Share

ނަރުދަމާ ނިޒާމް މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭވަރުވާނެކަމަށް ކައުންސިލަރ ވިދާޅުވެއްޖެ

ނަރުދަމާ ނިޒާމް މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭވަރުވާނެކަމަށް ކައުންސިލަރ ވިދާޅުވެއްޖެ

ކުޅުދުއްފުށީގައި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސަތްކަތް ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭވަރުވާނެކަމަށް ކުޅުދުއްފުށީ ކައުންސިލަރ ޖަމްޝީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ދެހާސްއަށްވަނަ އަހަރު ޖުލައިމަހުގެ އަށްވަނަ ދުވަހު އެއްބަސްވެ ސޮއިކުރެވުނު ކުޅުދުއްފުށީ ނަރުދަމާގެ ނިޒާމަކީ މިއަހަރުގެ ޖެނުއަރީ ފަންސަވީހުގައި ނިންމާ ގޮތަށް މޯލްޑިވްސް ވޯރޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމްޑަބްލިއު އެސްސީއާއި ޙަވާލުކުރެވިފައިވާ މަޝްރުޢުއެކެވެ. އެހެންނަމަވެސް ކަނޑައެޅިފައިވާ ތާރީހަށް މަސައްކަތް މުޅިން ނިންމާނުލެވުނު ކަމުގައި ވިޔަސް ކުރިއަށްއޮތް މަހެއްހާދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް ކުޅުދުއްފުށީ ކައުންސިލަރ ޖަމްޝީދު މުހައްމަދު ވިދާޅުވިއެވެ.

ކައުންސިލަރ އިތުރަށް ވިދާޅުވީ މިމަސައްކަތް ކުރަމުންދާ ގޮތާމެދު ހިތްހަމަޖެހޭ ކަމުގައެވެ. މިމަސައްކަތުގެ ނުވަދިހަ ތިން ޕަސެންޓް މިހާރު ނިމިފައިވާކަމަށާއި، މިހާރު ކުރަމުންދާ މަސައްކަތަކީ މައިހޮޅި ކަނޑަށް ގުޅުމުގެ މަސައްކަތާއި، ޕަންޕް ސްޓޭޝަންގެ މަސައްކަތްތަށްކަމަށް ކައުންސިލަރ ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި ޤާއިމްކުރާ ނަރުދަމާ ނިޒާމުގެ މަސައްކަތްކުރަނީ ކުޅުދުއްފުށި ޒޯންތަކަކަށް ބަހާލައިގެން އެކިއެކި ގުރޫޕްތަކުންކަމަށް އެމްޑަބްލިއުއެސްސީން ވަނީ މައުލޫމާތުދެއްވާފައެވެ. ކުޅުދުއްފުށީގައި ޤާއިމްކުރެވޭ ނަރުދަމާ ނިޒާމަކީ ނުވަދިހަ ހަމިލިޔަން ރުފިޔާ ދިވެހި ސަރުކާރުން ޚަރަދުކުރައްވައިގެން ހިންގަވާ ޕްރޮޖެކްޓެކެވެ.

(ހަބަރު ޓީވީއެމް)



‮ ‬2‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ޖ.ނ.ނ‮ ‬ވިދާޅުވީ


    ތާރީޚް:07/03/2010

    މިހާރު ކައުންސިލަރ ބަދަލުކުރެއްވީތޯ؟ ކުރިން ހުރީ އާދަމް ވަހީދު ޢަލީ ކިޔާ ބޭފުޅެއް. އެގިލައްވާ ބޭފުޅަކު މިކަމުގެ މަޢުލޫމާތު އަންގަވައިދެއްވުން އެދެން.

  2. މަންގަނޑުމަތި‮ ‬ވިދާޅުވީ


    ތާރީޚް:09/03/2010

    އެކަމާ ނުވިސްނާ. އެއީ ދެދުވަހުން އެއްދުވަހު ބަދަލުވާ އެއްޗެއް. މުސާރަ ދެޔޯ އެ އެންމެންނަށްވެސް.