ޒުވާނުންގެ ޖަމިއްޔާ އުވާލުމަށް އެންގިފައިވަނީ އޮޅިގެންކަމަށް ހޯމްމިނިސްޓްރީން ބުރާސްފަތި ދުވަހުބުނެފިއެވެ. އަހަރީ ރިޕޯޓް ހުށަނާޅައިގެން ހޯމްމިނިސްޓްރީން އުވާލުމަށް އިއުލާންކުރި 185ޖަމްއިއްޔާގެ ތެރެއިން 13 ޖަމްއިއްޔާއެއް އުވާލުމަށް އެންގީ އޮޅިގެންކަމަށް ހޯމްމިނިސްޓްރީން ބުރާސްފަތި ދުވަހުބުނެފައިވަނީ އެ ވުޒާރާއިން ނެރުނު އިއުލާނެއްގައެވެ. އިއުލާނުގައި ހާމަކޮށްފައިވަނީ ޖަމްއިއްޔާތަކުގެ އަހަރީ ރިޕޯޓް ހުށަނާޅައިގެން، އެމިނިސްޓްރީން އުވާލުމަށް އިއުލާންކޮށްފައިވާ، 185 ޖަމްއިއްޔާގެ ތެރޭގައި ހިމެނޭ 13 ޖަމްއިއްޔާއެއް އުވާލުމަށް އިއުލާން ކުރެވުނީ އޮޅިގެންކަމަށެވެ. އަދި މިކަމާއިގުޅިގެން އެޖަމްއިއްޔާތަކުގެ ވެރިންގެ ފަރާތުން ވަރަށްބޮޑަށް މަޢާފަށް އެދިވަޑައި ގަންނަވާކަމަށްވެސް އިއުލާންގައި ހާމަކޮށްފައިވެއެވެ.
ހޯމް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން އޮޅިގެން އުވާލުމަށް އެންގި ޖަމިއްޔާ ތަކުގެ ތެރޭގައި ކުޅުދުއްފުށީ ޒުވާނުންގެ ޖަމިއްޔާވެސް ހިމެނެއެވެ. މީގެ އިތުރުން އެ 13 ޖަމިއްޔާ ތަކުގެ ތެރޭގައި ހިމެނެނީ ނަރުދޫ އައިލެންޑް ޑިވެލޮޕްމެންޓް ސޮސައިޓީއާއި، ނައިވާދޫ ޒުވާނުންގެ ޖަމްއިއްޔާއާއި، ކިނބިދޫ ޒުވާނުންގެ ދިރުމާއި، ކްލަބް އީގަލްސްއާއި، ނެޝެނަލް ވިމެންސް ޑިވެލޮޕްމެންޓް ސޮސައިޓީއާއި، ކޮޅުފުށީ އެކުވެރި ކުލަބާއި، މަގޫދޫ ޒުވާނުންގެ ކުލަބާއި، މޯލްޑިވްސް އެންޖީއޯ ޕެޑެރޭޝަންއާއި، އެތްލެޓިކް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި، ކުޑަހުވަދޫ ޒުވާނުންގެ ޖަމްއިއްޔާއާއި، އެސޯސިއޭޝަންފޮރ ދާންދޫ ޑިވެލޮޕް މަންޓާއި، ތުޅާދޫ ސިލްވަރ ސައިން ކުލަބެވެ.

ރައްޔިތުމީހާ ވިދާޅުވީ
ތާރީޚް:06/06/2010
ސަރުކާރުން މިފަދަ އިއުލާންތައް ކުރަމުންދާއިރު މިކަމުގައި އިތުރަށް ސަމާލު ވުމަކީ ވަރަށް މުހިއްމު ކަމެއް. މިކަމުގެ ސަބަބުން ޒުވާނުންގެ ޖަމިއްޔާގެ އަގު ވެއްޓި އެ ޖަމިއްޔާގެ “އަބުރު” ވަނީ ގެއްލިފަ. ސަރުކާރުގެ ވުޒާރާތަކުގެ އިސްވެރިން ޒިންމާ ނަގަންޖެހޭ ވަރަށް ނުނަގާ އޮތްކަން ފާހަގަ ކުރެވޭ މިކަމުގައި. ކުރިންނަމަ މިކަހަލަ ކަމެއް ދިމާވިޔަސް ޒިންމާ ނަގަންޖެހެނީ މައުމޫނު. މިފަހަރު ޒިންމާ ނަގަންޖެހޭނީ އެއިލާން ޓައިޕު ކުރި އާދައިގެ ރައްޔިތުމީހާ.
މައުމޫނު ވިދާޅުވީ
ތާރީޚް:07/06/2010
އެހެންނޫނަސް ޒުވާނުންގެ ޖަމިއްޔާގެ އަގެއް އެބައޮތްތަ ވެއްޓެން، އަބުރެއް އެބައޮތްތަ ގެއްލެން؟ ތި ޖަމިއްޔާއަކީ ޕެލޭމެން ތަންތަނަށް ބިޑް ހުށަހަޅަން ބޭނުންކުރާ ނަމެއް، ތި ޖަމިއްޔާއިންކުރާ އެއްވެސް ކަމެއްނެތް، ޒުވާނުންގެ ޖަމިއްޔާ އުވާލުމާއި ނުލުން ހަމަހަމަ
މުޙައްމަދު ވިދާޅުވީ
ތާރީޚް:07/06/2010
ސަރުކާރުން އޮޅިގެންވިއަސް މިނިންމުމަކީ ރަގަޅު ނިންމުމެއްކަމަދެކެން. ޒުވާނުންގެ ޖަމިއްޔާއަކި ރިޕޯޓެއް ހުސައެޅޭނީ ކަމެއްކުރާބަޔަކަށްނޫންތޯ. ޒުވާނުގެ ޖަމިއްޔާއިން ކުރިކަމެއްކޮބައިތޯ؟
މުޙައްމަދު ވިދާޅުވީ
ތާރީޚް:07/06/2010
ޒުވާނުންގެ ޖަމިއްޔާ އުވާނުލުމުގައި ސިޔާސީ ކުލަޖެހިފައިވާކަމަށް ދެކެން. ޕެލޭއާއި މަރުހަބާ މުޙައްމަދުމަދާއި ކަޓާރިއާދަނުމެން، ސަރުކާރަށް ދަންނަވައިފައިވާކަން ވަރަށްމުޢުތަބަރުފަރާތަކުން ހަބަރުލިބުނު. ރިޕޯޓެއްހުށައެލޭނީ އެފެންވަރު ހުރިބަޔަކަން ނޫންތޯ؟
އަޑަފި ވިދާޅުވީ
ތާރީޚް:07/06/2010
ދެން މުހައިމިނު އާއި ހަމްޒާ،އަދި ބާންސާ އަދި ފަރހޫދާ، މިކަހަލަ މިކަހަލަ މީހުންވެސް ދޮއްތޮ މައްސަލަ ޖެއްސީ ގައިމު މިމީހުނަށް ރިޕޯޓު ލިޔަން ނޭނގެންޏާ ދެން އެނގޭނީ ކޮންބަޔަކަށް؟. ތިޔަކަހަލަ ވާހަކަ ދއަކާތީ އޭ މިގޯސްވަނީ.
މައުމޫނު ވިދާޅުވީ
ތާރީޚް:07/06/2010
ތި ބުނާ މުހައިމިނާއި ހަމްޒާއާއި ބާންސް އަދި ފަރުހޫދަކީ މާމޮޅު ބަޔަކީތަ؟ އެމީހުންނަށް ނުވިކަމެއް އެހެން ބަޔަކަށް ނުވާން
ham ވިދާޅުވީ
ތާރީޚް:07/06/2010
ހިތާމަ ކުރަން އެޖަމިއްޔާ އުވާނުލީތީ،
އަސްލުވެސް ވިދާޅުވީ
ތާރީޚް:07/06/2010
hamގެހިތާމައިގަ މަވެސް ބައިވެރިވަން
ސީ & ސީ ވިދާޅުވީ
ތާރީޚް:08/06/2010
ރިޕޯޓް ފޮނުވިއަސް ނުފޮނުވިއަސް ޖަމްއިއްޔާ އުވާލަން ޖެހޭނެކަމަކަށް މަށެއް ނުދެކެމެވެ. ރިޕޯޓެއް ނުފޮނުވާނަމަ އޭގެމާނައަކީ އެއަހަރު ކަމެއް ނުކުރެވެނީއެވެ. ޖަމްއިއްޔާތަކަށްވެސް ޤަޢުމަށް އަންނަ އިޤްތިޞާދީ ދަތިކަން އަނާނެއެވެ. ޤައުމަށް އެފަދަހާލަތެއް ނަޔަސް ޖަމްއިއްޔާތަކަށް އަތުވެދާނެއެވެ. މިހެންކަންއޮތްއިރު އަދި ދެއަހަރަކު ރިޕޯޓް ނުފޮނުވުނަކަސް އުވާލާކަށް ނުޖެހެއެވެ. ޖަމްއިއްޔާތަކުގެ ޤަވާޢިދުގަ ލިޔެފައޮތަސް ނެތަސް އެއީ ކޮންމެހެން މައްސައެއްނޫނެވެ. ޤައުމުގެ މާލިއްޔާއިން ބައިއަޅަންޖެހެނީކީއެއްވެސް ނޫންވިއްޔާ… އެހެންވީއިރު ވަކިއަދަދަކަށް މެންބަރުން ހޯދައިގެން ރަޖިސްކުރާ ޕާޓީތަކުގަ އެޢަދަދަށް މެންބަރުން ނެތުނީމަ އުވާލުންވެސް މާރަގަޅުކަންނޭނގެ!!!
މައުމޫނު ވިދާޅުވީ
ތާރީޚް:08/06/2010
އިގްތިސާދީ ގޮތުން އަންނަ ދަތިކަމަކުން އެވަރުގެ ރިޕޯޓެއް ލިޔެފައި ނުފޮނުވޭކަމަށް ވަންޏާ އެމީހަކު ހުންނާނީ އުނުއޮރިޔާން ނިވާ ނުކުރެވި، ހުސްބަނޑާ
އުވާލާ ވިދާޅުވީ
ތާރީޚް:08/06/2010
ހުރިހާ ޖަމިއްޔާއެއް އުވާލަންވީ.