Share

އެޓޯލް ބާސްކެޓްބޯލް ޗެމްޕިއަންޝިޕް: ކުޅުދުއްފުށީ ޒިގްޒެގް ހިންނަވަރު ހިރިޔާ ވެސް ބަލިކޮށްފި

އެޓޯލް ބާސްކެޓްބޯލް ޗެމްޕިއަންޝިޕް: ކުޅުދުއްފުށީ ޒިގްޒެގް ހިންނަވަރު ހިރިޔާ ވެސް ބަލިކޮށްފި

ހަތަރު ވަނަ އެޓޯލް ބާސްކެޓްބޯލް ޗެމްޕިއަންޝިޕްގައި ކުޅުދުއްފުށީ ޒިގްޒެގް ކުޅުނު ދެވަނަ މެޗުގައި ހިންނަވަރު ހިރިޔާ ބަލިކޮށްފިއެވެ. ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭހޯލުގައި ކުޅުނު މިމެޗު ކުޅުދުއްފުށިން ކާމިޔާބު ކުރީ 61 ޕޮއިންޓް 46 ޕޮއިންޓުންނެވެ.

ޒިގްޒެގްގެ ފުރަތަމަ މެޗާއި ހިލާފަށް ރޭގެ މެޗު ވެގެންދިޔައީ ވަރަށް ވާދަވެރި މެޗަކަށެވެ. މެޗުގެ ފުރަތަމަ ކުއާޓަރ ފަށައިގެން ވަރަށް ހަމަހަމަ ކުޅުމެއް ކުޅުމަށްފަހު، ކުއާޓަރ ނިމުނީ 13 ޕޮއިންޓް 12 ޕޮއިންޓުން ޒިގްޒެގް ކުރީގައި އޮވެގެންނެވެ. ދެވަނަ ކުއާޓަރގެ މެދެއްހާ ހިސާބުން ހިރިޔާއިން ލީޑު ނެގިކަމުގައި ވިޔަސް ޒިގްޒެގް އިން ވަނީ މިކުއާޓަރގައިވެސް ލީޑު ހޯދާފައެވެ. މިކުއާޓަރގައި ޒިގްޒެގް އިން 14 ޕޮއިންޓް ހޯދިއިރު ހިރިޔާއަށް ހޯދުނީ 11 ޕޮއިންޓެވެ. މިކުއާޓަރ ނިމުނު އިރު ސްކޯއަކީ 27 ޕޮއިންޓް 23 ޕޮއިންޓެވެ.

ތިންވަނަ ކުއާޓަރގައި ހިރިޔާއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާ 12 ޕޮއިންޓް ހޯދާފައެވެ. މި ކުއާޓަރގައި ޒިގްޒެގަށް ހޯދުނީ 11 ޕޮއިންޓެވެ. ހަތަރު ވަނަ ކުއާޓަރ ގައި ޒިގްޒެގްގެ ކުޅުން ވަރަށް ބޮޑުތަން ރަނގަޅުވެގެން ދިޔައެވެ. ނަތީޖާއަކަށްވީ 23 ޕޮއިންޓް ހޯދާ ލީޑު ފުޅާކުރުމެވެ. މި ކުއާޓަރގައި ހިރިޔާއަށް ހޯދުނީ 11 ޕޮއިންޓެވެ.

މެޗުނިމިގެން ދިޔައީ 61 ޕޮއިންޓް 46 ޕޮއިންޓުން ޒިގްޒެގް މެޗު ކާމިޔާބުކޮށްގެންވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޒިގްޒެގްގެ ޖޯޒީ ނަންބަރު 4، ހުސެއިން ނިހާދު އަހުމަދެވެ.

ޒިގްޒެގް ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ތިނަދޫ ހަވަރު ސްޕޯޓްސް ބޮޑު ތަފާތަކުން ބަލިކޮށްފައެވެ. ކުޅުނު ދެމެޗުން މޮޅުވެ ޒިގްޒެގް މިހާރު އޮތީ ގުރޫޕުގެ އެއްވަނައިގައެވެ. ދެވަނައިގާ ހިރިޔާ އޮތްއިރު، ކުޅުނު ދެމެޗުން ބަލިވެ ހަވަރު ސްޕޯޓްސް އޮތީ ޓެބަލްގެ ފުލުގައެވެ.

މިމުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ހިރިޔާއާއި ހަވަރު މާދަމާރޭ ބައްދަލުކުރާނެއެވެ.

, ,

‮ ‬7‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ސީ & ސީ‮ ‬ވިދާޅުވީ


    ތާރީޚް:13/05/2010

    ޒިގް ޒެގް ޓީމަށް ވަރަށްބޮޑަށް މަރުޙަބާ… ދެވަނަބުރު މިއަށްވުރެ ބޮޑުކާމިޔާބަކާއެކު ނިންމާލުމަށްފަހު ފައިނަލްމެޗް ކާމިޔާބުކޮށް އަޞްލު މަންޒިލަށް ދިއުމަށް ގަދަހިތްވަރާއެކު މަސައްކަތް ކުރާނެކަމަށް އުންމީދުކުރަން.

  2. ޖޭމްސް‮ ‬ވިދާޅުވީ


    ތާރީޚް:13/05/2010

    ވަރަށް ރަނގަޅު ކުޅުންވެސް. އެކަމަކު ފައިނަލް މެޗް އެހާ ފަސޭހަ ނުކޮށްލާތި. އޭރުން ލަނޑެއް ލިބިދާނެ އަނެއްކާ. މިފަހަރު މީ މިލްކު ވާ ފަހަރު ކަން ހަނދުމަ ކުރާތި.

  3. ފޭސްބުކް ފޭން‮ ‬ވިދާޅުވީ


    ތާރީޚް:13/05/2010

    ސަޕޯޓަރުން އަދިވެސް ގިނަ ކުރަންވީ. ކޮބާތަ މާލޭގަ އުޅޭ ހުރިހާ ކުޅުދުއްފުށީ ކުދިން. ކުދިބަޔަކު ރަށް ތަމްސީލު ކުރާއިރު ސަޕޯޓްކުރަން ދާންވާނެއެއްނު. ދެން މެޗަކަށް ވާނެ ގިނަކުރަން. އަދި ހޮށް ޖަހާ ގުރޫޕަށް ހަމަ ސާބަސް. ތީހަމަ ކުޅުދުއްފުށީ ދަރިންނަކީ.

  4. ކުޅޭ ސޯރެއް‮ ‬ވިދާޅުވީ


    ތާރީޚް:13/05/2010

    ސާބަހޭ ކަލޯމެނޭ ތަށި ރަށައްލާތި މިފަހަރު

  5. ކުޅޭ ސޯރެއް‮ ‬ވިދާޅުވީ


    ތާރީޚް:13/05/2010

    މަ ބުނީ ލާނަމޭ މިފަހަރު

  6. މަންގަނޑުމަތި‮ ‬ވިދާޅުވީ


    ތާރީޚް:13/05/2010

    ދެން އޮތް މެޗުން މޮޅުވެއްޖިޔާ ފަހު މެޗުގަ ވާނީ ހުސް ރަށު ކުދިން އަރުވަން އިނގޭ. ކޯޗު ކައިރީ މިވާހަކަ ބުނެލަދޭތި.

  7. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:14/05/2010

    ކުޅުދުއްފުށީ ޒިގްޒެގް ޓީމު ހޯދަމުންދާ ކާމިޔާބަށް ތަހުނިޔާ ދަންނަވަން. މި މުބާރާތުގެ އެއްވަނަ ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއްކޮށް، ރަށާއި އަތޮޅާއި ޕްރޮވިންސަށް ރީތި ނަން ހޯދައިދިނުމަށް ތިޔަ ކުރާ މަސައްކަތަށް ތަކުރާރުކޮށް ސާބަސް ދެން!