގެ ވާހަކައެއް ނުލިޔަނީ ކީއްވެގެންތަ.

  12. މޫޓަ ކަލޭފާނު‮ ‬ވިދާޅުވީ


    ތާރީޚް:08/03/2010

    ކޮމެންޓް ކުރާއިރު ކޮންމެވެސް ވަރަކަށް ވިސްނައިގެން ލިޔެ އުޅެބަލަ، ދެން ހަމަ ހިތަށް އައިހާ އެއްޗެއް ލިޔެ ނެގިޔަކަސް ނުވާނެއްނުންތަ. އަމޯ މަހާނައޭވެސް ހެޔޮވިއްޔާ ލިޔެވެނިކޮށް. އާންމުކޮށް ކޮމެންޓްކޮށް މިއުޅެނީ ބޮލު ރޮދިން ދޯ

  13. mAkanA‮ ‬ވިދާޅުވީ


    ތާރީޚް:08/03/2010

    ބޮލުރޮދިން ވިޔާ ގިނައީ ބޯދާވާހަކަ ދައްކާނީ އެހެންވެޔެއްނުން..ކަލެމެނަށް ތިޔޮވާވަރެއްދޯ ބައެއްފަހަރު ހިތަށް އަރާ ސަންދޯކަށް ވަންނާނީ ރާއްޖެ ހިފައިގެންބާވައޭ..މި ލިޔުން ވަރަށް ސަޅިޔޭ

  14. ali‮ ‬ވިދާޅުވީ


    ތާރީޚް:13/03/2010

    ހާދަ ދެރައޭ ދޯއަހަރެމެން ވެސް ބައެގެ އަޅުވެތި ވަނީބާ