Share

ކުޅުދުއްފުށިން ވެސް ވޯލްޑްކަޕަށް ތައްޔާރުވަނީ

ކުޅުދުއްފުށިން ވެސް ވޯލްޑްކަޕަށް ތައްޔާރުވަނީ
ހަބަރު: އިބްރާހިމް ހަމީދު

ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕަށް ކުޅުދުއްފުށީގެ ކްލަބް ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކުން ތައްޔާރުވަމުން އެބަދެއެވެ. މިގޮތުން އެކި ހިސާބުތަކުގައި ބޮޑު ސްކްރީން ބެހެއްޓުމާއި، ތަންތަނުގައި ޓެންޓް ޖެހުމާއި، ފާރުތަކުގައި ވޯލްޑްކަޕާއި ގުޅޭ ކުލަތަކާއި ގައުމުތަކުގެ ދިދަ ކުރަހާ ޒީނަތްތެރިކުރަމުން އެބަދެއެވެ.

މިގޮތުން ކުޅުދުއްފުށީ ޒިގުޒެގް ފޯ ޔޫތު ލިންކޭޖްގެ ޒުވާނުން އިސްނަގައިގެން ކުޅުދުއްފުށީ ރަސްމީ ބޯޅަދަނޑުގައި ޓެންޓެއް ޖެހުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ. މިތަނުގައި ބޮޑު ސްކްރީން ބަހައްޓައިގެން މެޗުތައް ބެލުމުގެ އިންތިޒާމު ހަމަޖައްސާނެކަމަށް އެފަރާތުން މައުލޫމާތު ލިބިފައިވެއެވެ. އަދި މީގެއިތުރުން ޒިގްޒެގްގެ ފަރާތުން އިންތިޒާމްކޮށްގެން ވޯލްޑްކަޕް ގެ މެޗުތަކުން ރޭގަނޑު ކުޅެވޭ ދެމެޗު ދޭތެރެއިން ޕީއެސްޓޫ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި މިތަނުން ކެންޓީނުގެ ހިދުމަތް ލިބެން ހުންނާނެ ކަމަށް ވެސް ޒިގްޒެގްއިން ހާމަކުރެއެވެ.

ރަސްމީ ބޯޅަދަނޑު ސަރަހައްދުގެ އިތުރުން ސުފުރާމަތި ރެސްޓޯރަންޓުގެ ފަރާތުންވެސް ދަނީ އެތަނުގެ ދެކުނުން އޮންނަ ހުސްބިމުގައި ވޯލްޑްކަޕްމެޗްތައް ދެއްކުމުގެ ތައްޔާރީތަކެއް ވަމުންނެވެ.

‮ ‬3‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ފޭސްބުކް ފޭން‮ ‬ވިދާޅުވީ


    ތާރީޚް:12/06/2010

    ރަނގަޅުކަމެއް. ތިތަނުގަވެސް ތަޅައިފޮޅައި ނުގަނެ ތިބެވިއްޖެޔާ ރަނގަޅު.

  2. ނާދިރު‮ ‬ވިދާޅުވީ


    ތާރީޚް:14/06/2010

    ވޯލްޑްކަޕް ތީ ދެންހަމަ ކޮންމެހެން ބެލުން މަޖުބޫރު އެއްޗެއްތަ؟ ހީވަނީ މޮޔަވެގެން އުޅޭހެން ވިއްޔަ..

  3. މާރިޔަތު‮ ‬ވިދާޅުވީ


    ތާރީޚް:14/06/2010

    އާ މިހާރު ސްކޫލުގެ ކްލާސްތަކުގައި ވެސް ކިޔަވޭވަރު ނުވޭ.. ވުވުޒުއެލާ އޭ އަނެއްޗެކޭ ގޮވާވަރުން…. ބައެއް ކުދިން ތިބެނީ ދަންވަރު މެޗްތައް ބަލާފަ ކްލާހަށް އައިސް ނިދާފަ.. ތަންކޮޅެއް ބޮޑުވަރު ދޯ