Share

ކުޅުދުއްފުށީގައި މިޔަރުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް އެހީވެދެއްވާނެކަމަށް ފިޝަރީޒް މިނިސްޓަރ ވިދާޅުވެއްޖެ

ކުޅުދުއްފުށީގައި މިޔަރުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް އެހީވެދެއްވާނެކަމަށް ފިޝަރީޒް މިނިސްޓަރ ވިދާޅުވެއްޖެ

ކުޅުދުއްފުށީގައި މިޔަރުގެ މަސްވެރިކަން ކުރާ ފަރާތްތަކުން އެމަސައްކަތް ހުއްޓާލުމަށްފަހު އެހެން މަސައްކަތެއް ކުރުމަށް މާލީ ގޮތުންނާއި ފަންނީ ގޮތުން އެހީތެރިކަން ފޯރުވައި ދެއްވާނެކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިކަން ހާމަކުރެއްވީ ކުޅުދުއްފުއްޓަށް ވަޑައިގެން ކުޅުދުއްފުށީގައި މިމަސައްކަތް ކުރާފަރާތްތަކާ ބައްދަލުކުރައްވާފައެވެ.

މިޔަރުގެ މަސްވެރިކަން ކުރާ ފަރާތްތަކާއި ބައްދަލުކޮށް މިނިސްޓަރ ވިދާޅުވީ ކުޅުދުއްފުއްޓަކީ ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ކުރާ މީހުން އެއްމެ ގިނައިން އުޅޭ އެއްރަށްކަމަށާއި، މިމަސައްކަތް ހުއްޓާލަން ޖެހުމުގެ ސަބަބުން މިމަސައްކަތް ކުރާފަރާތްތަކުން އިތުރު އެހެން މަސައްކަތެއް ކުރުމަށް ސަރުކާރުން އެހީތެރިވެދެއްވާނެކަމަށެއެވެ.

މިގޮތުން މިޔަރުގެ މަސްވެރިކަން ކުރުމަށް ބޭނުންކުރާ އާލާތްތަކަށް ކޮންމެވެސް ގޮތަކަށް ބަދަލުދެއްވުމަށް މިނިސްޓްރީއިން މަސައްކަތް ކުރައްވާނެކަމަށާއި މިޔަރުގެ މަސްވެރިކަން ހުއްޓާލަން ޖެހުނުކަމުގައިވިޔަސް ފަރުމަސްވެރިކަން ކުރުމަށް މަގުފަހިކުރުމުގެ ގޮތުން މަސްފިނިކުރެވޭނެ ކޮންޓީނާއެއްގެ ހިދުމަތް ކުޅުދުއްފުށީގައި ދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި ފަރުހަމަހަށް މާކެޓް ހޯދައިދިނުމާ ބެހޭ ގޮތުން މިހާރުވެސް ޓޫރިޒަމް މިނިސްޓްރީއާ ވާހަކަ ދައްކަމުންދާ ކަމަށް ވިދާޅުވިއެވެ.

މިޔަރާއި މިޔަރުން އުފައްދާ ބާވަތްތަކުގެ ވިޔަފާރި ކުރުމާއި އެތަކެތި އެކްސްޕޯޓް ކުރުން 2010 ޖުލައި 1 ވަނަ ދުވަހުން ފެށިގެން މަނާކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ.

‮ ‬1‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:10/03/2010

    މިޔަރާއި މިޔަރުން އުފައްދާ ބާވަތްތަކުގެ ވިޔަފާރި ކުރުމާއި އެތަކެތި އެކްސްޕޯޓް ކުރުން 2010 ޖުލައި 1 ވަނަ ދުވަހުން ފެށިގެން މަނާކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުން އަބުރާ ގެންދިއުމަށް ގޮވާލަން.