Share

އެޓޯލް ބާސްކެޓްބޯލް ޗެމްޕިއަންޝިޕް: ޖެހިޖެހިގެން 3 ފަހަރު ޗެމްޕިއަންކަން ހޯދާ ކުޅުދުއްފުށިން ތަށި މިލްކުކޮށްފި

އެޓޯލް ބާސްކެޓްބޯލް ޗެމްޕިއަންޝިޕް: ޖެހިޖެހިގެން 3 ފަހަރު ޗެމްޕިއަންކަން ހޯދާ ކުޅުދުއްފުށިން ތަށި މިލްކުކޮށްފި

ހަތަރު ވަނަ އެޓޯލް ބާސްކެޓްބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ޖެހިޖެހިގެން 3 ފަހަރު ހޯދާ ކުޅުދުއްފުށިން އެތަށި މިލްކް ކޮށްފިއެވެ. ކުޅުދުއްފުށިން ތަށި މި މިލްކު ކުރީ އިއްޔެ ހަވީރު ކުޅެވުނު ފައިނަލްގައި ހިންނަވަރު ހިރިޔާއާއި ބައްދަލުކޮށް 50 ޕޮއިންޓް 36 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މެޗު ފަށައިގެން ވަރަށް ހަމަހަމަ ކުޅުމެއް ކުޅެމުންގޮސް ކޮންމެ ކޮންމެ ޓީމަކުންވެސް 6 ޕޮއިންޓް ހޯދާފައި އޮއްވާ ހަވީރު 16:27 ގައި ޒުވާނުންގެ މަރުކަޒުގެ ހޯލުން ވަނީ ކަރަންޓް ކަނޑައިގެން ގޮސްފައެވެ. ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް މެޗުގެ ކުޅުން ފަށައިގެން ފުރަތަމަ ކުއާޓަރ ނިމުނު އިރު 12-11 އިން ކުރީގައި އޮތީ ޒިގްޒެގެވެ. ދެވަނަ ކުއާޓަރގައިވެސް ފެނިގެން ދިޔައީ ވަރަށް ހަމަހަމަ ފޯރިގަދަ ކުޅުމެކެވެ. ކޮންމެ ޓީމަކުންވެސް ޕޮއިންޓަކަށްފަހު ޕޮއިންޓެއް އަޅަމުން ދިޔައިރު ދެޓީމުގެ ޑިފެންސް ކުރުން ވަރުގަދަކަން ފާހަގަ ވިއެވެ. މިކުއާޓަރ ނިމުން އިރު ސްކޯއަކީ 26-24 އެވެ.

ތިންވަނަ ކުއާޓަރ ފަށައިގެން ކުޅުދުއްށިން ލީޑު ފުޅާކުރަން މަސައްކަތް ކުރިއެވެ. ނަތީޖާއަކަށް ވީ މި ކުއާޓަރ ނިމުނު އިރު 5 ޕޮއިންޓަށް ލީޑު ފުޅާކުރުމެވެ. މިކުއާޓަރ ނިމުނީ 35 ޕޮއިންޓް 30 ޕޮއިންޓުން ޒިގްޒެގް ކުރީގައި އޮވެގެންނެވެ. ހަތަރުވަނަ ކުއާޓަރ ވެގެންދިޔައީ ޒިގްޒެގްގެ ކުއާޓަރ އަކަށެވެ. މިކުއާޓަރގައި ޒިގްޒެގް އިން ޑޮމިނޭޓް ކުރަމުން ދިޔައިރު މެޗު ފެށިނީންސުރެން ސަޕޯޓަރުން ދެމުންދިޔަ ތަރުހީބު އެއްވާނެއްގައި ހިފަހައްޓާލައިފައި ހުއްޓެވެ. މިކުއާޓަރގައި ޒިގްޒެގް އިން 15 ޕޮއިންޓް ހޯދާ 14 ޕޮއިންޓްގެ ލީޑެއް ހޯދިއެވެ. ހިރިޔާއަށް ހޯދުނީ 6 ޕޮއިންޓެވެ.

މެޗުނިމިގެންދިޔައީ 50 ޕޮއިންޓް 36 ޕޮއިންޓުން ޒިގްޒެގް މޮޅުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޒިގްޒެގްގެ މުހައްމަދު ނިޝާންއެވެ. އެއަށްފަހު މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިން އިއުލާން ކުރެވުނެވެ. އެންމެ މޮޅު ފަސްކުޅުންތެރިންނަކީ ޒިގްޒެގް ގެ އަހުމަދު އައުޝަން (11)، މުޙައްމަދު ހަސަން (10)، އާދަމް މުޙައްމަދު (8)، ޢަލީ ނާއިލް (6) އަދި ހިރިޔާގެ އަބްދުއްޔައުގޫބު (10) އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޒިގްޒެގްގެ ޖޯޒީ ނަންބަރު 4، ހުސެއިން އިބްރާހިމެވެ.

މުބާރާތުގެ ވަނަވަނައަށް ދިޔަ ޓީމުތަކަށާއި ކުޅުންތެރިންނަށް ތައްޓާއި ހަނދާނީ ލިޔުން ދެއްވީ ޝަރަފްވެރި މެހެމާނު، މިނިސްޓަރ އޮފް ހިއުމަން ރިސޯސް، ޔޫތު އެންޑް ސްޕޯޓްސް އޮނަރަބަލް ހަސަން ލަތީފެވެ. މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ދިރާގު އެވެ.



, ,

‮ ‬9‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. އަސްލަމް‮ ‬ވިދާޅުވީ


    ތާރީޚް:20/05/2010

    އަލީ ނާއިލަކީ ހިރިޔާ ކުޅުންތެރިއެއް

  2. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:20/05/2010

    ކުޅުދުއްފުށީ ޓީމުން ހޯދި ކާމިޔާބަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން.

  3. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:20/05/2010

    އެޓޯލް ބާސްކެޓްބޯލް ޗެމްޕިއަންޝިޕް: ޖެހިޖެހިގެން 3 ފަހަރު ޗެމްޕިއަންކަން ހޯދާ ކުޅުދުއްފުށިން ތަށި މިލްކުކޮށްފި ކަމަށް އެވަނީ ސީދާ ދޮގެއް. މިސައިޓުގަ ދޮގު ޚަބަރނުލިޔެބަލަ. އަދި މިލްކެއްނުވެޔޭ. އެކަމުގެ އުއްމީދުގަ މިތިބީ އެކަމަކު.

  4. ޖޭމްސް‮ ‬ވިދާޅުވީ


    ތާރީޚް:20/05/2010

    ޕިސްޕިސް އަކީ ވައިކަރަދޫ މީހެއް ވީމަ ތި ޖޭވަނީ. އަސްލު އެތަށި އެއޮތީ މިލްކު ވެފަ. މައްސަލައަކަށް ވީ ފާއިތުވެދިޔަ ދެއަހަރު ކުޅުދުއްފުށީގެ ނަމުގައި ކުޅެފައި މިފަހަރު ޒިގްޒެގް ގެ ނަމުގައި ކުޅުނީމަ. އެކަމާ ބާސްކެޓް ބޯޅަ އެސޯސިއޭޝަނުނުގެ ބައެއް އިސްވެރިން އެކަމާ މެދު މަޝްވަރާ ކުރަމުންދާ ކަމުގެ ހަބަރު ނުރަސްމީކޮށް ލިބިފަވޭ. ޕިސްޕިސް ދެރަނުވޭ އެއޮތީ ތަށި ކުޅުދުއްފުށްޓައް ގެނެސްފަ.

  5. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:20/05/2010

    ކިހިނެއްވެގެންތަ މީހަކު އެއްޗެކޭބުނާއިރަށް ތިޔަ ފެލިގަންނަނީ، މަށަކީ ކުޅުދުއްފުއްޓަށް އުފަން ކުޅުދުއްފުށީ ދަރިއެއް.

  6. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:20/05/2010

    ހަވީރު ނޫސް ބަލާބަލަ.

  7. ހަން ޓޯޓޯ‮ ‬ވިދާޅުވީ


    ތާރީޚް:21/05/2010

    ރަށު މީދަލެއްރަ އަދި މި ތެޅި އަރުވަނީ. އަހަރެމެން މިލްކުކުރީއޭ މިކިއަނީ 3 ފަހަރު ޖައްސަ ޖައްސައިގެން ތަށި ގެނައީމަ. ފާއިތުވި 2 އަހަރު ރަށެއްގެ ނަމުގައި ބައިވެރިވެވޭ. މިފަހަރު ޓީމެއްގެ ނަމުގެ ބައިބެރި ވެވުނީ.. އެނީވެސް ޖައްސަ ޖައްސައިޖެން 3 ފަހަރު ތަށި ކުޅުދުއެފުށިން ގެނެއްސް އެއޮތީ…މިލްކުވެސް ކޮށްފަ އެއޮތީ… ކުޅުދުއްފުއްޓަށް އުފަންވިއަސް ތީ އަހަރެމެންގެ ތެރެއިންވާ މަ މީހެއްނޫން… ކެކެކެ މިތާ ހަޅޭ ނުލަވާ އަނގަ މަޑުލައިން އިނދޭ ބައްޕަ ދޫނި ޕިސަ ޕިސް… ހަހަހަހަ

  8. ޕިސްޕިސް‮ ‬ވިދާޅުވީ


    ތާރީޚް:22/05/2010

    ހައްހައް… ހާދަ ހިތުގަ ޖެހިއްޖޭދޯ ހަންޓޯޓޯ،ތިކަހަލަ ގަމާރު އާލާތުން ނެއްނޫޅޭނެ ކުޅުދުއްފުއްޓެއްގައެއް،އަސްލު ތީ އަހަރމެންތެރޭގަ ނުވާ މީހަކީ، މީއެކުވެރި އަނެކުންގެ ހިޔާލަށް އިހުތިރާމް ކުރާ އެކުވެރިބަޔެއް އުޅޭރަށެއް. ތިޔަކަލަ މީހުން އުޅުނަސް އެއީ ބޭކާރު މީހެއް. ދެން ލަލަލާ.ކުރަން ބޭނުން ކަންތައް ހަންޓޯޓޯގެ ފަރާތުން ކާމިޔާބުވެއްޖެ. ދެންލަލަލާ

  9. ތެދު ބަސް‮ ‬ވިދާޅުވީ


    ތާރީޚް:25/05/2010

    ތަށި އެގެންދިޔައީ ހަމަ ކުޅުދުއްފުށި ޔަގީނުންވެސް 3 އަހަރު ޖައްސަ ޖައްސައިގެން ގައިމު.. މަރުހަބާ….