Share

ހެދޭގޯހުގެ އިބްރަތް ލިބިގަނެ އިސްލާހުރުމަކީ ހިކްމަތްތެރިންގެ ސިފައެއް

ހެދޭގޯހުގެ އިބްރަތް ލިބިގަނެ އިސްލާހުރުމަކީ ހިކްމަތްތެރިންގެ ސިފައެއް

މިމަޢުލޫގެދަށުން އަޅުގަނޑު މިފުރުސަތުގައި މިބަލާލަނީ ކުޅުދުއްފުށްޓާއި ވަރަށްގުޅުންހުރި މައްސަލައަކަށެވެ. އެގޮތުން ކުޅުދުއްފުށީ ރައްޔިތުންގެ ލެއާއިގުޅިފައިވާ 3 ނޮވެމްބަރުގެ އުދުވާނީހަމަލާގައި ދިވެހިރާއްޖެގެ އިސްތިގްލާލް ސަލާމަތް ވުމުގެ އަސްލުކަމަށްވާ ކުޅުދުއްފުށީ މާވާގެ ހުސެން އާދަމް ޝަހީދުވުމުގެ އަސްލުކަމުގައިވާ ދިވެހި ސިފައިންގެ މައިމަރުކަޒުގެ ރޭވުންތެރިކަން ދޯހޮޅިވުމުން ލިބުނުގެލުންތަކުގެ އެއްމެއެދެވޭގޮތަކަށް ބެލި އިބްރަތްތެ ލިބިގަތުމުގެ މުހިއްމުކަމުގެ މައްޗަށެވެ.

ޝަހީދު ހުސެން އާދަމް ޝަހީދުވެފައިވަނީ ސިފައިންގެ މައި ގޭޓުގައި ފާރަޔަށް ހުއްޓައެވެ. މިހާރުވެސް ބޭނުންކުރާ މައި ގޭޓުގެ ދެފަރާތުގައި އެހުންނަ ކުޑަދެގޮޅީގެތެރެއިން ގޭޓުގެ ވައަތްފަރާތު ގޮޅީގައެވެ. މިހާރުވެސް އެގޮޅިއެހުރީ އެމިނަށެވެ. އެކުލައިގައެވެ. އެދުވަސްވަރު އެގޮޅީގެ މައިގަޑު ބޭނުމަކީ ޑިއުޓީގައި ތިއްބަވާ ސިފައިންނާއި މަގުހިގާ އާއްމުން ވިއްސާރަވެއްޖެނަމަ ވިއްސާރައިން ސަލާމަތްވުމެވެ. ނަމަވެސް އެހާދިސާގެ ފަހުން އެގޮޅިން ފެނިގެންދިޔަ އެންމެބޮޑު ބަދަލަކީ އެގޮޅިއަށްވަނުމަށް ހުންނަދޮރު ސިފައިންގެ އެތެރެއަށް ބަދަލުކުރުމެވެ. އާދެ އެދުވަސް އައުމުގެ ކުރިން އެބަދަލުގެނެވުނުނަމަ އަޅުގަނޑުމެންގެ ހުސެން އާދަމް ދުނިޔޭގައި ހުރުމުގެ ފުރުޞަތުވަރަށްބޮޑެވެ.

މިލިޔުމުގެ ބޭނުމަކީ ނަމައިގައި ރިހަކެއްކުމެނޫނެވެ. އަދިހަމަ ސިޔާސީވެ، ފާޑުކިއުމެއްވެސް މެނޫންމެއެވެ. ނަމަވެސް އަޅުގަޑުމެންގެ ތަޖްރިބާގެ އެކަށީގެންވާބޭނުންހިފުމާއި، މިހާތަނަށް އިސްލާހުނުކުރެވިހުރި ތަންތަނުންއެކަމާއި ބެހޭފަރާތަކުގެ ހަދާނަށް ގެނެސްދިނުމަށް މަސައްކަތް ކުރުމެވެ. އެގޮތުން އަޅުގަނޑުގެ ހަނދާނުން ކެހިފައިވާ މިފަދަ ކަންތައްތައް ތިބޭފުޅުންގެ (ކޮމެންޓުކުރައްވާފަރާތްތައް) ހިޔާލުކޮލަމުން ފުރިހަމަކޮށްދިނުންއެދެމެވެ.

އެގޮތުން އަޅުގަނޑު ފާހަގަކުރާ ފުރަތަމަ ކަމަކީ މިރަށުގައި ގާއިމްކުރެވިފައިއެވާ، ސިފައިންގެ މަރުކަޒުގެ ފާރެވެ. އާދެ އެމް.އެން.ޑީ.އެފް ކުޅުދުއްފުށީ ގޮފީގެ އިންފާރުގެ އުސްމިނަކީ ޖުމްލަ 8 ފޫޓެވެ. އެއީ ދެފޫޓު ބައި ސިމެންތިންފާރު ތިންފޫޓު ބައި ދަލެވެ. އަދި އެދަލުގެ އުސްމިނަށް އަރުވާފައިވާ ދުގަތިގަސްތަކެވެ. މިފަދަހާލަތެއްގައި އެތަން ހުއްޓާ ނޮވެމްބަރު ތިނެއްފަދަ ހާލަތެއްދިމާވެއްޖެނަމަ ސިފައިންނަށްއެފާރުގެ އެންމެއެދެވޭ ބޭނުންކުރެވޭނެކަމާއިމެދު ވަރަށްބޮޑަށް ސުވާލުއުފެދެއެވެ.

ދެވަނަ ކަމަކަށް އަޅުގަނޑު ފާހަގަކުރާކަމަކީ ކުޅުދުއްފުށީގައި ގާއިމްކުރެވިފައިވާ ޒޯންސްޓޭޑިއަމް އެކެއްގެ ސިޑިބަރިއެވެ. އަޅުގަނޑު ދެކޭގޮތުގައި އެސިޑިބަރިއެޅުމުގެ ކުރިން އެބިމުގެ ރަގަޅަ ރޭވިފައިވީނަމަ (ޕްލޭންކުރެވިފައި) އެބިމުގައި ދެފުޓްބޯޅަދަނޑާއި މިހާރުވެސް އެބޭނުންކުރާ ހުރިހައި ކަންތައްކުރެވުނީހެވެ. މީގެއިތުރުން މިހާތަނާއިޖެހެންދެން ސްޓޭޑިއަމް އަކީ ސަރުކާރުތަނެއްކަން އެގޭނެ ނިސާނެއް އެއްމެކުޑަވެގެން ޤައުމީ ދިދައެއްވެސް މިހާތަނަށް ނެގިފައެއްނުވެއެވެ.

ތިންވަނަ ކަމަކީ މިރަށުގައި ގާއިމްކުރެވިފައިވާ ގިނަ މުހިންމު ސަރުކާރުގެ (ހޮސްޕޓަލް، ޕޮލިސް ސްޓޭސަން، އެމް.އެން.ޑީ.އެފް، އިންޖީނުގެ، މަގުހަދާ ޔުނިޓް، ކެމްޕަސް، ޗައިލްޑް ޕުރްޓެކްޝަން ޔުނިޓް) އިދާރާތައް ބިނާކުރެވިފައި ގޮޑުދޮށާއި ކައިރީގައި ކަމެވެ. މިކަންއަޅުގަނޑު މިފާހަގަކުރީ ރާއްޖެއަށް މިހާތަނަށް ދިމާވެފައިވާ އެއްމެބޮޑު ކާރިސާކަމުގައިވާ ސުނާމީގެ ހިތާމަވެރި ކާރިސާފަދަ ކަމެއްދިމާވެއްޖެނަމަ އެންމެފުރަތަމަ އޭގެއަސަރުކުރާނީ އެމުއައްސަސާތަކަށްކަމުގައިވާނެތީއެވެ. އެފަދަހާލަތެއްގައި މިމުއައްސަސާތައް ހިދުމަތް މެދުކެނޑޭނެގޮތް ދިމާވުމަކީ ނުވެނުދާނެކަމެކެވެ.

ދެންތިބޭފުޅުންގެ ހިޔާލުތައް ކުރިއައްގެންދަވާ!

‮ ‬13‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. އިސްމާއިލް‮ ‬ވިދާޅުވީ


    ތާރީޚް:29/03/2010

    ފިކުރު ހިންގާލުން ރަނގަޅު ކަންތައްތަކެއް މިލިޔުމުގައި އެބަހުރި. ދިވެހިރާއްޖެ އެކަންޏެއް ނޫން މިފަދަ ކަންކަން ދިމާވަނީ، އެމެރިކާ އިނގިރޭސިވިލާތް ފަދަ ގައުމު ތަކުގައި ވެސް ވަރަށް ދޯހަޅިކޮށް ހަދާފައިވާ ތަންތަން ހުރޭ. އެއްފަހަރު ލަނޑު ލިބުނީމަ އެމީހުންވެސް ދަނީ އިސްލާހީ ބަދަލުތައް ގެންނަމުން. ރާއްޖޭގައި ކުރިން ހެދިފައިވާ ތަންތަން ހަދާފަ ހުރީ އެދުވަސްވަރެއްގައި ތިބި މީހުންގެ ފިކުރާ ވިސްނުމުގެ މައްޗަށް އަދި ލިބިފައި ހުރި ތަޖުރިބާގެ މައްޗަށް.
    ސިފައިންގެ ފާރާ، ސްޓޭޑިއަމް ސިޑިބަރި ރަނގަޅުކުރަން އަޅުގަނޑަށް ވެސް ފެނޭ. ދެން ސަރުކާރު އޮފީސްތައް ގޮނޑުދޮށްތަކާ ތަންކޮޅެއް ދުރުވާނެ ރަށުގެ ބަނދަރު ހަދާ ނިމުމުން. ދެން ކުދި ކުދި ރަށްރަށުގައި ގޮނޑުދޮށާ އެހާ ދުރެއް ނުވާނެ އެއްވެސް ތަނެއް. މިސައިޓުގައި އިން ހަބަރުގައި އިން ގޮތުން 28 ހެކްޓަރ އެބަ ހިއްކާ. އޭރުން ވަރަށް ދުރުވާނެ ހޮސްޕިޓަލް ފަދަ ތަންތަން/

  2. ކުލަބޮކި ފަތި (އަސްލު ނަމެއް ނޫން)‮ ‬ވިދާޅުވީ


    ތާރީޚް:29/03/2010

    އަހަން މި ހިތަނީ ޒަންގި ދަނޑެކޭ ވިހަލަގޮނޑިއެކޭ ޒޯނު ސުޓޭޑިއަމެކޭ މިއީ ހަމަ އެއް ގޮތަކަށް އުފެދިފަ ހުރި ތަންތަން ކަމަށް، ތިޔަހެންވިއްޔާ ފަހެ ސްޓޭޑިއަމްގަ ކުޅޭއިރު އެއްވެސް ތަނަކުން ހުއްދައެއް ނަގަންޖެހޭތަ، މަވެއްޖޭ މުބާރާތެއް ބާއްވަން މިއުޅޭ ޅަ ސޮރުމެން މެދުގަ

  3. މަށޭ‮ ‬ވިދާޅުވީ


    ތާރީޚް:29/03/2010

    މިލިޔުމުގައި ބަޔާންކޮށްފައިވާ ގިނަތަންތަން މުސްތަގްބަލުގައި ހުންނާނީ ރަށުގެ މެދުގައި، މިއީ އެހާ ރަގަޅަށް ދިރާސާކުރެވިގެން ލިޔެފައިވާ ލިޔުމެއްނޫންކަން ފާހަގަކުރެވޭ

  4. މަށޭ‮ ‬ވިދާޅުވީ


    ތާރީޚް:29/03/2010

    ސްޓޭޑިއަމާއި ބެހޭގޮތުން ފާހަކޮށްފައިވާ ޕޮއިންޓްތައް ރަގަޅު

  5. ކަލޭ‮ ‬ވިދާޅުވީ


    ތާރީޚް:29/03/2010

    ހޮސްޕިޓަލްގެ ބޭސް އަޅާ ކޮޓަރީގެ އިރުމަތި ފަރާތުގައި ހުރި ކުޑަދޮރުގެ ދޮރުފޮތިގަނޑެއް ހުރުން މުހިއްމެވެ. އެއީ އެތަނުން ބޭސްއަޅަނީ ހަމަ އެކަނި އައުރަޔަށްނުވާ ހިސާބުގައި އެކަންޏެއް ނޫނެވެ.

  6. ޢަލީ ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:30/03/2010

    ތެދެއް. މިރާއްޖޭގައި ކަންކަން ހުންނަ މަގަކީ، ފިސާރި އެނގޭ ކަމަށް ހެދިގެން އުޅޭ ބަޔަކު، އަމާބުނީތީ ފަރަށްދާހެން ކަންކަން ކުރަނީ. ވަކިން ޚާއްޞަކޮށް ވޯޓާ ގާތްވުމުން، އެއްޗަކަށް އެއްޗެއް ހަދާލުމުގެ ސަގާފަތު މިރާއްޖޭގައި މިވޭތުވެ ދިޔަ ދިގު މާޒީގައި އޮތީ. ކުޅުދުއްފުށި އެކަންޏެއް ނޫން. މާލޭ މަގުތައް ވެސް ނިކަން ވިސްނާލަބައްލަވާ. އެންމެ ފުރަތަމަ މާލޭ މަގުތަކަށް އެއް ފޫޓް ބޯމިނަށް އަޅާލީ އަކިރި. ދެން އޭގެ މައްޗަށް އަނެއްކާ އެއް ފޫޓް ބޯމިނުގެ ސިމެންތި. ދެން ދެ ފަރާތުގައި ހެދި ދުވާރުގައި ލީ އޮލަ. މި ސަކަރާތެއް އޭރުގެ ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވަރކްސް މިނިސްޓަރ އުމަރު ޒާހިރު ވަނީ ޖައްސަވާފަ. އޭގެ ފަހުން، އަނެއްކާ ވެސް ބަޔަކު ކުރެން އަހާ ނުލާ، އެ ހުރިހާ އެއްޗެއް ނަގާ އުކާލާފައި އެޅީ މިކިޔާ ގެރިގާ ނުވަތަ އިންޓަލޮކިން ބްލޮކްސް. މިއީ ވެސް ގައުމުތަކުގެ ދުވާރުގައި އަޅާ އެއްޗެއް. އާޚިރު ނަތީޖާއަކީ އަނެއްކާ ވެސް ސުމެއްް. މިއީ ވޭތުވެ ދިޔަ ސަރުކާރުން ކަންކަން ކުރާ ގޮތް. ތަންދޮރު ނޭނގޭ، މުރައްކަބު ޖާހިލުންގެ ސަރުކާރަކުން ކަންކަން ކުރީމާ ހުންނާނީ މިހެން. އެއްވެސް ކަމެއް އެބަހުރިތޯ ސަހަލު މަގުން މިގައުމުގައި މީގެ ކުރިން ގޮސްފައި، ނިކަން އަދި ބައްލަވާ ހުޅުމާލެ. އެބޮޑު ޚަރަދުކުރައްވައިގެން ހިއްކާ، ރީތި މަގުތައް ހަދާ ފްލެޓް ހެދި އިރު، އެއިން ފްލެޓެއްގައި އިންސާނަކު އުޅެން ހެޔޮ ނުވާހާ ކުޑަ. މި ހިރީ ހައްތާ ވެސް މިބާވަތުން ދެއްކިދާނެ ލާމަސީލު މިސާލުތައް. ދެރަ ކަމަކީ، މިއިން ކޮންމެ ކަމަކުން ވެސް ރައްޔިތުންގެ އެތައް މިލިޔަން ރުފިޔާއެއް އިސްރާފުވެފައިވާކަން.

    ަމަޒުމޫނުގައި ފާހަގަކުރައްވާފައިވަނީ ވެސް ރަނގަޅު ކަންތައްތައް. އޭގައި ދަންނަވާފައިވާ ތަންތަން ހުންނަން ޖެހޭނީ ނިކަން ރައްކާތެރި ހިސާބުތަކުގައި. މިއީ ވަރަށް ލޯހުޅުވާދެނިވި ލިޔުމެއްކަން ޝުކުރުވެރިކަމާ އެކު ފާހަގަކުރަން.

  7. ބޯސޮރު‮ ‬ވިދާޅުވީ


    ތާރީޚް:31/03/2010

    ޢަލީ ހާޝިމް! މީހަކު އެއްޗެކޭ ބުނާއިރަށް ސިޔާސީ ނުވެބަލަ. މިހާރުގެ ސަރުކާރަށްވެސް ރަގަޅަށް ކަމެއްކުރެވުނިޔާ ކުރެވޭނީ ކުރީ ސަރުކާރުން ކޮށްފަހުރި ކަންތައްތަކުން ލިބިފައިވާ ތަޖުރިބާގެ އަލީގައި. އެ ތަޖުރިބާގެ އަލީގަވެސް ކަމެއް ރަގަޅަށް ކުރެވިއްޖެއްޔާ ރަގަޅު. އެއްފަހަރުން ކަންތައްތައް އަދަބަށް ހަލާކުނުވެ ހުންނަގޮތަށް ހެދުމުގެ ކުޅަދާނަކަން ލިބިގެންވާ ބައެއް ނޫނޭ އިންސާނުންނަކީ. އިންސާނުންނަށް އޮތީ ހޯދާ ބަލައި ދިރާސާކޮށް ކަންކަން ކުރުމަށް ނިޔަތްގަނެ އެކަމެއް ކުރުމަށް މަސައްކަތް ކުރުން. ކާމިޔާބީއާއި ތައުފީޤް ދެއްވާނީ ކުޅަދުންވަންތަ ކަލާނގެ. މީހުން މަސައްކަތް ކޮށް އެކަލާނގެއަށް ދެންނެވި ވަރަކުން އެކަލާނގެ އެއްޗެތި އުގަންނަވައި ދެއްވައި ކާމިޔާބީ ދެއްވާނެ

  8. ބޯސޮރު‮ ‬ވިދާޅުވީ


    ތާރީޚް:31/03/2010

    އަނެއްކައި ދިވެހިން ކުރިނޭރުމަށް އޮތް އެއްމެ ބޮޑު އަސްލަކީ ދިވެއްސަކު އަލަށް އެއްޗެއް އީޖާދުކުރަން އުޅުނަށް އެކަމަށް ހިތްވަރު ނުލިބޭކަން. ދިވެހިންނަކަށް ހިތްވަރު ދޭކަށް ނޭގެ. ކުރަންއެގެނީ މަލާމާތް. މީހަކު އީޖާދުކުރާ އެއްޗެއް އެއްފަހަރުން ކާމިޔާބު ނުވެއްޖެއްޔާވެސް ކުރާނީ މަލާމާތް. އަޅުގަނޑުމެން އަޅުގަނޑުމެންގެ ހާލަތު ރަގަޅުކުރަން މަސައްކަތް ކުރީމަ އަޅުގަނޑުމެންގެ ހާލަތު ރަގަޅުވާނީ. އެބައެއްގެ ހާލަތު ބަދަލުކުރަން އެބަޔަކު މަސައްކަތް ނުކުރަނީހެއް ކުޅަނދުންވަންތަ ﷲ އެކަމަށް އިރާދަ ނުކުރައްވާނެ.

  9. ޢަލީ ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:31/03/2010

    ބޯސޮރަށް!
    އަޅުގަނޑުމެން މިދައްކަނީ މީހަކު އެއްޗެއް އީޖާދުކުރާ ވާހަކައެއް ނޫން. އަޅުގަނޑުމެން މިދައްކަނީ އަޅުގަނޑުމެންގެ ފައިސާއިން ބޭނުންވާ ހުރިހާ ކަމަކަށް ޚަރަދުކޮށްދިނުމަށް ފަހު، ބޭނުން ކުރިހާ ކަމެއް ކޮށްދިނުމަށްފަހު، ވެރިކަމުގައި ތިބޭ މީހުން ކަންކަންކުރަންވާނީ ކަމެއް އެކްސްޕެރިމެންޓްކޮށް، ޓެސްޓްކުރާ ބީދައިންނެއް ނޫނޭ. މިސާލަކަށް އަޅުގަނޑު ދެންނެވި މަގު ހެދުމުގެ މަސައްކަތް. އަޅުގަނޑުމެން ފައިސާ ދީފައޭ ސަރުކާރު ހިންގަން ޙަވާލުކުރީ ބަޔަކާ. ދެން އެމީހުން އެކަންކަން ކުރަންވާނީ އެކަންކަމުގެ މާހިރުން ގާތުގައި އަހައިގެން ދުނިޔޭގެ އެހެން މީހުން ވެސް ކުރާހެން. އެކަމަށް ކުރަންޖެހޭ ފޯނުކޯލާ ދަތުރަށް ވެސް އަޅުގަނޑުމެން ވާނީ ފައިސާ ދީފަ. އެހެންއެކަން އޮއްވާ، އުމަރު ޒާޙިރުމެން އަމިއްލަފުޅަށް ކަންކަން ނިންމަވައިގެން ކުރެއްވީމާ، އެކަމުގެ ޚަރަދު އިންތިހާއަށް ގޮސް، އެއްބައި ބޭކާރުވެ އަޅުގަނޑުމެންގެ އެތައް ބިލިޔަން ރުފިޔާއެއް ވޭތުވެ ދިޔަ ވެރިކަމުގައި އިސްރާފުވެގެން ދިޔައިމަ އެވާހަކަ ދައްކަން ޖެހޭ. މިހާރުގެ ސަރުކާރަށް ވެސް އެމެސެޖް އެބައޮތް. ކަންކަން ކުރަން ޖެހޭނީ އެގޮތަކަށް ނޫނޭ. ތެދެއް ބޯސޮރު ބުނުއްވިހެން އިންސާނުންނަށް އޮތީ ހޯދާ ބަލައި ދިރާސާކޮށް ކަންކަން ކުރުމަށް ނިޔަތްގަނެ އެކަމެއް ކުރުމަށް މަސައްކަތްކުރުން. އެކަން ކޮށްފައި ތިބި މީހުން ކުރެ ނާހާތީ މައްސަލައަކީ.

  10. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:31/03/2010

    އާކަލޯ، ނިކަން އޭ.އީސީ އަށް ބަލާބަލަ އެހާބޮޑުބިމެއްގައި އެއްވެސް ރޭވުންތެރިކަމެއްނެތި އެކިތަންތާގަ އިމާރާތް ކޮއްފަދޯ.އެހާބޮޣު ގޯއްޗެއްނޭގެ މިރާއްޖޭގަވެސް އޮތްކަމެއް. އެކަމަކު ދުރަށް ވިސްނަމުން ކުރަހަމުން ރާވަމުންނޯ ދަނީ.

  11. ބޯސޮރު‮ ‬ވިދާޅުވީ


    ތާރީޚް:01/04/2010

    ތިޔަ ފޯން ހަރަދާ އެހެންހަރަދާ ދީފަ ކަންކަން ކުރަން ބެހެއްޓީމަ ދިމާވާދަތި އިހުސާސްނުވާ މީހަކު ބުނާނެ ތިހެން. އަލީ ހާޝިމް އާވެސް އެކަހަލަ ޒިންމާއެއް ހަވާލުކުރީމަ އޮންނާނީ އެންމެ ރަނގަޅަށް އެކަން ނުކުރެވިފަ. އެހަމަ ކޮންމެ މީހަކަށްވެސް ވާނެވަރު. މިވިޔަސް. އެހެންނޫންނަމަ ތިޔަބުނާކުރިއަރާފައޮތް ޤައުމުތައް . . . . . . .

  12. ބޯސޮރު‮ ‬ވިދާޅުވީ


    ތާރީޚް:01/04/2010

    ދެން އެހެން ނޫނަސް ބޮޑެތި މަގުތަކެއް ނެތްތާކު އިރުއިރުކޮޅާ ކޮންނަން ޖެހޭއިރު ބޭރުގެ ގަޢުމުތަކުގަ ހަދާހެން ތާރު އަޅާނީ ކިހިނެއް. ކިހާ ބޯ ހަމަނުޖެހޭ ކަމެއް. ނޫނީ ރާއްޖެ އަކީ ހުރިހާ އެއްޗެއް ކަހަލަ ގޮތަކަށް އިމްޕޯރޓް ކުރަންޖެހޭ ތަނަކަށް ވާއިރު ލިބޭ އާމްދަނީން އެ ހަރަދުތައް ކަނޑާފަ ތިބުނާ ފެންވަރަށް ރާއްޖެ ގެންދާނެ އާމްދަނީ ރާއްޖެއަކަށް ނުލިބޭ. އަމިއްލަ ސިކުޑިން ވިސްނުމެއް ނެތި ބަޔަކު ކީމަ ކަންފަތަށް ވަންނަހާ އެއްޗަކަށް ތަބާވެގެން ވިޔާ ދުނިޔޭގައުޅެން ތިހިޔާލް ކުރަނީ. މަޢުމޫނަކަސް، އަންނިއަކަސް، މަވިޔަސް، ޢަލީ ޙާޝިމް ވިޔަސް، ކޮންމެއިންސާނަކަސް ވެރިކަމަށް ދަހިވެތިވަންޔާ އަނެއްމީހާ އިނދަޖައްސާލަން ފާޑުފާޑު ވާހަކަ ދައްކާނެ. ރާއްޖެހިންގޭނޭ އެންމެ ރިސޯރޓަކުންލިބޭ ފައިސާއިން ކިޔައިގެން. އެ ނުޖެހޭ އެމީހުން ބުނާ އިރަށް ޤާބޫލް ކުރާކަށް. އަމިއްލަ ސިކުޑި ބޭނުންކުރޭ

  13. ޢަލީ ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:01/04/2010

    ބޯސޮރަށް!

    ބައްލަވާ، ޢުމަރު ޒާހިރު އެކަން ކުރެއްވި ގޮތް ޚަރަދު ބޮޑުވެ، އެއީ ބޮޑު އިސްރާފަކަށް ވީމާތާ އަޅުގަނޑު މިވާހަކަ ދެއްކީ. އަނެއްކޮޅުން މަސައްކަތް ދަތިވެގެން ނެއް ނޫނޭ ބޭރު މީހުން ކުރެ ނާހާ މަގު ހެދީ. އެއީ ނުކުރާންވެގެން. އަދި ކޮބާތޯ، އޭނާ ކުރެއްވި ގޮތުން ކަމުގެ ޚަރަދު މާ ބޮޑުވެގެން ދިޔައީ. އަދި މަސައްކަތް ވެސް ކަމު ނުދިޔައީ. މި ދެންނެވީ މާލޭގެ މަގުތަކުގައި ފޫޓެއްގެ ބޯމިނަށް ސިމެންތި އަޅައިގެން މަގު ހެދިވާހަކަ. ދެން އެތަކެތި ނަގާފަ އެޅީ ގެރިގާ. މިހާރު އެވެސް ކަމަކު ނުދޭ. އެހެންވިމާ، ފުރަތަމަ ދުވަހު ވެސް ތިޔަ ހުރިހާ ޚަރަދެއް ނުކޮށް ތާރު އެޅިނަމަ މައްސަލަ ޙައްލުވީސްތާ. އެއީ އަޅުގަނޑު ދެންނެވި ވާހަކަ. ތިޔަ ވިދާޅުވާ އާމްދަނީން ދެކޮޅު ނުޖެހޭ ގައުމަކަށް ރާއްޖެ ވީ އިރު، ޢުމަރު ޒާހިރުމެން މި އިސްރާފުކުރެއްވީމާ ނޫންތޯ މައްސަލައަކީ.