Share

ގައުމީ ރޫހަކީ ކޮބައިތޯ…

ގައުމީ ރޫހަކީ ކޮބައިތޯ…
އިބްރާހިމް ހަމީދު

ކޮންމެ ބަޔެއްގެ މެދުގައި ގައުމީލޯބި ނުވަތަ ގައުމީރޫހު ހުރެގެން ނޫނީ އެބައެއް ނުވަތަ އެގައުމެއް ކުރިއަރަމުން ނުދާނެ ކަންކަށަވަރެވެ. ހަމައެހެންމެ އެމަތިވެރި ރޫހު އަޅުގަނޑުމެންގެ ހިތްތަކުގައި އުފެދިގެން ނޫނީ ގައުމުފެހިވެ އާރޯވަމުން މިދާދިޔުން ދެމެހެއްޓޭކަށްވެސް ނޯންނާނެއެވެ.

އެހެންކަމުން ގައުމީ ރޫހަކީ ގައުމު ނުވަތަ މުޖުތަމައުގެ އަފްރާދުން އެމީހުންގެ އެއްބާރުލުމާއި އެކުވެރިކަމާއި މަސައްކަތްތެރިކަމާއި އަދިވެސް އެބައެއްގެ ދިރިއުޅުންވެސް އޭގެ މައްޗަށް ބިނާވެގެންވާ ގައުމުގެ ކޮންމެ އަފްރާދެއްގެ ކިބައިގައިވެސް ކޮންމެހެން ހުންނަންޖެހޭ މަތިވެރި ސިފައެކެވެ. އެހެންކަމާއިއެކު އެސިފަ އަޅުގަނޑުމެން ތެރޭގައި ނެތިއްޖެނަމަ އެބައެއްގެ ދިރިއުޅުމާއި ގައުމު ހީނަރުވެގެން ނުގޮސް ނުހުންނާނެ ކަންކަށަވަރެވެ.

ވުމާއިއެކު އަޅުގަނޑުމެން ކޮންމެ ދިވެއްސަކުވެސް މަސައްކަތް ކުރަންވާނީ އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތުން އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެނާއި ހަވާލު ކޮށްފައިވާ މަސައްކަތްތައް ދިރުވައި ކުރިއެރުވުމަށެވެ. އަދިތަރައްގީވެފައިވާ ގައުމުތަކުގެ ފައިދާހުރި މަސައްކަތްތައް ދަސްކޮށް އެފަދަ ހަރަކާތްތެރި ފަންނާނުން އިތުރުކުރުމަށެވެ. މަސްވެރިކަމާއި ދަނޑވެރިކަމާ ލިޔެލާޖެހުމާއި ރޯނުވެށުމާއި އަދި މިނޫނަސް އަޅުގަނޑުމެންގެ “އަމިއްލަ” އެތަށް މަސައްކަތެއްވާއިރު އެމަސައްކަތްތައް ދިރުވައި ކުރިއެރުވުމަށް މަސައްކަތްކުރުމަކީ ގައުމުގެ މުސްތަގްބަލަށް ބޭނުންތެރި ކަމަކަށް ނުވެނުދާނެ ކަން ހަމަޔަގީނެވެ. އެހެން ކަމުން މިފަދަ ކޮންމެ ކަމަކީ ފުރިހަމަ ރޫހާއިއެކު ނުކޮށްފިނަމަ ވަރަށް ހިތާމަވެރި ގޮތްތަކެއް ވެގެން ހިގައިދާނެ ކަންތައް ތަކެކެވެ.

ދިވެހިން ފަހުރުވެރިކަމާއި އެކު ކުރަމުން އައި މަސްވެރިކަން އަޅުގަނޑުމެންނާއި ހަމަޔަށް ކާބަފައިން ގެނެސްދެއްވި ފަދައިން އަންނަން އޮތް ޖީލްތަކަށް އެމަސައްކަތްތައް ފޯރުވައިދެވޭނީ އަމިއްލަ އެދުމަށް ވުރެ ގައުމީރޫހް ހިތްތަކުގައި އުފެދިގެންނެވެ. ގައުމުގެ ކުރިއެރުން އެމައްޗަށް ބިނާވެފައިވާ ގައުމީރޫހުގެ ފެށުމަކީ އަޅުގަނޑުމެންގެ ކާބަފައިންނާއި ގައުމުގެ ހަރުދާނާ ބަތަލުންނެވެ. ހުރިހާ ބޭފުޅުންނަށް ވެސް އެގިވަޑައިގެންނަވާނޭ ފަދައިން މިދިވެހި ފަސްގަނޑަކީ އެތައް ރޮނގަކުން ގައުމަށް އަގުނުކުރެވޭ ފަދަ ހިދުމަތްތަކެއް އެތަކެއް ބޭފުޅުންނެއް އެފަސްގަނޑެއްގެ ދަށުވުމަށް ފަހުރުވެރިވުން ހައްގު ރޫހުން ފުރިފައިވާ ދިވެހި ފަސްގަނޑެކެވެ.

އަޅުގަނޑުމެންގެ ޒުވާނުން ހަނދާން ކުރަންވީ ސިޔާސީގޮތުންނާއި އެހެނިހެން ގޮތްގޮތުން ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވި ގައުމުގެ ރޫހު ކަމަށްވާ ހިދުމަތްތެރި ބަތަލުންނެވެ. ނަމޫނާ އަކަށްބަލަންވީ ގައުމީ ހިދުމަތާއި ރޫހުގައި އެބޭފުޅުން ގައުމަށްޓަކައި ކޮށް ފައިވާ އަގުހުރި ހިދުމަތެވެ. މިއަދު މިވަނީ މިފަދަ ގައުމީރޫހުން ފުރިފައިވާ ހިދުމަތް ތެރި ދަރިންގެ ހިދުމަތައް މިގައުމު ބޭނުން ވެފައެވެ.

‮ ‬11‮ ‬ކިޔުންތެރިން‮ ‬ޚިޔާލު‮ ‬ފާޅުކުރައްވާފައިވޭ

  1. ދުނބުރިހުއްތު‮ ‬ވިދާޅުވީ


    ތާރީޚް:20/06/2010

    އިހުގެ ޅެންވެރިޔަކު ކިޔާފައި އޮއްވާ ދުށީމެވެ.
    ޤައުމެއް ދިރޭނީ ޤައުމުގައި ހުރެގެންނެ ރޫހެއް ހަމަ ދިރޭ
    އައުދާނަ ޤައުމީ ލޯބި ހިތްތަކުގައި އުހެދިގެންނޭ ދިރޭ

    ޝަޚްސިއްޔަތެއް ހުރި ލޯތްބަކީ އަދި އާރުލާވެސް ލޯތްބަކީ
    ފަޚްރާއި ޝަރަފުވެރި ބާރަކީ ޙުއްބުލް ވަޠަންކަން ދަސްކުރޭ

    މަ ހިތުން ޙުއްބުލްވަޠަން އެއީ ވަޠަނަށް އޮންނަ ޙުއްބު، ޙުއްބުގައި އެބަ އޮވޭ ލޯބި ކިޔާއިރު އޮންނަ ބާވެސް ގައިމުން.

  2. ފަރީދު ޝައުގީ‮ ‬ވިދާޅުވީ


    ތާރީޚް:20/06/2010

    މިތިބީ ދޮއްތޮ ފެންފޯކުން ކިއްލިތަޅަން ތިބި ދެކުދިން؟

  3. ދޮންބެއްޔާ‮ ‬ވިދާޅުވީ


    ތާރީޚް:21/06/2010

    އާން..ދޯ. ފަރީދު ސައުގީ! ރަތްލިބާހެއް ލައިގެން ގޯޅިކަންމަތީ، ރޯފެންފޯކުން ކިއްލިތަޅަން އެތިބީ. އެ ދޮއްތޮ ގައުމީ ރޫހަކީ؟
    ދުނބުރިހުއްތު! ހުއްތަށް އެނގޭތަ ގައުމީ ލޯތްބާއި ތިޔާ ކިޔާ ޙުއްބުލްވަޠަނެއްތޯ އެއްޗެއް އެ މިހާރު ޅެމުގަ، މަޒުމުނުގަ،ވެބު ސާޓުގަ ހުންނަ އެއްޗެއްސޭ

  4. ކައުންސިލަރ‮ ‬ވިދާޅުވީ


    ތާރީޚް:21/06/2010

    އަދިވެސް ހާދަ ޑީގްރޭޑޭ ދޯ ކުޅުދުއްފުށީ ބައެއް ޒުވާނުން. ރަށުތޮށިގަނޑު ފަޅާލާފަ ނުކުންނަން ވެއްޖެއެއްނު ދޯ މިހާރު.

  5. މަންގަނޑުމަތި‮ ‬ވިދާޅުވީ


    ތާރީޚް:21/06/2010

    އިބްރާހިމް ހަމީދުގެ ފުރަތަމަ ރިޕޯޓާ ބަލާފަ ދެން ވ ރަނގަޅޭ ބުނެވޭނީ. ޖުމްލަތައް ދިގުކަން ފާހަގަ ކުރެވޭ. ޖުމްލަތައް ކުރުކޮށްލީމަ ރީތިވެފަ ކިޔުންތެރިންނަށް ދޭހަވާން ފަސޭހަވާނެ. ގިނައިން ލިޔެ މުތޯލިޔާ ކުރިވަރަކަށް ލިޔުންތެރިކަމުގެ ފެންވަރު ރަނގަޅުވާނީ. މޮޅެތި އެހެން ލިޔުންތެރިންގެ ލިޔުންތައް ކިޔާ އެމީހުން ވައްޓަފާޅި ކޮޕީ ކުރަން ދަސްކުރުން ވެސް އެއީ ގޮތެއް. މިސައިޓުން ފެނޭ ވަރަށް ފެންވަރު ރަނގަޅު ލިޔުން. މިސާލަކަށް ހާޝިމް، މުހައްމަދު އިސްމާއިލް އަދި ޔޫސުފް މި މީސްމީހުންގެ ލިޔުންތައް ކިޔާލީމަ ލިޔުމުގެ ފެންވަރު ފެންނާނެ. އެގޮތްތައް ދަސްކޮށްލާ. ހަމީދު އަށްވެސް ހަމަ ގުޑް ލަކް.

  6. ކައުންސިލަރ‮ ‬ވިދާޅުވީ


    ތާރީޚް:21/06/2010

    މަންގަނޑުމަތި އެވިދާޅުވިހެން ގައުމީ ރޫހު އާލާވާނީ ކުރު ޖުމްލަތަކެއް ފަށުވި ބަސްތަކަކުން އަމުނާލެވިގެން. ގައުމީ ރޫހު އާލާކުރާއިރު ރަށު ރޫހުވެސް އާލާ ކުރަން ޖެހޭ. އެކަމަކު ރަށުގެ ކުރިން ހުރި ބޯދާ ވިސްނުމާ “ޕެރަ” ގޮތްގަނޑެއް ނޫން. އެއަށްވުރެ ތަހުޒީބު ގޮތަކަށް ރަށު ރޫޙުވެސް އާލާކުރަންޖެހޭ.

  7. ހުކުމްދާރު‮ ‬ވިދާޅުވީ


    ތާރީޚް:21/06/2010

    ކައުންސިލަރަށް: ތިޔާ ކޮން ކަމަކާ ވިއްދާފަ ވިދާޅުވި އެއްޗެއްތޯ؟

  8. މޮހޮންމަދުބޭބެ‮ ‬ވިދާޅުވީ


    ތާރީޚް:21/06/2010

    މި ސާލަކަށް އައިޝާ އިޒް އަ ގާލް އެންޑް ހަސަން އިޒް އަ ބޯއީ ބުނީމަ ތަންކޮޅެއް ޖުމްލަ ދިގެވެ. ކުރު ގޮތަކީ އައިޝާ އިޒް އަ ގާލް. ހަސަން އިޒް އަ ބޯއީ. މިއެވެ. ގްރޭޑް އެކެއްގައި ވެސް ޖުމްލަ ހަދަނީ އެހެންނެވެ. ދިވެހިބަހުގައި ދިގު ޖުމްލައެއް ކިތެމެ ރަނގަޅަށް އެތުރިޔަސް ދިވެހިން ތިބޭނީ އަނބުރައިގެންފައެވެ. އެތަންކޮޅަށް ލިޔުންތެރިން ސަމާލުވާންޖެހޭނެއެވެ.

  9. ތަކުރުފާނު‮ ‬ވިދާޅުވީ


    ތާރީޚް:21/06/2010

    ކައުންސިލަރަށް: މާތް މަނިކުފާނު “ޕެރަ” ގޮތް ދި ވިދާޅުވަނީ ކޮންކަންތައްތަކަށްތޯ؟

  10. އަޑަފި‮ ‬ވިދާޅުވީ


    ތާރީޚް:21/06/2010

    ޒުވާނުން ހަދާންކުރަންވީ ސިޔާސީ އަދި އެހެނިހެން ގޮތްގޮތުން ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވި ބަތަލުންގެމަތިންނެވެ. އެބަތަލުން ވަނީ އެތައް ޙިދުމަތެއްކޮށް ގައުމުގެ ރޫހު ދިރުވާފައެވެ.ނަމޫނާއަކަށް މިފަދަ ޚިދުމަތްތެރިންގެ އަގުހުރި ޚިދުމަތެވެ.ޤައުމީ ރޫހުއާލާކުރެވޭނީ އޭރުންނެވެ. އަދި ގައުމީ ރޫހުން ފުރިގެންވާ އިތުރު ދަރިންތަކެއްގެ ހިދުމަތް އޭރުންލިބޭނެ ކަމީ ޝައްކެއްހުރި ކަމެއްނޫނެވެ.

  11. ކައުންސިލަރ‮ ‬ވިދާޅުވީ


    ތާރީޚް:21/06/2010

    މަށަށް ހީވަނީ މިސައިޓުގަހެން ތަންކޮޅެއް ކުރިން އޮތް ލިޔެފަ ޕެރައިގެ ވާހަކަ. އެޑްމިން ޕެރަ އެވާހަކަ ޖަހާދީބަލަ އަލުން

ޚިޔާލު ފާޅުކުރައްވާ