މިދިޔަ އަހަރު ނިމެން އުޅެނިކޮށް، ގުރޭޑް ހަތެއްނިންމި ކުއްޖަކު، ޖަލާލުއްދީން ސުކޫލަށްގޮސް ކިޔަވަންވީ ކޮންސްޓްރީމެއްހޭ އަހަރެންގާތު އެހިއެވެ. އެކުއްޖާއަކީ އެންޓުރެންސް އިމްތިހާނުން ވަރަށް ރަނގަޅުނަތީޖާއެއް ހޯދި ކުއްޖެކެވެ. އަހަރެން އެހީ ކިޔަވަންބޭނުމީ ކޯޗެއްހޭ އެވެ. އެނާބުނީ ކޮމާސް ކަމަށެވެ. ކިޔަވަން ބޭނުން ދާއިރާއަކުން ކުރިއަށް ދިޔުމަށް އަހަރެންބުނީމެވެ. ފަހުންބަދަލުކުރަންޏާ، އުނދަގޫވާނެކަމަށް ބުނީމެވެ.
ދާދި އިހަށްދުވަހު އެކުއްޖާއާއި ދިމާވެގެން ‘ކޮބާ ކިޔެވުންގަނޑު ކިހިނެއްހޭ’ އަހާލުމުންބުނީ، ‘ވަރަށް ސަކަރާތްކަމަށާއި، ސުކޫލުން މަށަށް ‘ދިނީ’ ސައިންސް’ ކަމަށެވެ.
ސެކަންޑަރީ ތައުލީމު ރާއްޖޭގައި ކިޔަވައިދޭން ފެށުނީންސުރެވެސް، ކިޔަވާދެމުން އަންނަނީ ތިން ސްޓިރީމްއަށެވެ. ސައިންސް، ކޮމާސް، އަދި އާރޓްސް ސްޓްރީމްއަށެވެ. ކިޔަވާދަރިވަރުން، އެކުދިންގެ ހަޔާތުގައި އެންމެ ފުރަތަމަ ނަގަންޖެހޭ ނުވަތަ ނަގާ އެންމެ މުހިއްމު އެއް ޑިޝިޝަނަކީ ގުރޭޑު 7 ކަށްފަހު، ދެން ކުރިއަށް ދާނެ ރޮގެއް ޚިޔާރުކުރުމެވެ. މަތީ ތައުލީމުގެ ހަޔާތާއި، މަސައްކަތުގެ މައިދާނަށް ނުކުމެ، މަސައްކަތުގެ މާހައުލުވެސް ބިނާވެގެން ދާނީ އެކުދިން އެދުވަހު ޚިޔާރުކުރާ ސްޓިރީމެއްގެ މައްޗަށެވެ.
ކިޔަވާނެ ރޮނގެއް ނުވަތަ ސްޓްރީމެއް ޚިޔާރުކުރުމަކީ، ކުއްޖާއަށް ނުލާހިކު މުހިއްމުކަމަކަށް ވެފައިވީ ނަމަވެސް، ބައެއް ސުކޫލްތަކުން މިކަމުގައި ގެންގުޅެނީ ވަރަށް އެހެންކަހަލަ އުސޫލެކެވެ. ސުކޫލުގެ މަސްލަހަތު އިސްކޮށް، ކުއްޖާކުރިއަށް ދާން ބޭނުން ނުވާދާއިރާއަކަށް، ކުއްޖާވެއްދުމަށް ނުސީދާގޮތަކަށް ނަމަވެސް ބައެއް ސުކޫލްތަކުން މަސައްކަތްކުރެވެ. މިކަމުގައި ކުޅުދުއްފުށީގައި ހުރި ހަމައެކަނި ސެކަންޑަރީ ސްކޫލްކަމުގައިވާ، ޖަލާލުއްދީން ސުކޫލްވެސް މިހާރަކަށް އައިސްދަނީ ހިމެނެމުންނެވެ.
މިދިޔަ އަހަރު ގުރޭޑް 7 ނިންމާ، ފަހު އިމްތިހާނުހެދި، ކުޅުދުއްފުށީގެ ޕްރައިމަރީ ދެސުކޫލުގެ ކުދިންގެ ތެރިން ސައިންސް ސްޓްރީމަށް ނަގާފައިވަނީ އެންމެ މޮޅެތިކުދިން ސީޑްކޮށް ތަރުތީބުންނެވެ. އަދި ކޮމާސް ސްޓީރަމަށް ނިސްބަތުން އެއާއި ޖެހިގެންތިބި ކުދިންނެވެ. ނޭނގޭމީހަކު ބުނާނީ، ހުރިހާ މޮޅެތިކުދިން ކިޔަވަން ބޭނުންވީ ސައިންސުކަމުގައެވެ. ނަމަވެސް، ހަޤީޤަތަކީ، ސައިންސްގެ މާއްދާތަކަކީ، އޭގެ ވަރަށްބޮޑުބައެއް ފޮތާއި އެކިއެކި ތިއަރީތަކާއި ފޯމިއުލާތަކަށް ބިނާވެފައިވާ މާއްދާތަކަކަށް ވުމުގެ ސަބަބުން، އެމާއްދާތަކުން ކުދިން މާއްދާތަކުން ހޯދާ ނަތީޖާރަނގަޅުވުމެވެ. އެހެންގޮތަކަށް ބުނާނަމަ، ސުކޫލުގެ ނަތީޖާވެސް ރަނގަޅުވުމެވެ. ސުކޫލުން ހޯދާ އޭ ގުރޭޑުތައް ގިނަވުމެވެ. އޭގެބަދަލުގައި ކޮމާސް އަދި އާރޓްސް ސްޓްރީމަކީ، ހާއްސަކޮށް ކޮމާސް އަދި އިކޮނޮމިކްސް އަކީ ބޮޑަށް ލިޔުންތެރިކަމުގެ ހުނަރަށް ބިނާވެފައިވާ މާއްދާތަކަށް ވާއިރު، ގިނަކުދިންނަށް އެމާއްދާތަކުން ރަނގަޅު ނަތީޖާހޯދަން އުނދަގޫވުމެވެ. ނިސްބަތުން ދަށްކުދިންނަށް އެސްޓްރީމްތައް ދިނުމުން ނަތީޖާދާނީ ބޮއްސުންލައިގެންނެވެ. ހަގީގަތަކީ ގިނަކުދިންނަށް ރަނގަޅު ނަތީޖާ ހޯދަން އުނދަގޫވިޔަސް، އެކުދިންގެ ހިތުގައި މާއްދާތަކަށް އޮންނަ ޝައުގުވެރިކަން ކުޑަ ނޫންކަމެވެ.
މިއީ ފަހަރެއްގައިވެސް، ސްޓްރީމްތަކުގެ ތަފާތުކުރުން އަންނަންވީ ސަބަބެއްކަމުގައި އަހަރެންނުދެކެމެވެ. ނިސްބަތުން މޮޅެތިކުދިންނަށްވެސް، އެކުދިން ކުރިއަށްދާން ބޭނުންވާ ރޮނގަކުން ކުރިއަށް ދިޔުމަށް ފުރުސަތުދޭން ޖެހޭނެއެވެ. ސުކޫލަށް ލިބޭނެ، އޭ ގުރޭޑްތަކަކަށްޓަކައި ކޮމާސްކިޔަވަންބޭނުންވާ ކުދިންގެ ހުވަފެންތައް ގުރުބާންވިޔަދީގެން ނުވާނެއެވެ.
މިއީ އަހަރެން ޖަލާލުއްދީން ސުކޫލުންކިޔެވި އިރު މިކަން އޮތްގޮތެއްނޫނެވެ. މިވާގޮތެއް އޮޅުން ފިލުވުމަށް ޖަލާލުއްދީން ސްކޫލުން ބަހެއްލިބޭތޯ ބެލީމެވެ. ސްކޫލަށް ގުޅާ ތަންކޮޅެއް ސީނިއާރ މީހަކާއި ވާހަކަދައްކާލީމެވެ. އެބޭފުޅާ ވިދާޅުވީ ސްކޫލަށްވަންނަ ކުދިންނަށް ސްޓްރީމްތައް ދެނީ ކަނޑައެޅިފައިވާ ވަކި އުސޫލަކުން ކަމަށެވެ. އަދި ސްޓްރީމެއް ޚިޔާރުކުރުމަށް އެކުދިންނަށް އެއްފުރުސަތަށްވުރެ ގިނައިންދޭކަމަށެވެ. އަދި ކުދިންބޭނުންވާ ތަރުތީބުން އެކުދިންނަށް ސްޓްރީމްތައް ދިނުމަށް އިސްކަންދެވޭކަމަށެވެ. ނަމަވެސް، ވިދާޅުވީ ކުދިންބޭނުންނުވާ ސްޓްރީމްތައް ކުދިންނަށް ނުލިބުމުގައި ‘އެހެނިހެން’ ކަންކަމުގެ ނަތީޖާއަށް ބެލޭކަމުގައެވެ.
ކަންތައްތައް ކޮންމެގޮތަކަށްހުރި ނަމަވެސް، ހަގީގަތަކީ މިއަހަރުވެސް ކޮމާސް ސްޓްރީމް ދީފައިވާ ކުދިންގެ ނަތީޖާ ސައިންސުކުދިންނަށްވުރެ ނިސްބަތުން މާބޮޑަށްވެސް ދަށްކަމެވެ. ސްކޫލުންބަލާ އެހެނިހެން ކަންކަމާއިމެދު ސުވާލު އުފެދެއެވެ. ސްޓްރީމްތަކަށް ކުދިންނަށް ހަމަހަމަ ފުރުސަތުތަކެއް ދިނުމަށް ސްކޫލްބޯޑުގެ ފަރާތުން އަހަރެންއެދެމެވެ. ކުދިންނަށް ހެޔޮއެދޭ ފަރާތެއްގެ ގޮތުންނާއި، މުސްކުޅިދަރިވަރެއްގެ ހައިސިއްޔަތުންނެވެ. }{

ދޮންމަނިކު ވިދާޅުވީ
ތާރީޚް:28/03/2010
އެންޓްރެންސް ނަތީޖާ ރަގަޅު ކުދިންނަށް އެކުދިންގެ ފަސްޓް ޗޮއިސް ދެނީ…އެގޮތަށް މޮޅެތި ކުދިންނަށް އެބަތިބި ހަމަ ކޮމާސް ސްޓްރީމް ދީފައި…ދެން މިދހިޔަ އަހަރުގެ ނަތީޖާގައި، ކޮމާސް އެންމެ މޮޅު ކުއްޖާވެސް ދަށް ވެފައިވަނީ ސްކޫލު ދުވަސްވަރު އޭނާއަށް މަޝްއޫލުވެގެން އުޅެވުނު އެހެން ކަމެއްގެ ސަބްބުން…އެހެންވީމާ..މި ރިޕޯޓްގެ ގިނަ ވާހަކަތައް ގަބޫލެއް ނުކުރެވޭ…
ކުޑަ ހަސަންބޭބެ ދޮންމަނިކު ވިދާޅުވީ
ތާރީޚް:28/03/2010
ޖަލާލުއްދީންގަ ކޮމާސްޓްރީމަށް މެނޭޖްމަންޓުންދޭ ސަމާލްކަން ވަރަށް ކުޑަކަން ފާހަގަ ކުރެވޭ، މިސާލެއްގެ ގޮތުން ވަރަށް ފެންވަރުދަށް ޓީޗަރުން ކިޔަވައިދޭން އުޅޭ ކޮމާސްޓްރީމަށް، މުރަލީމެން ސުރޭސް ބާބޫމެން ކިޔަވައިދޭ ގޮތުން ކުދިންނަކަށް ނޭގޭ އެއްވެސް އެއްޗެއް(މުރަލީމެން ސުރޭސް ބާބޫމެން ކިޔަވާދޭތަން ލޮލުން ދެކެ އަތުން ހިފާފަ މިބުނީ)، މިކަމާ މެނޭޖްމަންޓުން އަޅައިވެސް ނުލާތާ ބެލެނިވެރިން އެމީހުން މިރަށުން ފޮނުވާލާކަށް މެނޭޖްމަންޓަށް ޕުރެޝަރެއް ވެސް ނުކުރޭ
isse ވިދާޅުވީ
ތާރީޚް:28/03/2010
ހަސަން އަލީމެން ތިބީ މިކަން ރަގަޅުކުރަންވެސް، އެކަމު ފާޑުފާޑުގެ ލިޔުން ތިލިޔަނީ މިކަންތައް ހައްލުކުރުމުގެ ބަދަލުގައި
ރަށު ގަމާރު ވިދާޅުވީ
ތާރީޚް:28/03/2010
ރަށު ސްކޫލާއި ސްކޫލް ބޯޑުން މިވަގުތު އެންމެ އިސްކަމެއް ދޭންވީ ފެންވަރު ރަނގަޅު ޓީޗަރުން ހޯދުމަށް. އަޅުގަނޑުވެސް ޖަލާލުއްދީނުން ކިޔެވިން. އެއަށްފަހު މާލެއަށް އައިސް ކިޔެވިން، އެންމެ ބޮޑު ތަފާތަކޫ ޓީޗަރުންގެ ފެންވަރުގެ ތަފާތު. އެހެން ހުރިހާ ކަމެއްވެސް ޖަލާލުއްދީން ގައި ރަނގަޅު. ޓީޗަރުންގެ ފެންވަރު ރަނގަޅު ވުމަކީ މުޅި ސްކޫލުގެ ފެންވަރު ރަނގަޅުވުން. އިތުރު ހަރަކާތްތަކާއި ކިޔެވުމުގެ ބޭރުން ސްކޫލުގެ ގިނަ ހަރަކާތްތަކެއްގައި ވެސް ކުރި އެރުން ލިބޭނީ އެހެން ހަދައިގެން.
މިފަދަ ލިޔުންތަކަށް ހޮޅުއަށީގައި ދައްކާ ކަހަލަ ވާހަކަ ނުދެއްކެވުން އެދެން. އެފަދަ ކޮމެންޓެއް އިންނަމަ އެޑްމިން އިން އެފުހެލުމަށްވެސް ދަންނަވަން.
hehvaa ވިދާޅުވީ
ތާރީޚް:29/03/2010
އޭ ބުނަންތަ، ޖަލާލުއްދީން ރަނގަޅެއް ނުވާނެ އެތާގެ މެނޭޖްމެންޓް ބަދަލް ނުކޮށޑެއް
ފަހުޒަމާން ވިދާޅުވީ
ތާރީޚް:03/04/2010
މެނޭޖްމަންޓް އެކަންޏެއްނޫން އެއްކޮށް ޕްރަވަޓައިޒްކޮށްލާ އަހަރެމެންގެ ރީދޫކުލައިގެ ކުދިންކޮޅެއް އެތަނަށް ނުލަނީހެއް ލާހިކެއްނޫން އެތަން ރަގަޅުކުރާކަށް ނޫކުލަ މުޅިން ދުއްވާލަންވީ… މިއީ ހަމަ އޮތްގޮތަކީ އެހެންނޫންތަ؟ ފޯމްކޮޅެއް ހިފައިގެން ރޭސްޖަހަން ނުކުން ނަންވީހެން ހީވަނީ؟ ސައިޓެމެންވެސް ކުރިން މިކަން ކޮށްލާފައި އޮތްނަމަ ކިހާ ސަޅިވީސް ހަސަން އަލީމެންވެސް ކުލަބަދަކޮށްލާ ގިރިޓީ ކޮށްލަންވީނުން.ދޯ