ހަތަރު ވަނަ އެޓޯލް ބާސްކެޓްބޯލް ޗެމްޕިއަންޝިޕްގެ ފައިނަލުގައި މިއަދު ކުޅުދުއްފުށީ ޒިގްޒެގް ހިންނަވަރު ހިރިޔާ އާއި ބައްދަލުކުރާއިރު ސަޕޯޓަރުންގެ ތަރުހީބު ވަރަށް މުހިއްމުކަމުގައި ހާމަކޮށްފިއެވެ. ޓީމުގެ ފަރާތުން ހާމަކުރަށްވާ ގޮތުގައި ތަށި މިލްކް ކުރަން ލިބިފައިވާ މިފުރުސަތުގައި ޓީމަށް ސަޕޯޓަރުންގެ ތަރުހީބު ލިބޭނަމަ އެ ވަރަށްބޮޑު ހިތްވަރަށް ވާނެއެވެ. އަދި ހުރިހާ ކުޅުންތެރިންވެސް ތިބީ މޮޅުވުމަށް ވަރަށް ފޯރީގައި ކަމަށްވެސް ޓީމުން ހާމަކުރެއެވެ.
ޒިގްޒެގް ފައިނަލަށް ގޮސްފައިވަނީ ގުރޫޕް ސްޓޭޖްގައި ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ ސަތޭކަ ޕަސެންޓް ރިކޯޑާއި އެކުއެވެ. ގުރޫޕުގެ ފަހުމެޗުގައި ހޯމަ ދުވަހުގެ ރޭ ޒިގްޒެގް ވަނީ އެޓީމު ފައިނަލްގައި ބައްދަލުކުރަންޖެހޭ ހިރިޔާއާއި ބައްދަލުކޮށް 59 ޕޮއިންޓް 63 ޕޮއިންޓުން މެޗު ކާމިޔާބުކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޒިގްޒެގްގެ އަހުމަދު ނަޖީލެވެ.
ޒިގްޒެގް އިން މިމުބާރާތުގައި ކުޅުދުއްފުށި ތަމްސީލް ކުރަމުންދާއިރު އަދި ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންދާއިރު، މިމުބާރާތުގައި ދެން ވާދަކުރާ އެނެއް ދެޓީމުގެ ސަޕޯޓަރުންގެ އަދަދާއި އަޅާބަލާއިރު، ކުޅުދުއްފުށީގެ ސަޕޯޓަރުންގެ އަދަދު މަދުކަން ފާހަގަ ކުރަންޖެހެއެވެ. ހާއްސަކޮށް ހިންނަވަރު ހިރިޔާއަށް ސަޕޯޓްކުރަން އިންޑޯރހޯލަށް ދާ ސަޕޯޓަރުން ގިނައެވެ. ނަމަވެސް ކުޅުދުއްފުށިން ސަޕޯޓްކުރަންދާ ކުދިންގެ އަޑު މަޑު ނޫންކަންވެސް މިފުރުސަތުގައި ފާހަގަކުރަމެވެ.
މިއަދު ކުޅެވޭ ފައިނަލް މެޗުގައި ރަށުޓީމަށް ސަޕޯޓުކުރުމަށް މާލޭގައި އުޅޭ ކުޅުދުއްފުށީގެ ވީހާވެސް ގިނަބަޔަކު ޒުވާނުންގެ މަރުކަޒަށް ދިއުމަށް ކުޅުދުއްފުށި ޑޮޓްކޮމްއިން އެދެމެވެ. މެޗު އޮންނާނީ ޒުވާނުންގެ މަރުކަޒުގެ އިންޑޯހޯލުގައެވެ. ވަނުން ހިލެއެވެ.

player eh ވިދާޅުވީ
ތާރީޚް:19/05/2010
މި މެޗް ޓީވީއެމް އިން ވަގުތުން ދުރަށް ދައްކާ ގޮތަށް ވަނީ ހަމަޖެހިފައި.
ދާހިތުން ހުރި ސޮރެއް ވިދާޅުވީ
ތާރީޚް:19/05/2010
އަގު ބޮދުކަމުން ނެތޭ ދެވޭކައް ދަތުރުފަތުރުގެ ނިޒާމަކުންގުޅުވާފަ އޮތްނަމަ ދެވުނީސް ތޯޗެ
ނައީމް ވިދާޅުވީ
ތާރީޚް:19/05/2010
ކުޅުދުއްފުށީ ޑޮޓް ކޮމްގެ ފަރާތުން އަހަރެމެން އެދެނީ މެޗްގެ ޚަބަރުތަކާއި އިންޓަވިޔުތައް ވީހާ ތާޒާކޮށް ގެނެސްދިނުން.