ކުޅުދުއްފުށްޓަކީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އިހު ޒަމާނުއްސުރެ ބޭރު ފައިސާވެސް ވަންނަމުން ދިޔަ ރަށެކެވެ. ބޯޓު ދަތުރު ކުރާ މީހުންގެ އާބާދީވެސް ބޮޑު ރަށެކެވެ. ހިތްވަރުގަދަ ފަހުލަވާނުންވެސް އުޅުނު ރަށެކޯލަޔެވެ. ހިވާގި މުރާލި ރައްޔިތެއްވެސް އުޅުނު ރަށެކޯލަޔެވެ. އުމްރާނީގޮތުން ރާއްޖޭގެ ނިސްބަތުން ތަރައްޤީ ވެފައިވާ ރަށެކެވެ. ދެން ކުޅުދުއްފުށީގައި މަދީ ކޮންއެއްޗެއްހެއްޔެވެ؟ އާދެ އެއީ ހިތްވަރުގަދަ ކިޔަވައިގެންތިބި ޒުވާނުންނެވެ.
ކުޅުދުއްފުށްޓަކީ ޒަމާނެއްގައި ރާއްޖޭގައި މަޝްހޫރު ނުފޫޒުގަދަ ބަޔަކު އުޅުނު ރަށެއް ކަމުގައި ވިޔަސް މިއަދު ބަލާލި ކޮންމެ ދިމާއަކުންވެސް މިފަދަ ދަރިން ނެތްކަން އެނގި ހާމަވެއެވެ. ސިޔާސީ ދާއިރާގައެވެ. ޝަރުއީ ދާއިރާގައެވެ. ވިޔަފާރީގެ ދާއިރާގައެވެ. ފަތުރުވެރިކަމުގެ ދާއިރާގައެވެ. ދީނީ ދާއިރާގައެވެ. ތައުލީމީ ދާއިރާގައެވެ. ކުޅުދުއްފުށީގައިވެސް ކިޔަވައިގެން ތިބި ޒުވާނުން އުޅުނު ކަމުގައި ވިޔަސް ރާއްޖޭގެ ނިސްބަތުން ދެވަނަ ނުވަތަ ތިންވަނައިގައި އޮތް ރަށަކަށް ބަލާއިރު މިފަދަ ދާއިރާތަކުން ކުޅުދުއްފުށީގެ ދަރިއެއް ނުފެންނަ ކަމީ ދެރަވެ ހިތާމަ ކުރާ ކަމެކެވެ.
ދާދި ފަހަކާޖެހެންދެންވެސް ޖީސީއީ އޯލެވެލް ނުވަތަ ގްރޭޑް 10 ނިންމުމަކީ ތައުލީމުގެ ނިމުންކަމުގައި ދެކެމުންދިޔަ ބަޔަކު އުޅުނެވެ. އުމުރުން 18 ވަރަކަށް އަހަރުވުމުން ދިހައެއް ‘ނިންމާފަ ހުރިއްޔާ’ ކައިވެނި ކުރަންވީކަމަށް ދެކެމުން އައި ބަޔަކު އުޅުނެވެ. ހެނދުނު ހޭލައިގެން ގަޑި ނުޖެހި ސްކޫލަށް ހިގައްޖެނަމަ އެހިސާބުން އެކިޔެވުނީކަމަށް ދެކޭ ބަޔަކު އުޅުނެވެ. ގްރޭޑް ދިހައެއް ނިމުމުން ކަންމަތީ ފިހާރައިގެ ސޭޓުކަން ކުރަން މުޅި އުމުރު ހުސްކޮށްލުމަށް ބޭނުންވާ ބައެއް ވެސް އުޅުނެވެ. ރަށުން ގިނަ ހިދުމަތް ތަކެއް ލިބެމުންދާތީ ރަށުގެ ފަސްގަނޑުން ބޭރު ތަނެއްގެ ހަބަރެއް ހޯދަން ބޭނުންނުވާ ބަޔަކުވެސް އުޅުނެވެ. ކައިގެން ބޮއިގެން އުނު އޮރިޔާން ނިވާކޮށްގެން އުޅެވޭތީ ދުނިޔޭގައި ހިނގާ ކަންކަމުގެ މައުލޫމާތާއި ފަހުގެ ހޯދުންތައް ހޯދުން “އަހަންނަށް ހެޔޮ” ވެގެން އުޅުނު ބަޔަކު އުޅުނެވެ. މަދުން ނަމަވެސް މިފަދަ ބަޔަކު އުޅުމެން ދިޔަތީވެ މިއަދު އެކަންކަމުގެ އަސަރު ވަރަށް ރަނގަޅަށްވެސް ފެންނަމުން އެބަދެއެވެ.
ކުރީގެ ސަރުކާރުން އަދި މިއަދުގެ ސަރުކާރުންވެސް ދެކުނުގެ ރަށްރަށަށް މާގިނަ ކަންތައްތައް ކޮށްދޭ ކަމަށް ބައެއް މީހުން ބުނެއުޅެއެވެ. އެންމެ ދެކުނުގެ ރަށްރަށަށް ތަރައްޤީގެ ގިނަ ފުރުސަތުތަކެއް ހޯދައިދޭ ވާހަކަ ދައްކައެވެ. ތައުލިމީ ދާއިރާއިންވެސް ގިނަ ފުރުސަތުތަށް ދަނީ ދެކުނާ ދިމާއަށް ކަމަށް ބުނެއުޅެއެވެ. ސަރުކާރުން ކުރާ ގިނަކަންކަން ކުރަނީ ދެކުނުގެ ފައިދާއަށް ކަމަށްވެސް ބުނެއުޅެއެވެ. ވާނީވެސް އެހެންނެވެ. ސަރުކާރުގެ މަތީ މަގާމުތަކުގައި އަދި މަޖިލީހުގެ މަގާމުތަކުގައިވެސް އަދި ޝަރުއީ ދާއިރާގެ މަތީ މަގާމުތަކުގައިވެސް އެރަށަކަށް އަޅުގަނޑު އުފަން ރަށުގެ މީހުން ވަރަށް މަދެވެ. މަޝްހޫރު ބޮޑެތި ވިޔަފާރިވެރިންނާއި ޑޮކްޓަރުން ވެސް ގިނަކަމަށް އަޑުއިވެނީ އެދިމާގައެވެ. އާދެ ދެކުނު ބިތުގައެވެ. އުތުރު ބިތުގެ އެންމެ ބައިބޯ ރަށުގެ މީހެއް ނުހިމެނޭތީ ގައުމުގައި ހިނގާ ބޮޑެތި ކަންކަމުގައި އުތުރު ބިތުގެ ބަހެއް އެކަމުގެ ތެރޭގައި ނުހިމެނެއެވެ. ނުވަތަ މިރަށުގެ އަޑު އެފަދަ ނިންމުންތައް ނިންމާ ތަންތަނުގައި މަޑުވެގެންދެއެވެ. ހަމައެކަނި އަޅުގަނޑުމެންނަށް އޮތް ފައިދާ އަކީ އާބާދީ ބޮޑު ވުމެވެ. އާބާދީ ބޮޑުވީމާ ސިޔާސީ މީހުންނަށް މިރަށުން ހޯދަންޖެހޭ ވޯޓުވެސް ގިނަވެއެވެ. އެސަބަބަށްޓަކައި ރައްޔިތުން އުފަލުގައި ބައިތިއްބަން ޖެހެއެވެ.
ހަގީގަތް ގަބޫލުކުރަމާ ހިނގާށެވެ. އަމިއްލަ ރަށް ބަނދުނާމު ކުރަނީ ކަމުގައި ނުދެކޭށެވެ. ޑިގްރީތަކާއި މަތީ ފާސްތައް ހިފައިގެން ތިބި މީހުން މިރަށުގައި ވެސް މަދެއް ނުވާނެއެވެ. ވިޔަފާރި ކުރާ މީހުން މިރަށުގައި މަދެއް ނުވާނެއެވެ. މުއްސަނދި މަހުޖަނުންވެސް މިރަށުގައި މަދެއް ނޫނެވެ. ކުޅިވަރު ތަކުގައި މޮޅެތި މީހުން މިރަށުގައި މަދެއް ނުވާނެއެވެ. އެހެންނަމަވެސް ރަށު ބަންދުން ނުކުމެ ގައުމުގެ ކަންކަމުގައި ކުޅުދުއްފުށީގެ ލޮބުވެތި ކިޔަވައިގެންތިބި ޒުވާނުން އުޅެން ފަށަން ވެއްޖެއެވެ. ކުޅުދުއްފުށީ މީހުންނަކީ ކަންކަމުގައި ފަސްނުޖެހި ކެރިގެން ނުކުންނަ ބައެއްކަން ގައުމީ ފެންވަރެއްގައި ދައްކަން ވެއްޖެއެވެ. މަތީ ފާސްތައް ހޯދައިގެން ސްކޫލެއްގެ ކްލާސްރޫމް ތެރޭ ކިޔަވައިދީގެން ފުއްދާލެވޭކަން ނެތެވެ. ޕްރޮވިންސް ތައް ހަދައި ހުރިހާ ކަމެއް ވިޔަފާރީގެ އުސޫލުން ހިންގާ ގޮތަށް ބަދަލުކުރާ ޒަމާނެއްގައި ކުޅުދުއްފުށީގެ ވިޔަފާރިވެރިންވެސް ހޭލަންވެއްޖެއެވެ. ޖަމިއްޔާ ޖަމާއަތް ތައްވެސް ގައުމީ ފެންވަރުގެކަންކަމުގައި ބައިވެރިވާންވީ ވަގުތު ޖެހިއްޖެއެވެ. ގައުމުގެ ބަސްވިކޭ ހިސާބުގެ ވަޒީފާތަށް ހޯދަން ވެއްޖެއެވެ. ރަށުގައި ހިންގާ ވިޔަފާރި ފުޅާކޮށް އަތޮޅު ދުނިން ބޭރަށް ނުކުންނަންވީ ވަގުތު އައިސް ޖެހިއްޖެއެވެ. އެހެންނޫންނަމަ އެހެން ރަށްތައް ތަރައްގީވެ ތަހްޒީބުވެގެންދާއިރު އަޅުގަނޑުމެން ތިބޭނީ ހަމަ މިހާރު މިތިބަ ދަރަޖައިގައެވެ. ނަމުން މަޝްހޫރު ބައެއްގެ ގޮތުގައެވެ. ހަމައެކަނި ނަމެކެވެ. ކަންތައްތައް އޮންނާނީ އެހެން ދިމަދިމާގައެވެ. ހުރިހާ ފުރުޞަތުތަކެއްގެ ބޭނުން ހިފަމުންދާނީ ކައިރި ހިސާބު މީހުންނެވެ. ވެހޭތަނުގައި ފެން ރައްކާ ނުކޮށްފިނަމަ ވާނެގޮތް ވެދާނެއެވެ.

މަށޭ ވިދާޅުވީ
ތާރީޚް:11/03/2010
ބަލަ މުހައްމަދު އިސްމާލުމެން އަދިވެސް ނަގަހައްޓަން މަސައްކަތްކުރާ މައުމޫނު މިއޮތީ މިތަން ހަލާކުކޮށްލާފައޭ، އަދިވެސް މި ސައިޓް ބޭނުންކޮށްގެން މައުމޫނަށް ސަނާކިޔޭތޯ ބަލާ
ހައްގުބަސް ވިދާޅުވީ
ތާރީޚް:11/03/2010
މީހަކު ހަމަ ހަގީގަތަށް ވާހަކަ އެއް ދައްކާއިރަށް މައުމޫނުގެ ވާހަކަ އަންނަނީ ކީއްވެތަ؟ މުހައްމަދު އިސްމާއިލް އެ ބުނަނީ ތިފަދަ މީހުންގެ ވާހަކަ. ތިޔަ ގޮތަށް ނުވާށޭ. ތިއަށްވުރެ ތަރައްޤީ ވާށޭ. މައުމޫނަށް ސަޕޯޓް ކޮށްފަ ކޯއްޗެއް މިސައިޓުގަ އޮވެގެންތަ ތިޔަ އުޅެނީ. “މަށޭ” ތަންކޮޅެއް ސިކުނޑި ހުޅުވައިގެން ހުރެބަލަ.
ނައީމް ވިދާޅުވީ
ތާރީޚް:11/03/2010
ލިޔުންތެރިޔާ މި ބުނަނީ، ކިޔަވައިގެން ތިބި މީހުން ނެތްވާހަކަ. އަނެއްކާ އެބަ ބުނޭ މަތީ ފާސްތައް ހިފައިގެން ތިބި މީހުން މިރަށުގައި މަދު ނުވާނެ ވާހަކަޔާއި މަތީ ފާސްތައް ހޯދައިގެން ސްކޫލެއްގެ ކްލާސްރޫމް ތެރޭ ކިޔަވައިދީގެން ފުއްދާލެވޭކަށް ނެތޭވެސް.
ދައްކާވާހަކަ ހަމައެއް ނުޖެހޭ! މަށަށް ހީވަނީ، މަށަށް ހީވަނީ މަތީ ފާސްތައް ހޯދައިގެން ސްކޫލެއްގެ ކްލާސްރޫމް ތެރޭ ކިޔަވައިދޭށާއި ސްކޫލް ހިންގަން އެތިބި މީހުން އެ އަޅައިދެނީ މުސްތަގުބަލުގެ ކުޅުދުއްފުށީގެ ބިންގާހެން. އެމީހުން ކުރާ މަސައްކަތެއްގެ މައްޗަށް ތިޔަބުނާ ބަސްކިޔާ މީހުން އުފެދިގެން ދެންވެސް އަންނާނީ. އެމީހުން ކުލާސްރޫމް ދޫކޮށްލައިފިއްޔާ ދެންވާނީ ކިހިނެއްކަން އެންމެންނަށްވެސް ވަރަށް ސާފުކޮށް އެނގޭނެ.
ލިޔުން ޖެހީތީ ލިޔުނު ފަރާތަށް ޝުކުރުވެރިވަން.
ހައްގުބަސް ވިދާޅުވީ
ތާރީޚް:11/03/2010
ކޮއްކޮމެންގެ ސިކުނޑި ހާދަ ޅައޭދޯ. އެސޮރު އެބުނަނީ ކިޔަވައިދީގެން ފުއްދާލެވެން ނެތް ވާހަކަ. ފުއްދާލެވެން ނެތުމުގެ މާނަ ނޭގޭތަ. އޭގެ މާނައަކީ ހަމައެކަނި ކިޔަވަދޭން ހުއްޓަކަސް ނުވާނެ ވާހަކަ. ތިކަހަލަ ހަނި ވިސްނުމުން ވިސްނާ މީހުންގެ ވާހަކަ ލިޔުންތެރިޔާ އެބުނަނީ.
ޕިސްޕިސް ވިދާޅުވީ
ތާރީޚް:11/03/2010
މީއެއްވަނައިގެ ލިއުމެއް. މިލިއުމަށް ލޮލުންބޮލުން ތާއީދުކުރަން. އަޅުގަނޑުގެ ހިތުގައި ވެސް އުފެދޭ ޝުއޫރެއްތީ
mAkanA ވިދާޅުވީ
ތާރީޚް:11/03/2010
މިސައިޓްގައި ކޭވައިޖީ ގެ ފޮޓޯ ބޭނުން ކުރާތީ އެޑްމިންއަށް ވަރަށް ބޮޑުޝުކުރެއްދަންނަވަން.ތިބޭފުޅުން އަހަރެމެން ޒުވާނުންގެ ކުރާ މަސަތްކަތް ބަލާގަންނަކަން ފާހަގަކުރަން.
ހަސޮރު ވިދާޅުވީ
ތާރީޚް:11/03/2010
ކިޔެވުމެއް މިހާރަކު ބޭނުމެއް ނޫން. ވަޒީފާ ވެސްދެނީ ހުރިފެންވަރަށް ބަލާފަކާނޫން. ޕާޓީއަށްބަލާފަ. ޕާޓީއަށް ވދެވޭތޯބަލަންވީ.
ކަންނެއްސޮރު ވިދާޅުވީ
ތާރީޚް:12/03/2010
ލިޔުމުގައި ބުނާ އެއްޗެއް ފަހުމް ނުވެގެން މިއުޅެނީ ކީއްވެތަ؟ މީގަ މައިގަނޑު ޕޮއިންޓަކީ ގައުމުގެ އިސް ސަފުގައި ކުޅުދުއްފުއްޓަށް ނިސްބަތްވާ މީހަކު ނެތްކަން. ޕޮލިސީ ލެވެލް ގައި ކަންކަމަށް ފާޑު ކިޔާލެވޭ ވަރުގެ މީހެއް ނެތްކަން.
މިހާރު ބައެއް ކުދިން މަތީ ތައުލީމުވެސް އެބަ ހޯދާ. އެކަމަކު ހަމަ ކިޔަވައިގެން އައިސް ރަށުގެ ބްލެކް ހޯލްގެ ތަރެއަށް ވެއްޓި އޮންނަނީ. ރަށުގަ މަސައްކަތް ކުރިޔަސް އެޔަށް ވުރެ ފްރަންޓް ލައިނަށް ނުކުންނަން ވެއްޖެ މިހާރު.
ދެކަމު ހާޖީ ވިދާޅުވީ
ތާރީޚް:12/03/2010
ހަސޮރު އެބުނީ ތެދެއް. ކިޔަވާނިކަމެއް ނެތް. ޕާޓީއަށް ސޮއެކޮށްލާ. އެވީ.
އަވައްޓެރިޔާ ވިދާޅުވީ
ތާރީޚް:13/03/2010
ލިޔުންތެރިޔާގެ މިލިޔުމަށް ޒާތީ ނަޒަރުން ބެލުމުގެ ބަދަލުގައި ބިނާކުރުވަނިވި ނަޒަރަކުން ބެލުމަށް ކުޅުދުއްފުށި ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ.
ހަގީގަތަކީ ކުޅުދުއްފުށީގައި ތައުލީމަށް ސަމާލުކަންދިނުމުގެ ރޫހު ޒަމާނުއްސުރެ (އާބާދީއާއި، އިގުތިސާދީ ތަރައްގީ ރަށަށް ލިބިފައިވާ މިންވަރަށް ބަލާއިރު) ކުޑަކަން. ހޭލުންތެރި ނުވާކަން. ރަށަށް ޚިދުމަތް ކުރަން އަންނަ އެހެން ރަށްރަށުގެ މީހުންނަށް އިހުތިރާމްކޮށް އެމީހުންގެ މަސައްކަތް ބަލައިގަންނަން ނޭނގޭކަން. ކުޅުދުއްފުށީގައި މަސައްކަތްތެރި، ޖެހިލުންކުޑަ، ކޮންމެ ކަމެއް ކުރަން ކެރޭ (އެއީ މީހެއްގެ ފުރާނަ ދުއްވާލުންވިޔަސް) ބައެކެވެ. އެކަމަކު އަދިވެސް ވަލުހަނދު ނުކެނޑޭ މީހުން ގިނަ ރަށެކެވެ. ވީމާ ކުޅުދުއްފުއްޓަށް ލިބިފައިވާ ތަފާތު މުއައްސަސާތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން، ތަންކޮޅެއް ހޭލުންތެރި ބަޔަކަށް ވެގެން މަސައްކަތްކުރަނިކޮށް ގައުމުގެ މަތިފަޑިން ކުޅުދުއްފުށީ ފަރުދަކު ފެނިދާނެއެވެ. ތިޔޮއް ބޮޑު އާބާދީ އޮތް އިރު ކުޅުދުއްފުށްޓަށް ދެ ގޮނޑި ރައްޔިތުންގެ މަޖުލީހުގައި ހުރި އިރު އެއިން ގޮނޑިއަކަށް ހޮވޭވަރުގެ ގާބިލު ފަރުދެއް ކުޅުދުއްފުށިން ނުނެރެވުނީތީ މުޅި ރައްޔިތުން ލަދުވެތިވާން ޖެހެއެވެ.
ކަޅުސޮރު ވިދާޅުވީ
ތާރީޚް:13/03/2010
ލިޔުންތެރިޔާ ކައިރީ ބުނެލަން ބޭނުމީ ފުރަތަމަ ތިބޭފުޅާ އިސް ސަފަށް ނުކުމެ މީހުން ހޭލުންތެރި ކުރަން ފަށާށޭ. އަހަރެމެންވެސް އެބަތިބީމޭ
saree ވިދާޅުވީ
ތާރީޚް:14/03/2010
އިއްސެ ހަމަ ބަރާބަރު.ތިއީ ހަގީގަތް ހަމަ.ވަރަށް ފުރިހަމަ ލިޔުމެއް.
ރަށުސޮރު ވިދާޅުވީ
ތާރީޚް:14/03/2010
އަވަށްޓެރިޔާ ވިދާޅުވި ވާހަކަތައް ރަނގަޅު. ރައްޔިތުން ތަރައްޤީނުވެ ރަށެއްވެސް އަދި ޤައުމެއްވެސް ތަރައްޤީއެއްނުވާނެ. މިހާރު އެންމެން ސިޔާސީވެގެން ގޮސް މިޤައުމު ހަލާކުވެގެން މިދަނީ. ކޮރަޕްޝަން މިދަނީ އާންމުވަމުން. ސަރުކާރުން ރައްޔިތުންނަށް ޚިޔާނާތްތެރިވަނީ. ފިރިން އަބިންނަށް އަނބިން ފިރިންނަށް ޚިޔާނާތްތެރިވަނީ.
ދެން ވިދާޅުވީ
ތާރީޚް:15/03/2010
ރަށުގަ އެބަތިބި ސިޔާސީ ގަދަ މީހުން މިސާލަކަށް ރަސްގެފާނު، ގުދުބެރި ކަހަލަ އެމްޑީޕީގެ އެކްޓިވިސްޓުން، ރަށުގަ އެބަތިބި ކިޔަވައިގެން ތިބި ދުނިޔެއަށް ލޯހުޅުވޭ މީހުން ވެސް މިސާލަކަށް ބާންސް، ރޭނި އިއްބެ، ގަދަ ވިޔަފާރިވެރިން ވެސް އެބަތިބި ފިނޭ މުހައްމަދު، ލިޔާ އަހަންމަދު ކަހަލަ(އަމިއްލަ އެދުމެއްނެއް) ވެރިން ވެސް އެބަތިބި މިސާލަކަށް އިސްމާލު ކަތީބު ކަހަލަ، މިވާހަކަ މިދަންނަވާލީ މިމީހުންގެ ބަސް ނޫން އެއްޝެއް މިރަށުގަ ނުވިކޭތީ
ސަރަހަ ވިދާޅުވީ
ތާރީޚް:31/03/2010
ދަންދަހެލަ އެހެން އެ ވިދާޅުވީ ފޮޓޯއާ ހަވާލާދީ