Share

އެއްގަމު އުޅަނދު އިންޝުއާރ ކުރާ މުއްދަތު ފަސްކުރުމާމެދު

އެއްގަމު އުޅަނދު އިންޝުއާރ ކުރާ މުއްދަތު ފަސްކުރުމާމެދު
މުހައްމަދު އިސްމާއިލް

އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެދަށުން ތާޑްޕާޓީ އިންޝުއަރެންސް ކުރުމަށް އަމަލުކުރުން ދެއަހަރަށް ފަސްކުރުމަށް، ކުޅުދުއްފުށީ ދެކުނުދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ހުށައެޅުއްވި ބިލް އިއްޔެ ރައްޔިތުންގެ މަޖިލީހަށް ބަލައިގެންއިރު 2009 ވަނަ އަހަރުގެ އެޕްރީލް މަހުގެ 15 ވަނަ ދުވަހު އަމަލު ކުރަންފެށި އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައިވާ ގޮތުގެ މަތިން އެގާނޫނަށް އަމަލު ކުރަންފަށާތާ އެއް އަހަރު ތެރޭގައި އެއްގަމު ދުއްވާ އިންޖީނުލީ ހުރިހާ އުޅަނދެއް އިންޝުއާރ ކުރަންޖެހެއެވެ. މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި މިބިލް ބަލައިގަތުމަށް މަޖިލީހުގެ ހުރިހާ މެމްބަރުންހެން ވަނީ ތާއީދު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނުގައި ބުނަނީ ހަމައެކަނި އިންޝުއާކޮށްގެން ދުއްވަންޖެހޭ ވާހަކަ ކަމަށާއި އެކަމަށް ބޭނުންވާ އިދާރީ އޮނިގަނޑެއް ނުވަތަ އުސޫލުތަކެއް މިއަދާ ހަމައަށް އައި އިރުވެސް ސަރުކާރުން އެކުލަވައިލާފައި ނުވާކަމަށެވެ. އަދި އެކްސިޑެންޓްތަކުގައި އެއްހަމައަކުން އަމަލު ކުރާނެ އުޞޫލުތަކެއް އެކަށައެޅިފައި ނުވާކަމަށާއި އެކްސިޑެންޓަކުން ގެއްލުންވެއްޖެނަމަ އެ ގެއްލުން ސާރވޭ ކުރެވޭނެ ރަގަޅު ނިޒާމެއް (ރާއްޖޭގެ) އުތުރުން ދެކުނަށްވެސް ނެތްކަމަށެވެ. އަދި މި ސަބަބު ތަކާއެކު އިންޝުއަރެންސް ކުރުމުގެ ކުރިން އެކުލަވާލަން ޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހެދުމަށް 2 އަހަރު ދުވަހުގެ މުއްދަތެއް ދެނީ ކަމަށާއި އެގޮތުން ދޮޅު އަހަރު ދުވަސްތެރޭގައި ސަރުކާރުން މިކަމުގައި އަމަލު ކުރާނެ ގާނޫނީ އޮނިގަނޑެއް މަޖިލީހަށް ހުށަހަލަންޖެހޭނެ ކަމަށެވެ.

މިބިލަށް ވާހަކަ ދެއްކެވި ގިނަ މެމްބަރުން ފާހަގަ ކުރައްވާ ގޮތުގައި އިންޝުއަރ ކުރަން އޮތް އެންމެ ފަހު މުއްދަތާ ހަމައަށް އައިރުވެސް ސަރުކާރުން މިކަން ކުރަންވީ ގޮތެއް ރައްޔިތުންނަށް ސާފުކޮށްދީފައި ނުވާކަމަށެވެ. އަދި ރަނގަޅު ގަވާއިދު ތަކެއް ނެތި ބަދަލު ނަގައިދިނުމުގެ ބަޔާއި އެއްހަމައަކުން އެކްސިޑެންޓް ތައް ތަހްޤީޤު ކުރާނެ ގޮތެއް މިއަދާ ހަމައަށް އައިރުވެސް ސަރުކާރުން ހާމަކޮށްފައި ނުވާކަމަށް ވެސް ބައެއް މެމްބަރުން ފާހަގަ ކުރެއްވިއެވެ. އެޕްރީލް މަހުގެ 15 ގެ އިންޝުއާރ ކުރަން ޖެހޭކަމަށް ގާނޫނުގައި ބުނާއިރު ސަރުކާރުން މިކަމަށް އެކަށީގެންވާ ވަރަށް މަސައްކަތެއް ނުކުރާ ކަމަށް ގިނަ ރައްޔިތުންތަކެއް ދަނީ ބުނަމުންނެވެ. އަދި މިފަދަ މުހިއްމު ކަމެއް ކުރުމަށް ދީފައިވާ ވަގުތު ހަމަވާއިރުވެސް މިކަން ކުރަންވީ ގޮތް ގިނަ ރައްޔިތުންނަށް ސާފުކޮށްދީފައި ނުވާކަމަށާއި އަދި މިކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީ ޒިންމާވާން ޖެހޭނެ ކަމަށްވެސް ގިނަ ބަޔަކު ބުނަމުންދެއެވެ.

‮ ‬6‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. އިބްނު އަލީ‮ ‬ވިދާޅުވީ


    ތާރީޚް:07/04/2010

    ޓްރާންސްޕޯޓް މިނިސްޓްރީގެ މިނިސްޓަރު އަސްލަމް އުޅެނީ ސިޔާސީ ކޮންމެވެސް ކަމެއްގައި މަސްއޫލުވެގެން. ކާބަން ނިއުޓްރަލް ކުރަނީ ޔޭ ކިޔައިގެން ބޭރުމީހުން އަތުން ލާރިކޮޅެއް ލިބޭތޯ. މިފަދަ މުހިއްމު ކަމެއް ކުރަން ޖެހޭއިރުވެސް ހޭލުންތެރި ކުރުވުމުގެ ޕުރޮގްރާމެއްހާ ހިސާބުވެސް ނުހިންގާ. އެންމެ ފަހުން އެޕްރީލް 15 ގެ ކުރިން އެކަމެއް ނުކޮށްފިއަޔާ 750 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ވާހަކަ ސަރުކާރުން ބުނީ. ސަރުކާރުން ބޭނުން ވަނީ މިކަމުގެ މައުލޫމާތު ރައްޔިތުންނަށް ނުދީ އަދި އެބުނާ ގަވާއިދު ތަކެއްވެސް ނުހަދާ ތިބެ މީހުން ކުށްވެރިކޮށްފަ 750 ރުފިޔާ ކޮންމެ ރައްޔިތެއްގެ އަތުން ހޯދަން. މަކަރާ ހީލަތުން ފުރިފައިވާ ސަރުކާރެއް. ރީނދޫ ބަލި ޖެހިފައިވާ މީހުންނަށް އޯގާތެރި ސަރުކާރެއް. ކޮރަޕްޝަނުން ފުރިފައިވާ ސަރުކާރެއް.

  2. ޢަލީ ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:08/04/2010

    އަވާމެންދުރެއްގައި ތިބޭ ބަޔަކަށް ސަމާލުކަން ދިނުން ބުއްދިވެރިއެއް ނޫން. ބުއްދިވެރީ، ކަންކަމުގެ ޙައްލު ހޯދަން މަސައްކަތްކުރުން. ޙައްލު ހޯދުމުގައި ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކީ، ފަހުން އަންނާން ތިބި ޖީލުތައް އެކަމަށްޓަކާ ފަޚުރުވެރިވާނެ ކަމެއް. މިލިޔުމުގައި ގެނެސްދީފައިވާ ޚަބަރު ރަނގަޅު. އެކަމަކު، އިބްނު ޢަލީ ގެ ކޮމެންޓަކީ ތައައްސުބުން ކަޅިވެފައިވާ މުޑުދާރު ކޮމެންޓެއް ކަމުގައި ދެކެން.

  3. މޫޓަ ކަލޭފާނު‮ ‬ވިދާޅުވީ


    ތާރީޚް:08/04/2010

    މިލިޔުމުގައި ގެނެސްދީފައިވާ ޚަބަރު ރަނގަޅު. އެކަމަކު، ޢަލީ ހާޝިމް ގެ ކޮމެންޓަކީ އާންމުކޮށް ތައައްސުބުން ކަޅިވެފައިވާ މުޑުދާރު ކޮމެންޓްތަކެއް ކަމުގައި ދަންނަވަން.

  4. މީހަކު‮ ‬ވިދާޅުވީ


    ތާރީޚް:08/04/2010

    އިބުނު އަލީގެ ކޮމެންޓަށް މަތާއީދު، އަލީ ހާޝިމަކީ ބޮޑު މޔއއ

  5. Dog‮ ‬ވިދާޅުވީ


    ތާރީޚް:12/04/2010

    ހެހެހެހެހެހެ އަނެއްކާވެސް ހާސިމް އޮރިޔާންވީދޯ، ކަލޯ މިސަރުކާރު ނުދަންނަ ކުޑަކުއްޖަކުވެސް މިގައުމުގައި ކަލޯ ނޫނީ މިހާރަކު ނެތް، މިއަދު ވިހޭ ކުއްޖާވެސް ރޯލުމުގެ ބަދަލުގައި ބުނީ މިސަރުކާރު ވެއްޓުނީމަ ވިހަން މަޑުކޮށްލިނަމައޭ، ދެން އަދި ފެށީ ރޯން، އެކުއްޖާއަށްވެސް އެނގުނީ ކަންނޭނގެ ކާނެއެއްޗެއް ދޭނެ ފަރުވާއެއް ހޯދުމަށް އެކުދިންގެ މައިންބަފައިން މިއަދު އުޅެންޖެހޭ ހާލު. މިސަރުކާރުން ބަލަނީ މީހުން ފެލަން، މައުމޫނު 30 އަހަރު ދުވަހުން ކޭކަމަށް ބުނާ ވަރަށް ވުރެ ގިނައި 05 އަހަރު ދުވަސް ތެރޭ ކާލެވޭނީ ވަރަށް ފާލުކަން ބޮޑުކޮށް އެކަންކޮށްގެންދޯ. އެހެން މިވަނީ.

  6. ޢަލީ ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:12/04/2010

    ޑޯގަށް.

    އެންމެ ފުރަތަމަ ވެސް މިހާ ޒަމާންވެފައި ބައްދަލުވީތީ ވަރަށް ވެދުން.
    ދެން ދަންނަވާލަން އޮތީ، ތިޔަ ދެއްކެވީ ހުސް ހޮޅި ވާހަކަފުޅު ތަކެކޭ. ތިޔައިގައި އޮތް އޮށްޓަރެއް ހޯދާ ހޯދާ އަޅުގަނޑަކަށް ނުފެނުނޭ. އަޅުގަނޑު ވެސް މިހާރު ކުރިއަށް ވުރެ ކުޑަކޮށް ތަރައްޤީވެ، އޮށްޓަރަށް އޮށްޓަރުން ނޫނީ ޒުވާބު ނުދޭން ނިންމައިގެން މިއިންނަނީ. އެއީ، ތަންތާނގައި ތިބޭ އަނގަގޮއްވާ ޒާތުގެ އުރަތްޕެއް ނެތް ކޮމެންޓްތަކަށް ޒުވާބު ދިނުމަށް ވުރެ މިހާރު ޤައުމަށް ވިސްނައިގެން ކަންކަން ރަނގަޅު ކުރަން މަސައްކަތްކުރުން މި ދުވަސްކޮޅު އަޅުގަނޑަށް މުހިންމުކަމުން މިބާވަތުގެ ކަންކަމަށް މިހާރު ވަގުތު ދޭން ތަންކޮޅެއް ދަތީއޭ. އެކަމަކު، މިކަންކަމުން ވީއްލި އަވަދިވި ޒަމާނަކުން، ތިޔަ ކަހަލަ ކޮމެންޓްތަކަށް ޖަވާބު ދޭން ހުންނާނެ ކަމުގެ ޔަޤީންކަން އަރުވަން.

    ޑޯގަށް އަނެއްކާ ވެސް ވަރަށް ވެދުން.