Share

އަންހެން ކުއްޖެއްގެ ފޯނު ނަންބަރު ހޯދާނީ ކިހިނެއް؟

އަންހެން ކުއްޖެއްގެ ފޯނު ނަންބަރު ހޯދާނީ ކިހިނެއް؟
އިބްރާހީމް ޔޫސުފް (ޔޫސުފް):

އެންމެ ފުރަތަމަ ޚިޔާލަށް އަންހެން ކުއްޖެއް ގެންނާށެވެ. މިހާރު ޚިޔާލީ އަންހެން ކުއްޖާ އާއި ތިޔަ ވާހަކަ ދައްކަނީ ކަމަށް ހިތަށް އަރުވާށެވެ. އަންހެން ކުއްޖާ ރުޅިނާރުވާ، ފޯނު ނަންބަރު ހޯދުމަށް ވާހަކަ އަޅުވާލާނެ ގޮތެއް ވިސްނުންތެރިކަމާއެކު ހިތުގައި ރާވާށެވެ. އެއަށްފަހު ފޯނު ހިފައިގެން ބޭރަށް ނުކުންނާށެވެ. ތިޔަހެން ކޮޓަރީގައި އޮވެގެން ތިޔަކަމެއް ނުވާނެއެވެ.

ތިޔަހުރީ މިހާރު ބޭރުގައެވެ. ފޯނު ނަންބަރު ހޯދަންވެގެން ތިޔައުޅޭ އަންހެންކުއްޖާ، ފެންނަ ހިސާބުގައި އެބަހުރި ހެއްޔެވެ؟ އޭނާ ހުރިތަނަށް ފުންކޮށް ވިސްނާލާށެވެ. ހުރީ ކޮންތަނެއްގައި ހެއްޔެވެ؟ އަންހެންކުއްޖާގެ އަތުގައި އޮތީ ކޯޗެއްހެއްޔެވެ؟ އޭނާ ކުރަނީ ކޮންކަމެއްހެއްޔެވެ؟

އަންހެންކުއްޖާ ކުރާކަމަކާއި، ހުރިތަނަކާމެދު ފިކުރު ހިންގާލުމުން އޭނާއާއި ވާހަކަ އަޅުވާލަން ފަސޭހަ ވާނެއެވެ. މިސާލަކަށް، ފޯނު ނަންބަރު ބޭނުންވެގެން ތިޔަ އުޅޭ އަންހެން ކުއްޖާ ހުރީ، ސީޑީ ވިއްކާ ފިހާރައެއްގައި ސީޑީތަކަކާއި ކުޅެން ކަމަށްވާނަމަ، އޭނާ ފިލްމު ބެލުމަށް ނޫނީ، މިޔުޒިކަށް ފޯރިހުންނަނީ ކަމަށް ވެދާނެއެވެ. ހިތްވަރު ކޮށްފައި ކައިރިއަށް ޖެހިލާފައި، ސީޑިއަށް އިޝާރާކޮށްފައި ފިލްމު ނުވަތަ، މިޔުޒިކާބެހޭ ގޮތުން ކުރު ޖުމްލައެއް ބުނެލާށެވެ. ހުސް ” ހެލޯ ” އެއް ޖަހާލުމަށްވުރެ މިގޮތް ކާމިޔާބުވާނެއެވެ.

އާންމުކޮށް އަންހެންކުދީންނާއި ވާހަކަ ފެށުމަށް ބޭނުންކުރާ ކޫސަނި ޖުމްލަތައް ބޭނުން ނުކުރާށެވެ. މިސާލަކަށް، ” ވާހަކަ ދައްކާލާ ހިތުންނޭ މިހުރީ” ، ” އެއްކަލަ ދުވަހަށް ފަހު ވަރަށް ހަނދާންވެޔޭ” މިހުރީ ހައްތަހާވެސް މުސްކުޅިވެފައިވާ، ކޫސަނި ޖުމްލަތަކެވެ. މިޒާތުގެ ޖުމްލަތައް އަނގައިން ބޭރުވުމާއެކު ކަލޭ އޮންނާނީ އަންހެންކުއްޖާގެ ކުނިވަށިގަނޑުގައެވެ.

އަންހެންކުއްޖާގެ ފޯނުނަންބަރު ހޯދައިގެން އޭނާގެ އުނގުގައި އޮންނަންބޭނުންނަމަ، އޭނާގެ ޝައުޤާއި ގުޅޭ މަޢުޟޫޢުއަކުން ފަށާށެވެ. މިސާލަކަށް ސީޑީ ވިއްކާ ފިހާރައިގައި ހުރި އަންހެން ކުއްޖާގެ ފޯނުނަންބަރު ހޯދަންބޭނުންނަމަ، ” މިއީ ، ހެވީ މެޓަލްމިޔުޒިކު ސީޑީތަކެއްދޯ… މި އޮތީ ސްލިޕްނޮޓްގެ ސީޑީ…މަށަށް ވަރަށް ސަޅި މިމީހުން..” މިފަދަ ގޮތަކަށް ވާހަކަ ފަށާށެވެ. އަދި އަންހެން ކުއްޖާދޭ ޖަވާބަށް ކަނުލައި އަޑުއަހަން ހުރެފައި، ސުވާލުކޮށް ވާހަކަ ކުރިއަށް ގެންދާށެވެ. އަންހެންކުއްޖާ ދައްކާވާހަކަޔަށް ޝައުގުވެރިވާކަން މޫނުމަތިން ދައްކާށެވެ. ރަނގަޅަށް ވާހަކަ އަޅުވާލެވުމުން، ” އަހަންނަށް ކިޔަނީ… ” އޭ ކިޔާފައި ނަން ބުނާށެވެ. އަޑުގައި ފަސްޖެހޭގޮތެއް ހުންނަ ރާގެއް ލާފައި މަޑުމަޑުން ސާދާކޮށް ނަންބުނެލާށެވެ. ރަނގަޅަށް ވާހަކަ ދެކެވުނު ނަމަ، މިހާ ހިސާބުން އަންހެންކުއްޖާ އޭނާގެ ނަން ވެސް ކަލޭގާތު ބުނާނެއެވެ!

މަޖާކޮށް ދެމީހުންނަށް ވާހަކަ ދެކެވުނުނަމަ، އޭނާގެ ވާހަކައަށް ތައުރީފުގެ ކުޑަ ބަހެއް ބުނެލުމަށްފަހު، ފޯނު ނަންބަރަށް އެދޭށެވެ. އަދި ފަހުން ގުޅާލިޔަސް ހެޔޮތޯ އަހާށެވެ. ފޯނު ނަންބަރު ދިނުމާއެކު ނަންބަރު، ކަލޭ ފޯނުގައި ސޭވްކޮށް މިސްކޯލެއް އަންހެންކުއްޖާއަށް ވަގުތުން ދޭށެވެ.

ދެން ކުރިއަށް ގެންދާށެވެ. ނަމަވެސް މައިން ބަފައިންނަށް ފޯނުބިލު ދައްކަން ނުޖައްސާށެވެ.

‮ ‬20‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. މައުމޫނު‮ ‬ވިދާޅުވީ


    ތާރީޚް:31/05/2010

    މީ މީހުން މަގުފުރެއްދުމަށް ހިންގާ ސައިޓެއްބާއޭވެސް ބައެއްފަހަރު ހިތަށްއަރާ

  2. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:31/05/2010

    ޒަމާންތަކަކަށް ފަހު، މި ސައިޓުން ފެނުނު ވަރަށް ރަނގަޅު، ވަރަށް ޝައުޤުވެރި ލިޔުމެއް. އަދި މި ސައިޓްގެ ދަމިލަތައް ފިލުވާލައި، އާރޯކޮށްދޭ ލިޔުމެއް ވެސް މެ. މި ލިޔުން ލިޔުއްވި ޔޫސުފަށް ވަރަށް ބޮޑަށް ތަހުނިޔާ ދަންނަވަން.

  3. ޖޭމްސް‮ ‬ވިދާޅުވީ


    ތާރީޚް:31/05/2010

    ވަރަށް ފުރިހަމަ ލިޔުމެއް ޔޫސުފް. މިފަދަ ތަފާތު ލިޔުންތައް ފެންނާތީ މިސައިޓަށް ވަންނަނީ. ކުޅުދުއްފުށީގަ ބުޅަލެއް މަރުވި ހަބަރު ލިޔާ ސައިޓަކަށްވުރެ މި މާ ފުރިހަމަ.

  4. އަސްލުވެސް‮ ‬ވިދާޅުވީ


    ތާރީޚް:31/05/2010

    މަށައްދިމަވީ މިކަހަލަގޮތެއް ވަރަށް ސަޅި

  5. ބާބު‮ ‬ވިދާޅުވީ


    ތާރީޚް:31/05/2010

    މިސާލަކަށް އަންހެންކުއްޖާ ހުރީ ދަރުސް ސީޑީ ތަކެއް ހާވަން ކަމަށް ވާނަމަ ގޮސް ބުނާނީ ޝޭޚް އިލްޔާސް އެންމެ ފަހުން ދިން ދަރުސް ހާދަ ސަޅިއޭދޯ؟ އަޑުއެހިންތަ ސަލަފުން އެންމެ ފަހުން ނެރުނު ސީޑީ؟ އަހަރެންގެ ނަމަކީ … އުޚްތާގެ ނަންބަރު ލިބިދާނެތަ؟ މިކަހަލަ ގޮތަކަށް. އަސްލު މުރަނގަ ގަސްދޮށު މާލިމި ނުވެ، އެހުރި ސިޓްއޭޝަނަކާ ގުޅޭ ގޮތުން މައުލޫ ކުރިއަށް ގެންދާނީ.

  6. ކަންނެއްސޮރު‮ ‬ވިދާޅުވީ


    ތާރީޚް:31/05/2010

    ޔޫސުބާ ހާދަ ދުވަހެއްކޮށްފަ ތިދައްކާލީ. މިހާރު އަނެއްކާ ވަދާ ދުއްވަން ފެށީތަ ބޮޑު ކަންނެލި ހުއްޓާލާފަ. ކަލޯ ލިޔުނު އެއްކަލަ “ތަން މައްޗަށް އަލިފާން ލާނެގޮތް” ކިޔާފަ އެދަސްކޮށްގެން މިހާރު ކޮންމެ ރެޔަކު ކިހިނެތް ތަންމަތީގަ ހުޅު ޖަހާލަނީ. ނަސީބެއް ފަޔާއެލާމްތައް ހޭނުލާކަން. މިހާރު އަމިއްލަ ގެވެސް އެހެރި ނިމެނީ. ދެންހުރޭ ކާގޭގަވެސް އަލިފާން ޖަހާނަން.

    އާ ދެން މިލިޔުންވެސް ވަރަށް ފައްކާ އިންގޭ. ތީހަމަ ރޫހަކީ. އެކަމަކު އަހަރެމެން ދެން ކުދިންގެ ނަންބަރު ތިހެން ހޯދަން އުޅެނިކޮށް ގޯތިމީހަ ރުޅިއައިސް ދާނެ.

  7. ޚަލްވަތުގައި އިންނެވި ކަލޭގެފާނު‮ ‬ވިދާޅުވީ


    ތާރީޚް:31/05/2010

    ޔޫސުބާ ކޮއްކޯ ހާދަހާ ނުފެނެޔޭ ދޯ، އެއްކަލަ ކައުންސޭލަރު ވޯޓުފޮށި މަތީ ބަނޑުއެޅި ވާހަކައަށް ފަހު، ސިޔާސީ މަޒުމޫނެއް ވެސް ނުލިޔުއްވާވިއްޔަ، މިހާރު މިރާއްޖެގަނޑުގައި ހާދަ ކަމެއް އެބަ ހިނގާ ނޫންތީ ޔޫސުބުމެން ފަދަ ލިޔުންތެރިންގެ ގަލަމުން ކުރައްސަވާ، އޭގެ ހަގީގީ ސޫރަ އަހަރެމެން ފަދަ ލޯބޯކޮށި ދެރަ މީހުންނަށް ގެނެސްދެއްވަންޖެހިވަޑައިގަންނަވާ ފާޑުގެ.

  8. ބޯސޮރު‮ ‬ވިދާޅުވީ


    ތާރީޚް:31/05/2010

    ހާޝިމަށް ހަމަ ކަމުދާނެ މިކަހަލަ ފާހިޝް އަމަލު ހިންގަން މަގުފަހިކުރާ ޒާތްޒާތުގެ ލިޔުން

  9. ބޯސޮރު‮ ‬ވިދާޅުވީ


    ތާރީޚް:31/05/2010

    އަހަންނަށް ބުނެދީބަލަ ފިރިހެން ކުއްޖެއްގެ ފޯންނަމްބަރ ހޯދާނެ ގޮތް.

  10. ބިއްޕޮއްޅެ‮ ‬ވިދާޅުވީ


    ތާރީޚް:01/06/2010

    ތިބުނާ ކަހަލަ ކުއްޖެއްވިޔާ ނަންބަރި ލިބޭނެ އެމަންޖެ އުޅޭ ގެ ހޯގާފަ 110 އަށް ގުޅާފަ އެގޭގެ ނަންބަރު ހޯދާފަ އެމަންޖެއާ ކުޑަކޮން ސްޓޯރީ ޖައްސާލިއަސް. ރަނގަޅު މަންޖެ އެއްވިޔާ ފިހާރަ ގަނޑަކުން ފެނުނަސް ނުވެސް ދައްކާނެ ވާހަކަ..

  11. އަޑަފި‮ ‬ވިދާޅުވީ


    ތާރީޚް:01/06/2010

    އާ މިއެއްކަމަކު ނުދޭ.

  12. ރަށުމީދާ‮ ‬ވިދާޅުވީ


    ތާރީޚް:01/06/2010

    ރަށު ރާގުގާ ދޯ ތިޔާ ބުނީ މިޔެއް ކަމަކުނުދެޔޭ. އާބާފިލި އޯބޯފިލި އީބީފިލި އޭބޭފިލި ރަނގަޅަށް ދަމާލަފަ ކިޔާލާ. އާ މިޔެއް ކަމަކު ނުދޭ

  13. ޕެނޯ‮ ‬ވިދާޅުވީ


    ތާރީޚް:02/06/2010

    މިއީ ވަރައް ފައްކާ ލިޔުމެއް…..މިފަދަ ލިޔުންތެރިން އަދިވެސް އުޅޭތީ އުފާ ކުރަން….

  14. ހާޝިމް‮ ‬ވިދާޅުވީ


    ތާރީޚް:02/06/2010

    ބޯސޮރާ. ފާހިޝް އެއްޗެކޭ ވިދާޅުވާނެ ކަމެއް ނެތް. މި މަޒުމޫނު ވިދާޅުވެފައި، އެންމެ ފުރަތަމަ އެގޮތަށް ޢަމަލުކުރާނީ ތިޔަހެން ވިދާޅުވާ ބޭފުޅުންނޭ މީހުން ބުނޭ،

  15. ބޯސޮރު‮ ‬ވިދާޅުވީ


    ތާރީޚް:03/06/2010

    މީހުން ބުނާހާ އެއްޗެއް އަހައިގެން ހާޝިމް އުޅޭހެން އުޅޭމީހުނޭ އެންމެ ފަސޭހައިން މަގުން ކައްސާލަނީ އަޅުގަނޑުގެ ކާފަ ބުންޏޯ ކިޔާފަ އަޅުގަނޑުގެ މުނިކާފަގެ ކާފަބުނި. އެހެން ވީމާ ހާސިމް ދެން **********

  16. އަލިފް އަލިފް....‮ ‬ވިދާޅުވީ


    ތާރީޚް:06/06/2010

    މިސައިޓްމަތިން މުޅިން ފޫހިވެއްޖެ، ހިއެއްނުކުރަން ކުޅުދުއްފުށީގައިތިބި ތަޢުލީމީ ދަރިން މިސައިޓް ހިންގިޔަކަސް ތިހާ ނާ ތަހުޒީބުކަމެއް، ބައެއް މީހުނަށް ވާނެ މިވެސް ވަރަށް ގައްޑާ ލިޔުމަކަށް، މިކަން ހަމަބުއްދިން ވިސްނާލަބަލަ މީހަކު ހަމަ އެއްޗެއް ފޮނުވާ އިރަކަށް ނުޖެހެއޭ އެއެއް ޝާއިރު ކުރާކަށް، އެއީ އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމެއްވެސް ނޫން، މިފަދަ ހަޑި ހުތުރު އަމަލުތައް ކުރަން ދަސްކޮށްދީ، އަޅުގަނޑުމެންގެ ޖީލު ހަލާކުވެގެން ދާފަދަ ލިޔުންތަށް ޝާއިރުކުރާކަށް ރަށުގެ ނަމުގަ ސައިޓެއް ހަދައިގެން ތިބޭނެކަމެއްނެތް. އަހަރެމެން ލަދުގަނޭ ރަށުގެ ނަމުގަ ސައިޓްހަދައިގެން މިފަދަ ދަށުދަރައިޖައިގެ ލިޔުންތަށް ފެންނަމުން ދާތީ… ނިކަން ވިސްނާލަބަލަ، އަހަރެން ވަރަށް އިޙްތިރާމް ކުރަން މިސައިޓްހިންގަމުންދާ ކުދިންނަށް. އެކަމަކު ތިގޮތް ދޫކޮށްލާ…ކޮންމެ މީހަކު ކިޔާ ކޮންމެ އެއްޗަކީ އެއީ އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަންކަމުގައި ނުދެކުމަށް ނަސޭހަތްތެރިވަން، މުސްލިމުން ތިބެންވާނީ މުސްލިމުންގެ ގޮތުގައި.

  17. ފޭސްބުކް ފޭން‮ ‬ވިދާޅުވީ


    ތާރީޚް:06/06/2010

    މީގަ ލާދީނީ ވާހަކައެއް އޮތްނަމަ ދައްކަބަލަ. އަލިފް އަލިފް މެންވެސް ދޯދެން އުޅޭ ގޮތެއް. ގަމާރުކަމުން ދޯ

  18. ރަށުމީދާ‮ ‬ވިދާޅުވީ


    ތާރީޚް:06/06/2010

    އަލިފު އަލިފު ބަޔަކަށް ނަސޭހަތް ދޭއިރު އަލިފު އަލިފު އަށް ވެސް އޮވޭ ފުރުސަތު މިސައިޓަށް ލިޔަން. ދެން ތިބުނާ ފަދަ ލިޔުންތައް އެމީހުންނަށް ފޮނުވަބަލަ. ދެން ލިޔުން ޝާއިރެއް ނުކުރާނެ. ޝާއިއު ކުރާނީ. ޝާއިރުން ނަކީ ޅެންވެރިން. ޖޭ ވިޔަސް ތިހާ ދޮން ބޮޑުވާކަށް ނުވާނެ. މަށަށް އެނގިފަ އޮތް ގޮތުން ވިއްޔާ މިއީ ކުޅުދުއްފުށީގެ ފުރަތަމަ ވެބްސައިޓް. މިއޮތް އައިޓީ ޒަމާނުގައި އަލިފު އަލިފު އެ ޝަރަފު ހޯދައިގެން އަލިފު އަލިފު ވެސް ސައިޓެއް ހަދައިގެން ލިޔުންތައް ޝާއިރު ހެހެހެ ޝާއިއު ކުރެވިދާނެ ދޯ..

  19. ގަމާރު‮ ‬ވިދާޅުވީ


    ތާރީޚް:07/06/2010

    މީގަ އެބައޮތްތަ މީހަކު މަގުފުރެދޭވަރުގެ ވާހަކައެއް. މީގަ މިއޮތީ އަންހެންކުއްޖަކު ނަމްބަރު ހޯދާނެގޮތް.. މީގަ ނެތޭނުން އެކުދިންނާ ގޮސް މޮށޭނެ ގޮތެއް. ސާބަހޭ ކަލޯމެނަށް. އެއްޗެއް ނޭގުނަސް ވާނެ އަނގަ ތަޅަން. މިސައިޓުގަ ހުންނަ ލިޔުންތައް ކިޔައިގެންތަ ކަލޯމެން މަގުފުރެދިގެން ހަޔާތްކުޑަވެގެން ތިއުޅެނީ…. ކުޅުދުއްފުށީ މީހުން އަސްލުގަވެސް ވަރަށް ގަމާރުވާނެ.

  20. ނާދިރު‮ ‬ވިދާޅުވީ


    ތާރީޚް:07/06/2010

    ހޫނ ތިޔާ ހަމަ ތެދެއް