ކުޅުދުއްފުށީގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ކުރިއަށް ގެންދާ ފެންހޮޅި ލުމުގެ މަސައްކަތް ކުރިއަތް އޮތް 9 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭވަރު ވާނެކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
އެމްޑަބްލިޔުއެސްސީން އިތުރަށް މައުލޫމާތުދޭ ގޮތުގައި ކުޅުދުއްފުށީގެ އިތުރުން މިވަގުތު ގޭގެއަށް ފެން ހޮޅި ލުމުގެ މަސައްކަތް ކުރަމުންދަނީ ގދ ތިނަދޫގައި ކަމަށާއި މިހާރު ކުރިއަށްދާ މަސައްކަތަކީ ރާއްޖެއިން ބޭރުން ގެންނަންޖެހޭ އެއްޗެހި ގެނައުމުގެ މަސައްކަތް ކަމުގައެވެ. އަދި ކުރިއަތް އޮތް 3 މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރުން ގެންނަން ޖެހޭ އެއްޗެހި ލިބޭވަރު ވާނެކަމަށާއި ކުޅުދުއްފުށީގައި 30 ކިލޯމީޓަރުގެ ހޮޅި ވަޅުލެވޭނެކަމަށެވެ.
މިމަސައްކަތް އެއްކޮށް ނިމިގެންދާއިރު މާލެ އެކޭ އެއްގޮތަށް ގޭގޭގައި ފެންމީޓަރު ބަހައްޓާ ހުރިހާ ގެއަކަށްވެސް ފެނުގެ ހިދުމަތް ދެވޭނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ. އަދި މިމަސައްކަތުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ދެއްވަމުންދާ އެއްބާރުލުން އެކުންފުނީގެ ފަރާތުން ފާހަގަކުރެއެވެ.

ފޭސްބުކް ފޭން ވިދާޅުވީ
ތާރީޚް:09/03/2010
ތި ނިމިއްޖެއްޔާ ކިތަންމެ ހާވެސް ރަނގަޅު. މިހާރު ފެނުން ދޮވާ ވަހުން ފެންވަރަނީވެސް ފަކުރުން ހުރެ.
ސަރުމާ ވިދާޅުވީ
ތާރީޚް:09/03/2010
ސަރުކާރުން އެކަން ކޮށްދީފާނެ، ނަމަވެސް ކުޅުދުއްފުށި ރައްޔިތުން އެތަން މިފަހަރުވެސް އަންދާނުލިއްޔާ ރަނގަޅު، ކުޅުދުއްފުށި ރައްޔިތުންނަކީ ކަމެއްލިބިއްޖެނަމަ އެކަމަކާ ސުކުރުކުރަންނޭގޭ، އަދި ރައްޔިރުންގެ ވިސްނުން ތަރައްގީނުވާ ބައެއް އުޅޭ ތަނެއް….