Share

މުސްލިމުންނާއި މެދު ދެކޭގޮތް ބަދަލުކުރުމުގެ ޙަރަކާތެއް އިނގިރޭސިވިލާތުގައި ފަށައިފި

މުސްލިމުންނާއި މެދު ދެކޭގޮތް ބަދަލުކުރުމުގެ ޙަރަކާތެއް އިނގިރޭސިވިލާތުގައި ފަށައިފި

އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ޖޫން މަހު ހަތެއްވީ ހޯމަދުވަހު މަގުމައްޗަށް ނުކުތުމާއެކު ފެނުނީ އެމީހުން ދަތުރުކުރާ ބަހާއި ރޭލާއި، ޓެކްސީއާއި ބޭނުންކުރާ ބަސް ސްޓޮޕްތަކުގައި އިސްލާމް ދީނާއި މުސްލިމުންގެ ސޫރަ ރީތިކުރުމަށް ތަތްކޮށްފައިވާ އިޝްތިހާރުތަކެވެ.

މިއީ އިސްލާމްދީނާއި މުސްލިމުންނާއިމެދު ކުރެވޭ ކުށްހީތައް ފިލުވާލުމަށް، ދި އެކްސްޕްލޯރިންގް އިސްލާމް ފައުންޑޭޝަންގެ ފަރާތުން، ‘އިންސްޕައާރޑް ބައި މުޙަންމަދު” ގެ ނަމުގައި ހިންގާ އިޝްތިހާރު ޙަރަކާތެކެވެ. މި މިހަރަކާތް ހިންގަން ނިންމީ، މީގެ މަހެއްހާ ދުވަސް ކުރިން 2000 މީހުން ބައިވެރިކޮށްގެން ހިންގި ސާވޭއަކުން، އިނގިރޭސިވިލާތުގެ 58 ޕަސެންޓް މީހުން، މުސްލިމުންނާއި ހައްދުފަހަނައެޅުން ގުޅުވާކަމަށް ދެއްކުމުންނެވެ.

ހަމަ މިދެންނެވި ސާވޭގައި، 70 ޕަސެންޓް އިނގިރޭސީން ބުނެފައިވަނީ، އިސްލާމްދީނުގައި އަންހެނުން އަޅުވެތިކުރާކަމަށެވެ.

ދި އެކްސްޕްލޯރިންގް އިސްލާމް ފައުންޑޭޝަންގެ ޑިރެކްޓަރ ރިމޯނާ ޢަލީ ބުނެފައިވަނީ ވަރަށް ގިނަ މުސްލިމުން، އެމީހުންގެ ދީނާމެދު އިނގިރޭސި ޢާންމުން ދެކޭގޮތާއިމެދު ކަންބޮޑުވާކަމަށެވެ. ޢަލީ ހާމަކުރާގޮތުގައި، މިޙަރަކާތް ރާވާހިންގާ ފަރާތުން އުންމީދުކުރަނީ، އިނގިރޭސި މުސްލިމުން މުޖުތަމަޢަށް ކޮށްދޭ ޚިދުމަތްތައް، މިޙަރަކާތުގެ ސަބަބުން އެންމެންނަށް އެނގިގެންދާނެ ކަމަށެވެ.

މިޙަރަކާތުގެ އެއް އަމާޒަކީ، ކީރިތި ރަސޫލާ މުޙަންމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، މުސްލިމުންނަށް ތިމާވެށީގެ މުހިންމުކަމާއި، އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަކަމާއި، ޢިޖްތިމާޢީ ޢަދާލަތާއި ބެހޭގޮތުން އުނގަންނަވައިދެއްވި، އުނގަންނަވައިދެއްވުމާއި ރިވެތި ނަމޫނާއާއިމެދު އިނގިރޭސި މުޖްތަމަޢު ހޭލުންތެރިކުރުވުމެވެ.

މި ޙަރަކާތުގައި ލިޔެފައިވާ އެއް ޕޯސްޓަރެއްގައި ލިޔެފައިވަނީ، “އަހުރެން އިޖްތިމާޢީ ޢަދާލަތު ޤަބޫލުކުރަމެވެ. މުޙަންމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް ޤަބޫލްފުޅުކުރެއްވެވިއެވެ.”

މީޑިޔާއިން މުސްލިމުންގެ ސޫރަ ހަޑިކުރަމުންގެންދާއިރު، މުސްލިމުން ފާހަގަކުރެވެނީ، ދުނިޔޭގެ މީޑިޔާގައި، އާބާދީއާއި ބަލާއިރު، ބާރުކުޑަ ބައެއްގެ ގޮތުގައެވެ.

‮ ‬1‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. އަލިފް އަލިފް....‮ ‬ވިދާޅުވީ


    ތާރީޚް:16/06/2010

    ތިކަންތައް ވެއްޖެ ރާއްޖޭގަވެސް ފަށަން…..

ޚިޔާލު ފާޅުކުރައްވާ