ރީފްސައިޑްގެ ގޮތްޕެއް ހދ ކުޅުދުއްފުށީގައި ހުޅުވައިފިއެވެ. ރީފްސައިޑުން ކުޅުދުއްފުށީގައި ހުޅުވި މިފިހާރައިން މާލޭގައި ހުންނަ ރީފްސައިޑުގެ ފިހާރަތަކުން ތަކެތި ލިބެން ހުންނަ އަގަށް ތަކެތި ލިބެން ހުންނާނެކަމަށް ރީފްސައިޑުން މައުލޫމާތުދެއެވެ. އަދި ރީފްސައިޑުން ލިބޭ ހުރިހާ ވައްތަރެއްގެ މުދަލެއް މިފިހާރައިން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާކަމަށާއި މިފިހާރައިގައި ނެތް މުދަލެއް ކަސްޓަމަރެއް ބޭނުންވެއްޖެ ހިނދެއްގައި އެމުދަލަކީ ރީފްސައިޑްގައި ހުރިއެއްޗެއްނަމަ އެއެއްޗެއް އޯޑަރަށްވެސް ގެނެސްދޭނެކަމުގައި މިފިހާރައިން މައުލޫމާތުދެއެވެ.
ޚިދުމަތް ދިނުމުގައި މާލޭގައި ހުންނަ ރީފްސައިޑް ފިހާރައާ މިފިހާރައާއި އެއްވެސް ތަފާތެއް ނުހުންނާނެކަމަށާއި ވޯލްޑްކަޕް ޕްރޮމޯޝަންގެ ނަމުގައި މާލޭގައި ރީފްސައިޑުން މިހާރު ކުރިއަށްގެންދާ ޕްރޮމޯޝަން މިފިހާއައިންވެސް ކުރިއަށްދާނެކަމަށް ރީފްސައިޑުން މައުލޫމާތުދެއެވެ. ކުޅުދުއްފުށީގައި މި ފިހާރަ ހުޅުވައިދެއްވީ ރީފްސައިޑްގެ ސޭލްސް އެންޑް މާކެޓިން ބްރޭންޑް މެނޭޖަރ އަބްދުއްﷲ ވަހީދުއެވެ. ކުޅުދުއްފުށީގައި ހުޅުވި ރީފްސައިޑްގެ ފިހާރައިގެ ނަމަކީ “އެދެމާ” އެވެ. މިއީ ރީފްސައިޑުން އަތޮޅު ތަކުގައި ހުޅުވި 2 ވަނަ ފިހާރައެވެ.

ޚަބަރު