Share

ހާއްސަ ރިޕޯޓް: ހަނިމާދޫ އެއާޕޯޓް ވާހަކަ އެއީ ވޯޓު ހޯދުމަށް އޮތް ވަސީލަތެއް!

ހާއްސަ ރިޕޯޓް: ހަނިމާދޫ އެއާޕޯޓް ވާހަކަ އެއީ ވޯޓު ހޯދުމަށް އޮތް ވަސީލަތެއް!
މުހަންމަދު އޭ އެޗް

އިންޓަނޭޝަނަލް ކުރުމުގެ ވާހަކައިގެ ފެށުން

ހަނިމާދޫ އެއާފޯޓް އިންޓަރނޭޝަނަލް ތަނަކަށް ބަދަލުކުރުމުގެ ވާހަކަ ފެށުނީ ވަރަށް ފަހުންނެވެ. ރައީސް މައުމޫނުގެ ވެރިކަމުގެ ފަހު ފަސް އަހަރުގައެވެ. ހަނިމާދޫ އެއާފޯޓް އިންޓަރނޭޝަނަލް ތަނަކަށް ބަދަލުކުރުމުގެ ވާހަކަ އެންމެ ސާފުކޮށް އެންމެނަށް އަޑުއިވޭގޮތަށް ބުނުއްވީ، އައްޑު އަތޮޅު ގަމު އެއާޕޯޓް އިންޓަނޭޝަނަލްކޮށް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރޭގައި އޭރުގެ ކެބިނެޓް މެންބަރު ޑރ. މަހުމޫދު ޝައުޤީއެވެ. އޭރުވެސް، އެއީ ސިޔާސީގޮތުން ބުނަންޖެހިގެން ބުނިއެއްޗެއްކަން އުތުރުގެ އެންމެނަށް އެނގެއެވެ.

މައުމޫން ސަރުކާރުން ތަރައްގީގެ މުހިންމު މަޝްރޫޢުތައް ރާއްޖޭގެ ދެކުނުކޮޅަށް އަޅާ ބަރުކޮށްލުމުން، ދެކުނާއި އުތުރުގެ ރައްޔިތުންގެ ބޮލަކަށްޖެހޭ ފައިސާގެ މިންވަރު ތަފާތު ބޮޑުވެފައިވާކަން އެއީ ސަރުކާރާއި ރައްޔިތުން ދަންނަކަމެކެވެ. ވީމާ، އޭރު، މައުމޫން ސަރުކާރުގައި ތިއްބެވި ވެރިން ދެކުނުގައި ބޮޑު މަޝްރޫޢެއް ފަށައިފިކަމަށްވާނަމަ، ކޮންމެވެސް ކަމެއް އުތުރުގައިވެސް ކޮށްދެއްވާނެކަމަށް ބުނުއްވުން އެއީ މައުމޫން ސަރުކާރުގެ ޚާއްސަ ސިފައެކެވެ. ބޭނުމަކީ، ކޮންމެވެސް ވަރަކަށް ރައްޔިތުން ހައްދާލާފައި ބޭތިއްބުމެވެ.

ހަނިމާދޫ އެއާފޯޓް އިންޓަރނޭޝަނަލް ތަނަކަށް ބަދަލުކުރުމުގެ ވާހަކަ ފެށުނީ މިބުނި ގޮތަށް އުތުރު ހައްދާލާފައި ބޭއްވުމަށެވެ. ގަން އެއާޕޯޓް ތަރައްގީކޮށް ހުޅުވި ދުވަސްވަރަކީ ސިޔާސީގޮތުން ރާއްޖެ ބަދަލުކުރުމަށް އިދިކޮޅުފަރާތްތަކުގެ ފިއްތުން އިތުރު ވަމުން އައި ދުވަސްވަރުކަމުން، އުތުރުގެ ރައްޔިތުންވެސް ޝާމިލްވާގޮތަށް ހުރިހާ ރައްޔިތުން ފޮނި އުންމީދެއްގެ ތެޜޭގައި ބޭތިއްބުން ސަރުކާރަށް އޮތީ ވަރަށް މުހިންމުވެފައެވެ.

އަބަދުވެސް އޮންނާނީ ވޯޓުހޯދާ ވަސީލަތަކަށް

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެންޕޭންގެ ތެރޭގައި ހުރިހާ ޕާޓީތަކަކުންވެސް، އުތުރުގެ ރައްޔިތުން، ޚާއްސަކޮށް ހއ. އާއި ހދ. ގެ ރައްޔިތުންގެ ތާއީދު ހޯދުމަށް ދެއްކި އެއް ވާހަކަޔަކީ ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލްކުރުމުގެ ވާހަކައެވެ. ހަގީގަތުގައި ރިޔާސީ އިންތިޚާބުގެ ކެންޕޭނުގެވެސް ކުރިން، އާދެ، ސިޔާސީ ޕާޓީ ހުއްދަވުމާއެކު ޕާޓީ ދަތުރުތަކުގައި ދިއްދުއާއި، ވައިކަރަދޫއާއި ހަނިމާދޫގެ އިތުރުން ކުޅުދުއްފުއްޓަށް އައިސް އަހަރެމެން، އުތުރު މީހުންގެ ހިތް އަތުލުމަށް ދެއްކި އެއް ވާހަކަޔަކީ އެއާޕޯޓް ވާހަކައެވެ. ދެން ދެއްކީ އުތުރާއި ދެކުނުގެ ތަފާތުގެ ވާހަކައެވެ.

އަދުގެ ސަރުކާރުންވެސް މިހާރު ދައްކާ ވާހަކަޔަކީ ހަމަ އެއާޕޯޓް އިންޓަނޭޝަނަލްކުރާ ވާހަކައެވެ. ހަމަ އެންމެ ބޭނުމެއްގައެވެ.

ދެހާސް ބާރަ އަދި ދެހާސް ތޭރަ ވަނަ އަހަރު އިތުރު ކުލަ ފޮޓޯބޭނުންކޮށް ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަންތަކާއިއެކު، ހަނިމާދޫ އެއާޕޯޓްގެ ވާހަކަ މިއަދުގެ ސަރުކާރުން އިތުރަށް ދައްކާނެއެވެ.

ހަގީގަތަކަށް ނުވާނެ ސަބަބުތައް

ހަނިމާދޫ އެއާޕޯޓް ހަގީގަތަކަށް ނުވާނެ އެންމެ މުހިންމު ސަބަބަކީ، އެއާޕޯޓް އިންޓަނޭޝަނަލްކުރުމުގެ ވާހަކަ ފެށުނީ، ވިޔަފާރިއާއި އިގުތިސާދީ ވިސްނުމެއްގެ ތެރޭން ކަމަށް ނުވުމެވެ. އެވާހަކަ ފެށުނީ އޭރުގެ ސަރުކާރުން، ހަމަހަމަ ފުރުސަތު ހޯދައިދެއްވާކަން ދެއްކެވުމަށް، އުތުރުގެ ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނެއްގެ ގޮތުގައެވެ.

ދެން އޮތީ ހަހާސް ޓޫރިސްޓް އެނދުގެ ވާހަކައެވެ. އެއާޕޯޓް ތަރައްގީކުރުމަށް އިސްނެގި އިންޑިޔާގެ ޖީއެމް އާރު ގުރޫޕަށް މިހާގިނަ ރިސޯޓް ދިނުމަށް، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ހަރާކާތްތެރިވާ ބޮޑުން އެއްބަސް ނުވާނެކަން އެއީ، ހަމަ ޔަގީން ކަމެކެވެ. އެހެން ނޫނަސް، މިހާރުވެސް ބޭނުންކުރެވޭ ހާލަތުގައި އޮތް އެއާޕޯޓެއް ފެންވަރު މަތިކޮށްލުމަށް، ހަދިޔާއެއްގެ ގޮތުގައި ތިރީހަކަށް ރިސޯޓް ރަށް ދިނުން އެއީ ގިނަ މީހުން ރޫހޭނެ ގޮތެއް ނޫނެވެ. މިކަމުގައި ސަރުކާރަށް އަންނާނެ ޕްރެޝަރު ކުޑައެއް ނުވާނެއެވެ.

އަނެއްކޮޅުން އެއާޕޯޓް އިންޓަނޭޝަނަލްކުރުން އެއީ މިވަގުތު ވިޔަފާރީގެ ގޮތުން ބަލާއިރު ކުރުން މުސްތަހީލުކަމެކެވެ. އެއާޕޯޓް އިންޓަނޭޝަނަލް ކުރާކަމަށް ވާނަމަ، ގާތްގަނޑަކަށް ތިންހާސް ޓޫރިސްޓް އެނދު ނޫނީ ބޭރުން ފަސިންޖަރުން ހަނިމާދޫ އެއާޕޯޓަށް އަންނަން ބޭނުވާ ސަބަބުތައް އުފަންކުރުވަން ޖެހެއެވެ. މިވަގުތު މިސަރަހައްދުގައި އޮތީ ހަތަރު ރިސޯޓެވެ.

ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރާނަމަ، ކަންކުރެވެން އޮތީ ދެގޮތަށެވެ. އެއް ގޮތަކީ މިހާރުގެ ރަންވޭގެ އޮރިއެންޓޭޝަން ބަދަލުކުރުމެވެ. އާދެ ރަންވޭ އޮތް މިސްރާބު ބަދަލުކުރުމެވެ. މިކަމަށް ބޮޑު ޚަރަދެއް ހިނގާނެއެވެ. ސަރުކާރުގައި ފައިސާއެއް ނެތެވެ. އަނެއްގޮތަކީ އެރަށުން މީހުން ބޭލުމެވެ. ހަނިމާދޫމީހުން އެރަށުން ފައިބަން އެއްބަސްވާވަރަށް ސަރުކާރަށް އެރަށުމީހުން ރުއްސުމުގެ ކުޅަދާނަކަން ލިބިގެންވޭހެއްޔެވެ.؟ ހަނިމާދޫ މީހުން އެރަށުން ފައިބާނީ މިހާރުގެ ދިރިއުޅުމަށްވުރެ ތަނަވަސް ދިރިއުޅުމެއްގެ ޔަގީކަން ސަރުކާރުން ދީގެންނެވެ. އެ ޚަރަދު ދެހާސް ތޭރަވަނަ އަހަރުގެ ކުރިން ސަރުކާރުން ކުރާނެ ކަމަކަށް ނުފެނެއެވެ. ސަބަބަކީ، ދައުލަތުގެ މާލީ ނުކުޅެދުންތެރިކަމެވެ.

އެއާޕޯޓް އޮންނާނެ ގޮތުގެ ޕޮޓޯތައް ހަމަ ދައްކާލުމާއެކު އެއީ ބިލާހެއްކަން އެންމެންނަށް ޔަގީންވެއްޖެއެވެ. މި ބުނި ފޮޓޯތައްވަނީ މިސައިޓްގައިވެސް ޖަހާފައެވެ. ފޮޓޯތަކަށް ބަލާއިރު ހުޅުލޭ އެއާޕޯޓަށްވުރެ އެތައް ގުނައެއް ފުރިހަމައެވެ. ކުއްޔަށް ނަގައިގެން ފައިދާ އާއިއެކު ހިންގެން އޮތް ހުޅުލޭ އެއާޕޯޓް ތަރައްގިކުރަން ބަޔަކު ނުވެގެން އުޅޭއިރު، ހުވަފެނުންވެސް ނުފެންނަފަދަ މޮޅުގޮތަކަށް ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަން ބަޔަކު އައުން އެއީ، ވަރަށް ނާދިރުކަމެކޭ ބުނެވިދާނެއެވެ.

ދިވެހިން ކުރަމުންދާ ތަޖުރިބާގެ އަލީގައި ލަދުވެތިކަމާއިއެކު ބުނަންޖެހެނީ، މާލޭގައި ހުރި ވަސީލަތްތަކަށްވުރެ، ރަނގަޅު ވަސީލަތްތަކެއް ދުވަހަކުވެސް ރާއްޖެތެރޭގައި ގާއިމު ނުކުރާނެ ވާހަކައެވެ.

ދެކެވޭ ވާހަކައިގައި ސިއްރެއް އެބަ އޮތްތަ؟

އެއާޕޯޓް އިންޓަނޭޝަނަލް ކުރުމާމެދު މިހާރު ދެކެވޭ ވާހަކަތައް ތަޙްގީގު މޭޒު މައްޗަށް ގެނެސް ކުރުގޮތަކަށް ބަލާލަމާހެއްޔެވެ؟

ހަނިމާދޫ އެއާޕޯޓާއި ގުޅިގެން މިހާރު އެންމެ ބާރަށް ދެކެވޭ ވާހަކަޔަކީ، ޖީ.އެމް އާރު ކިޔާ، އިންޑިޔާ ކުންފުންޏަކަށް ހަހާސް ޓޫރިސްޓް އެނދު ތަރައްގީކުރަން ފުރުސަތުދޭވާހަކައެއް ނޫނެވެ. އެކަމަކު އެއާޕޯޓް ތަރައްގީކުރުމަށްޓަކައި، ހަނިމާދޫއިން މީހުން ބާލާ ވާހަކައެވެ.

ހަގީގަތުގައި މީހުން ބާލާ ވާހަކަ މިދައްކަނީ އެއާޕޯޓް ތަރައްގީނުކުރާންވެގެން، ހަނިމާދޫ ރައްޔިތުންގެ ބޮލަށް މައްސަލަ ކަނޑާލާ، ރަނގަޅު، ފެންހިފޭ، ބަހަނާއެއް ސަރުކާރުން ދައްކަންވެގެންނެވެ. ހަނިމާދޫ މީހުން އެހެން ރަށަކަށް ބަދަލުވެގެން އެއާޕޯޓް ތަރައްގީކުރުން އެއީ މުޅި ރާއްޖެއަށް އެންމެ މަންފާހުރިގޮތް ކަމަށްވިޔަސް، ހަނިމާދޫ ރައްޔިތުން ރަށުން ފައިބަން އެއްބަސް ނުވުމުން، އެއާޕޯޓް ތަރައްގީ ނުކުރެވުނީ ކަމަށް ސަރުކާރުން ދައްކަން ބޭނުންވަނީ ކަމަށް ލަފާކުރެވިދާނެއެވެ.

ހަނިމާދޫ ރައްޔިތުން ރަށުން ފައިބަން އެއްބަސް ނުވާ ހިސާބުން ސަރުކާރުން އެހެން ގޮތެއް ނޫނީ ހައްލެއް ރައްޔިތުންނަށް ހުށަހަޅާނެއެވެ. އެއީ އިންޓަނޭޝަނަލް އެއާޕޯޓް ހއ. އަތޮޅަށް ބަދަލުކުރުމެވެ. މިގޮތުން އެންމެ އެކަށީގެންވަނީ، ހއ. ހަތިފުއްޓާއި އެރަށުގެ ފަޅު، ނުވަތަ ހއ. ހުވަރަފުއްޓަށް ފަޅުހިއްކައިގެން އެއާޕޯޓް ބަދަލުކުރުމެވެ.

ހއ. އަތޮޅަށް އެމްޑީޕީ ސަރުކާރުގެ ލޯ އަބަދުވެސް ހުއްޓޭނެއެވެ. ސަބަބަކީ އެ އަތޮޅަކީ ހދ އާއި ށ. އަތޮޅާއި ޚިލާފަށް އެމްޑީޕީގެ ބާރު އެންމެ ގަދަ އަތޮޅެވެ. އެންމެ ބޮޑު ސަޕޯޓެއް އޮތް އަތޮޅެވެ. ރައްޔިތުންގެ މަޖިލީހުގައިވެސް އެމްޑީޕީ ތަމްސީލުކުރާ ގިނަ މެންބަރުން އައިސްފައި ވަނީ ހއ. އަތޮޅުންނެވެ. އަނެއްކޮޅުން އެމްޑީޕީގައި ހިމެނޭ ހއ. އަށް ނިސްބަތްވާ މެންބަރުންނާއި އެކްޓިވިސްޓުންނަކީ ނަގާކިޔާ ހަރަކާތްތެރި ފަރާތްތަކެވެ.

ބައެއް ފަރާތްތަކުން ގަބޫލްކުރާ ގޮތުގައި ހަނިމާދޫ އެއާޕޯޓާއި ގުޅުވައިގެން މިހާރު ދެކެވޭ ވާހަކައިގެ ފަހަތުގައިވާ ސިއްރަކީ މިއެވެ.



‮ ‬12‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ކަންނެއްސޮރު‮ ‬ވިދާޅުވީ


    ތާރީޚް:09/03/2010

    ހާދަ ވަރުގަދަ ދިރާސާ ރިޕޯޓެއް. އަހަރެމެންނަށް ފުރަތަމަ ފޮޓޯތައް ފެނުން ދުވަހު ހީކުރީ ހަމަ މިޔޮތީ 30 އަހަރުން ހުވަފެނުންވެސް ނުފެނުނު ކަންތައް 2 އަހަރު ތެރޭ ނިމެނީ އޭ. އެކަމަކު މިހާރު އަހަރެމެންގެ ހިތުގައި ކަލޯމެން ޝައްކާ ވަހުމް އުފައްދައިފި. މުޅިން ހިތް މަރާލީ ތި. އެކަމަކު ހަގީގަތް އެނގުނީތީ އުފާކުރުން. ދެންފަހަރުން ގައިމުންވެސް 1 ވޯޓު މަދުވާނެ.

  2. ފޭސްބުކް ފޭން‮ ‬ވިދާޅުވީ


    ތާރީޚް:09/03/2010

    އޭ މިސްޓަރ މުހަންމަދު އޭ އެޗް. ކަލެޔަށް މާބޮޑަށް އެނގެނީ. ސަރުކާރާ މެދު ތިއުޅެނީ އަހަރެމެން ޖައްސަންތަ؟

  3. ސަރަ‮ ‬ވިދާޅުވީ


    ތާރީޚް:09/03/2010

    ހަނިމާދޫ މީ މިހާރު ކުޅުދުއްފުށި.ކޮމް އަޕްޑޭޓް ނުކުރެވި އަދި މީހުންހެ ތަރުހީބު ނުލިބޭތީ ހަތިޔާރަކަން ބޭނުންކުރެވޭ ބަހަކަށް މިވަނީ ވެފައެވެ. ހާއްސަކޯށް މިވީ ދުވަސްކޮޅު މިސައިޓް ދިރާސާ ކުރުމުން މައިގަނޑު ގޮތެއްގައި އޮއްޓަރު ހުރި މަޒުމޫނެއް ގެނެވިފައި ނެތްކަން ވ.ހިތާމަޔާއެކު ފާހަގަ ކޮށަލަށް ޖެހެޔެވެ. ނުވިތާކަން ކުޅުދުއްފުށިގެ ހަބަރުތައް އެއީ ދަމަކުން ޖަހާ ބަޑިޔަކަން މިވަނީ ވެފައެވެ. ކޮއްމެއަކަސް “ހަނިމާދޫ” ބޭނުންކޮށްގެން ސައިޓް ހިއްގުމުގެ ބަދަލުގައި ކޮއްމެވެސް ވަރަކަން ރަށުގެ އިޖުތިމާއީ ކަންކަމަން އިސްކަން ދިނުން އެއީ މިސައިޓް އަލުން ހިގައިގަތުމުގައި ފާލަކަން ފާނެއެވެ. ސައިޓްގެ ހިޓްސް އާއްމުންނާ ހަމަޔަށް ގެނެސްދިނުން އެދެމެވެ. އަދި މިސައިޓަކީ “ކުޅުދުއްފުށި” ސައިޓަކަން ހެދުމަން ގޮވާލަމެވެ.

  4. ސަމީރު‮ ‬ވިދާޅުވީ


    ތާރީޚް:09/03/2010

    ކުޅުދުއްފުށްޓަކީ އުތުރުގެ ހިތަށް ވަންޏާ އަހަރެމެން ހަނިމާދޫ ރައްޔިތުންގެ ވާހަކަވެސް މި ސައިޓުގަ ޖެހިދާނެ. ކުޑަކުޑަ ރަށެއްގައި ހިނގާ ކުދިކުދި ހަބަރުތައް ނުޖެހިޔަސް އޯކޭ އަހަރެމެންނަށް. އަހަރެމެން ކިޔަން ބޭނުން ވަނީ ތަންފުކެއް ބޮޑެތި ހަބަރުތައް. ފަހަރެއްގައި ވެދާނެ ހަނިމާދޫ އެއާޕޯޓާ ބެހޭ ގޮތުން ވަރުގަދަ ސިޔާސީ އަދި ގައުމީ ކަންކަމުގައި މިސައިޓުގައި ލިޔާތީ މިސައިޓުގެ ވާދަވެރިން ރުޅި އަންނަނީ ކަމަށް. އެމީހުންނަށް ލިޔެވީ މީހަކު ކައިގެން ވައެއްލައިފި މިފަދަ ހަބަރުތައް އެކަނި ވިއްޔާ.

  5. ޒުވާނުން‮ ‬ވިދާޅުވީ


    ތާރީޚް:09/03/2010

    ކުޅުދުއްފުށީ މީހުންނަކީވެސް ވަރަށް ފަސޭހައިން ވޯޓު ގަންނަ ބައެއް ބައެއްފަހަރު. ހީވަނީ ފެނާ ނަރުދަމާގެ ކަންތައްތައް ނިމުމުން ލޮލުގައި އަނދުން އެޅި މިސަރުކާރަށް ވޯޓު ދޭނެހެން 2013 ގައި. އެކަމަކު މިދެ މަޝްރޫއަށްވެސް ލާރިދިނީ މައުމޫނުގެ “ހުދުމުހުތާރު” ވެރިކަމުން. އަންނި އަކީ މައުމޫންގެ 30 އަހަރުގެ ގުލްޒާރުން ފޮނި ބޯ މަލެއް. ގުލްޒާރުގައި ނަޔާމަގޭ ….

  6. ސަރަ‮ ‬ވިދާޅުވީ


    ތާރީޚް:09/03/2010

    ހަނިމާދޫގައި ބައިނަލް އަގުވާމީ ވައިގެބަދަރެއް ހެދޭދުވަސް ކުޅުދުއްފުށި އުތުރުގެ ހިތް ދެބައިވާ ދުވަސް އޭރުން އުތުރުގެ ދެވަނަ ހިތްވާނީ ނޮޅިވަރަންފަރަން. 50000 މީހުންގެ ސިޓީއެއް ތަރައްގީ ކުރެވޭނީ އެރަށުގަ އޭރުން އުތުރުގެ ހިތަން ދައުވާ ކުރުމުގެ ހައްްު ނޯނާނެ. މިކަންކަމުން ސަލާމަތް ވެވެންއޮތީ މިސައިޓުން ކުޅުދުއްފުށި ޕުރޮމޯޓް ކޮތްގެން. އުއްމީދަކީ އުތުރުގެ ހިތުގެ ގޮތުގައި ހަނިމާދޫ ދެމި އޮތުން

  7. ނައީމް‮ ‬ވިދާޅުވީ


    ތާރީޚް:09/03/2010

    މަށަށް ވިސްނެނީ، މިތާ ކޮމެންޓްކުރާ ބައެއް މީހުންނަށް ލިޔެފައި އޮންނަ އެއްޗެއް ދޭހަކުރުމުގައި މައްސަލައެއް އުޅޭކަމަށް.

    ހަނިމާދޫގެ މަސްލަޙަތަކީ، ކުޅުދުއްފުށީގެ ވެސް މަސްލަހަތު. ހަނިމާދޫއަށް، އަދި ކީއްކުރަން، ހދ. ކޮންމެ ރަށަކަށް އަންނަ ތަރއްގީގެ ފައިދާ އެއް ރަށަކަށް އެންމެ ބޮޑަށް ކުރާނެ ރަށަކަށް ހދ. އަތޮޅުގައި އޮތީ ކުޅުދުއްފުށި. ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުން އެއްރަށަކުން އެންމެ ގިނަ ބަޔަކު އެތަނުގައި ވަޒީފާ އަދާކުރާނީވެސް ހަމަ ކުޅުދުއްފުށީ މީހުން.

    ވީމާ، ހަނިމާދޫ އަށް ލިބޭ ކޮންމެ ދަރައެއްގެ ވާހަކަ ސަމާލުކަމަށް ގެނައުން އެއީ މިސައިޓްގެ ޒިންމާއެއް ކަމުގައި ދެކެން.

    މާފާއެކު ދަންނަވަންޖެހެނީ ‘ސަރަ’ ގެނަމުގައި ކޮމެންޓްކޮށްފައި އޮތްފަރާތުން ކިތަންމެވަރަކަށް، ތަރަތަރަ ޖެހިޔަސް، މިސައިޓްގައި އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންގެ އިޙްސާސްތަކުގެ ވާހަކަ ޖަހާނެޔޭ.

  8. H1N1‮ ‬ވިދާޅުވީ


    ތާރީޚް:09/03/2010

    ބައެއް ފަރާތްތަކުން މިސައިޓުދެކެ ގަންނަ ބިރެއްގެ ބޮޑުކަމުން ކުޅުދުއްފުއްޓާއި އެހެންރަށްރަށާއި ދެމެދު މައްސަލަތައް އުފެއްދުމަށް ކުރަމުންގެންދާ ކޮމެންޓްތަކާއި މަސްލަހަތު ގެއްލޭފަދަ އިބާރާތް ހިމެނޭކޮމެންޓުތައް ޑިލީޓްކުރުމަށް ދަންނަވަން.

  9. ފަރުހޫދު‮ ‬ވިދާޅުވީ


    ތާރީޚް:09/03/2010

    މިއީ ރައްޔިތުންނާ ވެރިން ޖައްސާ މުޖުތަމަޢުގައި ހަމަނުޖެހުން އުފެދުމަށް މަގުފަހިވާގޮތަށް ރިޕޯޓް ގެނެސްދޭ ސައިޓެއް، މި ކޮމެންޓް ބަޕްލިޝް ނުކުރާނެކަންވެސް އެނގޭ

  10. ކަތީބު‮ ‬ވިދާޅުވީ


    ތާރީޚް:09/03/2010

    ފަރުހޫދުމެން އަދިވެސް ހާދަކުރީގެ ވިސްނުމެކޭ ދޯ ތިހުންނަނީ. ތަހްޒީބު ވާނީ ކޮންދުވަހަކުން. ސިޔާސީ ވިސްނުމަކުން އަދި ކަމުގެ ހަގީގަތް ހާމަކުޮށްފިނަމަ ތިބުނަނީ ފަސާދަ އުފައްދަނީއޭ. ތީ މައުމޫނު ޒަމާނުގެ މީހެއްދޯ.

  11. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:09/03/2010

    މިރިޕޯޓު ލިއުނީ ކޮންތާކުން ދިރާސާ ކޮއްގެންބާވައޭ މަހިތަށްއަރާ.އެމްއެޗަށް އެނގޭބާ ޓުއަރިޒަމް އަކީ ކޮބައިކަމާ އެއީކޯޗެއްކަން.އިންޑިޔާގެ ޖީއެމް އާރު ގުރޫޕަށް މިހާގިނަ ރިސޯޓް ދިނުމަށް، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ހަރާކާތްތެރިވާ ބޮޑުން އެއްބަސް ނުވާނެކަން އެއީ، ހަމަ ޔަގީން ކަމެކެކޭ އެމް އެޗް ބުނާއިރު މިހާރުވެސް ރާއްޖޭގެ ރިޒޯޓުތަކުގެ75%އަކީ ބޭރުމީހުންގެ ރެޒޯޓު ،ތިޔަ ބުނާ ބޮޑުން އެތިބީ ލޮލުންބޮލުން ގަބޫލުވެގެން.ދެން ތިޔަބުނާ ކެންޕޭނު ދުވަސްވަރު ހަނިމާދޫ އެއަރޕޯޓު އިންޓަނޭޝަނަލް ކުރާނަމޭ ކިއައިގެން އުޅުނޭ ތިޔައީ ހަމަ ރޯބުހުތާން ދޮގެއް.ނިކަން އެހެން ބުނެފައިވާ ޖަލްސާއެއްނުވަތަ ފޯރަމެއްގެ ނަންބުނެބަލަ ނުވަތަ މިވެނި ތަނެއްގަ މިވެނި މީހެއް މިހެންބުންޏޭ ބުނެބަލަ.ނުބުނެވޭނެ. އަހަރެމެންގެ ބޯކާން ތިޔަހެންނޫޅޭ.މިސަރުކާރުން މާލޭ އެއާޕޯތަށް ވުރެ ފުރިހަމަ އެއާޕޯޓެއް ހަނިމާދޫގައި އެޅުމުގެ ގާބިލުކަން އެބަހުރި ކަން ކަށަވަރު.އެމްއެޗަށް ހީވާގޮތްދޯ.

  12. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:09/03/2010

    ތިޔައީ މާކުރީގެ ތަސްވީރުތަކެއް މިހާރު ތި އެއަރޕޯޓު އަޅަން ހަމަޖައްސާފައި އޮތީ ތިޔަގޮތަކަށްނޫން، މިހާރުގެ ތަސްވީރުތަށް މައަތުގަ އެބަހުރި ބޭނުމިއްޔާ ބުނޭ. ކަލޭމެން ހާދަ އަޕްޑޭޓުނުވެއޭދޯ