އަތޮޅު ބާސްކެޓްބޯލް ޗެމްޕިއަންކަން ޖެހިޖެހިގެން ދެވަނަ އަހަރަކު ހޯދި ކުޅުދުއްފުށީ ބާސްކެޓްބޯޅަ ޓީމަށް ކުޅުދުއްފުށީ ރައްޔިތުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ކުޅުދުއްފުށީގެ ސިކަންދަރުބޯޓުގައި އިއްޔެ ހަވީރު ފުރި ޓީމު ކުޅުދުއްފުއްޓަށް އައިސްފައިވަނީ މިއަދު ހެނދުނު 6:15 ހާއިރުއެވެ. ޓީމަށް މަރުހަބާ ކިޔުމަށް ގިނަ އަދަދެއްގެ ކުދިބޮޑު މީހުން އަމީރު އަމީން ސްކޫލާ ދިމާލު ފާލަންކައިރިއަށް އެއްވިއެވެ.
ބޯޓުން ޓީމު ފޭބުމާއި އެކު ޓީމަށް އެންމެ ފުރަތަމަ މަރުހަބާކީ ރަށުގެ ވެރިންނާއި ސްކޫލުތަކާއި އެހެނިހެން އޮފީސްތަކުގެ ވެރިންނާއި ހަރުމީހުންނެވެ. އެއަށްފަހު ކޮންމެ ކުޅުންތެރިޔަކަށް މާ ބޮނޑިއެއް އެރުވުނެވެ. އަދި ކުރުނބާއަކުން ކޮންމެ ކުޅުންތެރިޔަކަށް މަރުހަބާކިޔުނެވެ.
މަރުހަބާކިޔަން އައިސްތިބި ބައެއް މީހުންނާ ކުޅުންތެރިން ސަލާމް ކުރުމަށްފަހު ދެންއޮތީ، އެކުޅުންތެރިން އެހޯދައިދިން ކާމިޔާބަށްޓަކައި އެކުޅުންތެރިންގެ ޝަރަފްގައި ގައުމީ ސަލާމް ކުޅުމެވެ. ގައުމީ ސަލާމް ލައިވްކޮށް ކުޅެދީފައިވަނީ ޖަލާލުއްދީން ސްކޫލުގެ ބްރާސްބޭންޑެވެ.
މި ކާމިޔާބީ ފާހަގަ ކުރުމަށާއި ކުޅުންތެރިންނަށް މަރުހަބާ ކިޔުމަށް މިއަދު ހަވީރު ލޮރީ ބުރެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ފަތްކޮޅު ވިދާޅުވީ
ތާރީޚް:17/01/2009
ބަޔަކު ކާމިޔާބެއް ހޯދިކަން މިފަހަރު އެނގުނީތީ އުފާކުރަން. ޓީމުގެ އިންޓަވިޔުއެއް ނޫނީ ކުޅުންތެރިއެއްގެ ޕްރޮފައިލެއް މި ސައިޓްގައި ޖަހައިދީފިނަމަ އަދި މާ އުފާވާނެ.
ކައިލް ވިދާޅުވީ
ތާރީޚް:19/01/2009
އެކުދިންނަށް ހިއްވަރު ދިނުމުގެ ގޮތުން މޯޑް (ޕޮލިސް) ތިޔަކުރާ މަސައްކަތަށް އައްސަރިބަހާ ސާބަސް.
މޯޑް ތިގެންގުޅޭ ވިސްނުން ހުރިހާ މީހުންވެސް ގެންގުޅޭނަމަ………