Share

ކުޅުދުއްފުށީގެ މަގުތަކުގައި ފެންބޮޑުވެފައި

ކުޅުދުއްފުށީގެ މަގުތަކުގައި ފެންބޮޑުވެފައި
ހަބަރު: އިބްރާހިމް ހަމީދު

ބޯކޮށް ވިއްސާރަ ވެހުމުގެ ސަބަބުން ކުޅުދުއްފުށީގެ މަގުތަކުގައި ފެން ބޮޑު ވެއްޖެއެވެ. ފާލޭން އުތުރަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން މެދުނުކެނޑި ދެދުވަސްވަންދެން ކުޅުދުއްފުއްޓަށް ވާރޭވެހި މަގުތަކުގައިވަނީ ފެން ބޮޑުވެ ހިނގާމީހުންނަށާއި ދުއްވާއެއްޗެހި ދުއްވުމަށް ދަތިވެފައެވެ.

އެމް.އެން.ޑީ.އެފްގެ މުވައްޒަފުން ވަނީ ކުޅުދުއްފުށީގެ ހަސަނާތު މިސްކިތުގެ އިރުމަތިން ފެން ހިއްކުމުގެ މަސައްކަތް މިއަދު ކޮށްފައެވެ. އަދި އެހެން ބައެއް ސަރަހައްދު ތަކުންވެސް ފެންގަނޑު ހިއްކުމުގެ މަސައްކަތް ކޮށްފައިވާކަމަށްވެ މައުލޫމާތު ލިބިފައިވެއެވެ.

ކުޅުދުއްފުށީގެ މަގުތަކަކީ ވާރޭ ވެހިއްޖެނަމަ ވަރަށް ފަސޭހައިން ފެންބޮޑުވާ މަގުތަކެވެ. ކުޅުދުއްފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ކޮންމެ އަހަރެއްގެ ބަޖެޓުގައިވެސް ހިމަނާފައި އޮތް ކަމުގައި ވިޔަސް، އަދިއަދަށްވެސް ވަނީ މިކަމަށް އަމަލީ ސިފައެއް ނައިހެވެ.

‮ ‬4‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ދޮންބެއްޔާ‮ ‬ވިދާޅުވީ


    ތާރީޚް:12/06/2010

    ޖަލާލުއްދީން ފިޔަވައި ދެންހުރި ހުރިހާ އިސްކޫލެއްގެ ކިޔެވުންވެސް ބަންދުކޮށްފި! އެތަނުގެ ވެރިޔާއަށް އުޅެނީ އަދި ހަދަންވީގޮތެއް ނުނިންމިގެން ކަމަށްވަނީ! ހުރިހާ މަގުތަކެއްގައި ވަނީ ތަނބިކަށްޓަށްވުރެ މަތީގައި ފެން! ޗަސްބިމުން ދިން ގޯތިތަކުގެ ހާލު ވަރަށް ގޯސް ކަލޭނޭ. އަފީފުއްދީން ގޯތިތެރެ ހީވަނީ މޫދުހެން!!

  2. މުޖް‮ ‬ވިދާޅުވީ


    ތާރީޚް:13/06/2010

    މައުމޫންގެ ސަރުކާރުން 30 އަހަރު ތާރު އަޅާފަ ދިަުމުން އަންނި ސޮރު އަރާ މިހާރު އެއޮއްގެން މަގުތައް ހިޔަކުރަނީ ނުން. ދެންރައްޔިތުން އުފާ އުފާ ކުރަން ވީނުން…………މިއޮތީސަރުކާރެއް،،،،،،

  3. ކުޅުދުއްފުށީގާޑަކު‮ ‬ވިދާޅުވީ


    ތާރީޚް:13/06/2010

    ތިޔަލިޔުމުގައި ތަންކޮޅެއް ފޮޓޯ ގިނަ ކޮށްލިނަމަދޯ! އެރުން ވަރަށް ފުރިހަމަވީސް!

  4. މަ‮ ‬ވިދާޅުވީ


    ތާރީޚް:13/06/2010

    މި ފެން ފޮދު މޫދަށް ހިއްކީމަ މާދަމާ އަހަރެމެން ދާނިން ނޫނީ ފެން މާ ގަނޑުން އަންނާނީ ލޮނު ދެން އޭރުން މިހިއްކާބައި އަލަކުން ނުލިބޭނެ ބިމަށް ހިއްދާކަށް، މިކަމަށް ހޭ އަރަން ވެއްޖެ