Share

އެޓޯލް ބާސްކެޓްބޯލް ޗެމްޕިއަންޝިޕް: ތިނަދޫ ބަލިކޮށް ކުޅުދުއްފުށި ފެށުން ރަނގަޅުކޮށްފި

އެޓޯލް ބާސްކެޓްބޯލް ޗެމްޕިއަންޝިޕް: ތިނަދޫ ބަލިކޮށް ކުޅުދުއްފުށި ފެށުން ރަނގަޅުކޮށްފި

ހަތަރު ވަނަ އެޓޯލް ބާސްކެޓްބޯލް ޗެމްޕިއަންޝިޕްގައި ކުޅުދުއްފުށީ ޒިގްޒެގް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފިއެވެ. ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭހޯލުގައި ކުޅުނު މިމެޗުގައި ކުޅުދުއްފުށީ ޒިގްޒެގް މޮޅުވެފައިވަނީ ގދ. ތިނަދޫ ހަވަރު ސްޕޯޓްސް އާއި ބައްދަލުކޮށް 109 ޕޮއިންޓް 60 ޕޮއިންޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.

މެޗު ފަށައިގެން ދެޓީމުންވެސް ކުޅެމުން ދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ. އެހެން ކަމުން ފުރަތަމަ ކުއާޓަރ ނިމުނު އިރު ޒިގްޒެގަށް ނެގޭވަރުވީ އެންމެ ޕޮއިންޓެއްގެ ލީޑެކެވެ. ފުރަތަމަ ކުއާޓަރ ނިމިގެން ދިޔައީ 20 ޕޮއިންޓް 19 ޕޮއިންޓުން ޒިގްޒެގް ކުރީގައި އޮވެގެންނެވެ.

ނަމަވެސް ދެވަނަ ކުއާޓަރ އާއި ހިސާބުން ޒިގްޒެގްގެ ކުޅުން ވަރުގަދަކޮށް ޕޮއިންޓަކަށް ފަހު ޕޮއިންޓެއް އަޅަމުން ދިޔައެވެ. މިކުއާޓަރގައި ހަވަރު ސްޕޯޓްސް 16 ޕޮއިންޓް ހޯދިއިރު ޒިގްޒެގްއިން ވަނީ އޭގެ ދެގުނަ، 32 ޕޮއިންޓް ހޯދާފައެވެ. މިކުއާޓަރ ނިމުނީ 52 ޕޮއިންޓް 35 ޕޮއިންޓުންނެވެ.

ތިންވަނަ އަދި ހަތަރުވަނަ ކުއާޓަރގައި ވެސް ޒިގްޒެގް ދިޔައީ މެޗު ކޮންޓްރޯލް ކުރަމުންނެވެ. ޒިގްޒެގް ތިންވަނަ ކުއާޓަރގައި 36 ޕޮއިންޓް އަދި ހަތަރު ވަނަ ކުއާޓަރގައި 21 ޕޮއިންޓް ހޯދިއެވެ. ހަވަރު ސްޕޯޓްސްއަށް މިދެކުއާޓަރގައި ހޯދިފައިވަނީ 11 ޕޮއިންޓަކާއި 14 ޕޮއިންޓެކެވެ. ތިންވަނަ ކުއާޓަރ ނިމުނު އިރު ސްކޯ އަކީ 88 ޕޮއިންޓް 46 ޕޮއިންޓެވެ.

މެޗުނިމުނީ 109 ޕޮއިންޓް 60 ޕޮއިންޓާއި އެކު 49 ޕޮއިންޓްގެ ތަފާތަކުން ޒިގްޒެގް މޮޅުވެގެންނެވެ. މިމެޗުގައި ޒިގްޒެގަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ ޖޯޒީ ނަންބަރު 11 އަހުމަދު އައުޝަންއެވެ. އޭނާ ޒިގްޒެގަށް 27 ޕޮއިންޓް ހޯދައިދީފައި ވެއެވެ. ހަވަރު ސްޕޯޓްސްއަށް އެންމެ ގިނަޕޮއިންޓް ހޯދައިދިނީ އެޓީމުގެ 8 ނަންބަރު މުހައްމަދު ފައިސަލް އެވެ. އޭނާ ހަވަރު ސްޕޯޓްސްއަށް 19 ޕޮއިންޓް ހޯދައިދިނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޒިގްޒެގަށް 24 ޕޮއިންޓް ހޯދައިދިން، ޖޯޒީ ނަންބަރު 04، ހުސައިން ނިހާދު އަހުމަދެވެ.

މިމުބާރާތުގެ ފުރަތަމަ މެޗުގައި ހިންނަވަރު ހިރިޔާއާއި ތިނަދޫ ހަވަރު ސްޕޯޓްސް ބައްދަލުކޮށް 68 ޕޮއިންޓް 62 ޕޮއިންޓުން މެޗު ކާމިޔާބު ކުރީ ހިންނަވަރު ހިރިޔާއެވެ. މިމުބާރާތުގައި މިރޭ ބައްދަލުކުރާނީ ކުޅުދުއްފުށީ ޒިގްޒެގް އާއި ހިންނަވަރު ހިރިޔާއެވެ. މިމުބާރާތުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ 2 ފަހަރު ބައްދަލު ކުރާނެއެވެ.

, ,

‮ ‬4‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ޖޭމްސް‮ ‬ވިދާޅުވީ


    ތާރީޚް:12/05/2010

    ވަރަށް ބޮޑަށް މަރުހަބާ…ފުރިހަމަ ކާމިޔާބަކަށް އެދެން. ތަށި މިލްކް ކުރުމުގެ އުއްމީދު ބޮޑު

  2. ކުޅޭ ސޯރެއް‮ ‬ވިދާޅުވީ


    ތާރީޚް:12/05/2010

    ރަނގަޅު ދެން

  3. ކަންނެއްސޮރު‮ ‬ވިދާޅުވީ


    ތާރީޚް:12/05/2010

    ނޫނޭ ހަމަ އެއްވަނަ. 49 ޕޮއިންޓް ގެ ލީޑަކުން މޮޅުވީމަ އެދެން ވަރަށް މޮޅުވީ އިންގޭ ކުޅޭ ސޮރާ. ކުރިޔަށް ހުރި މެޗުތަކުގައިވެސް ކާމިޔާބަށް އެދެން. މަރުހަބާ.

  4. ކުޅޭ ސޯރެއް‮ ‬ވިދާޅުވީ


    ތާރީޚް:13/05/2010

    ކަންނެއްސޮރާ މަށައް ފެންނަނީ ދެން ކަލޯ ވަސް ކަންނެއްކަން ފިލުވާފަމަސާއެކީ ކުޅެން ފަށަން