Share

މާދަމާރޭގެ މެޗަށް ނުކުންނަނީ މޮޅުވާނެ ކަމުގެ ފުރިހަމަ އިތުބާރާއެކު: ޒިގްޒެގް ގެ ކެޕްޓަން

މާދަމާރޭގެ މެޗަށް ނުކުންނަނީ މޮޅުވާނެ ކަމުގެ ފުރިހަމަ އިތުބާރާއެކު: ޒިގްޒެގް ގެ ކެޕްޓަން

އެޓޯލް ބާސްކެޓްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ތައްޔާރު ވެފައިވާ، މިދިޔަ ދެއަހަރުގެ ވެސް ޗެމްޕިއަން ކުޅުދުއްފުށީ ޒިގްޒެގް މާދަމާރޭގެ މެޗަށް ނިކުންނަނީ ރަނގަޅު ކާމިޔާބެއް ލިބޭނެކަމުގެ ފުރިހަމަ އިތުބާރާއެކު ކަމަށް ޒިގްޒެގް ޓީމުގެ ކެޕްޓަން ހާމަކޮށްފިއެވެ. ކުޅުދުއްފުށީ ޑޮޓް ކޮމް އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ކުޅުދުއްފުށީ ބާސްކެޓް ޓީމުގެ ކެޕްޓަން އަހުސަން ބުނީ މާދަމާރޭގެ މެޗް ކާމިޔާބު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު އިތުބާރެއް އެބައޮތް ކަމަށާއި ޓީމުގައި އެއްވެސް އަނިޔާގެ މައްސަލައެއް ނެތްކަމަށެވެ.

ހަތަރުވަނަ އެޓޯލް ބާސްކެޓްބޯލް ޗެމްޕިއަންޝިޕް މުބާރާތުގައި ކުޅުދުއްފުށީ ޒިގްޒެގް މާދަމާރޭ ގދ ތިނަދޫ ހަވަރު ސްޕޯޓްސް އާއި ބައްދަލު ކުރާއިރު މި މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން 3 މެޗެއް ވަނީ ކުޅެފައެވެ. ފުރަތަމަ ޑިވިޝަންގެ ޕޮލިސް ކްލަބާ ބައްދަލުކޮށް 39 ޕޮއިންޓް 13 ޕޮއިންޓުން އެ މެޗް ޒިގްޒެގް ކާމިޔާބު ކުރިއިރު ފުރަތަމަ ޑިވިޝަނުގެ 2 ޓީމުކަމަށްވާ ސިފައިންގެ ކްލަބާ ހަރިކޭންގެ މެޗުން ކުޅުދުއްފުށީ ޓީމު ވަނީ ބަލިވެފައެވެ. ހަރިކޭނާ ބައްދަލު ކުރިމެޗް 62 ޕޮއިންޓް 54 ޕޮއިންޓުން ހަރިކޭން ކާމިޔާބު ކުރިއިރު ސިފައިންގެ ކުލަބް އަތުން 8 ޕޮއިންޓްގެ ތަފާތަކުން ވަނީ ބަލިވެފައެވެ.

ޓައިމް ޒޯން ގެ އޮފިޝަލް ސުޕޮންސަރ އާއެކު ނުކުންނަ ކުޅުދުއްފުށީ ޒިގްޒެގް ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ކުރީ ދެ އަހަރުވެސް ކުޅުދުއްފުއްޓަށް ތަށި ހޯދައިދިން ކޯޗް އަހްމަދު ރިޔާޒެވެ. ކުޅުދުއްފުށީގެ ހުނަރުވެރި ކުޅުންތެރިޔާ އަހްސަން ޓިމުގެ ކެޕްޓަންކަން ކުރާއިރު ޓީމުގެ ވައިސް ކެޕްޓަނަކީ އާދަމް މުޙައްމަދު (ބޮންތި) އެވެ. މާދަމާރޭގެ މެޗު އޮންނާނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭހޯލުގައި 20:30 ގައެވެ.

, ,

‮ ‬2‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ޖޭމްސް‮ ‬ވިދާޅުވީ


    ތާރީޚް:11/05/2010

    މިމެޗްތަކުގެ ލައިވް އަޕްޑޭޓްސް ގެނެސްދިނުން ވަރަށް ބޮޑަށް އެދެން. އަދި ފޮޓޯވެސް ވީހާވެސް ގިނައިން ގެނެސްދިނުން އެދެން.

  2. ސީ & ސީ‮ ‬ވިދާޅުވީ


    ތާރީޚް:11/05/2010

    ކުޅުދުއްފުށީ ޒިގްޒެގް ޓީމަށް ފުރިހަމަ ކާމިޔާބަކަށް އެދެން. އަދި މެޗްތަކާބެހޭ ފުރިހަމަ މަޢުލޫމާތު މިސައިޓް މެދުވެރިކޮށް ލިބެމުންދާނެކަމަށް އުންމީދުކުރަން.