މަތިއުތުރު ޕްރޮވިންސްގެ ވަރަށް ގިނަ ރައްޔިތުންތަކެއް އެތަނަކުން ޚިދުމަތް ހޯދަމުންދާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ވަރަށް އަވަހަށް ޕްރައިވަޓައިޒް ކުރުމަށް އިއުލާނު ކުރާނެކަމުގެ އިޝާރާތެއް ސަރުކާރުން ދީފިއެވެ. ސަރުކާރުން ނެރެފައިވާ ބަޔާނުގައި ވާގޮތުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ޕަބްލިކް ޕްރައިވެޓް ޕާރޓްނަރޝިޕް (ޕީޕީޕީ) ގެ އުސޫލުން ތަރައްގީ ކުރުމަށް ފަރާތެއް ހޯދުމަށް ވަރަށް އަވަހަށް އިއުލާން ކުރުމަށް ހަމަޖެހިފައިވެއެވެ.
ފަންސާސް އެނދުގެ މިހޮސްޕިޓަލް “ޑީބީއެފްއެމްއޯ” ނުވަތަ “ޑެވަލޮޕް، ބިލްޑް، ފައިނޭންސް، މެއިންޓެއިން އަދި އޮޕަރޭޓް” ކުރާގޮތަށް ބަޔަކާއި ހަވާލުކުރާނީ 15 އަހަރަށްކަމަށްވެސް އެބަޔާނުގައި ހާމަކޮށްފައިވެއެވެ. މިއުސޫލުން ހޮސްޕިޓަލް ހިންގުމާއި ހަވާލުވާ ފަރާތުން ހޮސްޕިޓަލް ޑިޒައިންކޮށް އިމާރާތްކުރުމާއި ހިދުމަތްތައް ފުޅާކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އެންމެ ފަހުގެ ޚިދުމަތްތައް ތަޢާރަފްކުރުމާއި، ގަންނަންޖެހޭ މެޝިނަރީ ގަނެ އިންސްޓޯލްކުރަންޖެހޭނެއެވެ. އަދި ކޮންޓްރެކްޓްގެ މުއްދަތުގެ ތެރޭގައި ކެޕިޓަލް އެކްސްޕެންޑިޗާއަށް ޚަރަދުކުރަން ޖެހޭ ފައިނޭންސް ހޯދަންވެސް ޖެހޭނެއެވެ.
މި ކޮންޓްރެކްޓްގެ ސަބަބުން ހޮސްޕިޓަލާ ހަވާލުވާ ފަރާތަށް ޚިދުމަތްތަކުގެ ފެންވަރު މަތިކުރަންޖެހޭނެއެވެ. އަދި މީގެ އިތުރުން ދިވެހިރާއްޖޭގައި ހެދޭ ފުރަތަމަ “ކެންސަރު ޑައިގްނޯސިސް ޔުނިޓް” މި ހޮސްޕިޓަލުގައި ހެދުމަށް ކޮންޓްރެކްޓާއި ހަވާލުވާ ފަރާތާ ވާހަކަ ދެކެވޭނެކަމަށްވެސް އެބަޔާނުގައި ހާމަކޮށްފައިވެއެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް އޮޕަރޭޓް ކުރަން ފަށާފައިވަނީ 2002 ވަނަ އަހަރުއެވެ.

ފޭސްބުކް ފޭން ވިދާޅުވީ
ތާރީޚް:16/05/2010
ތިކަންވެސް ދެން ވެއްޖިޔާ ރަނގަޅު. އޭރުން މެނޭޖަރުންނަށް ތިބޭނި ހަމަ މިމީހުންތަ؟
2002 ވިދާޅުވީ
ތާރީޚް:16/05/2010
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް އޮޕަރޭޓް ކުރަން ފަށާފައިވަނީ 2002 ވަނަ އަހަރުއޭ އޮތުމުން އަޅުގަޑަށް ދޭހަވަނީ އެހޮސްޕިޓަލްގެ ހިދުމަތްދޭން ފެށި ތާރީހުކަމަށެވެ. ނަމަވެސް އެހޮސްޕިޓަލުގެ ހިދުމަތް ދޭންފަށާފައިވަނީ 2002ވަނަ އަހަރަކުނޫނެވެ.
isse ވިދާޅުވީ
ތާރީޚް:16/05/2010
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް އޮޕަރޭޓް ކުރަން ފަށާފައިވަނީ 1982 ވަނަ އަހަރުއެވެ.
ޖޭމްސް ވިދާޅުވީ
ތާރީޚް:16/05/2010
1982 ގައި އޮޕަރޭޓް ކުރަން ފެށީ ކުރީގެ ހޮސްޕިޓަލް ކުރީގެ ގޮތަށް. މިހާރު އެހުރި ހޮސްޕިޓަލް އޮޕަރޭޓް ކުރީވެސް 2002 ގެ ކުރިން ހެން ހީވަނީ. ދެން ނޭގެ. އެޑްމިން މީ ކިހިނެތްވާ ކަމެއް؟؟
ޕިސްޕިސް ވިދާޅުވީ
ތާރީޚް:16/05/2010
އޯގަދަ.މީވަރަށް ފަހި ކަމެއް. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އާއިމާރާތުގައިވާ ހަދާނީ ބިންގަލުގައިވާ ތާރީހް އެއިނީ މިޚަބަރު ލިޔުނު ފަރާތުންޖަހާފަ. މިފަދަ ޚަބަރުތައް ލޔާއިރު މިކަހަލަ ކަންކަމަށް ސަމާލުވުން ރަނގަޅުވާނެ.
ހިނިތޮރުފާ ވިދާޅުވީ
ތާރީޚް:16/05/2010
ތިކަންވެސް ހަމަ ޗޮކުން ދާނީ. ތީ ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް ފަށަންއުޅޭ ގޭސް ގަނޑެއް. ތިކަމެއްވެސް ނުވާނެ. އަދިވެސް މިރަށު މީހުންނަށް އެ ގަންޖާބޯ ދަސްނުވޭދޯ. މިހާރު އެއުޅެނީ ގުއަޓަނާބޯ ޖަލުން މީހުން ގެނެސް ނޯބަލް ޕީސް ޕްރައިސް ހޯދަން. ހަމަ ހިލާ އެހެނެއް ނުހެދޭނެ.
މަންގަނޑުމަތި ވިދާޅުވީ
ތާރީޚް:16/05/2010
ގުއަޓަނާބޭ އިން 3 މީހުން ގެނެސްފަ އެތަނަށް އަލީ ވަހީދާ، ނިހާނާ، ދެންވެސް ކޮންމެވެސް މީހެއް ފޮނުވާލަނީ ކަންނޭނގެއެއްނު.