Share

އެންމެ ގިނައިން ދޮގުހަދަނީ ފިރިހެނުން!

އެންމެ ގިނައިން ދޮގުހަދަނީ ފިރިހެނުން!

އަންހެނުންނަށްވުރެ ގިނައިން ބޮޑެތި ރޯ ބުހުތާނު ދޮގު ފިރިހެނުން ހަދާކަމާއި، އަދި ދޮގު ހެދުމަށްފަހު އެކަމާއި އެމީހުން ދެރަނުވާކަން ދިރާސާއަކުން ދައްކައިފިއެވެ. އިނގިރޭސިވިލާތުގެ ސައެންސް މިޔުޒިއަމްގެ އެހީގައި ދިރާސާކުރި ބަޔަކު، ތިންހާސް މީހުންގެ މެދުގައި ކުރި ދިރާސާއަކުން ދައްކާގޮތުގައި އިނގިރޭސި ފިރިހެނުން ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް ތިން ދޮގު ހަދައެވެ. އެއީ އަހަރަކު އެއްހާސް ނުވަދިހަ ދެ ދޮގެވެ.

އަނެއްކޮޅުން، އަންހެނުން ފެންނަނީ ފިރިހެނުންނާއި އަޅާބަލާއިރު މާބޮޑަށްވެސް ތެދުވެރިކޮށެވެ. ދުވާލެއްގެ މައްޗަށް ދެ ދޮގު ހަދައިގެން އަންހެނުންގެ ދޮގުހެދުމުގެ އަހަރީ އެވްރެޖް އުޅެނީ، ހަތްސަތޭކަ އަށާވީހުގައެވެ.

މިދިރާސާއިން ދައްކާގޮތުގައި އެންމެ ގިނައިން ދޮގުހަދަނީ ދަރިން، އެމީހުން ބަނޑުއަޅައިވިހޭ މައިންނަށެވެ. މަންމައަށް ދޮގުހެދިކަމަށް އެއްބަސްވަނީ އަންހެނުންގެ އެންމެ ވިހި ފަސެންޓް މީހުންނެވެ. ހަޔާތުގެ ބައިވެރިޔާއަށް ދޮގު ހަދާކަމަށް ދައްކަނީ އެންމެ ދިހަ ޕަސެންޓް މީހުންނެވެ.

އިނގިރޭސި ފިރިހެނުންގެ އެންމެ މަޤްބޫލް ދޮގަކީ، ރާބުއިމުގެ އާދަޔާއި ގުޅޭގޮތުން ހަދާދޮގެވެ. “އެހާ ވަރަކަށް މަށެއް ރައެއް ނުބޮން” މިއީ އިނގިރޭސި ފިރިހެނުން އެމީހުންގެ ހަޔާތުގެ ބައިވެރިންނަށް ދޮގުހެދުމަށް ބޭނުންކުރާ އެންމެ އާންމު އިބާރާތެވެ. އަނެއްކޮޅުން އަންހެނުން އެންމެ ގިނައިން ދޮގުހެދުމަށް ބުނެ އުޅެނީ، ” އެއްވެސް ކަމެއް ގޯހެއް ނޫން… އަހަރެން ހަމަ ރަނގަޅު” މިހެންނެވެ.

ދިރާސާއިން ދެއްކި ގޮތުގައި ފިރިހެނުންނަށްވުރެ އަންހެނުން، ދޮގުހެދުމަށްފަހު އެކަމާމެދު ދެރަވެއެވެ. އަންހެނުންގެ އައްޑިހަ ދެ ޕަސެންޓް މީހުން ބުނަނީ ދޮގުހެދުމުން އެމީހުންގެ ޒަމީރުގެ ހަމަޖެހުން ގެއްލޭކަމަށެވެ. މިގޮތަށް، ފިރިހެނުންގެ ބުނާ ޕަސެންޓޭޖް އުޅެނީ ހަތްދިހައިގައެވެ.

ދޮގުހެދުމުގެ ކޮލިޓީއަށް ބަލާއިރު، ފިރިހެނުންގެ ނަޒަރުގައި ކުރީގައި އުޅެނީ އަންހެނުންނެވެ. ފަންސާސް ފަސް ޕަސެންޓް ފިރިހެނުން ބުނަނީ، އަންހެނުން ވަރަށް ފެންވަރު ރަނގަޅު ދޮގުހަދާކަމަށެވެ. އެއީ އަންހެނުން މަދުން ދޮގު ހެދި ކަމަށްވިޔަސްވެހެވެ.

ކުރީގެ ރައީސް މައުމޫން ވަނީ، ސިޔާސީ ހަލަބޮލިކަން އެންމެ ވަރުގަދަވި ދުވަސްވަރު، ދޮގު ހަދާ މީހުންގެ ލިސްޓެއް ޢާންމުކުރައްވާފައެވެ. އެ ލިސްޓްގައި އިބްރާހީމް ހުސެއިން ޒަކީއާއި މާރިޔާ އަހްމަދުދީދީ އާއި ގޯގޯ ލަޠީފްގެ އިތުރުން ވެސް ތަފާތު މީހުން މައުމޫން ހިމެނުއްވިއެވެ.

މިއަދުގެ ސަރުކާރުގެ ބައެއް އިސްބޭފުޅުން ދޮގުހެއްދެވިކަމަށް ޝަރީޢަތަށް ސާބިތުވެގެން އަބުރުގެ ދިޔައަށްވާ ފައިސާ ޝަރީޢަތުން ނަގާފައިވެއެވެ.

ވިރާސީ ރަސްކަމުގެ ދުވަސްވަރުން ފެށިގެން މިއަދާއި ހަމައަށްވެސް، ދިވެހި ވެރިން ފާހަގަކުރެވިފައިވަނީ ރޯބުހުތާނު ދޮގު ނިކަން ގިނައިން ހަދާބައެއްގެ ގޮތުގައެވެ. ފާހަގަކޮށްލަން ރަނގަޅު ޕޮއިންޓަކީ، ގިނަ ދިވެހި ވެރިންނަކީ ފިރިހެނުންކަމެވެ. މި ފަހަކަށް އައިސް، ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް އެންމެ ފާހަގަކުރެވެނީ ރައީސް އޮފީހުގެ ޕްރެސް ސެކެއްޓަރީ އެވެ. ޝައްކެއްވެސް ނެތްގޮތުގައި އެއީވެސް އަދި ހަމަ ފިރިހެނެކެވެ.

އިނގިރޭސިވިލާތުގައި މަސައްކަތްކުރައްވާ ދިވެހި ޕްރޮފެސަރެއް ކަމަށްވާ ޑޮކްޓަރ ޢުޤައިލް، ދޮގުހަދާ މީހުން ދެނެގަންނާނެ އާލާތެއް އީޖާދުކުރެއްވުމުގެ ބުރަ މަސައްކަތް މިހާރު ކުރައްވަމުން އެބަ ގެންދަވާކަމަށްވެއެވެ.

ޑޮކްޓަރ ޢުޤައިލްގެ މަސައްކަތް ކޮޅެއްގައިޖެހި ކާމިޔާބުވެއްޖެނަމަ، އެންމެ ބޮޑު ފައިދާއެއްކުރާނެ އެއްބަޔަކީ، ރަށްފުށުގެ ދިވެހިންނެވެ. އެހެނީ، ވެރިންގެ އެންމެ ބޮޑެތި ދޮގުތަކުގެ ޝިކާރަޔަކަށްވެފައިވަނީ އެމީހުން ކަމުގައި ވާތީއެވެ.

‮ ‬20‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. މަންގަނޑުމަތި‮ ‬ވިދާޅުވީ


    ތާރީޚް:26/05/2010

    ފޮޓޯއިން މިހާރު ތި ފެނިވަޑައިގަންނަވަނީ ގައުމުގެ ދޮގުލިސްޓްގެ އެންމެ ކުރި ހޯދުމަށް ކެމްޕެއިން ކުރައްވަމުންދާ ރކސބނޑ, އާދެ ދިވެހި ރާއްޖޭގެ އިއްޒަތްތެރި ޝަރަފްވެރި ތާޖުގެ ވެރިޔާ އލގނޖ މުހައްމަދު ނަޝީދު.

  2. ޖޭމްސް‮ ‬ވިދާޅުވީ


    ތާރީޚް:26/05/2010

    ޕްރެސް ސެކެޓްރީ ޒުހޭރު ގުއަންޓަނާމޯބޭ މައްސަލައިގައިވެސް ފުރަތަމަ ހެދީ ދޮގު. ފަހުން ފަޅާއެރީ. ދެން ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާބެހޭ ގަވާއިދުގެ މައްސަލައިގައިވެސް ހެދީ ދޮގު. ފަހުން އެކަންތައްތައް ވެސް ފަޅާއެރީ. ރައީސްގެ ތަރުޖަމާނަކަށް ހުންނަ މީހަކު ދޮގު ހެދުން އެހާ އާންމު ވުމުން އެނގޭ ހަގީގަތަކީ ގައުމުގެ ރައީސް މުހައްމަދު ނަޝީދުވެސް ރައްޔިތުންނަށް ދޮގު ހަދަމުންދާކަން. އަދި ބަސްބުނުމުގައި ގެންގުޅޭ ހަރުކަށިކަމާ ހުސް ވައުދު ވަމުންދާ ދިއުން ކުށްވެރިކުރަން.

  3. މަހާސިންތާ‮ ‬ވިދާޅުވީ


    ތާރީޚް:26/05/2010

    އިދިކޮޅު ޕާޓީގަ ވެސް އުޅެނީ ހަމަ ހުސް ދޮގުވެރީން، ކަލޭމެންނަށް ފެންނާނީ އަންނި މެން ކަމެއް ކުރީމަ، ތި ސިޔާސީވެގެން އެބަ އުޅޭތަ ސަހަލު އެއްޗެއް،

  4. އަހަރެންވާ‮ ‬ވިދާޅުވީ


    ތާރީޚް:26/05/2010

    މަންގަނޑުމަތި ކުރައްވާފައިވާ ކޮމެންޓް ވަގުތުން ނެގުމަށް އެޑްމިންއަށް ގޮވާލަން

  5. މަންގަނޑުމަތި‮ ‬ވިދާޅުވީ


    ތާރީޚް:26/05/2010

    ނަގަންޏާ ނަގަންވީ. ދެންހަމަ ހަގީގަތަށް ވާހަކައެއް ބުނާ އިރަށް ތިތިބީ މުޅިން އޭތިވެފަ އޭނުން. ހަމަ ނަގާއިރަށް ޖަހާނަން. ނިކަން ނަގާބަލަ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނިގުޅައިނުލާ.

  6. މައުމޫނު‮ ‬ވިދާޅުވީ


    ތާރީޚް:26/05/2010

    ހިޔާލުފާޅު ކުރުމުގެ މިނިވަންކަމޭ ކިޔައިގެން މީހުންގެ އަބުރާ ބެހޭކަށް ނުޖެހޭ

  7. ފޭސްބުކް ފޭން‮ ‬ވިދާޅުވީ


    ތާރީޚް:26/05/2010

    އާނ! ކަލެޔަށް ބޮޑަށް އެނގޭނީ. އެއީ ކަލޭ ދިން މިނިވަން ކަމެއް ވިއްޔާ.

  8. ބޯސޮރު‮ ‬ވިދާޅުވީ


    ތާރީޚް:26/05/2010

    ޝައްކެއްވެސް ނެތްގޮތުގައި އެއީވެސް އަދި ހަމަ ފިރިހެނެކެވެ. (9 ވަނަ ޕެރެގްރާފްގެ އެންމެ ފަހު ޖުމްލަ)

    އަދި ހަމަ ފިރިހެނެކޭ އޮތުމުން ދޭހަވަނީ ކުރިއަށް އޮތްތާ އަންހެކަނަށް ބަދަލުވެދާނެޔޭ ބުނާކަހަލަ ގޮތަކަށް.

  9. ސިއްތި މަރިޔަނބު ގޯތި ކެޔޮ އަލީ ކެޔަނޑު ކަނޑަން ކެޔޮގަހަށް އަރައި އޮވެ‮ ‬ވިދާޅުވީ


    ތާރީޚް:26/05/2010

    ތިއީ އެއްވެސް ޙަޤީޤަތެއް ހުރި ދިރާސާއެއް ކަމަކަށް ނުފެނޭ. އަންހެނުން މާ މަކަރުވެރިވާނެ. މާ ގިނައިން ދޮގުހަދާނެ. އެމީހުން ދޮގުހަދާފަ އެކަމަށް އެއްބަސްވެސް ނުވާނެ ފިރިހެނުން އެއްބަސްވާ ގޮތަކަށް. އެހެންވީމަ ތި ދިރާސާއިން ތިގޮތަށް އެ ދައްކަނީ. ޝުކުރިއްޔާ!

  10. ނަލަ މޮހޮންމަދު‮ ‬ވިދާޅުވީ


    ތާރީޚް:26/05/2010

    ބަލަ ރައީސުންނާ ރަސްރަސްކަލުންނަކާ ދޮގެއް ނަހަދަޔޭނުން؟ އެބޭފުޅުން ހައްދަވަނީ އިތުރުފުޅު ކިޔާ އެއްޗެއް. އެހެންވެ މަ މިހެން މި ކިޔަނީ. ރައީސް ނުލައި ތިޔާ ލިސްޓަށް.

  11. އަބްތަރީސް‮ ‬ވިދާޅުވީ


    ތާރީޚް:26/05/2010

    ބޯސޮރަށް: ކަލެޔަކީ އަން ކިޔައިފިއްޔާ ކޮންމެ އެއްޗެއް ވެސް ވަރިހަމަ ވާ ކަމަށް މަޝްހޫރުވެފަ އޮތްނަ މީހެއް. ތިހެން އުޅިފަ އަންނި ވަރިހަމަ ނުކުރާތި.

  12. ނައީމް‮ ‬ވިދާޅުވީ


    ތާރީޚް:26/05/2010

    ބޯސޮރަށް!

    މިލިޔުނު މީހަކު ހަމަ ގަސްތުގައި އެ ގޮތަށް ލިޔެފައި އެޔޮތީ! މަށަށް ހީވަނީ، ދޮގު ހަދާ ހަދާ ބަރުބަލިވެ، ޒަމީރުގެ ހަމަޖެހުން ގެއްލުމުން ތައުބާވެ އަމިއްލަޔަށް އަންހެނަކަށް ވާނެ ކަމަށް ލަފާކޮށްފައިހެން އެހެން އެ ލިޔުނީ… އެވަރަށް ދޮގު ހަދަޔޭނު އޭނާ!!

  13. ދޮގުބޮނޑި‮ ‬ވިދާޅުވީ


    ތާރީޚް:27/05/2010

    ކޮންމެ ކަމަކާވެސް ވެރިންނާ ގުޅުވޭތޯ ބަލާތި.. މިލިޔުމުގެ ފުރަތަމަ ބައި މިކިޔާލީ ހާދަ ހިތްހަމަޖެހިގެނޭ..!

  14. ބިއްޕޮއްޅެ‮ ‬ވިދާޅުވީ


    ތާރީޚް:27/05/2010

    މަށަށް އެނގޭހާވެސް އެއްޗަކީ އަންހެނުން ހަދާ ދޮގުގަ މާ އޮއްޓަރު ހުންނަކަން. އަދި އެ ކަނބަލުން ހަދާ ދޮގު ސަބަބުން މަ ފިތުނަތައްވެސް އެބޮތް. އެކަން އެނގޭ ތި ދިރާސާ ނެހެދިއްސް

  15. އަރުޝަދު‮ ‬ވިދާޅުވީ


    ތާރީޚް:28/05/2010

    އަން ކިޔާ މީހުން ނުހަދާ ދޮގެއް. ހަދަންޏާ ހަދާ ދޮގުގައި ފަލްސަފާ އެއް އޮވޭ.

  16. ސުޕަރ‮ ‬ވިދާޅުވީ


    ތާރީޚް:28/05/2010

    މަށށް ހީވަނީ ތި ދިރާސާއެއް ކޮށްފަ ތިއޮތީ އަންހެނެއްހެން

  17. ަައަންހެނެއް‮ ‬ވިދާޅުވީ


    ތާރީޚް:29/05/2010

    ފިރިހެނުުން ޖޭވަނީދޯ!

  18. އަޑަފި‮ ‬ވިދާޅުވީ


    ތާރީޚް:30/05/2010

    އަންހެނުންނަށް ވުރެ ފިރިހެނުން މާ މަކަރުވެރި ވާނެ.

  19. އަޑަފި‮ ‬ވިދާޅުވީ


    ތާރީޚް:30/05/2010

    ދޮގު ހެއްޖަސް ނުހެއްޖަސް ވަރަށް ގިނަ ފިރިހެނުން މިހާރު ދެއަނތްބަށް މީހުނާ އިންނަން ޖެހެޔޯ

  20. ޖޭމްސް‮ ‬ވިދާޅުވީ


    ތާރީޚް:31/05/2010

    “ހެއްޖަސް ނުހެއްޖަސް” މިބުނާ އެއްޗެއް ތަފްސީލް ކޮށްދީބަލަ.