Share

އަނހާ! އެއޮއް މީރު ސަބްމެރީނާއި ބާގާރ!

އަނހާ! އެއޮއް މީރު ސަބްމެރީނާއި ބާގާރ!

ތަފާތު ގިނަބާވަތްތަކުގެ ތަރުކާރީއާއި މޭވާ އެކުލެވޭ “މެޑިޓްރޭނިއަން” ސްޓައިލްގެ ކެއުން ދަރިންނަށްދޭނަމަ، އެކުދީންގެ ސިއްޙަތު ހާސްބައި ރަނގަޅުވެފައި ނޭވާހިއްލުމުގެ ބައްޔާއި ދުރުވާކަމަށް، ދިރާސާއަކުން ދައްކައިފިއެވެ. އަނެއްކޮޅުން، ހަފުތާއަކު ތިންހަތަރު ބާގާރ އާއި ސަބްމެރީން ކާ ކަމަށްވާނަމަ، ނޭވާހިއްލުމުގެ ބައްޔާއި ދޯޅުކުރުވާކަމަށްވެސް ދިރާސާއިން ދައްކައެވެ.

މި ދިރާސާކޮށްފައިވަނީ ތަފާތު ވިހި ގައުމެއްގެ ބައިލައްކަ ކުދީންގެ މެދުގައެވެ. ތޯރެކްސް ޖާނަލްގައި ލިޔެފައިވާގޮތުގައި، މަހާއި މޭވާއާއި ތަރުކާރީގެ ބާވަތްތައް ކެއުމުގައި ބޭނުންކުރާނަމަ، ނޭވާހިއްލުމުގެ ބައްޔާއި ދުރުކޮށްދެއެވެ.

ދިރާސާކުރި ފަރާތްތަކުން ހާމަކުރާގޮތުގައި ބާގާރ ކެއުމާއި، (ނޭވާހިއްލުމަށް ސަބަބެއްކަމަށް މެދުވެރިވެދާފަދަ،) ސިއްހީގޮތުން ރަނގަޅު ނޫން، އެހެން އާދަތަކާއިވެސް ގުޅުން އެބަހުއްޓެވެ. ދިރާސާކުރިއިރު ބެލެނިވެރިންގެ ކިބައިން ސާފުކޮށްފައިވަނީ، ދަރިންގެ ކެއުމާއި ބެހޭގޮތުންނާއި، ދުވަހަކުވެސް ނޭވާލުމަށާއި ނޭވާހިއްލުމުގެ އުނދަގޫ ކުރިމަތިވިތޯއެވެ.

ނޭވާހިއްލުމަށް، ކާއެއްޗެތީގެ ނުފޫޒު ފޯރާ މިންވަރުވަނީ، ދިރިއުޅޭ ތަނާއި ގުޅިފައިވާކަން މި ދިރާސާއިން ފާހަގަކުރެވިފައި ވެއެވެ. މިގޮތުން، މުއްސަނދި ގައުމުތަކުގެ މީހުންނަށް ނޭވާހިއްލުމުން، ބޮޑަށް ރައްކާތެރިކަން ލިބެނީ މޭވާއާއި ތަރުކާރީ ކެއުމަށްވުރެ، މަސް ކެއުމުން ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

އިނގިރޭސިވިލާތުގެ އެސްމާ ޔޫކޭގެ ޑޮކްޓަރ އެލައިން ވިކާރޒް ބެލެނިވެރިންނަށް ގޮވާލައްވަނީ، ދަރިންނަށް ކާންދޭއިރު، ސިއްހީގޮތުން ރަނގަޅު ހުރިހާ ބާވަތެއްހަމައަށް އެކުލެވޭ، ބެލެންސް ޑައިޓެއް ދެއްވުމަށާއި، ދަރިން ލައްވާ ކަސްރަތުކުރުވުމަށެވެ.

އެސްމާ ޔޫކޭ އަކީ، ނޭވާހިއްލުމުގެ ބައްޔާމެދު ހޭލުންތެރިކުރުވާ ޖަމާޢަތެކެވެ.

އަހަރެމެންގެ ކެއުމުގެ ވައްޓަފާޅި އާއި މެދު

އަހަރެމެންގެ ކެއުމުގެ ވައްޓަފާޅި ވަރަށް ބޮޑަށް އެމެރިކާވަންތަ ވަމުންދާއިރު، އަހަރެމެންނަށް މީރުވެގެން ކަމުން މިގެންދާ ފްރެންޗް ފުރައިޒް އާއި ސަބްމެރީންތަކާއި، ބާގާރ ތަކުގެ އިތުރުން އިރުއިރުކޮޅާ ބޮމުންގެންދާ ސިނގިރޭޓާއި ކޮފީގެ ކޯވަރުތަކާމެދު މިވަނީ ވިސްނަންޖެހިފައެވެ.

ފަހަކަށް އައިސް ދިވެހިންގެ މެދުގައި ސިއްޙީގޮތުން ރަނގަޅުނޫން ދިރިއުޅުމުގެ އާދަތަކާއި ގުޅިފައިވާ، ގައިންގަޔަށް ނާރާ، ބަލިމަޑުކަން ޢާންމުވަމުންދާ ކަމަށް ސިއްޙީ ފަރާތްތަކުން ހާމަކުރައްވައެވެ. މިގޮތުން ލޭމައްޗަށް ދިޔުމާއި، ހަކުރުބައްޔާއި، ސްޓްރޯކުޖެހުމާއި، ހިތްހުއްޓުމާއި، ކެންސަރު ފާހަގަކުރެވެއެވެ.

ކުޅުދުއްފުށީގައިވެސް މި ދެންނެވި ބާވަތުގެ ބަލިތައް އާންމުވަމުން އަންނަކަމަށްވެއެވެ.

‮ ‬4‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ރައްޔިތުމީހާ‮ ‬ވިދާޅުވީ


    ތާރީޚް:07/06/2010

    ހޫމް. މިހާރު އަނެއްކާވެސް އެބަ ރަނގަޅުވޭ

  2. އަސްލުވެސް‮ ‬ވިދާޅުވީ


    ތާރީޚް:07/06/2010

    މަ އަދި ދަރިފުޅައް ރަމގަޅުވާނީ ސަބްމެރިން ކަމައްހިތާ އެދޭން ފެށިފަހުން އެމަންޖެގެ ނޭވަޔައް އުނދަގޫކުރާތީ މިއުޅެނީ

  3. ފޭސްބުކް ފޭން‮ ‬ވިދާޅުވީ


    ތާރީޚް:07/06/2010

    އާނ ބައެއް މީހުންނަށް ހީވަނީ ފްރައިޑް ރައިސްއެއް ކާލެވުނީމަ ލައްކައޭ. ފްރައިޑް ކިޔައިފިއްޔާ އެއީ ތިމާގެ ހަލާކު ކަމެއް ނޭނގޭ. ތަރުކާރީ އާއި މޭވާ ކެއުމުގެ އާދަކާދައިގައި ހިމަނަނީ ވަރަށް މަދުބައެއް.

  4. މަންގަނޑުމަތި‮ ‬ވިދާޅުވީ


    ތާރީޚް:07/06/2010

    އަދި މިހާރު އެއްނު ތި ފްރައިޑް ރައިސް އަކާއި ބާގާތައް ތައާރަފް ވެގެން ތިއުޅެނީ. ތީގެ ނަތީޖާ ފެންނަންފަށާނީ އަދި މީގެ 10 ވަރަކަށް އަހަރު ފަހުން. ކެއުމުގެ އާދަތަކާއި ފެތުރޭ ބަލިތަކާއި ގުޅުވައިގެން ރާއްޖޭގާވެސް ސާވޭތައް ކުރެވޭނަމަ މިފަދަ ކަންކަން ވަރަށް ފަސޭހައިން ފެންނާނެ. މިފަދަ ދިރާސާތައް ކުރަން ޔުނިވާސިޓީ އެއް ކަހަލަ ތަނެއް އެބަ ބޭނުންވޭ.