Share

ކައުންސިލަރަށް ހުޅުވިފައިވާ ސިޓީއެއް!

ކައުންސިލަރަށް ހުޅުވިފައިވާ ސިޓީއެއް!

ކައުންސިލަރަށް،

އެނގިލައްވާނޭފަދައިން، ސަރުކާރެއްގެ އެންމެ މުހިންމު އެއް ވާޖިބަކީ، ރައްޔިތުންނަށް މިނިވަންކަންމަތީ އުޅެވޭނޭ އަމާން މާޙައުލެއް ގާއިމުކޮށްދިނުމެވެ. ދައުލަތް ހިންގުމަށް އޮންނަ ސަރުކާރުން، މި ދެންނެވި މަސްއޫލިއްޔަތު އަދާކުރުމަށް، ތަފާތު ފެންވަރުގައި ތަފާތު އިދާރާތައް ގާއިމްކުރަންޖެހެއެވެ. މިގޮތުން ރަށުއޮފީހަކީ ރަށުފެންވަރުގައި ރައްޔިތުންގެ މިނިވަންކަމަށް ޖާމިނުވާންޖެހޭ އެއް އިދާރާއެވެ. އެއީ އެކަމަށް ގާއިމުކޮށްފައިވާ އިދާރާއެވެ.

ނަމަވެސް ހިތާމަޔާއިއެކު ދަންނަވަންޖެހެނީ، ކުޅުދުއްފުށީ ބައެއް މަގުތަކުގެ ބައެއް ސަރަހައްދުތަކަކީ ވަކި ބައެއްގެ އަމިއްލަ މިލްކަކަށް ހަދާފައިވާ ވާހަކައެވެ. މިގޮތުން މީހުންގެ ގެދޮރަށާއި މުދަލަށް ޙައްޤުންކަމަކާއި ނުލައި އަރައިގަނެ، އަމިއްލަކޮށް، މަގުހިނގާމީހުންނަށާއި، އަވައްޓެރިންނަށް ދުއްޕާންކުރުން ވަނީ ހައްދުންނެއްޓިފައެވެ. ގޭގެ ގޯތިތެރޭގައި ބަހައްޓާފައި ހުންނަ ޖޯލިފައްޗާއި ބޭރުގޭތެރޭގައި ހުންނަ ސަރަންފީގެނެސް މަގުމަތީގައި ބަހައްޓައިގެންތިބެ މަގުހިނގާ މީހުންނަށާއި އަވައްޓެރިންނަށް ދުވާލުހަތަރުދަމު އުނދަގޫކޮށް ފޮށޭ ޒުވާނުންނާމެދު ފިޔަވަޅު އަޅުއްވަންވެއްޖެއެވެ.

މީގެކުރިންވެސް ރަށުއޮފީހުންވަނީ މަގުމަތީގައި މީހުން ބައްހައްޓަފައިހުންނަށް އެއްޗެތި ނަގަން އަންގާފައެވެ. ބައެއްފަހަރު ނަންގުވާފައެވެ. ނަމަވެސް، މަގުމައްޗަށް ވެރިވެގަނެގެން އުޅޭ ޒުވާން ސޮހޮލުންގެ ކުރިމަތީގައި ރަށުއޮފީސް ކުޑަކަކޫޖެހި ތިރިވެފައިވާނަމަ، އެވަނީ ރައްޔިތުންގެ ވަރަށް މުހިންމު ޙައްޤަކަށް އިހުމާލުވެފައެވެ. ފެންނަ މަންޒަރުތަކުން ފެންނަނީ ރަށުއޮފީހުގައި އުރަތްޕެއް ނެތް ކަމަށެވެ. އެކަން އިސްލާހުކޮށްދެއްވާށެވެ.

އަޅުގަނޑަށްވެސް އެނގެއެވެ. މަގުމަތީގައި ގުރޫޕް ހަދައިގެން ތިބޭ ޒުވާނުންނަށް ތަރުބިއްޔަތެއް ދެއްވުންވާނީ ކައުންސެލަރު އުޑަށް އެރުއްވުންފަދަ ކަމަކަށެވެ. ނަމަވެސް، ސަރަންފީގެނެސް މަގުމަތީގައި ބަހައްޓައިގެންތިބެ މަގުހިނގާ މީހުންނަށް އުނދަގޫކުރަން ފަށާހިސާބުން ކައުންސިލަރުވެސް ރައްޔިތުންގެ ޙައްޤުގައި، ކޮންމެވެސް ކަމެއް ކުރައްވަން އެބަ ޖެހިލައްވައެވެ. އެއީ، ފުލުހުންގެ އެހީތެރިކަމާއިއެކު ސަރަންފީއާއި ޖޯލިތައް ނެންގެވުން ވިޔަސްހެވެވެ.

އަވައްޓެރިންނާއި މަގުހިނގާމީހުންބޭނުންވަނީ، އެމީހުންނަށް ލިބުން ލާޒިމިކުރާ ހައްގެވެ. އެއީ އަމާންކަމާއި މިނިވަންކަމެވެ. ނިކަގަސްމަގުން، ސަބުދެލިގެ ކައިރިން އެމިނިވަންކަން ހުއްޓިގެން ނުވާނެއެވެ.

‮ ‬15‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. އަލީ މުޖްތަބާ‮ ‬ވިދާޅުވީ


    ތާރީޚް:06/04/2010

    ވަރަށް މުހިއްމު ކަމެއް މިއޮތީ ފާހަގަ ކޮށްފަ. ހީކުރަން މިސިޓީގެ ޖަވާބު ލިޔުމުން ނުދެއްވިޔަސް އަމަލުން ދައްކަވާނެކަމަށް. ކައުންސިލަރުން ރައްޔިތުންގެ ވޯޓަކުން ހޮވާ ހިސާބަށް ދާންވާއިރަށް ރައްޔިތުން އެދޭ މިފަދަ ކަންތައްތައް ކޮށްދިނުމަކީ ކެމްޕޭން ކުރައްވަން ވަރަށް މޮޅު އުކުޅެއް. ރައްޔިތުންނަށް ފައިދާ ވާނެ މިފަދަ ކުދިކުދި އެހެންނަމަވެސް ވަރަށް ގިނަ ކަންތައްތައް އެބަހުރި ކުރެވިދާނެ.

  2. އައްބެ‮ ‬ވިދާޅުވީ


    ތާރީޚް:06/04/2010

    މިހާރު ތިކުޅެނީ ލެއާ އިނގޭ، ކުޅުދުއްފުށީ ޑޮޓްކެމެއްކަމަކު ތިހެން އުޅެންޏާ ބޮނޑިއެއް ލިބިދާނެ

  3. މަންގަނޑުމަތި‮ ‬ވިދާޅުވީ


    ތާރީޚް:06/04/2010

    އަނެއްކާވެސް ރައްޔިތުން ނުކުމެ އާލާތްގަނޑު ހަވަރަށް ދުއްވާލަން ވީހެން ހީވަނީ.

  4. މުޙައްމަދު‮ ‬ވިދާޅުވީ


    ތާރީޚް:06/04/2010

    ރަގަލުވާހަކައެއް. މިލިއުމަށް ކަބުރުރަށްޒާގުގެ ޖޯލިފަތި އިތުރުކޮށްލުން އެދެން. އާންދެންފަހެ ހީވަނީ އެއީ އެމީހުންގެ އަމިއްލަ ބިމެއްހެން، ޖޯލިފަތްޗާއި ސޯފާޔާ އެދުވެސްނެރޭނެ.

  5. PC‮ ‬ވިދާޅުވީ


    ތާރީޚް:06/04/2010

    މިއީ ރަގަޅުލިއުމެއް.

  6. އަލީ މުޖްތަބާ‮ ‬ވިދާޅުވީ


    ތާރީޚް:06/04/2010

    އައްބެ އަކީ ވަރަށް ނާތަހުޒީބު މީހެއްކަން އެނގިއްޖެ އޭނަ ކޮށްފަ އޮތް ކޮމެންޓުންވެސް. ސަރުކާރުންނާއި ރަށުގެ ވެރިން ފެންވަރުގެ ބޭފުޅުންވެސް ތިކަހަލަ އިންޒާރުތަކެއް އެކުދިންނަށް (މިސައިޓު ހިންގާ މީހުންނަށް) ދިން ކަމަށް ވަނީ. ސައިޓު ހުއްޓާލުމަށާއި ހުއްޓާ ނުލައިފިނަމަ ސައިޓު ހެކް ކުރާނެކަމަށް ވެސް އެމީހުން ބުނި. އަދި އަދަށްދާންދެންވެސް އަހަންނަށް މިސައިޓަށް އެބަވަދެވޭ ބަރާބަރަށް. ތިކުރައްވާ މަސައްކަތަށް ކުޅުދުއްފުށީ ދަރިއެއްގެ ހައިސިއްޔަތުން އައްސަރިބަހާ ސާބަސް. އައްބެ ގެ އިންޒާރަށް ފަސްނުޖެހޭތި އަދި އެފަދަ ކޮމެންޓް ތައް ފުހެލުމަށްވެސް ގޮވާލަން.

  7. ޢަލީ ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:07/04/2010

    ނާތަހުޒީބީ، ނޭއްގާނީ ޖީލެއް މިސަރުކާރަށް ވާރުވި ކަމީ ކުރީ ސަރުކާރުގެ ހުރި ދޯހަޅިކަން ސާފު މަންޒަރުން ފެނިގެންދާ ކަމެއް. ވަކިން ޚާއަްޞަކޮށް ޕާޓާއިންނޭ މިކިޔާ ކުދިންގެ ދުއްޕާނުގައި މުޅި ގައުމު ނުނިދިގެން އުޅޭއިރު، އެކަމުގެ ޒިންމާ ނަންގަވަންޖެހިވަޑައިގަންނަވާނީ ކުރީގެ ސަރުކާރު ފިޔަވާ މިއުޑު ދަށުގައި ކޯއްޗެއްބާވައޭ އަޅުގަނޑު ހިތަށް އަރާ. ދެން ކައުންސިލަރަށް ފޮނުވާ ސިޓީއަކުން، ކަޅުހަން ހުދުހަމަށްވެ، ކަނޑު ރަތްކުލައަށް ވާނެކަމަށް އުންމީދުކުރުމަކީ، އަޅުގަނޑުމެންގެ ޒިންމާގެ ޙުދޫދުކަމުގައި ބަލައިގެން ނުވާނެ. ކަންކަން މަސަލަސްވާނީ، އެކަމާ ކުރިމަތިލާން ކެރިގެން، ދުރަށް ވިސްނައިގެން ހިކުމަތްތެރި ފިޔަވަޅެއް އަޅައިގެން. އެމަސައްކަތުގެ ބޮޑު ނަތީޖާއެއް މިހާރު ވެސް ފެނިގެން އެދަނީ މާލޭ މަގުމަތިން. ފާރުބުޑަށް ބިއްޖެހިފައިތިބި ޕާޓާތައް މިހާރު ކުރީގައި ހާ ތިޔާތްގެއް ނޫން. މި ނަކަލުން ކުޅުދުއްފުށީގެ މަގުތައް އުޖާލާވާނެ ކަމީ އިރު އެ މައްޗަށް އެރި ކޮންމެ އެއްޗަކަށް އަލިވެ އުޖާލާވާ ފަދައިން، މިއަދު އަޅުގަނޑުމެންނަށް މޭރުންވަމުން، ހެކިވެވެމުން އަންނަ ޙަޤީޤަތެއް. އަޅުގަނޑު ދަންނަވާނީ، މިނިވަންކަމާއި، ސަލާމަތްތެރިކަމުގެ ދަތްފަޅާ މަރުޙަލާގައި މިބާވަތުގެ ގިލަންވެރިކަމެއް ފެނުނަސް، ދަތް ފަޅާ ހަމަޖެހުމުން އެކަން ޢުމުރަށް ނެތިގެންދާނޭ. މިގައުމު ތިޔަ ދެންނެވި ބާވަތުގެ މީހުންގެ ކިބައިން ސަލާމަތްވާނޭ. މިގައުމު ރައްޔިތުންގެ މިލްކަކަށް މިދައުރުގައި ހެދޭނޭ، މާތް ކަލާނގެއަށް ވަކީލުކުރައްވާ، ސަރުކާރަށް މިކަމުގައި އެއްބާރުލުން ދިނުމަކީ، އަޅުގަނޑުމެންގެ މިއަދުގެ ގައުމީ ލާޒިމް މަލްޒޫމް ކަމެއް ކަމުގައި ވެސް ދަންނަވަން.

  8. އިބްނު އަލީ‮ ‬ވިދާޅުވީ


    ތާރީޚް:07/04/2010

    ހާޝިމް ބުނަން ރަނގަޅު ވާހަކައެއް. ގާނޫނީ އަމުރަށް ތަބާނުވާނަމޭ އެންމެންގެ ކުރިމަތީގައި މޭ ފުއްޕާފަ އެބުނަނީ ހޯމް މިނިސްޓްރީގެ ނައިބު މާހިރު. ދެން ކާކުތޯ ގާނޫނަށް ތަބާވާނީ. ހާޝިމްމެން ތިޔަ ލޯބިވެގެން އުޅޭ ސަރުކާރު ފެއިލްވެއްޖެ. ކޮރަޕްޝަންގެ ބަލި ހުރިހާ ވުޒާރާތަކަށް ފެތުރިއްޖެ.

  9. ޢަލީ ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:08/04/2010

    އަޅުގަނޑު ތަންކޮޅެއް ކުރިން ވެސް ދެންނެވިން ސަރުކާރަކީ އެންމެ މީހެއް ނޫނޭ. ސަރުކާރު ހިންގަން ތިބީ މަލާއިކަތުންނެއް ވެސް ނޫނޭ. އެހެންވީމާ، މާހިރު ވިދާޅުވި އެއްޗެއް ވިދާޅުވުމަކީ ސަރުކާރުގެ ރަސްމީ ބަހަށް ވުން ލާޒިމެއް ނޫން. އަދި އޭނާއަކީ، ސަރުކާރުގެ ވެސް އަދި އެމްޑީޕީގެ ވެސް ރަސްމީ އަޑެއް ވެސް ނޫން. މިވަރު ނުދަންނަ ބައެއް މީހުން 21 ވަނަ ގަރުނުގައި ވެސް ތިބިތަން ފެނިފައި އަޅުގަނޑު ސަހަރޯ ހީވޭ.

  10. މުއްލާ‮ ‬ވިދާޅުވީ


    ތާރީޚް:08/04/2010

    ތިހުރިހާ ބަލާވެރިކަމެއް ނުޖެހޭނެ މިތާގައި އިސްލާމީ ޝަރީއަތް ހިނގާނަމަކަ..މިހެން ހަމަބުނާއިރަށް ގޮށްރީނދޫ ޔަހޫދީންނާއި މައުމޫނީ މެދުމިނީން ހީވާނެ ފަޔަށް ހިނިއަރައިގެން އުޅޭހެން….

  11. ސީ & ސީ‮ ‬ވިދާޅުވީ


    ތާރީޚް:11/04/2010

    ޢަލީ ހާޝިމް ސަހަރޯ ހީވުމުގެ އެއްވެސް މާނައެއްނެތް. އެހެންޏާފަހެ… މިޑްޓާމް އިލެކްޝަން ބާއްވަން ބުނީވެސް ރައީސް ނަޝީދެއްނޫނޯ ކެނެރީގެ މުޙައްމަދު ނަޝީދޯ… މިކަންކަމަކާ ޢަލީ ހާޝިމް ސަހަރޯ ހިއެއްނުވޭދޯ!؟

  12. ޢަލީ ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:12/04/2010

    ސީ & ސީ އަށް.

    ރައީސް ނަޝީދު ވިދާޅުވި މިޑްޓާމް އިލެކްޝަން އެއީ ސިޔާސީ ފަލްސަފާއެކޭ. އަނެއްކާ އެއީ އެއްވެސް ޝަރުތެއްނެތޭ ވިދާޅުވެ، އެމަނިކުފާނާ ގުޅިވަޑައިގެން ޑރ ޙަސަން ސަޢީދުގެ ޑިމާންޑްކުރެއްވި ކަމެކޭ. މިއަދު، ޑރ ސަޢީދުގެ ޤައުމީ ޕާޓީއަށް ބަލާލާއިރު ވަރަށް ރަނގަޅަށް އެބަ އެނގޭ ރައްޔިތުންގެ ތާއީދެއް ނެތްކަން އެޕާޓީއަށް. އެއީ ރިޔާސީ އިންތިޚާބުން ވެސް ފޭލިވުމުންނާއި، މަޖިލީސް އިންތިޚާބުން އެންމެ 2 ގޮނޑި ލިބުމުން. އެވަރުން އެނގޭ މިރާއްޖޭގެ މީހުންގެ އެއްވެސް އުންމީދަކާ ގުޅިފައިވާ ޕާޓީއެއް ނޫންކަން އެއީ. އަނެއްކާ، މަޖިލީހުގައި ތިއްބެވި އެ ޕާޓީގެ 2 މެމްބަރުންގެ ތެރެއިން މިހާރު އެއް ބޭފުޅަކު ވަނީ ޕާޓީ ދޫކުރައްވާފަ. އަދި ކޮބާތޯ؟ ޕާޓީ ހައްދަވައިގެން އަހަރެއްވީއިރު، އަދި ކިރިޔާ އެއުޅުއްވަނީ ކޮންގްރެސް ބޭއްވޭތޯ. އެއީވެސް، ވުމަށް ވުރެ ނުވުން ގާތް ކަމެއް ކަމަށް، ބައެއް ބޭފުޅުން ވިދާޅުވޭ. އެހެންވީމާ، ރައީސް ނަޝީދު، މިހާރު މިޑްޓާމް އިލެކްޝަން ބޭއްވުމުގެ ބޭނުމެއް ނެތޭ ވިދާޅުވީމާ، މިދެންނެވި ސަބަބުތަކަށް ރިޢާޔަތްކޮށް، އަދި އެއިން ބޭކާރުވެގެންދާ 40 މިލިޔަން ރުފިޔާއަށް ވިސްނާލާފައި އަޅުގަނޑު ދަންނަވާނީ، އެމަނިކުފާނު އެނިންމެވީ އެންމެ ރަނގަޅު ނިންމެވުން ކަމަށް. އަނެއްކާ، އިލެކްޝަން ކޮމިޝަންގެ ތަފާސް ހިސާބުތަކުން އެބައެނގޭ، މިސަރުކާރު ހިންގާ އެންމެ އިސް ޕާޓީއަށް މިހާރު ވަންނަމުންދާ މީހުންގެ ޢަދަދު އެތައް ހާހަކަށް އަރައްޖެކަމާއި، އެނޫން ހުރިހާ ޕާޓީތަކަކުން ވެސް މީހުން މަދުވަމުންދާކަން. އެއިން އެނގެނީ، ރައީސް ނަޝީދުގެ އެ ވާހަކަފުޅަށް ވެސް މީހުން ތާޢީދުކޮށްފިކަން. މީގައި، ހުރިހާ ބޭފުޅުންނަކީ ސިޔާސީ މަސްރަޙަށް އެހާ ފަރިތަ ބޭފުޅުންނަށް ނުވާތީ، ސިޔާސީ ބަސްމަގާއި ބަލާޣާތު މޭރުންވެ ވަޑައިގަތުމުގައި ދަތިތަކެއް އެބައުޅޭ ދެއްތޯ؟ އެހެންވީމާ، ސީ & ސީ އަށް ވެސް ތިޔަ ދިމާވެވަޑައިގަތީ އެގޮތް. އެހެންވީމާ، އަޅުގަނޑުގެ އިޚްލާޞްތެރި ނަޞީޙަތަކީ، ސިޔާސީ މަސްރަޙު އަދިވެސް ބޮޑަށް ދަސްފުޅުކުރައްވާށޭ. އަދި، އެކަމަށް ބޭނުންވާ ބައެއް އިރުޝާދު އަޅުގަނޑަށް ތިޔަ ބޭފުޅާއަށް ހޯދައިދިނުމަށް މަސައްކަތްކޮށްދެވިދާނޭ. އޭރުން، މިހާރަށް ވުރެ ބޮޑަށް ލޯފުޅު ހުޅުވި، ކަންކަން ހިމުންވަމުން ދާ ގޮތް ސާފުވެވަޑައިގަންނަވާނޭ.

  13. Dog‮ ‬ވިދާޅުވީ


    ތާރީޚް:12/04/2010

    ހާޝިމޫ ތިބުނާ ޕާރޓީއަށް ވުރެ ތިބުނާ ހަސަނާއި ގާސިމް އެހީ ނުވިނަމަ MDP ފޭލްވެފައިވާތަން މިއަދު ފެނުނީސް، މިއީ އެއްވެސް ގޮތަކަށް ކަމުދާ ސަރުކާރެއް ނޫންކަން މިގައުމުގެ އެންމެން ހެން މިއަދު ގަބޫލުކުރޭ، ފައިސާތަކެއްގެ ދަހިވެތިކަމުގައި އުޅޭ ހާޝިމް މިއަދު ވައްތަރުވަނީ ހޮޅިންނަށް މިގައުމު ހަވާލުކުރި ހަސަން ރަސްގެފާނާ. ދެން ބުނެލަން އޮތީ ކުރީ ސަރުކާރުން ހަލާކުކުރި ޖީލެކޭ މިއަދު ކިޔާނެކަމެއް ނެތް، މިސަރުކާރުން މިވީ މުއްދަތުގައި އެކަން ރަގަޅުކުރަން އެއްވެސް ކަމެއް ކުރެވިއްޖެތޯ، ހަޅޭކައް ލެވިޔެއްކަމަކު އާރާ ބާރު ލިބުމުން ތިބާ މެންވެސް ތިތިބީ ހަމަ ކުރީ ސަރުކާރުފަދައިން ރުނބާތެރޭ ހުރި ހަކުރުތަކުގައި ތަތްވެފައި، ޤައުމު ކުރިއަރުވާނަމޭ ޒުވާން ޖީލު ރަގަޅުކޮށްދޭނަމޭ ބުނެ އަޑުގަދަކުރިއަސް، މިއަދު ތިބާމެން ތިބަލަނީ ކޮންމެ ގޮތަކުން ނަމަވެސް ލާރިއެއް ޖީބަށް ލެއްވޭތޯ، ތިއީ ހަމަ ތިބައިމީހުންގެ ވައްތަރު.

  14. ޢަލީ ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:12/04/2010

    ޑޯގަށް.
    ދިވެހި މުޙާވަރާއެއްގައި އޮވޭ ފުޅަށް ބުޑުން ދަންޏާ ދޮން ޙަސަނަށް ހީވާނީ ކެޔޮގަނޑު ކަނޑާހެންނޭ. ޑޯގު މެންނަށް ތިޔަވަނީ އެހެން. ތިމާމެން ސަރުކާރުގައި ފައިސާތައް ނަގައި ބޭނުންކުރީމާ، ދެން ހީވާނީ އެހެން މީހަކު ސަރުކާރަށް އައީމާ އެމީހާ ވެސް އެހެންނޭ ހަދާނީ. އެކަމަކު ދަންނަވަންތޯ. މިއީ އެ ޒަމާނެއް ނޫން. ކުރީގައި މައުމޫން ވެރިކަމުގައި ހުންނެވިއިރު އޮޑިޓަރަކީ ވެސް އެއީ. އެންޓި ކަރަޕްޝަނަކީ ވެސް އެއީ. ފައިނޭންސަކީ ވެސް އެއީ. ގަވަރުނަރަކީ ވެސް އެއީ. ސްޕްރީމް ކޯޓަކީ ވެސް އެއީ. ސިވިލް ސަރވިސްއަކީ ވެސް އެއީ. ހިއުމަން ރައިޓްސް އަކީ ވެސް އެއީ. ރައީސަކީ ވެސް އެއީ، ނައިބު ރައީސަކީ ވެސް އެއީ. މަޖިލީހުގެ ރައީސަކީ ވެސް އެއީ. އިބްރާ ވިދާޅުވިހެން، މެއި މެއި ހޫން. މެއި ދައުލަތު ހޫން، މެއި ޙާކިމު ހޫން. މެއި ވަޒީރު ނޫން. މެއި ސަބް ކުޗް ހޫން. އެކަމަކު މިއަދު އެހެންތޯ. މިއަދު ސަރުކާރުން ފައިސާއަށް ޚިޔާނަތްތެރިވަންޏާ ބެލޭނޭ ޑޯގޫ. އަވަހަށް ތިޔަ ޒާތުން ކުރައްވާ ތުހުމަތުތައް ހުށަހަޅުއްވާ ސާބިތުކުރައްވާ. އޭރުން އަޅުގަނޑު ވެސް ދަންނަވާނަން މިއީ ގޯސް، ފައިސާ ބޭނުންކުރާ ޚިޔާނަތްތެރި ސަރުކާރެކޭ. އެހެން ނޫނީ އަޅުގަނޑު ދަންނަވާނީ، ސާބިތު ނުކުރެވޭ ވާހަކަ ދައްކައިގެން ސަރުކާރުގެ ބޮލުގައި އިލްޒާމު ނާޅުވާށޭ. ހޮޅިންނާ ޤައުމު ޙަވާލުކުރި ވާހަކަ ދައްކަވާއިރު، މައުމޫން ސަރުކާރުން ރާއްޖޭގެ ކަނޑުތައް ވިއްކަވާފައިވާކަން އެއީ އެނގޭ ކަމެއް. އަނެއްކޮޅުން، ފަލަސްތީނު ސަރުކާރަށް ރާއްޖޭގެ ރިސޯޓެއްގެ މިލްކުވެރިކަން ވިއްކާލި ކަން ވެސް އެނގޭ ކަމެއް. އެހެންވީމާ، މިއަދު ދެން ވިއްކަން ބާކީ ހުރީ ކޯއްޗެއްބާ. މިތަނަށް ހޮޅިންނާއި ބަންގާޅީންނާ ގެނައީ ވެސް ހަމަ މައުމޫން. ބަޔަކު މި ގައުމު ނުވިއްކިޔަކަސް، މިގައުމުގައި މިއަދު އެމީހުން ކުރާ ކަންކަން ދެރަތޯ. ބަންގާޅީން މީހުން މަރާ، ހަނުހުންނަން ވެސް ދަސްކޮށްފި މިހާރު. މިއީ ވެސް މައުމޫނު ދަސްކޮށްދެއްވި ކަންކަން.

  15. ޢަލީ ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:13/04/2010

    ޑޯގޫ.
    ތިޔަ ވިދާޅުވާ ޙަސަން ސަޢީދު މިސަރުކާރުން ވަކިވި ސަބަބު ދަންނަވަންތޯ. އެއީ، މި ސަރުކާރުން މައުމޫނު ހައްޔަރު ކުރައްވަން ދެކޮޅު ހެއްދެވީމާ. އަދި ޔާމީނާއި ތަސްމީނާއި ދެން ވެސް ތިބިހާ ޚިޔާނާތްތެރިން، ޝަރީޢަތަކާ ނުލާ އަދަބު ދެއްވަން ރައީސް ނަޝީދު ދެކޮޅު ހެއްދެވީމާ އެކަމާ ބޮޑާހާކާ، ދުރުވީ. މިއީ ނިކަން މުޖައްރިބު ވާހަކައެއް.