ހަތަރު ވަނަ އެޓޯލް ބާސްކެޓްބޯލް ޗެމްޕިއަންޝިޕްގައި ކުޅުދުއްފުށީ ޒިގްޒެގް ދެވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗުރޭ ކާމިޔާބު ކޮށްފިއެވެ. ފުރަތަމަ ބުރުގައިވެސް ޒިގްޒެގް އަތުން ބޮޑުތަފާތަކުން ބަލިވެފައިވާ ތިނަދޫ ހަވަރު ސްޕޯޓްސްގެ މައްޗަށް ޒިގްޒެގް އިން ރޭ ކުރިހޯދީ 84 ޕޮއިންޓް 49 ޕޮއިންޓުންނެވެ.
ފުރަތަމަ ބުރުގައި ކުޅުނު މެޗު ފަދައިން ރޭވެސް މެޗު ފެށުނީންސުރެން ކޮންޓްރޯލް މެޗު ކޮންޓްރޯލް ކުރަމުން ދިޔައީ ޒިގްޒެގެވެ. ފުރަތަމަ ކުއާޓަރގައި ޒިގްޒެގް އިން 25 ޕޮއިންޓް ހޯދިއިރު ހަވަރު ސްޕޯޓްސްއަށް ލިބުނީ 12 ޕޮއިންޓެވެ. ނަމަވެސް ދެވަނަ ކުއާޓަރގައި ހަވަރު ސްޕޯޓްސް އިން ކުޅުން ކޮންމެވެސް ވަރަކަށް ރަނގަޅުކޮށް، މިކުއާޓަރގައި ޒިގްޒެގްގެ ލީޑް ހަނިކުރިއެވެ. މިކުއާޓަރގައި ޒިގްޒެގް އަށް 11 ޕޮއިންޓް ހޯދުނުއިރު، ހަވަރު އިން ވަނީ 14 ޕޮއިންޓް ހޯދާފައެވެ. ދެކުއާޓަރ ނިމިގެން ދިޔައިރު ސްކޯރ އަކީ 36 ޕޮއިންޓް 26 ޕޮއިންޓެވެ.
ތިންވަނަ ކުއާޓަރގައި ކުޅެންނުކުމެ ޒިގްޒެގް އިން 26 ޕޮއިންޓް ހޯދާ ޖުމްލަ 62 ޕޮއިންޓަށް އެރުވިއެވެ. މިކުއާޓަރގައި ހަވަރު ސްޕޯޓްސް އަށް ހޯދުނު 11 ޕޮއިންޓާއެކު އެޓީމަށް ލިބުނީ 37 ޕޮއިންޓެވެ. ހަތަރު ވަނަ ކުއާޓަރއަށް ޒިގްޒެގް އިން ނުކުތީ ރަށުން ބޭރުގެ އެއްވެސް ކުޅުންތެރިއެއް ނުހިމަނާ، ހަމައެކަނި ރަށު ކުޅުންތެރިންނާއި އެކުއެވެ. މިކުއާޓަރގައި ޒިގްޒެގް 22 ޕޮއިންޓް ހޯދިއިރު ހަވަރު ސްޕޯޓްސްއަށް ހޯދުނީ 12 ޕޮއިންޓެވެ.
މެޗު ނިމިގެންދިޔައީ 35 ޕޮއިންޓްގެ ލީޑެއްގައި އޮވެގެން ޒިގްޒެގް މޮޅުވެގެންނެވެ. މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ ކުޅުދުއްފުށީ ޒިގްޒެގަށް 13 ޕޮއިންޓް ހޯދައިދިން އައުޝަންއެވެ.

ޖޭމްސް ވިދާޅުވީ
ތާރީޚް:17/05/2010
ފަހު ކުއާރޓާރ ގައި ހުސް ރަށުކުދިން ކުޅުނީ. ވަރަށް ކޮންބިނޭޝަން ރަނގަޅު ކަމަށް ފެންނަނީ. ގުޅިގެން ވަރަށް ރަނގަޅަށް ކުޅުނު ފަހު ކުއާޓާރ ގައި. ފައިނަލް މެޗް ބަލަން ކުޅުދުއްފުށީގެ ގިނަ އަދަދެއްގެ ބަޔަކު އަންނާނެ ކަމަށް އުއްމީދު ކުރަން.
ފޭސްބުކް ފޭން ވިދާޅުވީ
ތާރީޚް:17/05/2010
އާ ސަޕޯޓަރުން މަދުކަން ފާހަގަ ކުރެވޭ. ކޮބާތަ މާލޭގަ ތިބޭ ސޮރުމެންތަކާއި ބިޓުންތައް. އެތަނުން ބައްދަލުވެލަންވާނެ. ޓީމަށް މަރުހަބާ. ފައިނަލް މެޗު ފަސޭހަކޮށްނުލާތި.
player eh ވިދާޅުވީ
ތާރީޚް:17/05/2010
ސްކޯރ ކުރީ 13 ޕޮއިންޓެއް ނޫން، 18 ޕޮއިންޓް.
ވަރަށް ހިތާމަފުޅާ ހުންނެވި ބޭފުޅެއް ވިދާޅުވީ
ތާރީޚް:18/05/2010
ކަލޯ އެގޮޒާމޭ. މުޅިން ސަކަރާތް. މާލޭގަ އުޅެމުންވަސް ތިޔާ ތަނަށް ވަދެލާނެ އަވައްޖެއް ނުވޭ