Share

ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއުގެ ދަށުން ކުޅުދުއްފުށީގައި 25 ރޯހައުސް އަޅަނީ

ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއުގެ ދަށުން ކުޅުދުއްފުށީގައި 25 ރޯހައުސް އަޅަނީ

ސަރުކާރުން ހިންގާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުޅުދުއްފުށީގަ އާއި އިތުރު ހަތަރު ރަށެއްގައި ހައުސިން ޔުނިޓު އެޅުމަށް ސަރުކާރުން ހަމަޖައްސަވައި މި މަސައްކަތް ފަށާ ފަސް ރަށުގައި ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހުޅުވާލާއިފިއެވެ. މި ފަސް ރަށަކީ، ހދ. ކުޅުދުއްފުށި، ނ. މަނަދޫ، ޅ. ނައިފަރު، އަދި ގއ. ކޮލަމާފުށްޓާއި ގދ. ތިނަދޫ އެވެ.

ސަރުކާރުން ކުރިއަށްގެންދަވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން އަތޮޅު ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށް ހައުސިންގ ފަންޑެއް ޤާއިމްކުރުމަށްފަހު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީ މެދުވެރިކޮށް މި މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފާއިވާ ކަމަށް ހައުސިންގް މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން ފުރަތަމަ ބުރުގައި ހައުސިންގ ޔުނިޓް ތަރައްޤީކުރާ ފަސް ރަށެއް ފާހަގަކޮށް، ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިއަދު ވަނީ ހުޅުވާލާފައެވެ. މި މަޝްރޫޢުގެ ދަށުން ހދ. ކުޅުދުއްފުށީގައި 25 ރޯހައުސް އަދި ނ. މަނަދޫގައި 25 ގެ އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ. ޅ. ނައިފަރުގައި 25 ރޯހައުސް ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު، ގއ ކޮލަމާފުށީ ގައިވެސް 25 ރޯހައުސް މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރުމަށް ވަނީ ނިންމަވާފައެވެ. މީގެއިތުރުން، ގދ ތިނަދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 25 ގެއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން މައުލޫމާތު ދެއްވާ ގޮތުގައި މި މަސައްކަތް ހަވާލުކުރާ ފަރާތެއް ކަނޑައެޅުމުގައި އެ ޕްރޮވިންސެއްގެ މީހުންނަށް އިސްކަންދެވޭނެއެވެ. މި މަޝްރޫޢަށް ޝަޢުޤުވެރިކަން ހުށަހަޅާ ފަރާތްތަކާއެކު ބާއްވާ ޕްރީބިޑް ބައްދަލުވުން މި ޖޫންމަހުގެ ތެރޭގައި ބާއްވާނެ ކަމަށްވެސް އެޗްޑީސީން މަޢުލޫމާތުދެއްވިއެވެ.

‮ ‬4‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ރޯ މިރުސް‮ ‬ވިދާޅުވީ


    ތާރީޚް:04/06/2010

    ތިޔާ ހަދަނީ ހަމަ ރަނގަޅަށް ރޮލެއް ނުފިލުވިޔަކަސް ތިޔާ އަޅާފަ ދެނިކޮން އަހަރެމެން އުޅިދާނަން.

  2. މަންގަނޑުމަތި‮ ‬ވިދާޅުވީ


    ތާރީޚް:05/06/2010

    އެންމެ 25 ގެ އެ ކޯޗެއް. ތި އަތްފޯރާ ފަށުގަ ހުރިއްޔާ ރަނގަޅު.

  3. ރަށުސޮރު‮ ‬ވިދާޅުވީ


    ތާރީޚް:05/06/2010

    އެ ގެތައް އަޅަނީ ޖަލާލުއްދީންގެ އުތުރުންނޯ ކިޔާތީ އިވޭ. ތިޔަ 25 ގެ އިން ގެއަކަށް އަތްފޯރުވަންޖެހޭނީ އަނެއްކާ ހަރުގަނޑެއް ލައްކޮށްގެންބާ! ދަރަނިބޮލަކަށް ވެގެން ގެގަނެފައި އަހަރެއްހާ ދުވަސްވާއިރު ތަންގަނޑުގަނޑު ގަނބައިގެން ނުގޮސްފިއްޔާ ރަނގަޅު. މިހެންމިބުނީ އެއީ ޗަކަބިމަކަށްވާތީ. އެއީ ކުޅީގެ އައްސޭރިފަށް. ޗަކަގަނޑު ނުނަގައި ފަސްއެޅިޔަކަށް ބިންގަނޑު ސްޓޭބަލެއްނުވާނެ އަވަހަކަށް. އަނެއްކާ މީވެސް މުއްސަދިންނަށް ނޫނީ ވަކިޕާޓީއެއްގެ ބަޔަކަށް ހުޅުވާދޭ ދޮރަކަށް ނޫނީ ހަމައެކަނި ކައުންސިލް އިންތިޚާބަށް ޖަހާ ވަހުތާނަކަށް ވެގެންނުވާނެ. މަޖިލިސް އިންތިޚާބަށް ރައީސް މީހާ ވަޑައިގެން ވިދާޅުވި މިރަށުގައި 100 ގެ އަޅުއްވާދެއްވާނަމޭ. އަނެއް 75 ގެ 2013 ގެ އިންތިޚާބަށް ބޭއްވީތޯ.

  4. ރަށުމީދާ‮ ‬ވިދާޅުވީ


    ތާރީޚް:05/06/2010

    3 ރަށް ރިސޯޓު ހެދުމަށް ކޮންމެ ރަށެއް 40 މިލިއަން ޑޮލަރަށް ދީގެން އެންމެ 25 ގެ މިއެޅެނީ. މިއީ މިކަމަށް ފައިސާ ލިބޭނެ ހަމައެކަނި މަގު ކަމަށް ވާނަމަ އެބުނާ 10000 ހައުސިން ޔުނިޓު އެޅުމަށް ކިތައް ރިސޯޓް ބޭނުންވާނެ. މިފަހަރު މިއަޅަނީ ޖުމްލަ 500 ހައުސިން ޔުނިޓު. ދެން އަނެއްކަމަކީ ކުޅުދުއްފުށީގައި އެންމެ 25 ގެ އެހާ ބޮޑު ހަރަދެއް ކޮށްގެން އެޅުމަކީ ހަމަ އެހާ މުހިއްމު ކަމެއް ބާވައޭ. އެއަށް ވުރެ އެ ޗަކަ ބިން ހިއްކުމަށް ފަހު އެތަނުގައި ބޮޑު މާސިންގާ ފްލެޓް އެއް އެޅިޔަސް 25 ގޭބިސީ ގެ ބަދަލުގައި 100 ގޭބިސީ އަށް ބޯހިޔާވަހިކަން ލިބޭނެ.

1 Trackbacks For This Post

  1. ރޯހައުސް އަޅަނީ ހެއްވާލަން ކަމަށްބާ؟  | Kulhudhuffushi.com‮ ‬ވިދާޅުވީ


    ތާރީޚް: 12/07/ 2010

    [...] ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއުގެ ދަށުން ކު… [...]

    [...] ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއުގެ ދަށުން ކު… [...]