Share

މަޖިލީހުގެ އުސްއަލިތައް

މަޖިލީހުގެ އުސްއަލިތައް

މުހައްމަދު އިސްމާއިލް

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ 01 މާރޗް 2010 ގައެވެ. ރައީސުލްޖުމުހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވެވުމާއެކު ފެށިގެން ދިޔަ މިދައުރުގައި ފުރަތަމަ ކަމަކަށް ފާހަގަ ކޮށްލެވިގެން ދިޔައީ މަޖިލީހުގެ ގަވާއިދު ފާސްކުރުމެވެ. ކުރީ ގާނޫނު އަސާސީގެ ދަށުން އަދި އެގާނޫނުއަސާސީ އާ އެއްގޮތްވާގޮތަށް ހަދާފައިވާ ކުރީގެ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަށް ފަހު ބޮޑެތި ބަދަލުތަކަކާއެކު މަޖިލީހުގެ ތަޅުމުގައި ހުށައެޅި 09 އިސްލާހަކާއެކު ފާސްވެގެން ދިޔަ އާ ގަވާއިދުގެ ދަށުން މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ދައުރު ވަރަށް ބޮޑަށް ފުޅާކުރެވިފައިވާކަން ފާހަގަކުރެވެއެވެ. މި ގަވާއިދުގައި ސިޔާސީ ޕާޓީ ތަކުގެ ދައުރާ ބެހޭގޮތުން ވަކި ޗެޕްޓަރެއް ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ހަފްތާގެ މަސައްކަތް ތަކަށް ބަލާއިރު، މައުލޫމާތު ހޯދާ ލިބިގަތުމުގެ ގަވާއިދު އިގްތިޞާދީ ކަންކަމާބެހޭ ކޮމިޓީ އަށް ފޮނުވުން ފާހަގަ ކޮށްލެއެވެ. އެގޮތަށް ނިމިގެންދިޔައީ ވޯޓުގައި ބައިވެރިވި 67 މެމްބަރުންގެ އިއްތިފާގުންނެވެ. މި ބިލް މަޖިލީހަށް ބަލައިގަތުމަށް މަޖިލީހުގެ ހުރިހާ މެމްބަރުންވެސް ތާއީދު ކުރެއްވިއެވެ. އެގޮތުން ބައެއް މެމްބަރުންގެ ވާހަކައިގައި ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހިފަހަށްޓަމުންދާ ކަން ފާހަގަ ކުރައްވާ ވީހާވެސް އަވަހަކަށް މިބިލް ގާނޫނަކަށް ހެދުމަށް ގޮވާލެއްވިއެވެ. ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު މިބިލަށް ވާހަކަ ދައްކަވަމުން ވިދާޅުވީ، މިބިލް ބައްޓަންކުރަންވާނީ ހަމައެކަނި ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ދޭންޖެހޭ ގޮތަކަށް ނޫންކަމަށާއި އަމިއްލަ ކުންފުނި ތަކުންނާއި ޕްރައިވެޓް އޮފީސްފަދަ ތަންތަނުންވެސް ރައްޔިތުންނާ ގުޅުންހުރި މައުލޫމާތުތަށް ލިބިދެވޭ ފަދަ ގޮތަކަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އާ ގަވާއިދުގެ ދަށުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ ފަސް ބޭފުޅުން ހަމަޖެއްސެވީވެސް ނިމުނު ހަފްތާގެ ތެރޭގައެވެ. މަޖިލީހުގެ ރައީސް އަދި ނާއިބު ރައީސް ނެތިއްޖެ ހާލަތެއްގައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުން ހަވާލު ކުރާނެ ފަސް މެމްބަރުން ކަނޑައެޅުއްވީ ގަވާއިދުގެ 82 މާއްދާގެ ދަށުންނެވެ. އެފަސް މެމްބަރުންނަކީ، ށ ކަނޑިތީމު ދާއިރާގެ މެމްބަރު މުޙައްމަދު ހުސައިން އާއި، ށ މިލަދޫ ދާއިރާގެ މެމްބަރު ޢަލީ މުޙައްމަދު އާއި މ މުލަކު ދާއިރާގެ މެމްބަރު ޢަބްދުﷲ ޔާމީން އާއި ޅ ހިންނަވަރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް ޞޯލިހު އަދި ބ ކެންދޫ ދާއިރާގެ މެމްބަރު އަޙްމަދު ތަސްމީން ޢަލީ އެވެ.

ނިމިދިޔަ ހަފްތާގެ ތެރޭގައި މަޖިލީހުގައި ނިންމި ބައެއް ނިންމުން ތަކުގެ ތެރޭގައި ހުކުމް ތަންފީޒް ކުރަމުންދާ މީހުންނަށް އަދަބު ލުއި ކޮށްދިނުމާއި މައާފް ދިނުމުގައި ރައީސަށް ލަފާއަރުވާ ކްލިމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަހުލޫފް ހަމަޖެއްސެވުމަށް ފާސްކުރެވުނެއެވެ. ކެންދޫ ދާއިރާގެ މެމްބަރު އަޙްމަދު ތަސްމީން އަލީ ހުށައަޅުއްވާ ހުޅުހެންވޭރު ދާއިރާގެ މެމެބަރު މޫސާ މަނިކު ތާއީދު ކުރެއްވި މިހުށައެޅުން ފާސްވެގެންދިޔައީ ވޯޓުގައި ބައިވެރިވި 69 މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮންވެންޝަން އޮން ދި ރައިޓްސް އޮފް ޕާޝަންސް ވިތް ޑިސްއެބިލިޓީޒް ރާއްޖޭން ތަސްދީގު ކުރުމަށް މަޖިލީހުން ފާސްކުރެއްވީވެސް ނިމުނު ހަފްތާގެ ތެރޭގައެވެ. މިނިންމުމަށް މަޖިލީހުގައި ހިމެނުނު 69 މެމްބަރުންގެ ތެރެއިން 66 މެމްބަރުން ތާއީދު ކުރެއްވިއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކާބެހޭ އދ ގެ މުއާހަދާގައި ރާއްޖެ ސޮއިކޮށްފައިވަނީ 01 އޮކްޓޯބަރ 2007 ގައެވެ.

,

‮ ‬4‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ތުއްތުނާ‮ ‬ވިދާޅުވީ


    ތާރީޚް:07/03/2010

    މޮހޮންމަދާ ތަންކޮޅެއް ގިނައިން ލިޔެލަ ގަ

  2. ނައީމް‮ ‬ވިދާޅުވީ


    ތާރީޚް:08/03/2010

    މިއީ ކޯޗެއް މި ސައިޓްގައި ސިލްސިލާކޮށް ލިޔަން! މިޔަށްވުރެ ރަނގަޅު މައުޟޫޢުއެއް ލިޔުންތެރިންނަށް ނުފެނުނީތަ؟ މި މައުލޫމާތަކީ މިޑިޔާގައި ކުނިވެ، މަޖިލިސް ވެބްސައިޓްގައި ފުޅަވެފައި ހުރި މައުލޫމާތޭ ނޫންތަ؟ ރަށުގެ ކޮންމެވެސް މައްސަލަޔަކަށް ލިޔުނީމާ މާގިނަ ކިޔުންތެރިން ކަލޭމެނަށް ވާނެ ކަމަށް މަށަށް މަށަށް ފެންނަނީ…

  3. ސަމީރު‮ ‬ވިދާޅުވީ


    ތާރީޚް:08/03/2010

    މަށަށް ހަބަރު ލިބިފަ އޮތް ގޮތުގައި މި ސިލްސިލާ އަށް ވަރަށް ތަރުހީބު ލިބޭ. އެއީ މަޖިލީހުގެ ހަބަރުތައް އެއްތަނަކުން ހުލާސާކޮށް ހަފްތާ ބަންދުގައި މިސައިޓުން ލިބޭތީ. އެކަމަކު މަށަށް ވެސް މިހާރު ވަރަށް ކަމުނުދޭ ސިޔާސީ ލިޔުންތައް މަދުވީމަ. އަދި ރަށާ ގުޅުން ހުރި ރިޕޯޓް ތައް ވެސް ތަންކޮޅެއް މަދު. ނިކަން ހިންގާލަބަލަ ކުރިން ހިންގި ގޮތަށް.

  4. ކަންނެއްސޮރު‮ ‬ވިދާޅުވީ


    ތާރީޚް:09/03/2010

    ތިޔާ ބުނާ މަޖިލިސް ސައިޓާ ހަވީރު ސައިޓް ގަ ހުންނަ މަޖިލީހުގެ ހުރިހާ ބަނދިވަރެއް އަހަން ކަންނެއްކަމުން ކިޔާލެވޭ ވަރެއް ނުވާ. ދެން އެ މާދިގީ ދޯ. އެހެންވެ ހަފްތާ އަކު އެއްފަހަރު މިހެން ހުލާސާއެއް ލިބުން ބޭނުންވަނީ. ނައީމު މެންހާ ހީވާތްގެއް ނޫނޭ މަށެއް.