Share

ކުޅުދުއްފުށީގެ 3 ޖަމިއްޔާ އެއް އުވާލައިފި

ކުޅުދުއްފުށީގެ 3 ޖަމިއްޔާ އެއް އުވާލައިފި

ކުޅުދުއްފުށީގެ ތިން ޖަމްޢިއްޔާއެއް އުވާލައިފިއެވެ. އެގޮތުން އުވާލި ޖަމްޢިއްޔާތަކަކީ ކުޅުދުއްފުށީ ޒުވާނުންގެ ޖަމްޢިއްޔާ އާއި އެސޯސިއޭޝަން ފޮރ ފިއުނަރަލް އިނީޝިއޭޓިވް އެސިސްޓަންސް އަދި ޖަމްޢިއްޔަތުލް ހިދާޔާއެވެ.

މި ޖަމްޢިއްޔާ ތައް އުވާލުމާ ގުޅޭ ގޮތުން ހޯމް އެފައާޒުން ނެރެފައިވާ އިޢުލާނުގައި މި ޖަމްޢިއްޔާ ތައް އުވާލި ސަބަބެއްކަމަށް ބުނެފައިވަނީ ގާނޫނު ނަންބަރު 1/2003 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ވިދި ވިދިގެން 2 އަހަރު ވަންދެން އަހަރީ ރިޕޯޓާއި އަހަރީ ހިސާބު ލިބިފައިނުވާ އަދި ހިންގާ ކޮމިޓީގެ މުއްދަތު ހަމަވުމުން ކުރިއަށް އޮތް ދައުރަށް ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށްފަހު ހޯމް މިނިސްޓްރީ އަށް ހުށަހަޅާފައިނުވާތާ 2 އަހަރު ވެފައިވާތީ ކަމަށެވެ.

ކުޅުދުއްފުށީގެ ގިނަ ޖަމްޢިއްޔާތައް ހަރަކާތްތެރި ނުވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

‮ ‬8‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ޖޭމްސް‮ ‬ވިދާޅުވީ


    ތާރީޚް:24/05/2010

    މިފަހަރު މި އުވާލީ 3 ޖަމިއްޔާ. އަޅުގަނޑަށް ފެންނަ ގޮތުގައި މަދު ޖަމްއިއްޔާ އެއް ނޫނީ މިހާރު ރަނގަޅަށް މަސައްކަތެއް ނުކުރޭ.

  2. ބޫން ބޫން....‮ ‬ވިދާޅުވީ


    ތާރީޚް:25/05/2010

    އާން ތިބުނީ ތެދެއް، މިހާރު އަޑުމިއިވެނީ ޒުވާނުންގެ ދިރުމާއި، ނޫރާއި، ދެން މަޑުމަޑުން ސްކައި ކަން ފާހަގަ ކޮށްލަންޖެހޭ….ދެން އަނެއްބައި މީހުން އަދި ނުހޭލާ ނިދާފަ ތިބީ…

  3. މަންގަނޑުމަތި‮ ‬ވިދާޅުވީ


    ތާރީޚް:25/05/2010

    އަދިވެސް އޮންނާނެ އުވާލަންޖެހޭ ޖަމިއްޔާއެއް. އެތަނަށް ކިޔަނީ ކޮންމެވެސް ޖަމާއަތުގެ ގުޅުމެކޭ މަހަނދާންވަނީ. މިހާރު ފަހެ މަގުލަސް އުވުނީތަ.؟

  4. އަހަރެންވާ‮ ‬ވިދާޅުވީ


    ތާރީޚް:25/05/2010

    މަސައްކަތްތެރިންގެ ޖަމްޢިއްޔާ މީ ކިއެއްކުރާ ބައެއް، މަގުލަސް ކްލަބުންވެސް 14 ސަޕްހާގެ ރިޕޯޓެއް ހޯމް މިނިސްޓްރީއަށް ފޮނުވާ ކުރާކަމެއް ނޭގޭ

  5. ނުދެނެހެށިކަމަށް ހަދާފަ‮ ‬ވިދާޅުވީ


    ތާރީޚް:26/05/2010

    ފިޔުނަރަލް ކޯޗެކޯލާ؟ މިހާރު ދެން ހެޔޮ ދޯ ކޮންމެ ފަދަ ލަދެއްވަސް ކިޔެނިކޮން އެ ފަހެ ކޯޗެއް؟

  6. ޖޭމްސް‮ ‬ވިދާޅުވީ


    ތާރީޚް:27/05/2010

    “ވެސް” ގެ ބަދަލުގައި ކުޅުދުއްފުށީ މީހުން ކިޔަނީ “ވަސް” ދޯ. ފައްކަލޭދޯ.

  7. މޫޓަ ކަލޭފާނު‮ ‬ވިދާޅުވީ


    ތާރީޚް:27/05/2010

    ފިއުނަރަލް އިނީޝިއޭޓިވް އެސިސްޓަންސް، ފަރުހޫދާއި ބާންސާއި މުޙައިމިންގެ ޖަމިއްޔާވެސް އުވުނީތަ. މަހިޔެއްނުކުރަން މިމީހުން މިހާ ދޯދިޔާވާނެކަމަކަށް. ވަރަށްދެރަ.

  8. ސޯދުބެ‮ ‬ވިދާޅުވީ


    ތާރީޚް:27/05/2010

    އާނ!ކުޅުދުއްފުށީ ބަހުރުވަޔަކީ ވަރަށް ރީތި ބަހުރުވަޔެއް…ހުރިހާކުދިން ވަސް ވާނެ އެ ބަހުރުވަ އާލާކުރަން!