Share

ކުޅުދުއްފުށީގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގުރާމެއް ކުރިއަށްދަނީ

ކުޅުދުއްފުށީގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގުރާމެއް ކުރިއަށްދަނީ
ލިޔުނީ: އިބްރާހިމް ހަމީދު

ކުޅުދުއްފުށީގައި އުފެދިފައިވާ ޖަމިޔަތުއްނޫރުގެ ފަރާތުން އިންތިޒާމްކޮށްގެން އަލްބަޔާން 2010 މިނަމުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް އެބަގެންދެއެވެ. ޖޫންމަހުގެ 4 ން 8 އަކަށް މިރަށުގެ ރައްޔިތުންނަށާއި މިރަށުގައި ހުރިސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނަށާއި ސްކޫލުތަކަށާއި ކުލަބު ޖަމިއްޔާތަކުގެ މީހުންނަށް އަމާޒްކޮށްގެން މާތްވެގެންވާ އިސްލާމްދީނަށް ހޭލުންތެރިކުރުމުގެ ގޮތުން ނަސޭހަތް ދިނުމާއި ދީނާއި ބެހޭ މަޢުލޫމާތުތައް ދިނުން މި ޕްރޮގްރާމްގައި ހިމެނޭނެއެވެ. އަދި ބައިވެރިންގެ ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބުދިނުންވެސް މި ޕްރޮގްރާމްގެ ތެރޭގައި ހިމެނިފައިވެއެވެ. މިޕްރޮގުރާމުގައި ދީނީނަސޭހަތާއި މަޢުލޫމާތުތައް ދެއްވަމުން ގެންދަވަނީ އައްސެއިހް މުހައްމަދު އިބުރާހިމްއާއި މުހައްމަދު މޫސާ އާއި ސަމީރެވެ.

ނޫރުޖަމިއްޔާއިން މިކަމަށް ދީނީ ޢިލްމުވެރިން ކުޅުދުއްފުއްޓަށް ގެނެސްގެން ވަރަށް މާތް މަގުސަދެއްގައި މިރަށުގެ މީހުންނަށް އިސްލާމްދީނުގެ ކަންތައްތަކަށް ލޯބިޖައްސައި މަޢުލޫމާތު ދިނުމާއި ނަސޭހަތް ދިނުމުގެ ބޭނުމުގައި ކުރައްވަމުންގެންދަވާ ވަރަށް ބުރަމަސައްކަތެއްކަން ކުޅުދުއްފުށީގެ ކޮންމެރައްޔިތަކުވެސް އުފާއިއެކު މިއަދު ގަބޫލު ކުރަންޖެހޭ ހަގީގަތެކެވެ.

މިޖަމިއްޔާ އުފެދުނީންސުރެ މިއަދާއި ހަމައަށްވެސް ދަނީ އިސްލާމްދީނުގެ ކަންތައްތައް މިރަށުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޕްރޮގްރާމްތައް ހިންގަމުންނެވެ. މިޖަމްއިއްޔާއިން ޝޭހުން ގެނެސްގެން މިދެއްވާ ނަސޭހަތްތައް އަޑުއަހައިގެން ލިބެމުންދާ މަޢުލޫމާތުތަކުގެ ބޭނުން ކޮންމެބޭފުޅަކުވެސް ހިފައި މާތްވެގެންވާ އިސްލާމްދީނުގައި އަންގަވައިފައިވާ ގޮތަށް އުޅެމުންގެން ދިއުމުން މާތްﷲ ތިއެންމެ ބޭފުޅުންނަށް ރަހުމަތް ލައްވާށި. އަދިހަމަ ނޫރުޖަމްއިއްޔާގެ އެންމެހާބޭފުޅުން މިކުރަވައްވަމުން މިގެންދަވާ މަސައްކަތަށް މާތްﷲ ބަރަކާތްލައްވާށި.

,

ޝުޢޫރު‮ ‬‮ ‬ފާޅުކުރެއްވުން‮ ‬ބަންދުވެފަ