Share

ތިމާވެށި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ރުކާއި ގަސް އިންދުމުގެ ޕްރޮގްރާމެއް ހިންގައިފި

ތިމާވެށި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ރުކާއި ގަސް އިންދުމުގެ ޕްރޮގްރާމެއް ހިންގައިފި
ލިޔުނީ: އިބްރާހިމް ހަމީދު

ކޮންމެ އަހަރެއްގެ ޖޫންމަހުގެ 5 ވަނަދުވަހަކީ ދުނިޔޭގެ ތިމާވެށީގެދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ. މިދުވަހާއި ގުޅޭ ހަރަކާތްތައްދަނީ އަޅުގަނޑުމެންގެ މިކުޑަ ދިވެހިރާއްޖޭގައިވެސް ފާހަގަ ކުރަމުންނެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން ކުލަބު ޖަމްއިއްޔާތަކާއި ސަރުކާރުގެ އޮފީސްތައް ބައިވެރިވެގެން ކުޅުދުއްފުށީގައި މިއަދު ހެނދުނު 8:00 ޖެހިއިރު ވަނީ އަލަށް ހަދާފައިވާ ލޯކަލް ބަނދަރުގައި، (އެމް ޑަބުލިޔު އެސް ސީން ކުޅުދުއްފުށީގައި ގާއިމު ކޮށްފައިވާ ނަރުދަމާނިޒާމްގެ މަސައްކަތައް ބޭނުން ކުރަމުންދާ ޕަމްޕު ސްޓޭސަންތަކުގެ ގޯތިތެރޭގައި) ކުޅުދުއްފުށީ ޕޮލިސްސްޓޭސަން ހުޅަނގުގައި ގަހާއި ރުއް އިންދުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ދިވެހިރާއްޖެއަކީ ކުދި ޖަޒީރާތަކެއް މައްޗަށް އެކުލެވިފައިވާ ގައުމަކަށްވީއިރު ދުނިޔޭގެ އެހެން ގައުމުތަކަށް ވުރެން ކުރީން ތިމާވެށީގެ މައްސަލަތައް ދިވެހިރާއްޖެއަށް ދަނީ ފޯރަމުންނެވެ. ތިމާވެށީގެ މައްސަލަތަކުގެ ސަބަބުން އަޅުގަނޑުމެންގެ މިކުދި ރަށްތަކުގައި ދިރިއުޅެމުންދާ މީހުންނަށް ދަނީ ދިރިނޫޅެވޭ ވަރަށް ރަށްތައް ދަނީ ގިރަމުންނެވެ. މިއީ މިއަދު އަޅުގަނޑުމެން ކަންބޮޑުވެ ހާސްވާންޖެހޭ މައްސަލައެކެވެ.

ދިވެހިރާއްޖޭގެ ރަށްތައް ތިމާވެށީގެ މައްސަލަތަކުން ހިމާޔަތްކުރުމުގެގޮތުން ސަރުކާރާއި ރައްޔިތުން މިހާރަށްވުރެ ބޮޑަށް ސަމާލުވާން ޖެހެއެވެ.

ޝުޢޫރު‮ ‬‮ ‬ފާޅުކުރެއްވުން‮ ‬ބަންދުވެފަ