މަޖިލީސް މެންބަރުންގެ ވާހަކަޔަކީ ދައްކައި ކޮޅުންލާން އޮތް ވާހަކައެއް ނޫނެވެ. މަޖިލީހުން މިފެންނަނީ، ރައްޔިތުންނަށް މިވަގުތަށް ވަރަށް މުހިންމު ބިލްތަކެއް މަޖިލީސް ތެރޭ ފުނިޖެހިފައިވާއިރުވެސް، މާބޮޑު މަސައްކަތެއް ނުމެކޮށް، މަސައްކަތް ކުރެވޭކަން ދައްކަން މެންބަރުން މަސައްކަތްކުރާތަނެވެ. ދެން މިފެންނަނީ، ފޮށުމާއި، މާރާމާރީ ހިންގާތަނެވެ.
މަޖިލީސް މެންބަރުން ބޭކާރު ކޮށްލާ ކޮންމެ ދުވަހަކީ، ރައްޔިތުންގެ އަތުން ފެލާލާ އެތައްހާސް ރުފިޔާއެކެވެ. މެންބަރުންނަށް ބަލާއިރު ފެންނަނީ ގާނޫނު ހަދާ މަޖިލީހަކަށް ހަމައެއްގޮތަކަށްވެސް ތަސައްރަފު ނުފުދޭ ބަޔެކެވެ. ގިނަ މެންބަރުންގެ ބަސްމަގާއި އަޚްލާޤާއި ވިސްނުންވެސް ގާނޫން ހަދާމަޖިލީހެއްގައި ތިބުމަކަށް އެކަށީގެނެއް ނުވެއެވެ.
ނިކަން ވިސްނާލާށެވެ.
އަންހެނުންނާއިމެދު ކުރެވޭ ތަފާތުތައް ނައްތާލުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާގައި ރާއްޖެވަނީ ސޮއިކޮށްފައެވެ. ބޭރު ގައުމުތަކާއި އ.ދ.ގެ ފާޑުކިޔުންތަކާއި ހެދި، މި އަހަރުތެރޭ މިބުނި މުޢާހަދާވަނީ އޮތް ގޮތަށް އަކުރުން އަކުރަށް ދިވެހި ދައުލަތް ބަލައިގެންފައެވެ.
ރާއްޖޭގައި ކޮށްފައިވާ ސާވޭއެއްގައި ދައްކާ ގޮތުން، ދިވެހި އަންހެނުންގެ ބޮޑު ޕަސެންޓަކީ އުމުރުން ސާޅީސް ފަސް އަހަރު ވުމުގެ ކުރީން ކޮންމެވެސް އަނިޔާއެއް ފިރިހެނުންގެ ފަރާތުން ލިބިފައިވާ މީހުންނެވެ. މަސައްކަތުގެ މާހައުލުގައި، ތަފާތުގޮތްގޮތަށް އަންހެނުންނާއި ފޮށުމަކީ ރާއްޖޭގައި އާންމުކަމެއް ކަމަށްވެއެވެ.
އަންހެނުންނާއި ފޮށުމުގައި އެންމެކުރީގައި އޮތް އެއްތަނަކީ ރައްޔިތުންގެ މަޖިލީސްކަމަށްވެއެވެ. މަޖިލީސް ގޯތިތެރޭ ކުޑަ ދަށުގަޔާއި، ސައިކޮޓަރީގައި، ކަނބަލުންނާއި ފޮށުމަކީ ހިނގާކަމެއް ކަން އެނގެނީ، ސީދާ ރައީސުލްޖުމްހޫރިއްޔާ، އެކަމަށް އިޝާރަތްކޮށް އެމަނިކުފާނު ދެއްވާ ރޭޑިޔޯ ޚިޠާބުގައި އެވާހަކަފުޅު ދެއްކެވީމައެވެ.
ރައީސްލްޖުމްހޫރިއްޔާއަށް ދައުލަތުގެ ގާނޫނުތައް ހަދަންތިބޭ ބަޔަކަށް، ފުރާއުމުރުގެ ކުދިބަޔަކަށް ނަސޭހަތްދޭގޮތަށް، ނަސޭހަތްދޭންޖެހުން އެއީ ބޮޑު ލަދެކެވެ.
ނިކަންވިސްނާލާށެވެ.
ވަރަށް ފަހުން، ވެރިކަންކުރާ ރަށްރަށް ބަދަލުކުރުމާ ބެހޭ ބިލެއް ހުށަހަޅާ، ބަހުސްކުރެވުނުއިރު، ހއ. ބާރަށު ދާއިރާގެ މެންބަރު ބުނީ ބާރަށުގައި ރީތި އަންހެންކުދިން މަދު ނުވާނެކަމަށެވެ. މަޠުލަބަކީ، ބާރަށަކީ އަތޮޅުވެރިކަން ބަދަލުކުރަން އެކަށީގެންވާ ރަށެކެވެ.
މަޖިލީސް މެންބަރުންގެ ވިސްނުންހުރި ފެންވަރަކީ މިއެވެ. އެމީހުންގެ ޝަހުވަތްހުރިގޮތަކީ މިއެވެ. އަންހެނުންނާއި ދޭތެރޭ މިދެކެނީ، އެއީ ސެކްސް އޮބްޖެކްޓެއްގެ ގޮތުގައެވެ. އިންސާނެއްގެ ގޮތުގައެއް ނޫނެވެ.
ގާނޫނު ހަދަން ތިބި މީހުންގެ ވިސްނުން އަންހެނުންނާއިމެދު މިހެން ހުރީތީ ވިސްނާކަށް މަޖުބޫރެއް ނުވޭހެއްޔެވެ؟

ތުއްތުނާ ވިދާޅުވީ
ތާރީޚް:28/03/2010
އެހެން ތެދެއް ތި ކިޔަނީ ރީތި އަންހެންކުދިންނެއް ވެސް ނޫން، ފައްކާ މަރުމޯލުން، އެޔަށް ވުރެ މޯލުކަން އަދި ގަދައީ އެ ހުރިހާ ލާރިއެއް އެމީހުން އަތަށްދީގެން މިތިބޭ އަހަރެމެން ރައްޔިތުން، ކުރާ ހަމަ އެއްކަމެއް އޮންނަނީއެއް ނޫން، އަންހެނުންގެ ހައްގޭ ކިޔައިން އަނގަހުޅުވޭނެތަ އެ މީހުންނަށް ޢާންމުކޮށް ހުރިހާ ރައްޔިތުންގެ ހައްގަށް ހަރާންކޯރުވާ ބަޔަކަށް،
ސާދަ ފަނަރަ ވިދާޅުވީ
ތާރީޚް:28/03/2010
މައިޒާނާ އެއީ ލިޔުންތެރިޔާގެ ނަންތަ؟ ކުއްޖާ ބުނީކަށް މި ލިޔުން ނިކަން ލައިބަލަ ޕީއެމްތަކަށާ، ފޭއްސިބުކަށާ ދެން އެނޫންވެސް މުނާފިގު ޑޯޓްކޮމް ކަހަލަ ތަންތަނަށް.. މި ނިކަން ކަމުދާ ލިޔުމެކޭ…
ސިފައިންގެ ގޮލާ ވިދާޅުވީ
ތާރީޚް:28/03/2010
މާރާމާރީތައް ހުއްޓުވަން އުޅެނިކޮށް މަޖިލީހު ބިންގަރާސް ތެރޭން ރަންނަމާރީތަކެއް ނުކުތީ…..ތިޔަބުނާހެން މި ނިކަން ފައްކާ ލިޔުމެއް.
ރަށު ގަމާރު ވިދާޅުވީ
ތާރީޚް:28/03/2010
ވަރަށް ވަރަށް ވަރަށް ރަނގަޅު ލިޔުމެއް.
އަރުޝަދު ވިދާޅުވީ
ތާރީޚް:28/03/2010
މި ލިޔުމުގެ ސްޓައިލް ވަރަށް ކަމުދޭ. މާ ބޮޑަށް ކަން ކަން އިސްލާހު ކުރަން އުޅޭ ފާޑަކަށް ނޫން މިލިޔުން މިއޮތީ އެއް. ވަރަށް ބަލައިގަނެވޭ އެހެންވީމަ. ލިޔުމެއް ލިޔަންޏާ ލިޔުން އެންމެ ރަނގަޅީ މިގޮތަށް. ފަހަރެއްގައިވެސް ކަން ކަން ހަމަ މަގުން އަޅުވާ، މާ ބޮޑަށް ޒިންމާދާރުވެގެން، މާ ގައުމީ ދިވެހި ދަރި އަކަށް ވެގެން އުޅޭ އެއްޗެއް ނޫން. ގައުމުގަ މިހިނގާ އެއްވެސް ކަމަކަށް އަހަރެމެންނަށް ކުރެވޭނީ ކީއް ؟ އެންމެންވެސް ދައްކަނީ މި މީހުންގެ ގޯސް ވާހަކަ. ކޮންތާކުން ބާ ސިޔާސީ މަގާމުތަކުގައި މިތިބަ މީހުން އެމަގާމުތަކަށް އައީ؟ އެމީހުން އުޑަކުން ނުފައިބާ. ދެން ކޮބައިބާ ތެދުވެރި “އަމާނަތްތެރި” ދިވެހި “ދަރިންތައް”؟ މި މަގާމުތަކުގައި މިތިބަ މީހުނަކީ ސައްތައިން ސައްތަ ދިވެހިން ހޮވާފައި ތިބި ސައްތައިން ސައްތަ ދިވެހިން. މިއީ އެއް ނޫންތަ އަހަރެމެންނަށް ގައުމަށްޓަކައި ކޮށްދެވޭނެ އެންމެ ބޮޑު ވަރަކީ؟ މިޔަށްވުރެ ބޮޑުވަރެއް ކޮށްދެވޭނެތަ؟
މަހާނަމަތި ވިދާޅުވީ
ތާރީޚް:29/03/2010
ލާރިއެއް ނުދިނަކަސް އެމީހުން އެޖަހާ ސަކަ ޖަހައިދީފާނަން އަހަރެމެން ކުދިންކޮޅެއް ވެސް، އެހެންޏާ ދެން ފުކެއް ބޮޑުވަރޭނު، މި ބައިވަރު ތަހުޒީބުވާނީ ކޮން އިރަކުންބާވައޭ މަހިތާ، އޭރުވެސް މަހިތަށް އެރިޔާ މި މަޖިލީހު މެންބަރުންގެ ސަރުތުތައް އަދި ކަމަކު ނުދެޔޭ، ދުނިޔޭގަ ބަޔަކު ކަމެއް ކުރިއްޔާ އެކަމެއް ކުރަންވާނެ، ބަޔަކު ކޮޕީކުރިއްޔާ އެމީހުން ކުރާ ނުބައިކަންތަކަށް ދާންދެން ކުރަންވާނެ، ބުއްދިވެރިންގެ ގޮނޑިތަކަށް ބުއްބޯވަރު ކުދިން އރީމަ ވާނީ ވެސް މިހެން، މި އުޅެފެންނަ ދޮން އައްޔަކަށް ވެސް ނުކެރުނިއްޔާ ކުރިމަތިލާކަށް، ނާދޯ ކުރިމަތި ލިޔަސް ވެސް ހޮވޭނީ….ދެން ނޭގެ މަށަކަށް
ކުލަބޮކި ފަތި (އަސްލު ނަމެއް ނޫން) ވިދާޅުވީ
ތާރީޚް:29/03/2010
އެންމެ ފަހުން ތިޔޮއްކުރި ސުވާލެއްދޯ އެކަމު ލިޔުންތެރިޔާ، ވިސްނާކަށް މަޖުބޫރެއް ނުވޭހޯ، ވިސްނަން މަޖުބޫރު އެކަމަކު ކުރާނީ ކީއްތަ؟؟؟؟؟؟ އަންހެނުންނާ ފޮށުމެއް ނުހުއްޓޭނެ އަންހެނުންނާ ފިރިހެނުން ދުނިޔޭގައި އުޅޭހާތައް ދުވަހަކު، އެކަމަކު މަޖިލީހުގެ ޢިއްޒަތްތެރި އަންހެން ބޭފުޅުންނަށް ފިރިހެން ބޭފުޅުން ފޮއްޓަވަނީއޭތޯ، އެހެންވިޔަސް އެއީ ޢިއްޒަތްތެރި މެންބަރުން، މީގަ ތަހުޒީބުވުމަކީ ކޯޓެއްލައިފަ ކަރަށް މަޅިގަނޑެއް މަހާލުމޭ…..އާ އެހެންނާ ޔޫރަޕުގެ ގައުމެއްގަ ތިޔަ ފަދަ ކަމެއް ހިނގި ނަމަ ތިޔަ ކަންތައް ވެސް ހާދަ ބޮޑު އިޝޫއަކަށް ވީހޭ އައްސު، ބަޔަކު ކިބައިން ކަމެއް ގެނަސްޔަސް ގެންނަވްނީ އޭގެ އެކަތިފުށް ވިއްޔާ ދޯ، މިއޮތީ ޑިމޮރްސީ އައިއްސަ، މަޖިލީސްކުރާ ގެ ތަޅާލާފަ އެތާ އަޅަންވީ ރެސްލިން ރިންގެއް
މުޙައްމަދު ވިދާޅުވީ
ތާރީޚް:29/03/2010
މިހެންމިކަންމިދިމާވަނީ އެމީހަކަށްކަޑައެޅިފައިވާ ސަރަހައްދުން ބޭރުވެވޭތިވީމަ. އަދި އަންގަވާފައިވާ ގޮތައްނޫޅޭތިވީމަ. އިލާހީ ގާނޫނުގައިވާ އެއްވެސްކަމަކުން ބޭރުވެވިއްޖެނަމަ އިޖްތިމާއީ ގޮތުން ސީދާކޮންނާއި ނުސީދާގޮތުން މައްސަލަތައް ދިމާވުމަކީ ނުވެނުދާނެކަމެއް. މިކަމުން އަހުރަމެންނަ ގޮތްކިޔޭވަރުކަމެއްނޫން.
އަރުޝަދު ވިދާޅުވީ
ތާރީޚް:29/03/2010
ރާއްޖޭގައި އެބަ އޮތް ޕާޓީއާއި ޖަމިއްޔާތަކާއި މިކަހަލަ އަމިއްލަ އެދުމުން ފުރިފައި ތިބޭ މީހުން ކުރާ ހުރިހާ ކަމެއް ކުރެވޭނެހާ ބޭރުމީހުން. އެއިން އެއްވެސް މީހަކު މިއިން އެއްވެސް ކަމަކަށް ވޯޓެއް ނުލައި. ހަމަ ސާފު ތާހިރު ދިވެހިން ވޯޓް ލީ. މިއީ ގައުމެއްގެ ސަރުކާރަކުން ރައްޔިތުންނަށް ކޮށްދެވޭނެ އަދި ރައްޔިތުންނަށް ސަރުކާރަށް ކޮށްދެވޭނެ އެންމެ ބޮޑު ވަރަކީވެސް. އިނގިރޭސިން ބުނާހެން “ގާބެޖް އިން. ގާބެޖް އައުޓް” މިއީ އަހަރެމެންގެ ސިސްޓަމް ވެސް ޕްރޮޑިއުސް ކުރާ އެއްޗަކީ. އެހެންވީމަ ލިބުނު އެއްޗެއްސަށް ޝުކުރު ކޮށްލައިން މިކަހަލަ ސަޅި މަޖާ ވާހަކަތައް ލިޔެފައި ހުންނަ އާޓިކަލް ތައް ކިޔައިލައިން ހިމޭނުން ތިބޭ މާ ބޮޑަށް އަނގަ ނުތަޅަ. މަގު މައްޗަށް ނުކުމެ ހަޅޭ ނުލަވަ.
ޢަލީ ހާޝިމް ވިދާޅުވީ
ތާރީޚް:30/03/2010
ދުނިޔޭގައި އިންސާނުން އުޅޭ ހާ ދުވަހަކު ރީތި އަންހެން ކުދިންގެ ވާހަކަ ދައްކާނެ. އެއީ ޝައްކެއް ވަހުމެއް ނެތް ކަމެއް. އެކަން ނުވެސް ހުއްޓޭނެ. އޭގެ ބަދަލުގައި ޕްރޮމޯޓްކުރަންވީ، އެކުދިންގެ ޙައްޤުތައް އެކުދިން ދެނެގަތުމާއި، އެކުދިން އެކިއެކި މައިދާންތަކުގައި ފުންނާބު އުސްވުމުގެ މުހިންމު ކަމުގެ ވާހަކަ. އެެހެންނަމަވެސް އަދި ވެސް ޤައުމުން މި ފެންނަނީ، އެކުދިން ނިވާކޮށް، ފަރުދާކޮށް، ޖާހިލިއްޔަ ޒަމާނުގެ ޙާލަތަށް ގެންދާތަން. އެހެން ހަދަން ފުރުސަތު ދީގެން ނުވާނެ. އަޅުގަނޑު ހިތުން، ކޮންމެ މީހަކީ ވެސް ފާޑުކިޔުމާ ކުރިމަތިލާން ކެރޭ، އެއަޒުމާ ކެރުން ހުންނަ މީހަކަށް ވާންޖެހޭނެ. އަޅުގަނޑުގެ ނަޒަރުގައި، އަންހެން ކުދިންގެ ވާހަކަ އެގޮތަށް ދެއްކުމަކީ ޚުދު އަންހެން ކުދިން ވެސް މިހާރު ދެކޭ ގޮތުގައި މާބޮޑު ކަމެއް ނޫން. ދެން އޮތީ އެކުދިން ސެކްސް އޮބްޖެކްޓެއްގެ ގޮތުގައި ބަލާ ވާހަކަ. އެއީ އިންސާނީ ފިތުރަތު. އެކަމެއް ބަދަލެއް ނުކުރެވޭނެ. އަޅުގަނޑުމެން ތަހުޒީބުވާންވީ، އެކަންކަން ބަލައިގަނެވޭ މިންވަރަށް. އަޅުގަނޑުމެންގެ ސިކުނޑި ތަނަވަސްވާންވީ އެޒާތުގެ ކަންކަމަށް ވުރެ އުފެއްދުންތެރިކަމާއި، މަސައްކަތްތެރިކަމާއި، އިލްމާއި ތަރައްޤީއާއި، ދުނިޔަވީ ކުރިއެރުންތަކަށް. އެއްގޮތަކަށް ވެސް އެގޮތަށް ގްރޭޑް 2 ގެ ކުދިން އުޅޭހެން އުޅުމަކީ ތަހުޒީބީ މުޖުތަމަޢުގައި އުޅެން ވަރިހަމަވާ ކަމެއް ނޫން.
އަރުޝަދު ވިދާޅުވީ
ތާރީޚް:30/03/2010
އަޅުގަނޑު ހިތުން ފުރުސަތު ލިބެންޖެހޭނެ އެމީހުން ހެދުން ލާނެ ގޮތަކަށް ލާން. އެއީ ކުރު ހެދުމަކަސް ދިގު ހެދުމަކަސް އަޅުގަނޑުމެނާއި ބެހޭނެ ކަމެއް ނޫން. ނަމަވެސް ގަބޫލު ކުރަން ޖެހޭ ހަގީގަތެއް އޮވޭ، ވިކިޕީޑިއާގައި ރޭޕް ސްޓޭޓިސްޓިކް ޖަހާލީމަ، އިސްލާމީ ގައުމުތައް އޮންނަނީ ވަރަށް ފަހަތުގައި. ހުޅަނގާއި ބަލާފައި ހަމަ ސުމެއް މި ރޮނގުގައި އިސްލާމީ ދުނިޔެ. ބައެއް ރޭޕިސްޓުން ބުނާ ކަމަށް ވޭ “އަހަރެމެން ކީއްހޭ ކުރާނީ، އެމީހުން ކުރު ހެދުން ލައިގެން މަގުމަތީގައި ހިނގައިގެން ނުވާނޭނުންހޭ”.
ޢަލީ ހާޝިމް ވިދާޅުވީ
ތާރީޚް:30/03/2010
އަރުޝަދަށް.
1. ވިކިޕީޑިއާއަކީ އެއަށް އެކަޑެމިކް ސްޓެޓިސްޓިކަށާއި، ދިރާސާއަށް ބަރޯސާވުން ހެޔޮ ނުވާ، އަދި ބައެއް ޔުނިވަރސިޓީތަކުން މަނާވެސް ކުރާ ސައިޓެއް. އެއީ، އެ ސައިޓަކީ އެއްވެސް ތަޢުލީމީ، ނުވަތަ އެނޫން ވެސް އިތުބާރު ހުރި ތަނަކުން ޞައްޙަ ނުކުރާ، ކޮންމެ މީހަކަށް ވެސް އަމިއްލައަށް ބަދަލުކުރެވޭ ކަހަލަ ސައިިޓަކަށްވާތީ. އެހެންވީމާ، ޞައްޙަ ދިރާސާއަކަށް އެސައިޓަށް ރިފަރެންސް ދިނުމަކީ ވަރަށް ދަށް ފެންވަރުގެ ކަމެއް.
2. ދެން އޮތީ އިސްލާމީ ޤައުމުތަކުގައި ރޭޕް ސްޓެޓިސްޓިކްސްގެ ވާހަކަ. އިސްލާމީ ޤައުމުތަކާއި ގިނަ މެދު އިރުމަތީގެ ގައުމުތަކަކީ އެޒާތުގެ ތަފާސް ހިސާބު ނަގާ ގައުމުތަކެއް ވެސް ނޫން. ވަކިން ޚާއްޞަކޮށް އެތަންތަނުގައި އަންހެނުންނަކީ ފޮރުވައިގެން، ޙައްޤުތައް ފުރިހަމައަށް ނުދީ، އަދި އަންހެނުންނަށް އަނގައިން ބުނުމާއި، ވޯޓުލުމުގެ ޙައްޤުވެސް ނޯންނަ ޤައުމުތައް. އެހެންކަމުން، އެތަންތަނުގައި ރޭޕް މަދުކަމަށް ދަށްކަނީ، އެކަންކަން ރިޕޯޓް ނުކުރެވޭތީ. އެނގިވަޑައިގަންނަވާނެ، ކުރީގައި ރާއްޖޭގައި ވެސް ކުޑަކުދިންނާ ބަދު އަޚްލާޤީ ޢަމަލު ހިންގައޭ. އެހެންނަމަވެސް، ބައްލަވާ ލައްވާ 1990 ގެ ކުރީ ކޮޅުގެ ތަފާސް ހިސާބުތައް. ނޯންނާނެ މާ ސީރިއަސް ކަމެއްގެ ގޮތުގައި އެކަމެއް. އެހެންނަމަވެސް، މިހާރު އެމައްސަލަ ގިނަ ކަމަށް މި ފެންނަނީ، ރިޕޯޓްކުރެވޭނެ ނިޒާމެއް އޮތީމާ. ޔޫރަޕްގައި ވަނީ އެހެން. އެތަންތަނުގައި ހޭލުންތެރިކަމާ މިނިވަންކަން އޮންނާތީ އެފަދަ ކަންކަން ރިޕޯޓްކުރެވޭ. އެހެންނަމަވެސް، ޕާކިސްތާނާއި މެދު އިރުމަތީގެ ގައުމުތަކުގައި ރިޕޯޓްކުރާ އަންހެން މީހާއަށް ރޭޕް ކޭސްގެ ކުރިން އަންނަނީ ޒިނޭގެ ހުކުމް. އެހެންވީމާ މީހުން ޖެހިލުންވޭ. އެއީ ސަބަބަކީ.
މި ދެ ނުކުތާ ފާހަގަކޮށްލީ އިނގޭތޯ.
އަރުޝަދު ވިދާޅުވީ
ތާރީޚް:31/03/2010
ތިޔައީ ހަޤީޤަތެއް ކަމަށް ޤަބޫލު ކުރެވޭ. އަރަބި ގައުމުތަކުގެ ހާލަތު އޮތީ ތިހެން ކަމަށް ބުނެވޭ. އެކަމަކު އެހެނޭ ކިޔާފައި ފެންނަށް ނެތް ކަމެއްގެ މައްޗަށް ގޮތެއް ނުނިންމޭނެ. މިސާލަކަށް ވޯލްޑް ޓް…. ގޮއްވާލީ ބިންލާދިން އެއް ނޫނޭ ކިޔައިން ވާހަކަ ދެއްކުން އެއީ މޮޔަކަމެއް. ކަމުގެ ބޭރުފުށަށް ފެންނަ ގޮތަށް ހަގީގަތް ނޭނގޭ ކަންތަކުގައި ނިންމޭނީ. އަންހެނުންނަށް ކަންތައް ކުރަނީ އިސްލާމް ދީން އަޔަސް، އެމީހުންގެ ޖާހިލު ޒަމާނުގައި ކަށީގައި ހިފާފައިވާ ގޮތަށް. ލޮޖިކުން ބަލައިފިނަމަވެސް ހުޅަނގު އެބައިގައި ކުރީގައި އުޅޭނެ ކަމަށް ބެލެވެނީ. ހުޅަނގުގައި ޕްރޮސްޓިޓިއުޓުން 24 ގަޑި އިރު މަގުމަތީގައި ހިދްމަތްދޭ. ކޮފީ ޝޮޕްތަކުގައި ގަންޖާ ލިބެން ހުރޭ. ސައުތު އެމެރިކާ އަށް ބަލާލަމާ، އެއީ “ސެކްސް” “ޑްރަގް” އެންޑް “ވައޮލެންސް” އަށް އެންމެ މަޝްހޫރު ހިސާބުގަނޑު. މިތަންތަނުގައި ރޭޕް މަތި ނޫނިއްޔާ، އަޅުގަނޑު ބޭނުން އެތާ އެންމެންގެ މޫނު ހަމަ ލޮލުން ބަލާލަން.
ޢަލީ ހާޝިމް ވިދާޅުވީ
ތާރީޚް:31/03/2010
އެހެންވީމާ އަޅުގަނޑު ދެންނެވީ ދުނިޔޭގައި އިންސާނުން އުޅޭ ހާ ދުވަހަކު ރީތި އަންހެން ކުދިންގެ ވާހަކަ ދައްކާނެއޭ އަދި އެކަމެއް ނުވެސް ހުއްޓޭނެއޭ. އެކަން ޖެހޭނީ އަޅުގަނޑުމެން ޤަބޫލުކޮށް، ޤާނޫނީ އިމެއްގެ ތެރެއިން ކުރާށޭ. އަދި ކިޔާ ތަކެތި ހަޖަމުކުރެވޭ ވަރުގެ ސިކުނޑިއާ ތަޞައްރަފު ފުދިފައިވާ ބަޔަކަށް ވާށޭ. މިއީ ކުޑަކުޑަ ކަމެކޭ. ދެން މިއާ ރޭޕްކުރުމާ ގުޅުވުމުގައި މާނައެއް ނެތް. އަޅުގަނޑުމެން އަދި ވެސް ހަމަ ޅަ އީ.
އަރުޝަދު ވިދާޅުވީ
ތާރީޚް:31/03/2010
އެކަންކަން ގަބޫލު ކުރަންވީތޯ؟ ބިލް ކްލިންޓަން އާއި ދާއޫދު ލެޓާމޭންގެ ސެކްސް ސްކޭންޑަލް އަހަރެމެނަށްވުރެ ތަހުޒީބު ރައްޔިތުންތަކެއް އުޅޭ އެމެރިކާ އިން ބަލައެއް ނުގަތް. ރާއްޖޭގައި ހިނގާ ސެކްސް ސްކޭންޑަލް ތަކުގެ ހަބަރު އެނގުން މުހިންމު، އޭރަށްތާ ދެން އެމީހަ ދެވަނަ ފަހަރަށް ނުހޮވަން އެނގޭނީ.
ޢަލީ ހާޝިމް ވިދާޅުވީ
ތާރީޚް:31/03/2010
އަރުޝަދަށް.
ތިޔައީ ހުސް ކޮސް، ބިލް ކްލިންޓަނާއި ލެޓަމެންގެ ކަންތައް އެއީ ސިޔާސީ ކަމެއް. ސިޔާސީ ފަރާތްތަކުން ބޭނުންކޮށްލި ހަތިޔާރެއް. މީސްމީހުންގެ އެބާވަތުގެ ކަންތައްތައް ހޯދާ ބަލައި ފާރަލައި ފަސްފަހަތުން ދުވުމަށްވުރެ އިތުރު ކަމެއް އަޅުގަނޑުމެންނަށް ކުރަން ނެތީތޯ؟ އެހެން ނޫނަސް، ތަހުޒީބީ މުޖުތަމަޢުތަކުގައި، މީހެއްގެ ޙަޔާތް، އޭނާ ކާހިތްވާ ކެއުން، އޭނާ ބޮލު ފުނާ އަޅާ ގޮތް އެއީ އޭނާގެ އަމިއްލަ ކަމެއް. އަޅުގަނޑުމެންގެ މުޙާވަރާއެއްގައި ވެސް އޮވޭ ބުނާ މީހާއަށް ނުބަލާށޭ ބުނާ އެއްޗަށް ބަލާށޭ. އަރުޝަދަށް ދުނިޔެ ތިޔަ ފެނިވަޑައިގަންނަވަނީ ފޮއްޓެއްގެ ތެރެއިން. އެއަށްވުރެ ދުރަށް، ބޮޑު މަންޒަރަށް އަޅުގަނޑުމެންގެ ނަޒަރުގެ ތީރު ފޯރަން ޖެހޭ. ތަހުޒީބާ ތަމައްދުނުގައި އިސްލާމްދީން އުޅެނީ އެހެން ދީންތަކަށް ވުރެ ކުރީގައި ކަމަށާއި ތަޢުލީމާއި އިލްމުވެރިކަމުގައި އެހެން ޙަޟާރަތްތަކަށް ވުރެ ކުރީގައި ކަމަށް ދަޢުވާ ކުރަމުން، އަޅުގަނޑުމެން މިފަދަ ދެއުޅިއެއްނުވާ ކަންކަމަށް މުޅި ނަޒަރު ހުއްޓައިގެން ތިބުން ހެޔޮވާނެތޯ؟ އަޅުގަނޑުމެން ބަލަންޖެހެނީ، އުފެއްދުންތެރިކަމަށް. ފުދުންތެރި ގައުމަކަށްވޭތޯ، ނަމޫނާ އަކަށް ބަލަން ދުނިޔޭގައި ރަނގަޅު ބައެއް ޖަޕާނު، ސިންގަޕޫރު މީހުން. އެމީހުން ނޫޅޭނެ އަނެކުންގެ ކޮޓަރިތަކަށް ލޯ އުކަމުން، ފަސްފަހަތުން ފާރަލަމުންނެއް. އެމީހުން ބަލާނީ ކުރިއެރުމާއި ތަރައްޤީއަށް ސަމާލުކަން ދިނުމަށް. އެހެންވެ އެގައުމުތައް ކުރިއަރައި ފުދުންތެރިވެ އެތިބީ. އަޅުގަނޑުމެންގެ ގިނަ މީހުން މިއުޅެނީ ނުފޯރާ ފޮތިން ފޫގަޅައިގެން. އެހެންނަމަވެސް، އެކަމަށް ކަންބޮޑުވުމަށް ވުރެ، އެކަމުން މިންޖުވާން މަސައްކަތްކުރުމަށް ވުރެ އަޅުގަނޑުމެންގެ އަމާޒާއި އެދުން މިހުންނަނީ އަނެކުންގެ އިޝްޤީ ޙަޔާތުގެ އެކޮޅު މިކޮޅު ހޯދާ ބެލުމަށް. މިއީ ވަރަށް ދެން ދެރަ ކަމެއް.
ނައީމް ވިދާޅުވީ
ތާރީޚް:31/03/2010
މިތަނުގައި ހާޝިމް އޭ ކިޔާ ބޭފުޅާ ނިކަން ގަދަ ހައްދަވާފައި ސާބިތުކޮށްދެއްވަން އެ އުޅުއްވަނީ، އަންހެނުންނާއި ފޮށުމަކީ ހަމަ ކުރަން އެންމެ ރަނގަޅު ކަމެއް ކަމަށް. މި ބޭފުޅާ ބައެއް ފަހަޜަށް ދައްކަވާ ވާހަކައިން ހީވޭ، މިއީ ނިކަން ތަހުޒީބު ވެސްޓަނައިޒްޑް ބޭފުޅެކޭ ހެންވެސް. އެކަމަކު، މި ބޭފުޅާއަށް އެނގި ނުލައްވައި އޮތީ، އެމެރިކާއާއި ވިލާތުގައި އަންހެނުންނާއި ފޮށުމަކީ، ވަރަށް ދަށުދަރަޖައިގެ ކަމެއްކަން. އަމުދުން މަތީ މަގާމުތަކުގަޔާއި، މުޖުތަމައުގެ ރޯލްމޮޑެލުންގެ ގޮތުގައި ބެލެވޭ މީހަކު، އެފަދަ ކަމެއް ކޮށްފިނަމަ، އެއީ ވަރަށް ބޮޑު މައްސަލަޔަކަށް ވިލަތާއި އެމެރިކާގައިވޭ. ހާޝިމަށް އެނގިނުލައްވަނީ މިކަން.
ޢަލީ ހާޝިމް ވިދާޅުވީ
ތާރީޚް:31/03/2010
އަޅުގަނޑެއް ނުދަންނަވަން އަންހެނުންނާ ފޮށުމަކީ އެންމެ ރަނގަޅު ކަމެކޭ. އަޅުގަނޑު ދެންނެވީ، އެކަންކަން ނުހުއްޓުވޭނޭ. އެއީ އިންސާނީ ތަބީޢަތުގައިވާ ކަމެކޭ. އެވާހަކަ ދެއްކުމުގެ ބަދަލުގައި ކުރަންވީ ކަމަކީ ޤާނޫނީ ޙުދޫދުގެ ތެރެއިން އަންހެނުންނަށް ޙިމާޔަތްލިބޭނެ ނިޒާމެއް ތަޢާރަފުކުރުމޭ. އަދި، ތިމާއަށް ފާޑުކިޔާ ކިޔުންތައް ހަޖަމުކުރެވޭ ވަރުގެ މީހަކަށް ވުމޭ. އަދި ވަކިން ޚާއްޞަކޮށް ވިލާތާއި އެމެރިކާގައި ރޭޕް ގިނަވެފައި އަރަބި ގައުމުތަކުގައި މަދު ކަމަށް ވިކިޕީޑިއާ އިން ބުނާ ބުނުމުގެ މައްޗަށް ބަރޯސާވާކަށް ނުވާނެއޭ ވެސް އަޅުގަނޑު ބުނިން. އަދި އަންހެނުން ފަރުދާކޮށް ފިރިހެނުން ބޭނުން ގޮތަކަށް ގެންގުޅޭ ބައެއްގެ ގޮތުގައި އެމީހުން ހެދުމުގެ ބަދަލުގައި، ތަޢުލީމުދީ، ތަހުޒީބީ މުޖުތަމަޢެއްގައި ފުދިގެން އުޅެވޭނެ ގޮތް އެބައިމީހުންނަށް ހަދައިދިނުން މާ ރަނގަޅޭ. އަދި، އެމީހުން އަމިއްލަ ފައިމައްޗަށް ތެދުވެ އުޅެވޭނެ ފިކުރަކަށް އަޅުގަނޑުމެން ފިކުރު ހިންގުން މާއައުލާކަން ބޮޑޭ. އެއީ، ބަޔަކު ނިކަމެތިނަމަ، އެމީހުންނަށް އަންނަ ދުއްތުރާތަކުން މިންޖުވާން އުނދަގޫވާނޭ. އެހެން ނަމަވެސް އެމީހުންގެ ކިބައިގައި ކެރިފޯރުންތެރިކަމާއި ފުދުންތެރިކަން އަދި ތަޢުލީމާއި ތަހުޒީބު ހުރިއްޔާ، އެ އަންހެނަކާ ފޮށޭ މީހަކާ ދެކޮޅަށް އަޅާނެ ހުރިހާ ފިޔަވަޅެއް އޭނާއަށް އެނގޭނޭ. އެކަމަކު، އެއްކަލަ ގޮތަށް އަންހެނުން ގިއްގަޅުވާލައިގެން، ނިވާކޮށްގެން ފަރުދާކޮށްގެން ގެންގުޅޭ އުސޫލު އޮތިއްޔާ އެމީހުން އަބަދުވެސް ތިބެންޖެހޭނީ އެޙާލުގައޭ.
އަރުޝަދު ވިދާޅުވީ
ތާރީޚް:31/03/2010
މިލިޔުމުގައި އެބަ އޮތް “ކަނބަލުންނާއި” ފޮށޭ ކަމަށް. މި ކަނބަލުންނަކީ ނިވާ ވެގެންވެސް ތިބޭ ބައެއް ނޫން ތިބުނާހާ ވަރަކަށް. އާންމު ދިވެހިންނަށް ވުރެ ހޭލުންތެރިވެސް ވާނެ ނުވަތަ ވާންޖެހޭނެ މިކަނބަލުން. ކުރިން ދުވަހު 15 ފިރިހެނުން އައްޑޫގައި އެކުރި ކަންތައް. އަޅުގަނޑަށް ހަމަ ޔަގީން އެއީ ދީނީ ކީއްކުރަން ދީނީ މީހެއްގެވެސް އަންހެން ދަރި އަކަށް ނުވާނެ ކަން. ދެން މަޖިލިސް ކުރާ ގޯތި އެއީ ކިހާ ހުރުމަތްތެރި ތަނެއް ތޯ ބަލާލަން ހުޅަނގަށް ބަލާލަމާ ހިނގާ. އިނގިރޭސްވިލާތުގެ “ހައުސް އޮފް ލޯޑްސް” އާއި ޕެލޭސް އޮފް ވެސްޓްމިންސްޓާ” އެތަންތަނުގެ ގޮނޑި ބަރިތަށްވެސް ހުންނާނީ ޗާޗް ސްޓައިލަށް. ހާޝިމް ތިބުނީ ރަނގަޅަށް، އަޅުގަނޑުމެން ހަމަ ޅައީ. އެހެންވީމަތާ ހޭލުންތެރިކަމެއް ނެތް، ވަލު ބުޑު ނުކެނޑޭ ބަޔަކު ގާނޫނު ހަދަން ލައިފައި އެތިބީ.
ޢަލީ ހާޝިމް ވިދާޅުވީ
ތާރީޚް:31/03/2010
އަރުޝަދަށް!
އަރުޝަދާ ހުރެ އަޅުގަނޑު ހަމަ މުޅިން އަޖައިބުވެއްޖެ. އެއީ، 15 މީހުން ވެގެން އަންހެން ކުއްޖަކު ރޭޕްކުރީމާ ވެސް އަރުޝަދަށް ތިޔަ ގޯސްވީ އަންހެންކުއްޖާ. އަނެއްކާ ހައުސް އޮފް ލޯޑްސް ގައި ގޮނޑި ބަރި ޖަހާފައި ހުންނަ ގޮތާއި މިލިޔުމާ ގުޅުވޭނީ ކިހިނެތްކަން އަޅުގަނޑަށް ވިސްނާ ވިސްނާ ވެސް ނޭނގުނު. ދެން އަޅުގަނޑުމެންގެ މަޖިލީހުގެ މެމްބަރުންނާ ހަމައަށް ތިޔަ ނުރުހުންތެރިކަން ގެންދަވަންވީ ސަބަބެއް ވެސް ނޭނގުނު މިކޮމެންޓްތަކުގެ ތެރެއިން. މިޒާތުގެ ދެއުޅިއެއް ނުވާ، އޮޅުންބޮޅުންތަކަށް އިނގިރޭސިބަހުން ކިޔާ ވަރަށް ރީތި ނަމެއް އޮވޭ. އެއީ “ހޮޖްޕޮޖް”. އަޅުގަނޑު ދަންނަވާނީ އަރުޝަދުގެ އެންމެ ފަހު ކޮމެންޓަކީ ވަރަށް ބޮޑު ހޮޖްޕޮޖެކޭ.
އަރުޝަދު ވިދާޅުވީ
ތާރީޚް:31/03/2010
ރޭޕިސްޓުން ކުއްވެރި ކޮށްފައި ވާހަކަ ދެއްކުން އެއީ ކުރަން ޖެހޭނެ ކަމެއް ނޫން. މިސާލަކަށް ހާޝިމް ދުވަހަކުވެސް އަޑު އެއްސެވިންތޯ، 8ގެ ޚަބަރުން ކިޔާ އަޑު “މާލޭގައި 10 މީހުން ވެގެން އަންހެން ކުއްޖަކާއި ހިންގި ބަދު އަޚްލާގީ އަމަލު ރައީސް ނަޝީދު ކުއްވެރި ކުރައްވައިފި. މިހުންނަނީ އިންސާނުން ކުއްވެރި ކުރާކަން އިއުލާން ކުރާ ކަހަލަ ކަންތަކެއް ނޫން. މިއީ ދުނިޔޭގެ އެންމެން ގަބޫލު ކުރާ ކަންތައް. ހައުސް އޮފް ލޯޑްސް އާއި މަޖިލިސް ކުރާ ގެތަކާއި މިތަންތަނަކީ ހުރުމަތްތެރިވެގެން ތަންތަން. ހާޝިމް ނިކަން ރާއްޖޭގައި މިއުޅޭ އިއްޒަތްތެރި މެންބަރުން އެދައްކާ ވާހަކަ އިނގިރޭސި ބަހަށް ތަރުޖަމާ ކޮށްލަބަލަ. އަދި އޭގެ ތެރެއިން ބައެއް ބަސް ބަސް މިސާލަކަށް “ބިއުޓިފުލް ވިމެން” “ހޮޓް ޗިކްސް”، ނޫނީ “ބިއުޓިފުލް ގާލްސް”.. މިކަހަލަ ބަހެއް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަކުން އިވުމުގެ ޕްރޮބާބިލިޓީ ބަލާލަބަލަ. މިއީ ކުޑަ ކުޑަ މިސާލެއް.
ޢަލީ ހާޝިމް ވިދާޅުވީ
ތާރީޚް:01/04/2010
އަރުޝަދަށް.
ރައީސުލްޖުމްހޫރިއްޔާ ސީދާ ރޭޕިސްޓުންނޭ ވިދާޅު ނުވިޔަސް، މިރޭ ވެސް ވިދާޅުވެއްޖެ ތިމަން މަނިކުފާނު ނިކަން ކަންބޮޑުވެއޭ ރާއްޖޭގައި ކުށްކުރުމުގެ ޢަމަލުތައް ގިނަވަމުންދާތީ. އަދި މިރޭ ފުލުހުންގެ ޖަލްސާގައި ފުލުހުންނަށް އިލްތިމާސްކުރައްވައިފި، އެކަންކަން އަވަސް މަގަކުން ތަހުޤީޤުކޮށްދޭން ވެސް. އަދި ކޮބާތޯ، އެމަނިކުފާނު ވިދާޅުވެއްޖެ ސާފު ބަހުން ކުށްވެރިންނަށް އަދަބު ދެއްވުމުގައި ދެނެއް އެއްވެސް ލުޔެއް ދެއްވޭކަށް ނޯންނާނެއޭ. އޭގެ ހެއްކެއްގެ ގޮތުން، މިއަދު މަޖިލީހަށް ސަރުކާރުން އެއޮތީ ބައެއް ބާވަތްތަކުގެ ކުށްތަކުގެ ތަޙުޤީޤުގައި ހަނުހުރުމުގެ ހައްގު ވެސް އުނިކުރައްވަން ޤާނޫނެއްގެ ބިލް ހުށަހަޅުއްވާފައި. އޭގައި އެބައޮތް ރޭޕްގެ ކުށުގެ ތަހުޤީޤުގައި ވެސް ހަނުހުރުމުގެ ހައްޤު ނުދެއްވާނެ ކަމަށް. އެހެންވީމާ، އަރުޝަދަށް މިކަންކަން އެނގިވަޑައިނުގަންނަވާތީ ހިތާމަކުރަން. ދެން ކޮމެންޓްގައި ފަހުން ވިދާޅުވެފައި ތިޔަހަރީ މުޅިން ވެސް ކޮސް. އެއަށް ޒުވާބުދޭކަށް ގަސްދެއް ނުކުރަން.
އަރުޝަދު ވިދާޅުވީ
ތާރީޚް:01/04/2010
އަޅުގަނޑުވެސް އަޖައިބުވި، ސީ އައި އޭ އިން އެތިކްސް ކޯޑް ބްރޭކް ކުރީ އޭ، ޒިނޭ ކުރީ އޭ ކިޔާފައި އަންހެނަކު 6 މަސް ދުވަހަށް ހައްޔަރުކޮށް އެތަނުން ކަނޑާލީމާ. ދެން މިތިބަ “އިއްޒަތްތެރި މެންބަރުން” ކުރާ ކަންތައް މާބޮޑަށް ކައުންޓް ކުރެވޭނެ. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ތަޅާ ފޮޅާ އިއްޒަތްތެރި މެންބަރުން، ބައެއް ފަހަރު. ނަމަވެސް އެއީ ޒާތީ ކަންތަކަކާއި ނޫން.
ޢަލީ ހާޝިމް ވިދާޅުވީ
ތާރީޚް:01/04/2010
އަރުޝަދަށް!
އަރުޝަދު ދައްކަވަމުން ގެންދަވާ ވާހަކަ ބައްލަވާ، ވިދާޅުވާ ފަރާތަކަށް އެނގިވަޑައިގަންނަވާނެ، ތިޔަ ވިދާޅުވާ އެއްޗެހި އެކި މައުޟޫއިން، އެކި މިސްރާބުން، ވާއެއް ނުވާއެއް ނޭނގޭ ގޮތަށް ކަން މިދަނީ. މިހާރު އަޅުގަނޑަށް ވެސް ތިޔަ ވިދާޅުވާ ތަކެތި އޮޅިއްޖެ. އަޅުގަނޑަށް ހިއެއް ނުވޭ ދެން މި ބަހުސް އަރުޝަދާއެކު ކުރުމަކީ ބުއްދިވެރި ކަމެއް ހެން. އެހެންވީމާ، މިހިސާބުން އަޅުގަނޑު ނިންމާލީ.
ކުލަބޮކި ފަތި (އަސްލު ނަމެއް ނޫން) ވިދާޅުވީ
ތާރީޚް:01/04/2010
އެހެންމީހުންގެ ޅަ ކަމާއި ގަމާރު ކަމުގެ ވާހަކަދައްކަން އަރުސަދާއި އަލީ ހާސިމާ މަށާ ތިން މީހުން ކުފޫ ހަމަ ނުވާ ކަމަށް ނިންމައިފިން،
ިކަވާބު ވިދާޅުވީ
ތާރީޚް:03/04/2010
ުމީމިގައުމުގެ ހާލަތު؟
ޕިސްޕިސް ވިދާޅުވީ
ތާރީޚް:05/04/2010
ކަލޭނޭ، މިލިޔުން ލޔުނު ގޮލަޔަކަށް ނޭނގޭ އެއްޗެއްމަބުނެފާނަން. ވަރަށް ފަހުން، ވެރިކަންކުރާ ރަށްރަށް ބަދަލުކުރުމާ ބެހޭ ބިލެއް ހުށަހަޅާ، ބަހުސްކުރެވުނުއިރު، ހއ. ބާރަށު ދާއިރާގެ މެންބަރު ބުނީ ބާރަށުގައި ރީތި އަންހެންކުދިން މަދު ނުވާނެކަމަށެވެ. މަޠުލަބަކީ، ބާރަށަކީ އަތޮޅުވެރިކަން ބަދަލުކުރަން އެކަށީގެންވާ ރަށެކެވެ. ، /// ބުނަންތަ މިއެއްނޫން މަތުލަބަކީ ރުޒައިނ އާދަމް ކިތަންމެ ރީއްޗަސް ތުލުސްދޫ ވެރިކަން ކުރާރަށަކަށް ހަދާކަށްނުޖެހެޔޭ. … ގަމާރެއްތަ މިލިޔުނީ.