Share

ހާލުގައިޖެހުނު ސޯމާލިޔާ މީހުންނަށް ކުޅުދުއްފުށީ ހޮސްޕިޓަލްގައި ފަރުވާދެނީ

ހާލުގައިޖެހުނު ސޯމާލިޔާ މީހުންނަށް ކުޅުދުއްފުށީ ހޮސްޕިޓަލްގައި ފަރުވާދެނީ
ލިޔުނީ: އިބްރާހިމް ހަމީދު

އިއްޔެގެ ވަގުތެއްގައި މަކުނުދޫގެ މަސްވެރިންގެ ބަޔަކަށް ފެނުނު، ސޯމާލިޔާގެ ޑިންގީ އެއްގައި ތިބި ހަމީހުން މިއަދު ހަވީރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެނެސް ފަރުވާދޭން ފަށައިފިއެވެ. ހަބަރު ލިބިފައިވާ ގޮތުގައި އެ ޑިންގީގައި ތިބި 6 މީހުންގެ ތެރެއިން 5 މީހުންގެ ހާލު ދަނީ ރަނގަޅު ވަމުންނެވެ. ނަމަވެސް 6 ވަނަ މީހާގެ ހާލު ވަރަށް ސީރިޔަސް ކަމުގައިވެސް ހަބަރުތައް ލިބެއެވެ.

31 މެއި 2010 ވީ ދުވަހު ހދ.މަކުނުދޫ މަސްވެރިންނަށް ފެނުނު ޑިންގީއެއްގައިތިބި 6 މީހުންނަކީ ސޯމާލިޔާގެ ބައެއްކަމަށް އެމީހުންނާއި ހަވާލާދީ މަކުނުދޫ ކަތީބުވަނީ ކަށަވަރުކޮށްދީފައެވެ. މިމީހުން ފެނުނު އިރު ވަރަށް ހާލު ދެރަވެފައިވާ ކަމަށާއި ނަމަވެސް އެވަގުތު މަސްވެރިންވަނީ މިމީހުން މަކުނުދުއަށް ގެނެސް ސިއްހީ މަރުކަޒުންވަނީ ފަރުވާދޭން ފަށާފައިކަމަށްވެސް އިއްޔެ އެރަށުގެ ކަތީބު އެމްއެންޑީއެފްއަށް މައުލޫމާތު ދީފައިވެއެވެ.

މިމީހުންނަށް އިތުރަށް ފަރުވާ ދިނުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެނެވުނީ މިއަދު ހަވީރު 4:30 ހާކަންހާއިރުއެވެ. ޑިންގީގައި ތިބި 6 މީހުންގެ ތެރެއިން އެކަކު މަރުވެފައިވާ ކަމަށް ކުރިން މަޢުލޫމާތު ލިބުނެވެ. ނަމަވެސް މިހާރު މިމީހާ މަރުނުވާކަމަށާއި މިމީހާއަށް ވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އެޑްމިޓު ކުރެވި ފަރުވާ ދެމުންދާކަމާއި މިމީހާގެ ހާލުސީރިއަސްކަމާއި އަނެއް 5 މީހުންގެހާލު ރަނގަޅުވަމުން އަންނަކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ.

އަޅުގަނޑުމެންގެ މިކުޑަ ދިވެހިރާއްޖޭގެ ކަނޑުގެސަރަހައްދުގައި ސޯމާލިޔާގެ ކަނޑުފޭރޭމީހުންގެ އުޅަނދުތަކާއި މީހުން މިހާރަކަށް އައިސް ގިނަގިނައިން ފެންނަމުންދާކަން ވަރަށް ހިތާމަޔާއި އެކު ފާހަގަކޮށްލަންޖެހެއެވެ. މިހެންމިކަން ދިމާވަމުންދާ ކަމީ އަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖޭގެ ރައްޔިތުންނަށާއި މަސްވެރިކަންކުރަމުންދާ އަޅުގަނޑުމެންގެ ރާއްޖޭގެ ހީވާގި މަސްވެރިންނަށް ރާއްޖޭގެ ސަރަހައްދުން މަދުން ނަމަވެސް މިފަދަކަންތައްތައް ފެންނަމުންދާކަމީ ވަރަށްކަންބޮޑުވެ ބިރުގަންނަންޖެހޭ މައްސަލައެކެވެ.

ވީމާ އަޅުގަނޑުމެންގެ ރާއްޖޭގެ ދިފާއީ ބާރު ( އެމް.އެން.ޑީ.އެފް ) އާއި ދިވެހިސަރުކާރުން މިކަމަށް ހާއްސަ ސަމާލު ކަމެއްދީގެން މިހާރު ބަލަހައްޓަމުން ގެންދާ ފެންވަރަށް ވުރެ ހަރުދާނާ އުސޫލްތަކެއް ކަނޑައަޅައިގެން އަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖޭގެ ސަރަހައްދު ބެލެހެއްޓޭނެ އިންތިޒާމް ތަކެއް ހަމަޖެއްސުމަކީ ވަރަށް މުހިއްމު ކަމެކެވެ.

‮ ‬1‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. އަސްލުވެސް‮ ‬ވިދާޅުވީ


    ތާރީޚް:05/06/2010

    ތަންކޮޅެއް ފަރުވާ ކުޑަ ދޯ.ނަސީބެއަނު އެމީހާ މަރުނުވެ އޮތްކަން