އަނެއް ދިވެހިރާއްޖެ
‘އަނެއް ދިވެހިރާއްޖެ’ މިއީ ރާއްޖެ އޮންނާނެގޮތް، ފުންކޮށް ނުވިސްނާ އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު އޮޅުވާލެވޭގޮތަށް ބޭނުންކުރާ ‘ސްލޯގަން’ އެކެވެ. މިއީ އެމްޑީޕީގެ ރިޔާސީ ކެމްޕޭނުގެ ރަސްމީ ސްލޯގަނެވެ. ފުރަތަމަ، މި އިޝާރާތްކުރާ ‘އަނެއް ދިވެހިރާއްޖެ’ އެއީ ކޮންތާކުއޮތް ތަނެއްކަމެއް އެކަކަށްވެސް ނޭނގެއެވެ. މިހާރު ޔަގީންވާގޮތުން އެއީ، ބިންވެރިންނާއި މުއްސަނދީންވެގެން ފަގީރުން ފަގީރުކޮށް، މާދަރީ ބަހުގެ މައްޗަށް ބިދޭސީ ބަހެއް އިސްކޮށްފައި އޮންނަ، ވަކި ދީނެއް ނޯންނަ، ބޭނުން ކޮންމެ ގައުމަކުން އައިސް ރައްޔިތަކަށްވެވޭ، ގޮތަށް ރާއްޖެ ބަދަލުވުމުން ކިޔާނެ ނަމެކެވެ.
އަނެއް ފިކުރު
‘އަނެއް ފިކުރު’ މިއީ އަނެއް ދިވެހިރާއްޖެ އަތުލުމަށް ނޫނީ، މިހާރު އޮތް ދިވެހި ރާއްޖެ ބަދަލުކުރުމަށް ބޭނުންވާފިކުރެވެ. މި ފިކުރުގައި، މިހާރު ރަނގަޅު ކަންކަން ކަމަށް ބަލާ ސިފަތައް ގޯސްކުރެއެވެ. މިސާލަކަށް ދަންނަވާނަމަ، ދިވެހިބަހާއި، ދީނާއި ސަގާފަތަކީ އަނެއް ފިކުރާއި ދިމާ އިދިކޮޅު އެއްޗެއްސެވެ. އަނެއް ފިކުރުގައި، ދީނުގެ ޙުކުމްތަކަށްވެސް ފާޑުކިޔާ މުޒާހިރާކުރެވޭނެއެވެ. އަނެއް ފިކުރުގައި، ރާބޯން ބޭނުންނަމަ ރާ ލިބެން ހުންނަންޖެހޭނެއެވެ. ލަވަކިޔާ ނަށަން ބޭނުންނަމަ، ކޮންމެ ތާކު އެކަން ކުރެވެން ޖެހޭނެއެވެ. ދީނަށް ލޯބިކުރާމީހުން އަނެއްފިކުރު ވަރަށް ފަސޭހަކަމާއެކު މާނަކުރެއެވެ. އެމީހުންގެ ނަޒަރުގައި އަނެއް ފިކުރަކީ ލާދީނީ ކޮންމެ ފިކުރެކެވެ.
އަނެއްވައްތަރު ފަނި
‘އަނެއް ވައްތަރު ފަނި’ މިއީ އިނގިރޭސިވިލާތުގައި ކިޔަވަން އުޅުނު، ދިވެހިންގެ ގުރޫޕެއް އުފެއްދި މިޔުޒިކް ބޭންޑަކަށް ކީ ނަމަކެވެ. މޯލްޑީވްސް ސްޓޫޑެންޓްސް އެސޯސިއޭޝަން ޔޫކޭ، ގެ ފަރާތުން ނުވަދިހައިގެ ކުރީކޮޅު ޓީވީ ކޮށީގައި ބޭއްވި ‘ތާނަ ޝޯ’ ގައި ނަގާކިޔަން އުޅުނީ އަނެއްވައްތަރު ފަނި ބޭންޑެވެ. ބޭންޑްގެ ލީޑް ވޯކަލިސްޓަކީ، ސަރުކާރުގެ ސައެންސް އެންވޯއީ އަހުމަދު ޝަފީގު މޫސާ (ޑީއޯ ސައްޕެ) އެވެ. އޭނާ އޭރު ހުންނާނީ، އަނެއްވައްތަރު ފަނީގެ ސްޓައިލުގައެވެ. ފަހަތަށް އިސްތަށިގަނޑު ދިގުކޮށް ބައެއްގައި ކުލަޖައްސައި، ވައަތު ކަންފަތުގައި ބޮޅެއް ލައިފައެވެ. އާދެ، އަނެއްވައްތަރުވެލާފައި، ބަލާބެލުމަށް އަނެއް ފިކުރުގެ އަނެއް ދިވެހިރާއްޖޭގެ ނަމޫނާ ދިވެއްސެއްގެ ގޮތުގައެވެ.
ހަގީގަތުގައި އަނެއް ދިވެހިރާއްޖެ އާއި އަނެއް ފިކުރާއި، އަނެއްވައްތަރު ފަނި މިއީ ގުޅި ލާމެހިފައިވާ ތިން ބަހެވެ. އަނެއްވައްތަރު ފަނި، އެއީ އަނެއް ދިވެހިރާއްޖޭގެ މީހުންނެވެ. އަނެއް ފިކުރު އެއީ އެމީހުންގެ ވިސްނުމާއި އަގީދާއެވެ. އަނެއް ދިވެހިރާއްޖެ އެއީ އެމީހުންގެ ވަޒަނެވެ.

ޕިސްޕިސް ވިދާޅުވީ
ތާރީޚް:29/05/2010
ކިހާވަރެއް ދިނީމަތަ މިކަހަލަ ސިޔަސީ ދޮގެއް ޖަހާލަދެނީ، މިބުނީ ސިޔާސީ ލިޔުން ވާހަކަ. އެމްޑީޕީއަށް ވެސް ޖަހައިދެންތަ މިކަހަލަ ލިޔުން.އަގެއް ބުނެލަދީފާނަންތޯ؟
ޖޭމްސް ވިދާޅުވީ
ތާރީޚް:29/05/2010
ޕިސްޕިސް މެން އަދި ޅަވާނެ މިކަހަލަ ލިޔުންތައް ކިޔަން. ރަށްފުށުގައި އެއްވެސް ތައުލީމެއް ތަހުޒީބެއް ނުވެހުރި އިންސާނަކު ކުރާ ތިޔަފަދަ ކޮމެންޓްތައް މިލިޔުންތަކާ ނުގުޅޭ. ޕިސްޕިސް ވެސް ހޭލުންތެރިވެ މިމުޖުތަމައުގައި ހިނގާ ކަންކަން ދިރާސާ ކުރެވޭ ވަރުގެ މީހަކަށް ވެ ބަލަ. ކުޅުދުއްފުށީގައި މަދުންނަމަވެސް ތިޔަކަހަލަ ގމރ ން އުޅޭތީ ދެރަވަން. މިއީ ލިޔުންތެރިޔާ އަނެއް ދިވެހިރާއްޖެ އާއި އަނެއް ފިކުރު އަދި އަނެއް ދިވެހިރާއްޖޭގެ ފަނި އެލިޔުންތެރިޔާ ސިފަކޮށްދިން ގޮތް. ގާނޫނު އަސާސީ ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަން ލިބިގެންވެޔޭ.
މަހާސިންތާ ވިދާޅުވީ
ތާރީޚް:29/05/2010
މި ލިޔުމުގަ ހުރި ވާހަކަތަކާ މަވެސް އެއްކޮޅެއް ނޫން، އެކަމަކު ބުނަން މި ސައިޓަކީ ވަރަށް މިނިވަން ގޮތަކަށް ލިޔުންތެރިކަމަށް ހުޅުވާލެވިފަ އޮންނަ ސައިޓެއް ކަމަށް މަށަށް ފާހަގަވަނީ، މީގަ ހުރޭ ހަމަ ޑއާރުޕީ އަށް ވެސް އެހެން މީހުންނަށް ވެސް ބިނާކުރަނިވި ފާޑާ އެހެންވެސް ފާޑަކަށް ނުވާ ފާޑުޗވެސް ކިޔާފަ ހުރޭ، އެކަމަކު ޕިސްޕިސް މެން ތި ހީކުރާހެން ވިކޭނެ ސައިޓަކަށް ވުރެ މި ސައިޓު މިނިވަންވެފައި ފުދުންތެރި، ތިޔަ ބުނާހެން ވިކިގެން އުޅުނު ކައިރި ރަށަކު ސޮރެއް ހަދައިން އުޅުނު ސައިޓު މިހާރު ވިކުނު ގޮތަށް ވިރިހުސްވެއްޖެ މެ،
މަންގަނޑުމަތި ވިދާޅުވީ
ތާރީޚް:29/05/2010
ދެން ބަބަބަބަ…އަހަރެމެންނަށް އަނެއް ދިވެހިރާއްޖެ ރަނގަޅީ ނުދެއްކިއްޔާ. ތިޔަށް ވޯޓު ދެވުން މޮޔަ ހީވޭ މިހާރު. ގާއުކައިގެން ހަމަ ބާލަންވީ
ކޭލުފަނި ވިދާޅުވީ
ތާރީޚް:29/05/2010
ދިވެހިން ބޯ ފަނި އެއީ މި ވައްތަރު ފަނި. އަނެއްވައްތަރު ފަންޏަކީ ސޯލާ ޝިރާޒު
ޖޭމްސް ވިދާޅުވީ
ތާރީޚް:29/05/2010
އަނެއް ދިވެހިރާއްޖޭގެ މަލަމަތި ފެންނަން ފަށައިފި. ފާޅުގައި ދިވެހިން އިސްލާމް ނޫންކަން އިއުލާން ކުރަންފަށައިފި.
ޕިސްޕިސް ވިދާޅުވީ
ތާރީޚް:29/05/2010
ބަލަ ޖޭމްސް! ކަލޭމެން ތަހްޒީބު މީހުނަށް މިތަނުގައި ހިޔާލުފާޅު ކުރެވޭ. އަހަރެމެން ހިޔާލެއް ފާޅުކުރީމަ މިވަނީ ގަމާރަކަށް؟ މިތަނުން ހޭލުންތެރި ނޫނީގަމާރުގެ މާނަވެސް މިހާރު އޮޅޭ ހިސާބަށް މިދަނީ ޖޭމްސް މެންނާހުރެ.ބަލަ މަވެސް ތިޔަބުނާ މިނިވަންކަމުގެ ދަށުން މިހިޔާލުފާޅުކުރަނީ، ހަޖަމު ކުރަންދަސް ކުރޭ ކޮއްކޯ !ތިމާ ގެ ހިޔާލާ ތަފާތު ހިޔާލު މިކަހަލަ ތަންތަނުން ފެންނާނެ. ޅައީވެސް ގަމާރީވެސް އަދި ތަން ދޮރުނޭގެނީވެސް މަށެއްނޫން ކަލެއަށް. މިވަރުން ފުދޭނެކަމަށް ހީކުރަން، ޝުކުރިއްޔާ!
ޕިސްޕިސް ވިދާޅުވީ
ތާރީޚް:29/05/2010
މިސައިޓުގެ ތައާރަފެއް އެހެން މީހަކު ދޭކަށް ނުޖެހޭނެ. މިސައިޓު އުފަން ކުރުވުގެ އެންމެ ބޮޑުބައި ކުޅުން މީހެއްމަށަކީ.އަހަރެމެން މިކަން ނުކުރިނަމަ މިސައިޓު ލޮލަށް ވެސްނުފެންނާނެ.ވީމާ މިސައިޓުގެ ކަންކަން ރަނގަޅު ކުރަންވެސް ތިބީ އަހަރެމެން.ފާޑުވެސް ކިޔާނެ.ތިޔައުޅެނީ ވަރަށް ބޮޑަށް އޮޅިގެން. މިސައިޓު ބަރާބަރު. އަދި މއަށް ވުރެ މިސައިޓު ރަނގަޅު ކުރަންބޭނުން. އޭރުން ހަޖަމު ކުރަން ނޭގޭ މީހުނަށް ހަޖަމުވާލެއްފަސޭހަވާނެ.
މޭޑް ވިދާޅުވީ
ތާރީޚް:31/05/2010
މީ މިސައިޓުން ނުފެންނަކަހަލަ އަނެއްވައްތަރު ލިއުމެއް ކިހިނެއްބާ މިހާރުމިވީ އަނެއްވިސްނުން އައީބާ؟