ކުޅުދުއްފުށީ ބިން ހިއްކުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހި ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ހިންގާނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމެންޓުން އިޢުލާނުކޮށްފިއެވެ. މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން “އެކްސްޕްރެޝަން އޮފް އިންޓަރެސްޓް” އެ މިނިސްޓްރީއަށް ހުށަހެޅުމަށް ދީފައިވާ އެންމެ ފަހު މުއްދަތަކީ މިހިނގާ މާރޗް މަހުގެ ނިޔަލަށެވެ.
ކުޅުދުއްފުށީ ބިން ހިއްކުމުގެ މަޝްރޫއަކީ، މާލެ ފިޔަވާ ތިންވަނައަށް އެންމެ އާބާދީ ބޮޑު ރަށްކަމުގައިވާ ކުޅުދުއްފުށީގެ އާބާދީ އިތުރުވަމުން ދިއުމުގެ ސަބަބުން ބޯހިޔާވަހިކަމަށާއި އިތުރު ޚިދުމަތްތައް ދިނުމަށް ބިމުގެ ބޭނުން އިތުރު ވަމުންދާނެތީވެ، މުސްތަގުބަލަށް ވިސްނުމަށްފަހު ފިޔަވަހި ތަކަކަށް ބަހާލައިގެން ކުރީގެ ސަރުކާރުން އިއުލާނުކޮށްފައިވާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ ދަށުން ކުޅުދުއްފުށީގެ ހުޅަނގު ފަރާތުން 38 ހެކްޓަރު (4 މިލިޔަން އަކަފޫޓު) ހިއްކުމަށް ކަނޑައެޅުނެވެ. އަދި މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގައި ސަރުކާރާއި ރައްޔިތުންގެ ކުންފުނި އެމްޓީސީސީން ވަނީ 9.5 ހެކްޓަރު (1.022 މިލިޔަން އަކަފޫޓު) ގެ ބިންހިއްކާފައެވެ. އަދި އެ ފިޔަވަހީގެ ތެރޭގައި ކުޅުދުއްފުށީގެ ލޯކަލް ބަނދަރުވެސް ވަނީ ހަދާފައެވެ.
މި މަޝްރޫއުގެ ދެވަނަ ފިޔަވަހި އިއުލާން ކުރެވިފައި މިވަނީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ހިންގުމަށެވެ. އެއީ މަސައްކަތާއި ހަވާލުވާ ފަރާތުން އަމިއްލައަށް ފަންޑް ހޯދައިގެން ހިންގުމެވެ. މި ފިޔަވަހީގައި ހިއްކުމަށް ހަމަޖެހިފައިވަނީ 28.5 ހެކްޓަރު (3.067 މިލިޔަން އަކަފޫޓު) އެވެ. ހިއްކާ ބިމުގެ ތެރެއިން 5 ހެކްޓަރު (538،195 އަކަފޫޓު) މިމަސައްކަތް ކުރާ ފަރާތަށް 99 އަހަރަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމިނިސްޓްރީ އިން މަޢުލޫމާތު ދެއްވާފައިވެއެވެ. އެއީ ގާތްގަނޑަކަށް ހިއްކާ ބިމުގެ 17 އިންސައްތައެވެ. މި ފިޔަވަހީގައި ބިންހިއްކުމަށްފަހު ބަނދަރު ހެދުމެއް ނުހިމެނެއެވެ.
މި ކަމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ބީލަން ހުށަހެޅުމަށް ދައުވަތު ދެވޭނީ “އެކްސްޕްރެޝަން އޮފް އިންޓަރެސްޓް” ތައް އިވޭލުއޭޓް ކުރުމަށްފަހު ހޮވާލެވޭ ފަރާތްތަކަށެވެ.

ތިބާގެ އަޚާ ވިދާޅުވީ
ތާރީޚް:23/03/2010
28 ހެކްޓަރު ހިއްކާއިރު އޭގެތެރެއިން 5 ހެކްޓަރު މިދެނީ ހިއްކާ ފަރާތަށް 99 އަހަރަށް ކުއްޔަށް. އެއްގޮތަކަށްވެސް އެއްބަހެއް ނުވެވޭނެ މިގޮތަކަށް. އެކަމަކު ސަރުކާރު އަތުގަ ލާރި ނެތިއްޔާ މިކަހަލަ ގޮތެއް ހަދަން ޖެހޭނީ. އެކަމަކު 5 ލައްކަ އަކަފޫޓްގެ ބިމެއް ކުޅުދުއްފުށިން އެބަ ދޭންޖެހޭ އެމީހުންނަށް 99 އަހަރަށް. އެނޫން ގޮތެއް ހަމަ ސަރުކާރަށް ނުފެނުނީބާ. ކުރީގެ ސަރުކާރުން މިކަން ކުރީ ސައޫދީ ފަންޑުން ދިން އެހީން. މިސަރުކާރަށް އަނެއްކާ އެހީ ނުލިބެނީބާ. ނޫނީ ގައުމު އިންޑިޔާ އަށް ވިއްކާލަން އުޅެނީބާ. ހުރިހާ ކަމެއް އެމީހުންނާ ހަވާލުކޮށްފަ ބަދަލެއްގެ ގޮތުން 99 އަހަރަށް ފަޅުރަށްތަކާއި އޮޑިފަހަރާ ރަށްރަށުގެ ބިމުން ބޮޑު ބައެއް ވިއްކާލަނީ..
ފޭސްބުކް ފޭން ވިދާޅުވީ
ތާރީޚް:23/03/2010
އަބަދު ދެން ތަންތަނުން ދޭ އެހީއަށް ބަރޯސާވެގެން ގައުމެއް ނުހިންގޭންނުން. ކަލޯމެންނަށް ނޯންނާނެ ހެޔޮ އެއްގޮތެއްވެސް.
މަންގަނޑުމަތި ވިދާޅުވީ
ތާރީޚް:23/03/2010
އަދިވެސް އަމިއްލަ ފައިމައްޗަށް ތެދުވެވޭ ވަރު ނުވަނީދޯ. ހިލޭ އެހީ އާ ލޯނާ ކުރީގެ ސަރުކާރުން ނަގާ ވާހަކަ ދެއްކި މީހުން މިހާރު ސަރުކާރުގަ ތިބީ. އަންނި ބުނި އެންމެ ރިސޯޓަކުން ލިބޭލާރިން މުޅި ގައުމު ހިންގާފަ ބާކީވެސް ކުރާނަމޭ. ކޮބާތަ ޓޫރިޒަމުން ލިބޭ ލާރިތައް. މިމީހުންވެސް އައިއެމްއެފާ ވޯލްޑް ބޭންކުން ނަގަނީ ލޯނު. އިންޑިއާއިން ހޯދަނީ ހިލޭ އެހީ ނަމުގައި. ދެން ގައުމު ވިއްކަނީ. މީތަ އަހަރެމެން ބޭނުންވި ބަދަލު.
ތިބާގެ އަޚާ ވިދާޅުވީ
ތާރީޚް:23/03/2010
ރަނގަޅު ވާހަކައެއް. އަބަދު އެހީ ހޯދައިގެންވެސް ނޫޅެވޭނެ. އެކަމަކު ގައުމުގެ މުޅި އިންފްރާސްޓްރަކްޗާރ ނިމޭއިރު ކުންފުނިތަކަށް 99 އަހަރަށް ކުށްޔަށްދީފަ ދެން ބާކީ އޮންނާނީ ކޮންތަނެއް. އެވާހަކަ މިބުނަނީ. ކުރާ މަސައްކަތާ ނުބައްދަލުގެ ތަންތަން ދޭތީ. އެއަށްވުރެ ރަނގަޅަށް އެކަމަށް ފައިނޭންސް ނުކުރެވެނީތޯ ސަރުކާރަށް؟؟؟
ކޮޔޮޅު ހަސަނު ވިދާޅުވީ
ތާރީޚް:23/03/2010
ހިއްކާ ބިމުގެ 17 އިންސައްތަ ދޭގޮތަށްވެސް ބިން ހިއްކުން މުހިންމީ، ނޫނީ އޮންނާނީ ނުހިއްކިފަ، ދަރަންޔަށް ފައިސާ ނަގައިގެންވެސް ހަމަ ޖެހޭނީ އެއްތާކު، 99 އަހަރުންވެސް ނުދެއްކިފަ އޮންނާނީ. 38 ހެކުޓަރ ބިމަކީ ވަރަށް ބޮޑު ސަރަހައްދެއް، 17 އިންސައްތަ އެމީހުންނަށް ދިނީމަ ހަމަ ފައިދާވާނީ ރަށު ރައްޔިތުންނަށް، އެމީހުން އެބިންކޮޅު ހިފައިގެން ނުދާނެ، ބިން އޮންނާނީ ހަމަ ކުޅުދުއްފުށީގައި..
މަށޭ ވިދާޅުވީ
ތާރީޚް:23/03/2010
ސައޫދީ ސަރުކާރުންވެސް ދީފައި ހުރީކީ މުޅިން ހިލޭ އެހީއެއްނޫނޭ، ލޯނު އެހީ، ތިބާގެ އަޚާ މެން އަދި ޅަވާނެ މިކަންކަމަށް
ތިބާގެ އަޚާ ވިދާޅުވީ
ތާރީޚް:23/03/2010
ކެޔޮޅު ހަސަނާ މަށޭ މެންގެ ވިސްނުން އަދި ރަނގަޅެއް ނޫން. ހަމައެކަނި ވިސްނަންވީކީ ކުޅުދުއްފުށީގައި ހިއްކާ ބިމަކަށް ނޫން. ހޮސްޕިޓަލް ހިންގަން އަޔަސް ހަނިމާދޫ އެއާޕޯޓް ހެދިޔަސް އަދި ދަތުރުފަތުރު ނިޒާމް ގާއިމު ކުރިޔަސް މިދެނީ 99 އަހަރަށް ފަޅުރަށްތަކާއި ބޮޑެތި ބިންތައް. ކުޅުދުއްފުށީގައި އޮތް ބިމެއް ނުގެންދެވޭނެ ކަންވެސް އެނގޭ. އެކަމަކު ބޭރު ބައެއް ގައުމުތަކުގައި މިފަދަ ގޮތްގޮތަށް ހިންގާފައިވާ މަޝްރޫޢުތަކުން ލަނޑު ލިބިފައި އެބަހުރި. އަނެއްކާ ރާއްޖެކަހަލަ ބިން ކުޑަ ޖާގަ ކުޑަ މީހުން މަދު ތަނެއްގައި މިފަދަ ގޮތްގޮތަށް އެހާ ދިގު މުއްދަތަށް ތަންތަން ދިނުމަކީ ރަނގަޅު ކަމެއްނޫން. ސަރުކާރަށް އެންމެ ފަސޭހަ ގޮތަށް މިއޮތީ ހަދާފަ. އެއެއްނޫން އަދި އެންމެ ރަނގަޅު ގޮތަކީ… ނަސީބެއްނު ހިއްކާ ބިން އެއްކޮށް ނުދިންކަންވެސް. މަތިއުތުރުން 30 ހަކަށް ރަށް މިހާރުވެސް އިންޑިޔާގެ ކުންފުންޏަކަށް ހަދިޔާ ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅެނީ. ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން އަންނަ ކުންފުންޏަށް 18000 އަކަފޫޓްގެ ބިން ދޭން ވިސްނާފަ އޮތީ. ދެން މިވަރުން އުޅޭކަށް ނުވާނެ. އަޅުގަނޑު ހަމަ ކޮމެންޓެއް ކުރާއިރަށް ތި ހާސްވަނީ ކީއްވެ؟؟ މިކަންކަމުގައި ސަރުކާރުގެ އެންމެ އެތެރޭގެ ހަބަރު ތަށް ހޯދައިގެން އެކަންކަމާމެދު ވިސްނާ އަދި ލިބިފައި ހުރި ތައުލީމާ ތަޖުރިބާގެ އަލީގައި މި ވާހަކަ ދައްކަނީ. ޅަ ވާނީ ކޮއްކޮމެން…
ކޮޔޮޅު ހަސަނު ވިދާޅުވީ
ތާރީޚް:23/03/2010
އެހެންދޯ.. ތީހަމަ ހީވާގޮތް، 99 އަހަރަށް ކުއްޔައްދިނީމަ އެތަނުގަ އެމީން ކުރާނީ ކޮންމެވެސް ކަހަލަޔަކު ވިޔަފާރިއެއް، އެކަމުން ލިބޭނެ ގެއްލުމެއް އޮތިޔާ ބުނެބަލަ! ހަމަ ހުރެން ލަޑު ލިބޭނެއޭ ކީމަކާ ނޭގޭނެ އެއްނުން..
ސާމިސޯޅި ވިދާޅުވީ
ތާރީޚް:24/03/2010
ކެޔޮޅު ޙަސަނަށް ތާޢިދު. ތިތަނުގައި އެމީހުން ހިންގާ ކަމަކުން އަހަރެމެން ރާއްޖޭގެ ބަޔަކަށް ވާޒީފާތަކެއް ލިބިގެންދާނެކަން ޔަގީން. އެހެންވީމާ މިކަން ކުރަންވީ
ތިބާގެ އަޚާ ވިދާޅުވީ
ތާރީޚް:24/03/2010
ކޮއްކޮމެންނޭ. ތިދޭ ބިމުގަ ކޮންތަނެއް އެޅޭނީ. އެމީހުންނަށް ބަނދަރު ހިއްކާ ނިމޭއިރު އެތައް މިލިއަން ޑޮލަރެއް ހަރަދުވާނެ. ދެން އެބިން އޮންނާނީ ހަމަ އޮތްގޮތަށް. ކޮންމެވެސް ޒަމާނަކުން އެތަން ހަދާފާނެ. ނޫނީ އެމީހުން ދޭނީ އެތަން ކުއްޔަށް ކުޅުދުއްފުށީގެ ރައްޔިތުންނަށް. އެއީ ބަނދަރު ހެދުމަށް ދާ ހަރަދު ރިކަވަރ ކުރަން އެމީހުންނަށް ދޭ ބިމެއް. ގަމާރު ނުވެ އަޑުއަހާބަ. މި ބުނަނީ އެންމެ ރަނގަޅު ގޮތް ބާވައޭ އެހާބޮޑު ބިމެއް 99 އަހަރަށް ބަޔަކަށް ކުއްޔަށް ދިނުން،. ނުވަތަ އެބިމުގައި ފްލެޓް އެޅުމާއި ރަށުގެ އިޖްތިމާއީ ކޮންމެވެސް ބޭނުމަކަށް އެބިން ބޭނުންކުރުންހޭ. އެ ޕުރޮޖެކްޓް ފައިނޭންސް ކުރަން ސަރުކާރުން އެ ގެންގުޅޭ ވިސްނުން ރަނގަޅުބާވައެވެ. ފުރިފައިވާ ރަށަކުން ހިއްކާ ބިމެއްގެ 17 ޕަސެންޓް އެ ހިއްކާ ފަރާތަށް ދިނުމަކީވެސް ހާދަ ބޮޑުކަމެކޭ. އަހަރެމެންގެ ދަރީންގެ ދަރީންނަށް ދާންދެންވެސް އެބިން އޮންނާނީ ފަޅު ހިއްކި މީހާގެ އަތުގަ. ލަފާ ކުރެވޭ ގޮތުން އެގޮތަށް ބަނދަރު ހަދާދެވޭނީ ކޮންމެ ވެސް ބޭރުގެ ކުންފުންޏަކުން. ދެން އެ ބޭރުގެ ކުންފުނިން އެތަނުގެ އަޅަންވީ އެމީހުން ބޭނުންތަނެއް، ބަކަރި ކޮށްޓެއް ހެދިޔަސް މައްސަލައެއް ނެތް. ސަރުކާރަކުން ވަކި ކަމެއް ކުރުމަށް ނުވަތަ ވަކި ހާއްސަ މަސައްކަތެއް ކުރުމަކަށް ނޫން އެބިން ދެނީކީ. ކޮބާ އެބަ ވިސްނޭތަ މިކިޔާއެއްޗެއް؟
ކޮޔޮޅު ހަސަނު ވިދާޅުވީ
ތާރީޚް:24/03/2010
ބަކަރި މަސް ނުބައީތަ! މަސްނުބާނާ އިރު ރަށުން ބަކަށި ލިބުނަސް ކިހާ ރަނގަޅު!
އަހަރެން ވިދާޅުވީ
ތާރީޚް:24/03/2010
ތިބާގެ އަ ޚާ ތި ބުނީ ތެދެއް. އަދި އަހަރެން ބަނޑަށް ޖައްސާނެހެން ހީވަނީ. މިހާރުވެސް އެކަމުގެ އަލާމާތްތަށް މިހާރުވެސް އެބަފެނޭ. ކީތް ކުރާނީދޯ
ކަންނެއްސޮރު ވިދާޅުވީ
ތާރީޚް:26/03/2010
99 އަހަރަށް ތަންތަން ކުއްޔަށް މިދޭ ދިނުމަކީ މަ އެހާ ހިތްހަމަ ޖެހޭ ކަމެއް ނޫން. އެހާ ދިގުމުއްދަތަށް ދޭއިރު ދިވެހި ކުންފުންޏެއްގެ ކޮންމެވެސް ޕަސެންޓެއް ބޭއްވުމަށް ޝަރުތު ކުރުން ކިހިނެތްތޯ ވާނީ. ރާއްޖެއިން ބޭރު ބައެއް ގައުމުތަކުގެ ބޭރު ބަޔަކު އިންވެސްޓް ކުރަންޏާ ލޯކަލް ކުންފުންޏެއްގެ ކޮންމެވެސް ޕަސެންޓެއް އޮތުމަށް ޝަރުތު ކުރޭ. މިސާލަކަށް ބޭރު ކުންފުނި %70 އަދި ލޯކަލް ކުންފުނި %30. އެހެންހެދީމާ ސީދާ ގޮތުގާ ކޮންމެވެސް ފައިދާއެއް ގައުމަށް ލިބޭނެ. ސަރުކާރުން ފޮރިންގ އިންވެސްޓްމަންޓްތައް ހެސްކިޔާފަ ގެންނަ އިރު މިފަދަ ގޮތަކަށް ވިސްނުން މުހިއްމު.
ޕިސްޕިސް ވިދާޅުވީ
ތާރީޚް:26/03/2010
ތިބާގެ އަޚާ މީ ހާދަ މޮޅު ބޭކަލެކޭދޯ،ކުރިއަށް ވާން ހުންނަކަންތައްވެސް އެނގޭ، މިލިއުމުގައި އެވަނީ ހަމަ ރޯބުހުތާން ދޮގެއް، އެގޮތަކަށް 99އަހަރަށް ބިމެއްދޭ ގޮތަކަށް އަދި ހަމަޖެހިފައެއްނެތް،މަ ބެލިބެލުމުން ހަމަޖެހިފައި އޮތީ އެގުރިމެންޓު ހަދާނީ ކޮންމެވެސް ކަހަލަ ހިދުމަތެއް ދޭ ތަނެއް ކޮންމެވެސް އަހަރަކަށް ހިންގަން ކުއްޔަށް ދޭގޮތަށް. ބިމެއްނޫން ދެނީއެއް.
ހަވަރު ވިދާޅުވީ
ތާރީޚް:27/03/2010
ޕިސްޕިސް އަށް އަދި ވާނުވަ ނޭގެނީ. އެއޮތީ އެ އިއުލާން އާންމު ކޮށް ޝާއިއު ކޮށްފަ. ދެން ކީކޭ ތިކިޔަނީ.
ބޯސޮރު ވިދާޅުވީ
ތާރީޚް:28/03/2010
ބަކަށިމަސް ނުބައީކީނޫން! މިހާރު ތިބޭ ކަލޭމެން ޖޯކަކަށް ހަދާފަ ތިހެން ސަމާސާ ކުރަން. ފަހުން ރޯނެ. ތިބާގެ އަހާ ދައްކާ ވާހަކަ ހަމަ ރަނގަޅު